ހަސްނާ އަޙްމަދު
ރިޕޯޓަރ
ހަސްނާ އަޙްމަދު
23 Feb 2023
"ޙާލުގައި ޖެހިފައިތިބި 120 ޢާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދެވިއްޖެ"
ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުން ތަކުގައި ބޯހިޔަވަހިކަން ގެއްލި އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި 120 އާއިލާއަކަށް ދިވެހިންގެ އެހީ ތެރިކަމާއި އެކު ކާބޯތަކެތި ފޯރު ކޮށްދެވިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނެފިއެވެ.
23 Feb 2023
ވިލާ އެއަރ އިން މަޖިލިސް ރައީސް އާއި ބައްދަލުކޮށްފި
ވިލާ އެއަރ އަށް 11 އަހަރު ފުރުމާއި ގުޅިގެން އެކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ގެ އަރިހަށް ޒިޔާރަތް ކުރައްވައިފިއެވެ.
23 Feb 2023
މިދިޔަ މަހު 16 ގައިދީއަކަށް މައާފުދިން
ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ މަހު 16 ގައިދީއަކަށް މައާފުދިން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
23 Feb 2023
ނާބުލްސް ރެއިޑްގައި ޒަހަމްވި 4 މީހަކު އައިސީޔޫގައި
ފަލަސްޠީނުގެ ދެކުނު އައްސޭރީގެ ނާބުލްސް ގައި އިޒްރާއިލުން ސިފައިން ހިންގި މިލިޓަރީ ރެއިޑްގައި ޒަހަމްވި 4 މީހަކު އައިސީޔޫގައި ފަރުވާހޯދަމުން އެބަދެއެވެ.
23 Feb 2023
ބޮޑު ތަކުރުފާނު މަގު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ
މާލޭ ބޮޑުތަކުރުފާނު މަގު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއްލާނުކޮށްފިއެވެ.
23 Feb 2023
ނާބުލްސް ރެއިޑްގައި ޝަހީދުވި މީހުންގެ ޢަދަދު 10 އަކަށް
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސް ގައި އިޒްރާއިލްގެ ހައްދު ފަހަނަ އެޅި ޔަހޫދީ ސިފައިން ހިންގި މިލިޓަރީ ރެއިޑްގައި ޝަހީދުވި މީހުންގެ ޢަދަދު 10 އަކަށް އަރައިފިއެވެ.
23 Feb 2023
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތުޅާދޫ ރައީސް ޢަޠީފް ހައްޔަރުކުރުން ކުށްވެރިކޮށްފި
ީޕީއެމް އާއި ޕީއެންސީ ކޯލިޝަނަގެ ބ ތުޅާދޫ ދާއިރާގެ ރައީސް މުޙައްމަދު ޢަޠީފް ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށް އެކޯލިޝަނުން ނޫސް ބަޔާނެއް ނެރެފިއެވެ.
22 Feb 2023
ޢަދާލަތުގެ ނިންމެވުމަށް ރައީސް ޞާލިޙް މަރުހަބާ ދަންނަވައިފި
މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީ އިން ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް ތާއީދު ކުރަން ނިންމި ނިންމުމަށް އެމަނިކުފާނު މަރުޙަބާ ދަންނަވައިފިއެވެ.
22 Feb 2023
ފަލަސްޠީނުގެ ހަ މީހަކު ޝަހީދު ކޮށްލައިފި
އިޒްރާއިލްގެ ހައްދު ފަހަނައެޅި ޔަހޫދީ ސިފައިން ފަލަސްޠީނުގެ ނާބުލްސްގައި ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ހަ މީހަކު ޝަހީދު ކޮށްލައިފިއެވެ.
22 Feb 2023
ޢަރަބިއްޔާގެ މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ
ޢަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް އެޑީޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށައަޅައިފައިވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދް ޠާރިޤް ވިދާޅުވެއްޖެއެވެ.
22 Feb 2023
މަޝްވަރާ ތަކަށް ޕާކިސްޠާނުގެ ވަފުދު ކާބުލް އަށް
ޕާކިސްތާނާއި އަފްޣާނިސްޠާނާއި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އުފެދިފައި ހުރި ނުތަނަސްވުން ތަކާއި މެދު މަޝްވަރާ ކުރުމަސް ޕާކިސްތާނުގެ ވަފުދެއް އަފްޣާނިސްތާނުގެ ކާބުލް އަށް ހިނގައްޖެއެވެ.
21 Feb 2023
"މުސްލިމް އަންހެންކުދިން ލޯބީގެ ދަލުގައި ޖައްސާ"
މުސްލިމް އަންހެން ކުދިން ލޯބީގެ ދަލުގައި ޖެއްސުމުން ވަޒީފާ ކަށަވަރިކޮށްދޭނެ ކަމަށް އިންޑިޔާގެ ޕޮލިޓީޝަނެއް ކަމަށްވާ ޕްރަމޯދް މުތަލިކް ހިންދޫ ދީނުގެ ޒުވާނުންނަށް ގޮވާލައިފިއެވެ.
21 Feb 2023
އިންޑިޔާގެ ހައިކޮމިޝަނަރ ކުޅުދުއްފުށީ ހޮސްޕިޓަލަށް
އިންޑީޔާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަ ހައިކޮމިޝަނަރ ޝްރީ މުނޫ މަހާވަރް ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
21 Feb 2023
"ފްލޯޓިންގ ސިޓީ"ގެ ފުރަތަމަ ގެތައް ފަޅުގައި އަޅައިފި
ކ އާރަށް ކައިރީގައި ޤާއިމްކުރާ "ފްލޯޓިންގ ސިޓީ" ފުރަތަމަ ގެތައް ފަޅުގައި ބަހައްޓައިފިއެވެ.
21 Feb 2023
ޢަދާލަތުން ރައީސް ޞާލިޙަށް ތާއީދު ކުރުމުގެ ކުރިން ދެޕާޓީ މަޝްވަރާ ކުރަނީ
ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙް އަށް ތާއީދު ކުރުމުގެ ކުރިން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޢަދާލަތު ޕާޓީ އާއި ދެޕާޓީއިން މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.
20 Feb 2023
ތުރްކިޔޭގެ ދެކުނަށް އަނެއްކާވެސް ބިންހެލުމެއް
6.4 މެގްނިޓިޔުޓްގެ ބާރުމިނުގައި ތުރްކިޔޭގެ ދެކުނަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެއެވެ.
20 Feb 2023
ސްޓެލްކޯ އިން ހަންޏާމީދޫގައި ފެނުގެ ޚިދްމަތް ދޭން ފަށައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން އދ ހަންޏާމީދޫގައި ފެނުގެ ޚިދްމަތް ދޭން ފަށައިފިއެވެ.
20 Feb 2023
ހީވަނީ ހަށިގަނޑުގެ އެއްބައި ގެއްލިފަވާހެން
"ހީވަނީ ހަށިގަނޑުގެ އެއްބައި ގެއްލިފަވާހެން" މިއީ ތުރްކިޔޭ އާއި ސީރިޔާއަށް އައި ބިންހެލުމުގައި އާއިލާގެ މެމްބަރުން ގެއްލުނު މީހުންގެ އިހްސާސެވެ.
20 Feb 2023
އެމްޑަބްލިޔުއެސްސީވެސް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށް
މާލޭ އެރޭޓެޑް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ އެންމެ ބޮޑު އަމާޒަކީ ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފެން އުފެއްދުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
20 Feb 2023
"ދިރިހުރެ ވަޅުލެވިފަ" ވަޅުން އެރުނުއިރު އާއިލާ މަރުވެފައި
ސަޙާ ސަލާމަތް ކުރެވިފައިވަނީ ދެވަނަ ބިންހެލުން އައިތާ ގާތްގަނޑަކަށް ހަތަރު ގަޑި އިރުފަހުންނެވެ. އެއިމާރާތުގެ ދަށުން ދެން ނެރެވުނީ ނިޔާވެފައި ތިބި އޭނާގެ ތުއްތު ދެކުދިންނާއި އެނާގެ ފިރިމީހާ ޢޮމަރް އާއި އޭނާގެ ކޮއްކޮ ފުރާނަނެތް ހަށިތަކެވެ.
20 Feb 2023
އަފްޣާން-ޕާކިސްތާންގެ ތޮރްޚަމް ބޯޑަރު ބަންދުކޮށްފި
އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދު އޮންނަ ތޮރްޚަމް ބޯޑަރ ބަންދުކޮށްފިއެވެ.
20 Feb 2023
"މި ސަރުކާރުން ޢަރަބިއްޔާ އަށް އިޚްލާޞްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް"
ޢަރަބި ތަޢުލީމާއު ދެކޮޅުޔ ސިޔާސަތަކާއިގެން ވެރިއަކަށް އައި ބަޔަކު ޢަރަބިއްޔާއަށް އިޚްލާސްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުހައްމަދް ވިދާޅުވެއްޖެއެވެ.
