ހަސްނާ އަޙްމަދު
ރިޕޯޓަރ
ހަސްނާ އަޙްމަދު
21 Mar 2023
"މޫނު ބުރުގާ މައްސަލައިގައި ލޯޔަރުންނާއި އެކު ހާޒިރުވުމުން ބައްދަލެއް ނުކުރި"
ޢަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވަން ހާޒިރުވާ ދަރިވަރުންނަށް މޫނުބުރުގާ ނަގަން އެންގައި މިއަދު ސްކޫލަށް ދަރިވަރުންނާއި ބެލެނިވެރިން ހާޒިރުވާން އެންގުމުން ބެލެނިވެރިން ވަކީލުންނާއި އެކު ހާޒިރުވުމުން ސްކޫލްގެ މެނޭޖްމަންޓުން ވަކީލުންނާއި އެކު ބައްދަލުނުކުރާނެ ކަމަށްބުނެފި ކަމަށް އެ ސްކޫލްގެ ބެލެނިވެރިން ބުނެފިއެވެ.
21 Mar 2023
އިތުރު މައްސަލަތަކެއް ޢިމްރާނާއި ދެކޮޅަށް ބަލަން ފަށައިފި
ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ޕާކިސްޠާން ފުލުހުންގެ ޢަމަލުތަކަކީ ޚުދުމުޚްތާރް ޢަމަލުތަކެއް ކަމަށް ބުނެ ވާހަކަދެއްކިތާ ގިނައިރެއް ނުވެ އޭނާ އާއި އޭނާގެ ޕާޓީ ޕާކިސްޠާން ތަހްރީކޭ އެ-އިންސާފު ޕާޓީ ގެ އެކްޓިވިސްޓުންނާއި ދެކޮޅަށް ގިނަ މައްސަލަތަކެއް ފައިލްކޮށްފިއެވެ.
21 Mar 2023
އެމްޑީޕީ ދަނގެތި ރައީސް ޢަބްދުﷲ ޖޭޕީ އަށް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ދަނގެތި ދާއިރާގެ ރައީސް ޢަބްދުﷲ ރަޝީދު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
21 Mar 2023
ޕްރިންސިޕަލް ފޯރަމަށް ދައުވަތު ނުލިބޭ: މިނިސްޓަރ
ހއ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވުނު ޕްރިންސިޕަލް ފޯރަމަށް ދައުވަތު ނުލިބޭކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވިދާޅުވެއެއްޖެއެވެ.
20 Mar 2023
ރަމަޟާން މަހު އެންމެ ދިގުކޮށް ރޯދަހިފަނީ ކޮން ޤައުމެއް؟
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ދިރުއުޅެމުން އަންނަ އިރު އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފަނީ އެކި ދިގުމިނަށެވެ.
19 Mar 2023
ބަންގްލަދޭޝްގައި ހައިވޭއެއްމަތިން ބަހެއް ވެއްޓި އެކްސިޑެންޓެއް ހިނގައިފި
އަވައްޓެރި ބަންގްލަދޭޝްގައި ހައިވޭއެއް މަތިން ދުއްވާފައިދިޔަ ބަހެއް ވެއްޓި އެކްސިޑެންޓެއް ހިގައިފިއެވެ.
19 Mar 2023
ޢިމްރާން ހައްޔަރުކުރަން ނެރުނު އަމުރު ބާތިލްކޮށްފި
ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް އެޤައުމުގެ ކޯޓުން ނެރުނު އަމުރު އެޤައުމުގެ އެހެން ކޯޓަކުން ބާތިލްކޮށްފި ކަމަށް ޢިމްރާންގެ ލޯޔަރު ފައިސަލް ފަރީދު ޗައުދަރީ ބުނެފިއެވެ.
