ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
18 Oct 2022
ޓީޖީއެސްޓީ އާއި ގްރީން ޓެކުހުން ނުލިބި ބިލިއަނެއް
ޓޫރިޒަމް ޖީއެސްޓީ އާއި ތިމާވެށި ހިމާޔަތް ކުރަން ނަގަން ފެށި ޓެކްސް، ގްރީން ޓެކުހުގެ ގޮތުގައި ނުލިބި ހުރި ފައިސާ، އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ހާމަވެއްޖެއެވެ.
18 Oct 2022
ބްރޯޑްކޮމް އިން މީޑިއާނެޓް ދެއްކީ ކުޑަ ވިޔަފާރި އެއް ގޮތަށް: ޠާރިގު
ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓް ބަލަނީ ކުދި ވިޔަފާރި ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށާ، އެހެންނަމަވެސް، އެ ގޮތަށް އެކަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެެއެވެ.
18 Oct 2022
"ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބެލުމުގެ ފުރުސަތު ގެއްލުވައި ނުލާ"
ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް މޮނޮޕޮލައިޒްކޮށް، ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުޞަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ބްރޯޑްކޮމް ކޮމިޝަނަށް ގޮވާލައްވައިފިއެވެ.
18 Oct 2022
ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވައިފި
"މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
18 Oct 2022
ރާއީސް ޔާމީން ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: ޢިމްރާން
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ބޯ ހަމަނުޖެހޭ ވާހަކަ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތުޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
18 Oct 2022
ވަގަށް ނެގި ފައިސާއަށްވުރެ ޖޫރިމަނާ ފައިސާ މަދު
ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރި ފަޅާލާ ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުންނަށް ވައްކަން ކޮށްގެން ނެގި ފައިސާއަށްވުރެ ކުޑަ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
18 Oct 2022
ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކައިފި!
1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނަޑޯލް ވިއްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
18 Oct 2022
ސްމާޓްކޮމްއިން ސްކޫލު ދަރިވަރުންނަށް ސްމާޓް ސިޓީ ސްޓަޑީ ޓުއަރއެއް!
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ސާނަވީ މަރުހަލާގެ ކޮމްޕިއުޓަރ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއަރއެއް ބާއްވައިފިއެވެ.
18 Oct 2022
ރައީސް ޔާމީން ރައީސް ނަޝީދަށް: ތިވަރަށް ނޫންތޯ ނަގޫ ފިތޭނީ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ "ނަގޫ ފިތިފައި" ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
18 Oct 2022
އަލީ ޒާހިރު އަންނަނީ އަދަބު ލުއިކޮށްދޭ ނިންމުންތައް ވިއްކަމުން: ޠާރިގު
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ފައިސާ ނަގައިގެން ގައިދީންގެ އަދަބު ލުއިކޮށްދީ މާފުދެމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.
17 Oct 2022
ރައީސް ޞާލިހު ކާށިދޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި!
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
17 Oct 2022
"‏ވ.އަންބަރާ މައްސަލާގައި ގެއްލުންވީވެސް ބަދަލުދޭންޖެހެނީވެސް ރައްޔިތުން"
ވ.އަންބަރާ ކަނޑޫފާ ނައްތާލާ، ރިޒޯޓެއް ތަރައްޤީކުރަންދިން މުއްދަތުގައި އެއްވެސް މަސައްކަތެއްނުކުރުމުގެ ސަބަބުން އެކަމުގެ ގެއްލުން ވ. އަތޮޅުގެ ރައްޔިތުންނަށް ވެފައިވާއިރު، އޭގެ ބަދަލު ހޯދަން އެދުމުން އެ ބަދަލުވެސް ދޭން ޖެހުނީ ރައްޔިތުންނަށް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.
17 Oct 2022
ހިސާންގެ ތާއީދު ނެތި ޖޭއެސްސީގެ ގާނޫނުގެ އިސްލާހު ފާސްކޮށްފި!
ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ހިސާން ތާއީދު ނުކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި އެކު އެ ބިލް މިއަދު ފާސް ކޮށްފި އެވެ.
