ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
10 Oct 2022
ބްރޯޑްކާސްޓިންގ ގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވަން ގަރާރެއް!
ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓިންގ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއިއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމްކޮށްދީ، ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
10 Oct 2022
ފާއިތުވި ސެޕްޓެމްބަރު މަހު އެކަނިވެސް މާލޭގައި 102 ވަރި
ފާއިތުވި ސެޕްޓެންބަރު މަހުގައި މާލެ ސަރަހައްދުގައި 153 ކައިވެނިކޮށްފައިވާއިރު، ހަމަ އެކަނި އެ މަހުގައި ވެސް 102 ވަރިކޮށްފައިވާކަން ފެމެލީ ކޯޓުން ބުނެފިއެވެ.
10 Oct 2022
އައިއޭސީގެ ޓީމާއެކު ޑރ. މުހައްމަދު ޢަލީ ވެސް ރޮހިންޔާ ކޭމްޕް ތަކަށް
އިންޓަރނޭޝާނަލް އެއިޑް ކެމްޕޭން(އައިއޭސީ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ބަންގުލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަ މިފަހަރު ކުރާ ދަތުރުގައި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ. މުޙައްމަދު ޢަލީ ބައިވެރި ވެއްޖެއެވެ.
10 Oct 2022
މަސްވެރިންގެ ހައްގުގައި އިދިކޮޅުން މަސްމާރުކޭޓު ދޮށަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅުން މަސްމާރުކޭޓު ސަރަހައްދުގައި އިހްތިޖާޖު ކުރަން ނިންމައިފިއެވެ.
10 Oct 2022
ނާޒިމް ސައްތާރު ގެ އަދަބުގެ މައްސަލަ ހައިކޯޓަށް!
އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
09 Oct 2022
ރެއިންބޯ އެނިވަރސަރީ ސޭލް؛ ގަންނަ ކޮންމެ އެއްޗަކުންވެސް ޑިސްކައުންޓް!
ރެއިންބޯގެ އަހަރީ ދުވަހާ ގުޅިގެން އެއް މަސްދުވަހަށް ކުރިއަށް ގެންދާ އަހަރީ ސޭލްގައި ގަންނަ ކޮންމެ އެއްޗަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.
09 Oct 2022
"ދައުލަތުގެ ޓީވީން ނުދައްކާނަމަ ވޯލްޑު ކަޕް ބެލުމުން އެތައްބަޔަކު މަހުރޫމުވޭ!"
އަންނަ ނޮވެމްބަރު މަހު ފަށާ ފުޓުބޯޅަ ވޯލްޑް ކަޕް މުބާރާތުގެ މެޗުތައް ދައުލަތުގެ މީޑިއާއިން ނުދައްކާ ނަމަ އެ މުބާރާތް ބެލުމުން އެތައް ބަޔަކު މަހުރޫމު ވެގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
09 Oct 2022
ބީއެމްއެލްގެ އެހީގައި ބޮޑުފޮޅުދޫ ސްކޫލްގައި ސާފު ބޯފެން ލިބޭނެ ސިސްޓަމެއް!
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރު.އޯ މެޝިނެއް ބަހައްޓައިފިއެވެ.
09 Oct 2022
ވަޒީފާނެތް ޒުވާނުންނަށް މާލެ ސިޓީ ކައުންސިލުން ޕްރޮގްރާމެއް!
މާލެސިޓީ ގައި ދިރިއުޅެމުންދާ މާލޭގެ ރައްޔިތުންގެ ތެރެއިން ވަޒީފާނެތް ޒުވާނުންގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
09 Oct 2022
މޯދީގެ ޢީދު މީލާދުގެ ތަހުނިޔާ އާއި އެކު އައީ ޢީދު މުބާރަކް!
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ޢީދު މީލާދުގެ ތަހުނިޔާ ފޮނުވައި ކުރެއްވި ޓުވީޓެއްގައި ޢީދު މުބާރަކް ލިޔުއްވާފައި ވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
09 Oct 2022
ކުރިން ޕްލޭންގައި އޮތީ އަމީނީމަގު ހަދަން ގަސް ނުކަނޑަން: ޑރ. މުޢިއްޒު
އަމީނީ މަގު ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް މީގެ ކުރިން ކުރި ޕްލޭގައި ވަނީ މަގުގައި ހުރި ބޮޑެތި ގަސްތައް ނުކަނޑައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
09 Oct 2022
އަންނަ ޖަނަވަރީ މަހު ކެޓް ޝެލްޓަރ ގެ ޢަމަލީ މަސައްކަތް ފެށޭނެ!
2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކެޓް ޝެލްޓަރ ނުވަތަ އެނިމަލް ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
09 Oct 2022
ހަރުކަށި ޔަހޫދީން ފަލަސްތީނުގެ ދެ މުސްލިމުން ޝަހީދުކޮށްލައިފި!
