ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
25 Mar 2024
ޑްރޯންތައް ގަތުމަށް ކުރި ޚަރަދު 241 ކޮމިޓީގައި ހާމަކުރެވިދާނެ: ޣައްސާން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް، ދިވެހި ސިފައިންގެ އެއާ ކޯއަށް ގެނެވުނު އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ޑްރޯންތައް ގަންނަން ކުރި ޚަރަދު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ހާމަ ކުރެއްވިދާނެ ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
25 Mar 2024
ޑްރޯންތައް އުދުހުމުގެ ހުރިހާ ކަމެއްވެސް ކުރާނީ ދިވެހި ސިފައިން: ރައީސް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް ގެނައި އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ތައް ދުއްވުމުގެ ހުރިހާ ކަމެއް ކުރާނީ ދިވެހި ސިފައިން ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
25 Mar 2024
ކުރީ ސަރުކާރުގައި ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކަށް: ރައީސް މުއިއްޒު
ދިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކާއި ދިމާއަށް ކަމަށާ، އެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖެ އޮތީ އަނދަވަޅަކަށް ވައްޓާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Mar 2024
ކަރަންޓާއި ފެން ބިލުތަކުގެ ޖޫރިމަނާ ރައީސް ޑރ. މުޢިއްޒު އެއްކޮށް މަޢާފުކޮށްފި
ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ, ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެއްކޮށް މަޢާފް ކޮށްދެއްވައިފިއެވެ.
24 Mar 2024
މިސްކިތް އެޅުމުގައި ބައިވެރިވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި
ބޭނުން އަދަދަކުން ފައިސާ ހަދިޔާ ކޮށްގެން މިސްކިތެއް އެޅުމަށް އެހީވުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެންޕެއިނުން ހުޅުވާލައިފިއެވެ.
24 Mar 2024
ދުވާލަކު 500 މީހުންނަށް ރޯދަވީއްލުން ދިނުމުގެ ޕްރޮގްރާމެއް
މި ބަރަކާތްްތެރި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ބަންގްލަދޭޝްގެ 500 މުސްލިމުންނަށް ރޯދަ ވީއްލުމެއް ދިނުމުގެ ޕްރޮގްރާމެއް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ބަންގްލަދޭޝްގައި ފަށައިފިއެވެ.
24 Mar 2024
މި ރަމަޟާން މަހުވެސް ދިވެހިންގެ އެހީ މެދުކެނޑުމެއްނެތި ޣައްޒާއަށް
މި ރަމަޟާން މަހުވެސް މެދު ކެނޑުމެއްނެތި ދިވެހިންގެ އެހީގައި ފަލަސްޠީނުގެ ޣައްޒާގައި އިފްތާރު ޕެކޭޖު ބަހަމުންދާ ކަމަށް އައިއޭސީން ބުނެފިއެވެ.
24 Mar 2024
ރެސިޕީ: ވައިޓް ސޯސް ޕާސްތާ
މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާކޮށްލަނީ ވައިޓް ސޯސް ޕާސްތާ ތައްޔާރުކުރާނެ ގޮތެވެ.
24 Mar 2024
ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭ ރައްޔިތުން ގެންދަން ނޫޅުއްވާ
މާލޭގެ ރައްޔިތުންނަށް ރަނގަޅުވާނީ، ގުޅިފަޅާއި، ގިރާވަރު ފަޅާއި، ހުޅުމާލޭ ފޭސް 3 ހިއްކުމުން ކަމަށާ، ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނަށް “ބިއްލޫރި ހޮޅިއަކުން” މާލެ ރައްޔިތުން ގެންދަން ނޫޅުއްވުމަށް ކުރީގެ ރައީސް، އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
24 Mar 2024
އައިއޭސީން ޔަމަން އަށް 1،600،000 ލީޓަރުގެ ސާފުފެން ފޯރުކޮށްދީފި
އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ކުރިއަށްގެންދާ ލޯތްބާއެކު ކެންޕެއިންގެ ތެރެއިން ޔަަމަނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 1،600،000 ލީޓަރުގެ ފެން ފޯރުކޮށްދީފިއެވެ.
24 Mar 2024
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފި
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
23 Mar 2024
މާޓާ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ
މޯސްލިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުއަލަ ލަމްޕޫރްގައި ބާއްވާ މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) 2024ގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓް ކުރުމަށް ނިންމައިފިއެވެ.
22 Mar 2024
ދުނިޔޭގެ ޓްރެވަލް އެވޯޑުގެ 9 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓުވެއްޖެ
ދުނިޔޭގެ ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގެ ނުވަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓުވެއްޖެއެވެ.
22 Mar 2024
ރެސިޕީ: ޑިޕިންގ ޗީޒް ސޯސް
ޗީސް ސޯހަކީ ސަބްމެރިން، ބާގަރ ނޫނީ ސޭންޑްވިޗް ފަދަ ތަކެތި ތައްޔާރުކުރާއިރު ބޭނުން ކުރުމަށާ، އެފަދަ ތަކެއްޗާއި، ފިހުނު ކުކުޅާއި، ފިހުނު މަހާއި، ތެލުލި ކުކުޅާއި ތެލުލި މަހުގެ އިތުރުން ޗިޕްސް ފަދަ ތަކެތި ޖަހައިގެން ކާލަންވެސް ވަރަށް މީރު ސޯހެކެވެ. މިއީ ތައްޔާރު ކޮށްލަންވެސް އެހާމެ ފަސޭހަ ސޯހެކެވެ.
