04 Feb 2023
ޑިކޯ ވެގެން ގެންދިޔަ ސައީދުގެ ޙާލު ގޯސްވީ އޭއެސްއެމްއެޗް އިން ފަރުވާ ކުޑަކުރުމުން
ޑިކޯ ވެގެން ތިނަދޫ ޢަބްދުޞަމަދު
މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އަހްމަދު ސަޢީދުގެ ޙާލު ގޯސްވީ އެހޮސްޕިޓަލުން
ފަރުވާ ކުޑަ ކުރުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރ
ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ޑިކޯ ވެގެން ގެންދިޔަ
ސަޢީދަކީ ގއ.ކޮނޑޭ މަސްވެރިއެކެވެ.
މި ކަމާއި ގުޅިގެން
ފިރުޝާން ކުރެއްވެވި ޓްވީޓުގައި ވިދާޅުވީ ޑިކޯވެގެން ގެންދިޔަ ސަޢީދު ފެބްރުއަރީ 1ގައި
ޑޮކްޓަރ އަށް ދެއްކުމުން އޭއެސްއެމްއެޗް އިން އެއްވެސް މައްސަލައެއް ނެތް ކަމަށް
ނިންމައި ހަމަ އެދުވަހު ދޫކޮށްލިކަމަށެވެ.