19 Mar 2023
މެޑަމް ފަޒްނާ އައިޕްލޭހައުސް ހުޅުވައިދެއްވައިފި
ައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގަލޮޅުގައި ހުންނަ އައިޕްލޭހައުސް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
19 Mar 2023
ނޫސްވެރިޔާ ޖުމާން ހައްޔަރުކުރި މައްސަލައިގައި ޕްރެސްފްރީޑޮމް އިން ކަންބޮޑުވުން ފާޅުކޮށްފި
އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިޔެއް ކަމަށްވާ ހުސެއިން ޖުމާން ހައްޔަރުކުރި މައްސަލަ ބައިނަލްއަޤްވާމީ، ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޕްރެސްފްރީޑޮމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
18 Mar 2023
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ މީހަކު ޝަހީދުވިފަހުން ހަށިގަނޑަށް ބަޑިޖަހައިފި
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ މީހަކު ޝަހީދުވިފަހުން އޭނާ ގެ ހަށިގަނޑަށް ބަޑިޖަހައިފިއެވެ.
18 Mar 2023
އިންޑިޔާގެ އެކްސްޕްރެސް ވޭ އެއް ހުޅުވިތާ ހަފްތާއެއް ނުވަނީސް ހަލާކުވެއްޖެ
އިންޑިޔާގެ ބެންގަލޫރާއި މައިސޫރް އާއި ދެމެދު ގުޅުވައިދޭ އެކްސްޕްރެސްވޭ ހުޅުވިތާ ހަފްތާއެއް ނުވަނިސް ހަލާކުވެއްޖެއެވެ.
18 Mar 2023
ޢިމްރާން ޚާން ކޯޓަށް ދިޔަވަގުތު ފުލުހުން އޭނާގެ ގެއަށް ގަދަކަމުން ވަދެއްޖެ
ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވުމަށް ކޯޓަށް ދިޔަ ވަގުތު ޕާކިސްޠާން ފުލުހުން ގަދަކަމުން ޢިމްރާންގެ ގެއަށް ވަދެގަނެއްޖެއެވެ.
18 Mar 2023
އެމްޓީސީސީ އިން ސްޕޯޓްސްފިޝިން އަށް ޚާއްސަ ލޯންޗެއް މާކެޓަށް ނެރެފި
މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ ގައި އެމްޓީސީސީ އިން ސްޕޯޓްސްފިޝިން އަށް ޚާއްސަ ލޯންޗެއް މާކެޓަށް ނެރެފިއެވެ.
18 Mar 2023
މޯލްޑީވްސް މެރިން އެކްސްޕޯ އެލައިޑް ސްޓޯލަށް ޒިޔާރަތްކޮށްގެން 3000ރ ގެ ހަދިޔާއެއް
މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ ގައި ހުރި އެލައިޑް އިންޝިޔުރެންސްގެ ސްޓޯލަށް ޒިޔާރަތްކޮށްލައިގެން 3000ރ ގެ ހަދިޔާއެއް ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
17 Mar 2023
ޢިމްރާން ހައްޔަރުކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުނެރެފި
ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް ޕާކިސްޠާން ފުލުހުން ކުރަމުންދާ މަސައްކަތް މަޑު ޖައްސައިލުމަށް ލާހޯރުގެ ހައިކޯޓުން ފުލުހުންނަށް އަންގައިފިއެވެ.
17 Mar 2023
ވިއްސާރަވެ ފެން ބޮޑުވުމުގެ ސަބަބުން ތުރްކިޔޭ އިން 13 މީހަކު މަރުވެއްޖެ
ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ތުރްކިޔޭ އިން 13 މީހަކު މަރުވެއްޖެއެވެ.
16 Mar 2023
ދަންޖެއްސުމަށްފަހު ޞައްދާމްގެ ހަށިގަނޑު އެއްލާލި ކަމަށް ބުނެފި
ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު ޞައްދާމް ހުސެއިން ދަންޖައްސައި މަރައިލުމަށް ފަހު އެއްލާލިކަމަށް ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު މުޞްޠަފާ އަލް ޚާޒިމީ ބުނެފިއެވެ.
16 Mar 2023
އިންތިޚާބު ގާތްވާވަރަކަށް ޢިމްރާން ޚާން އަށް ފިއްތުންތައް ބޮޑު
އަވައްޓެރި ޕާކިސްޠާނުގެ އިންތިޚާބު ގާތްވަމުންދާ ވަރަކަށް ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރ ޢިމްރާން ޚާން އަށާއި އޭނާގެ ޕާޓީއަށް ފިއްތުންތައް ކުރިމަތިކުރަމުންދާވަރު ވަނީ ބޮޑުވެފައެވެ.