ހައްދުފަހަނަޅާފައިވާ އިސްރާޢީލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖަނީން އަށް އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައި އިތުރު ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
09 Oct 2022
ހެނދުނު ސަޔަށް ވެފްލްސް ކިހިނެއް ވާނެ؟
މިއަދު "ވޮއިސް" ގެ ބަދިގެ ގެނެސް މިދެނީ ވެފްލްސް ހަދާނެ ގޮތެވެ. ވެފްލްސް އަކީ އައިސްކްރީމް ، ނުވަތަ މާމުއި ނޫނީ ކެރަމަލް ކަހަލަ ސިރަޕް އަކާއި އެކު ކާލަންވެސް ވަރަށް މީރު، އަދި ހަދާލަން ފަސޭހަ އެއްޗެކެވެ.
09 Oct 2022
ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް، ވަގަށް ނަގައިފި!
ހުޅުމާލޭ ފޭސް އެކެއްގައި ވަޅުލާފައި ހުރި ކަރަންޓު ކޭބަލްތަކެއް ބުރިކޮށްގެން ވަގަށް ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
09 Oct 2022
"ރަސޫލާދެކެ ލޯބިވުމަކީ ސުންނަތުގައި ނުވާ ކަންތައްތަކެއް ކުރުމެއް ނޫން"
ރަސޫލު ﷺ ދެކެ ލޯބިވުމަކީ، އެކަލޭގެފާނުގެ ސުންނަތުގައި ނުވާ، ކަންތައްތަކެއް ކުރުމެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
09 Oct 2022
މާލެ ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވައިފި
މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.
07 Oct 2022
ސަލަފް ރިޙްލާ: މުޅި ރ.އަތޮޅުގައި ދީނީ އިޖުތިމާޢީ ހަރަކާތްތައް!
ރާއްޖޭގައި ދަޢުވަތުގެ މައިދާނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ އެއް ކަމަށްވާ ޖަމްޢިއްޔަތުއް ސަލަފްއާއި ރ. އަތޮޅުގެ އެކި ރަށްތަކުގެ ކުލަބު ޖަމްޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ "ސަލަފް ރިޙްލާ" ޕްރޮގްރާމްގެ ތެރެއިން މުޅި ރ. އަތޮޅުގައި ދީނީ އިޖުތިމާޢީ ހަރަކާތައް ފެށިގެން ކުރިއަށްދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.
07 Oct 2022
"އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއް"
އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
07 Oct 2022
ސްނޯކްލިން އަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި ޑިންގީ އަކުން ޖެހިއްޖެ!
އއ. ތޮއްޑޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި ޑިންގީ އަކުން ޖެހިއްޖެއެވެ.
07 Oct 2022
"ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ގާސިމާއި އިމްރާނާއި ނާޒިމްވެސް ބޭނުމެއްނުވި"
އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
07 Oct 2022
ރައީސް ޔާމީންގެ މައްޗަށް ހުށަހެޅި އައު ހެކިތަކަށް އިޖުރާއަތު ތަންނުދޭ: ނިޝާން
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ މަައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އައު ހެކިތަކެއް ހުށަހަޅާފައިވާއިރު، އެގޮތަށް ހެކި ހުށަހެޅުމަށް އިޖުރާއަތުގެ ޤާނޫނު ހުއްދަ ނުކުރާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
07 Oct 2022
ލޯންޗުން ދަތުރުކުރި އެކެއް ވަނީ ގެއްލިފައި: ފުލުހުން
އއ.މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗުން ދަތުރު ކުރި ދެމީހުންގެ ތެރެއިން އެކަކު ވަނީ ގެއްލިފައި ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2022
ޝިޔާމް ރައީސް ޞާލިހަށް: ހެޔޮ ނުވާނެ އައު ކަމެއް ކޮށްބަލަ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން ކުރަމުންދަނީ ކުރީ ސަރުކާރު ތަކުން ކޮށްފައިވާ ކަންކަން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
07 Oct 2022
މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިއްޖެ!
އއ.މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިއްޖެއެވެ.
07 Oct 2022
ޖޭއެސްސީީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދަނީ!
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލާވާލާފައިވާ ގޮތް އިސްލާހުކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
07 Oct 2022
ފްލޯޓިން ސިޓީގެ ފުރަތަަމަ އަސްލު ފޮޓޯ ދައްކާލައިފި!
މާލެ އަތޮޅުގެ ހަ ފަޅެއްގައި ފްލޯޓިން ސިޓީތަކެއް ހަދަން ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދަމުންދާ ސިޓީގެ ފުރަތަމަ ބްލޮކް ނިންމައި ފޮޓޯ އާންމުކޮށްފި އެވެ.
07 Oct 2022
"ސިއްރުތައް ހާމަކުރާ މީހާ ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީލަތް ކުރައްވާނެ"
މީހުންގެ ސިއްރުތަކާއި އުނި ސިފަތައް ހާމަ ކޮށްފި މީހާ، އޭނާގެ ގޭތެރޭގައި ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީޙަތް ކުރައްވާނެ ކަމަށް ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
07 Oct 2022
"ދައުލަތުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުން"
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް، ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފި އެވެ.
07 Oct 2022
ބީއެމްއެލް އިން އިނޮވޭޝަން ލެބް ހެކަތަން އިފްތިތާހުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ގޮތުގައި މިއަދު ބީއެމްއެލް ހެކަތަން އިފްތިތާހުކޮށްފިއެވެ.