22 Mar 2024
މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުން އެކަށީގެންވޭ: ޚުތުބާ
އަޅުކަން ކުރުމަށާއި ދަރުމައާއި ޘަވާބު ހޯދުމަށް މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެހެންކަމުން، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.
22 Mar 2024
މިއަދު ރޯދަ ވީއްލަން އެގްޕަފް ކިހިނެއްވާނެ؟
ރޯދަ ވީއްލަން ތެލުލައިގެން ތައްޔާރު ކޮށްފައި ހުންނަ ތަކެތި ކެއުމަށް ފިހެފައި ހުންނަ ތަކެތި ކެއުމަކީ ހަށްޓަށް ފަސޭހަވާނެ ގޮތެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ފިހެގެން ތައްޔާރުކޮށްލާނެ އެއްޗެކެވެ.
22 Mar 2024
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
22 Mar 2024
އެންމެ ލަސްވެގެން މެއި މަހު އީ-ވޮލެޓުގެ ޚިދުމަތް ތައާރަފުވާނެ: ރައީސް
އެންމެ ލަސްވެގެންވެސް އަންނަ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Mar 2024
އަމިއްލަ ފަރާތެއްގެ ޚަރަދުގައި ހުޅުމާލޭ ފޭސް 2 ގައި މިސްކިތެއް ބިނާ ކުރަނީ
އަމިއްލަ ފަރާތެއްގެ ޚަރަދުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާ ކުރަން ހަވާލުކޮށްފިއެވެ.
21 Mar 2024
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
21 Mar 2024
ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެއްބަސްވެއްޖެ
ދިވެހި ސަރުކާރުގެ ފަރާތުން،ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިންގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ އާއި ޗައިނާޓިޔަންގޔިންގ އިންކް، (ސީ.އެން.ޓީ.ވައި) އާ އެކު، 2 އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
21 Mar 2024
ރެސިޕީ: ފިލާ މަސްހުނި
ކުއްޅަފިލާފަތު މަސްހުންޏަކީ ރޯދަ ވީއްލުމަށް ވަރަށް ގިނަ މީހުންނަށް ކަމުދާ ވަރަށް ސިއްހަތަށްވެސް ފައިދާ ހުރި އެއްޗެކެވެ. ފިލާ މަސްހުންޏަކީ ބަތްޕެނާއި، ރޮށްޓާއި އަދި ބަތާއި އެކު ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. އެހެންކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ފިލާ މަސްހުނި ތައްޔާރު ކުރާނެ ގޮތެވެ. ޔަގީނުންވެސް ތަފާތުވެފައި މީރުވާނެ އެވެ.
21 Mar 2024
ކައުންސިލް އިދާރާގެ އައު އިމާރާތް އަޅާނެ ކްރައިޓީރިއާ އާންމުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް، ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފި އެވެ.
21 Mar 2024
އީޔޫއާއި ޔޫއެންޑީޕީއާއެކު ރާއްޖެއިން އެއްބަސްވެއްޖެ
ރާއްޖޭގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އަދުލުއިންސާފުގެ ނިޒާމު ހަރުދަނާކުުރުމަށް "އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް އެއިމް ޕްރޮޖެކްޓް" ފެށުމަށް އީޔޫ އާއި ޔޫއެންޑީޕީ އާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Mar 2024
އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުގެނެސްފި
ސިވިލް މުވައްޒަފުންގެ ތެރެއިން ސްޕެޝަލް ޑިޔުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ސިވިލް ސަރވިސް ކޮމިޝަނުން ބަދަލުގެނެސްފިއެވެ.
21 Mar 2024
ފުލެޓްތަކާއި ގޯތިތައް ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީ ކުށެއް: ޞާލިހް
ކުރީ ސަރުކާރުން، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އެ ނުދީ ހިފަހަށްޓާފައިވާ ހިފެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
20 Mar 2024
ތިލަފުށި ފޭސް 2 އިން ވިޔަފާރި ބޭނުމަށް ބިން ގަތުމަށް ހުޅުވާލައިފި
ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ފޭސް 2 ސަރަހައްދުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
20 Mar 2024
ތުރުކިޔޭ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލަނީ
ރާއްޖެއާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
20 Mar 2024
މާލެ ސަރަހައްދުގެ ކަރަންޓު ލޯޑް 100 މެގަ ވޮޓަށް!
މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު 100 މެގަ ވޮޓަށްވުރެ މަތިވެ، ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެދިވަޑައިގެންފިއެވެ.
20 Mar 2024
ރަސްމާލެ ބިން ހިކުން ކުރިއަށް ނުދިޔަސް މަޝްރޫއު އޮތީ ހުއްޓިފައެއް ނޫން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ، ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢު އޮތީ ހުއްޓިފައި ނޫން ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެެވެ.