08 Mar 2023
"މުވައްޒަފުންގެ ހާޒިރީ ބޯނަސް ނުދެވެނީ ސަރުކާރުން ހުއްދަ ނުދީގެން"
މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ނުދެވެނީ މިނިސްޓަރީ އޮފް ފިނޭންސާއި ޕޭ ކޮމިޝަނުން ލިބެންވާ ހުއްދަ ނުލިބިގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.