16 Mar 2023
މަޖިލީހަށް ހާޒިރުނުވާތީ ޖަޕާނުގެ މެންބަރެއް މަޤާމުން ވަކިކޮށްފި
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިހަށް ހޮވުނު ޔޫޓިއުބަރަކު މަޤާމަށް ހޮވުނުތާ 7 މަސް ވީއިރުވެސް އެންމެ ޖަލްސާއަކަށް ވެސް ހާޒިރުވެފައި ނުވާތީ މަޖިލިސް މެމްބަރު ކަމުން ވަކިކޮށްފިއެވެ.
16 Mar 2023
މަޤާމުތަކުގައި ތިބި ޖޭޕީ ބޭފުޅުން ޖެހޭނީ އިސްތިއުފާދޭން
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޖެހޭނީ އިސްތިއުފާ ދޭން ކަމަށް މަކުނުދޫ ދައިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެއްޖެއެވެ.
15 Mar 2023
ފުލުހުން އަތުލައިގަތުމަށް މަސައްކަތް ކުރި ސައިކަލެއް އެކްސިޑެންޓް ވެއްޖެ
މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން ދުއްވި ސައިކަލެއް އަތުލައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެކްސިޑެންޓް ވެއްޖެއެވެ.
15 Mar 2023
ޖޭޕީއިން އިންތިޚާބުގައި ވާދަކުރަން ނިންމުމުން ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
ޖުމްހޫރީ ޕާޓީ އިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
14 Mar 2023
ރައީސް ޞާލިޙް ގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރާނެ: ޢަލީ ޒާހިރު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕް ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
14 Mar 2023
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅޭ ބިލް މަޖިލީހަށް ބަލައިގެންފި
މަސަކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމާއި އިންސްޕެކްޓަރުންނަށް މަސައްކަތް ކުރާ ސައިޓުތައް ބަލާ ފާސް ކުރުމަށް ކޯޓު އަމުރަށް އެދެވޭ ގޮތަށް ސަރުކާރުން ހުށައެޅި މި ބިލް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު ޢަބްޑުﷲ އެވެ.
14 Mar 2023
ބީއެމްއެލް އިން ހުކުރު ދުވަހު މާލެ ސާފުކުރަނީ
ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު މާލެ ސިޓީ ގެ ސަރަހައްދުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
14 Mar 2023
ސްޓެލްކޯ އިން އަވަސްފަރުވާ ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފި
ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަވަސްފަރުވާ ދިނުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފިއެވެ.
14 Mar 2023
އޭޕްރީލް މަހުން ފެށިގެން ގޭދޮރުމަތިން ކުނި ނުނަގާނެ: ވެމްކޯ
މި ފެށޭ އޭޕްރީލް މަހުން ފެށިގެން ގޭދޮރުމަތިން ކުނި ނުނަގާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން ބުނެފިއެވެ.
14 Mar 2023
ބިންހެލުމަށް 34 ދުވަސް ފަހުން ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި
އެތައް މައިންބަފައިންނެއް ދަރިން ވަކިވުމުގެ ހިތާމައިގައި ތިބި އިރު ކާރިސާ އަސް 34 ދުވަސް ފަހުން ތުރްކިޔޭގެ ދެމަފިރިއަކަށް އެދެމީހުންގެ ދަރިފުޅު ވަނީ ހަވާލުކުރެވިފައެވެ.
14 Mar 2023
ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
މި ހިނގާ މާޗް މަހުގެ 15 ވަނަ ދުވަހުން ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
13 Mar 2023
ހެންވޭރު ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެ
ހެންވޭރު ކާސިންޖީ މަގުގައި ހުންނަ ގެއެއްގެ މަތިން އަންހެނަކު ވެއްޓިއްޖެއެވެ. ފުލުހުން ވިދާޅުވީ މިރޭ 20:05 ހާއިރު ހެންވޭރު ގެއަކުން މީހަކު ވެއްޓުނު ކަމަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި ފުލުހުން ދަނީ ހާދިސާ ހިނގި ތަނުގައި ހަރަކާތް ތެރިވަމުންކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މައްސަލައާއި ބެހޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.