29 Mar 2023
ދިވެހި ތާރީޚުން މޫނު ބުރުގާ
މޫނު ބުރުގާ ނުވަތަ ނިޤާބަކީ ދިވެހިންނަށް އައު އެއްޗެއް ކަމަށް ބަޔަކަށް ހީވެފައި އޮވެދާނެއެެވެ. އަދި އެއީ މިފަހުން ރާއްޖެއިން ޢަރަބި ޤައުމުތަކަށް ކިޔަވަން ގޮސް އެނބުރި އައި "ފަހު ޒަމާނުގެ ދަންނަބޭކަލުން" ގެނައި އައު ވާހަކަތަކެއް ކަމަށް ޤަބޫލު ކޮށް އެވާހަކަ އެހެން ބުނާ ދިވެހިން އަދިވެސް މަދެއްނޫނެވެ.