20 Feb 2023
ތުރްކިޔޭ އިން "ސާރޗް އެންޑް ރެސްކިޔު" ނިންމާލަނީ
ތުރްކިޔޭ އާއި ސީރިޔާ އަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމާއި ސަލާމަތް ކުރުމަށް ތުރްކިޔޭގައި ހިންގަމުންދާ "ސާރޗް އެންޑް ރެސްކިޔު" ދެ ސަރަހެއްދެއް ފިޔަވައި އެހެން ހުރިހާ ތަނެއްގައި ނިންމާލައިފިއެވެ.
20 Feb 2023
ސީރިޔާގެ "މިރަކަލް ބޭބީ" ބޮޑުދައިތަގެ ލޯބީގެ ހިޔަލަށް
ބިންހެލުމަށް ފަހު އިމާރާތުގެ ދަށުން ނަގައިގެން ގެންދިޔަ ގޮތަށް ކުއްޖާ އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ ބޮޑުދައިތަ އާއި ބޮޑުދައިތަގެ ފިރިމީހާ އާއި އެނާ ހަވާލު ކޮށްފައިވަނީ މިއަދުއެވެ. އޭނާގެ ބޮޑުދައިތަގެ ފިރިމީހާ ވަނީ، ބިންހެލުމުގެ ތިން ދުވަސް ފަހުން އުފަންވި އޭނާގެ ދަރިފުޅެކޭ އެއްގޮތަށް އެކުއްޖާ ބޮޑު ކުރާނެ ކަމަށް ބުނެފައެވެ.
19 Feb 2023
12 ދުވަސް ފަހުން އާއިލާއެއް ސަލާމަތްކޮށްފި
ތުރްކިޔޭ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ތުރްކިޔާއިން ވެއްޓުނު ޢިމާރާތެއްގެ ދަށުން، ކާރިސާއަށް 12 ދުވަސް ފަހުން ސީރުޔާގެ އާއިލާއެއް ސަލާމަތްކޮށްފިއެވެ.
19 Feb 2023
އެފްރިކަން ޔޫނިއަން ސަމިޓުން އިޒްރާއިލްގެ ޑިޕްލޮމޭޓް ބޭރުކޮށްލައިފި
އިތިޔޯޕިޔާގައި ކުރިއަށް ދާ އެފްރިކަން ޔޫނިއަން ސަމިޓުން އިޒްރާއިލްގެ ޑިޕްލޮމޭޓް ބޭރުކޮށްލައިފިއެވެ.
19 Feb 2023
ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ހުއްޓާނުލާ ކުރިއަށް
މާފުށީ ޖަލުގައި ހަރުކަށި ޔުނިޓްގައި ތިބި ގައިދީން ކުރިއަށް ގެންދާ ބަނޑިހައިކަމުގެ ހަޅުތާލަށް ފަސް ދުވަސް ވެފައިވާއިރު އަދިވެސް ޤައިދީން ތިބީ އެގޮތުގައެވެ.
19 Feb 2023
ބިންހެލުމުގައި ނިޔާވި މީހުންގެ ޢަދަދު 46،000 އަށް އަރައިފި
ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން ދެ ޤައުމުން ނިޔާވި މީހުންގެ ޢަދަދު 46،000 އަށް އަރައިފިއެވެ.
19 Feb 2023
"އާންމުންގެ ޓެކްސްއިން މުސާރަ ނަންގަވާ ޚާދިމަކު މިފެންވަރަށް ވެއްޓުނީމަ ވަރަށް ހުތުރު"
ޢާންމުގެ ޓެކްސް އިން މުސާރަ ހޯއްދަވައިގެން ޚިދްމަތް ކުރައްވަން ހުންނަވާ، ޚާދިމަކު މިފެންވަރަށް ވެއްޓުނީމައި ވަރަށް ހުތުރު ކަމަށް ވިދާޅުވެ ރާއްޖޭގެ ކުރީގެ ނައިބް ރައީސް މުހައްމަދް ޖަމީލް ވިދާޅުވެއްޖެއެވެ.
19 Feb 2023
"ރަންތާޖު" ޤުރުއާން މުބާރާތުގެ މެހެމާނަކަށް ޝައިޙް މިޝާރީ އަލް ޢަފާސީ
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަންތާޖު" މުބާރާތުގެ ޚާއްސަ އެއް މެހެމާނަކަށް ޤަޠަރުގެ ޤާރީ ޝައިޙް މިޝާރީ ރާޝިދް އަލް ޢަފާސީ ވާނެ ކަމަށް ޔޫތް މިނިސްޓަރ އަހްމަދް މްހްލޫފް ވިދާޅުވެއްޖެއެވެ.