17 Oct 2022
ރައީސް ޔާމީނަށް ބާރަށުންވެސް ބޮޑު ތަރުހީބެއް!
ވާދަވެރި ސިޔާސީ ލީޑަރު އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަބްދުލްގައްޔޫމު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ ބާރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
17 Oct 2022
ދެން ވެރިކަމަށް އަޔަސް އިންޑިއާ އާއި ބާއްވާނީ ގާތް ގުޅުމެއް: ރައީސް ޔާމީން
އިންޑިއާ އާއި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާ، ދެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެގައުމާއި އެކު ބާއްވަވާނީ ގާތް ގުޅުމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
17 Oct 2022
ރައީސް ޞާލިހުގެ ވައުދުގެ %95 ޕްރޮޖެކްޓްސްތަށް ކުރިއަށްދޭ: އަމީރު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އިންތިހާބު ވުމުގެ ކުރިން ދިވެހިންނަށް ވެވަޑައިގެންނެވި ވައުދު ތަކުގެ ތެރެއިން 95 އިންސައްތަ ޕްރޮޖެކްޓްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
17 Oct 2022
އެވްސެކޮމްގެ މުވައްޒަފުންގެ ފަރާތުން ޕާކިސްތާން ރައްޔިތުންނަށް ބޮޑު އެހީއެއް!
‏ޙާލުގައި ޖެހިފައިވާ ޕާކިސްތާންގެ ރައްޔިތުންނަށް އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް (އެވްސެކޮމް) ގެ މުވައްޒަފުން ހަދިޔާކުރި ފައިސާގެ އެހީ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފިއެވެ.
17 Oct 2022
"ގޯއްޗާއި ބިމަށް އެދުނު ފަރާތްތަށް އިވެލުއޭޓް ކޮށް ނިމެން ދެތިން މަސް ނަގާނެ"
މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދިފައިވާ ފަރާތްތައް އިވެލުއޭޓް ކޮށް ނިމެން ދެތިން މަސް ނަގާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
17 Oct 2022
ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފިއެވެ.
16 Oct 2022
ރައީސްވެސް އަޅުގަނޑާއި ވާހަކަދައްކަވަން ބޭނުންމެއް ނުވޭ: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ވާހަކަދައްކަވަމުން ބޭނުންފުޅު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
16 Oct 2022
"ދީން މަތިވެރި ކުރަން ޢަދާލަތަށް ވަންނަ ނަމަ ދިންނަވާ، ނަސީބު ލިބޭނެ"
ދީނަށް އުޅެ ދީން މަތިވެރި ކުރުމަށް އަދާލަތުޕާޓީއަށް ވަންނަ ނަމަ މާތް ރަސްކަލާނގެ އިރާދަފުޅުން އެމީހަކު ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.
16 Oct 2022
ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް!
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މާބަނޑުމީހުންނާ ތުއްތު ކުދިންނަށް ޚާއްސަ އިމާރާތުގެ (ހިޔަލަ ވިންގް) ގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމައިފިއެވެ.
16 Oct 2022
ޝެއިޚް ފަޟްލޫން އާއި ނިޝާންގެ މައްސަލައިގެ އަޑުއެހުން މާދަން!
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ ދެ ޢިލްމުވެރިން ކަމުގައިވާ ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާން އަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފިއެވެ.
16 Oct 2022
ކޮއްދިއްޕަރު ކައިރިއަށް 36 މީހުން ތިބި ސަފާރީއެއް ދިޔަވަނީ
ކޮއްދިއްޕަރު ރިސޯޓް ކައިރިއަށް 36 މީހުން ތިބި ސަފާރީއެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
16 Oct 2022
ރައީސްގެ ކުޅިވަރު ސިޔާސަތުގެ ގިނަ ކަންކަން ހާސިލްވެއްޖެ: މަހްލޫފް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކުޅިވަރު ސިޔާސަތުގެ ތެރެއިން ރާއްޖެއަށް ވަރަށް ގިނަ ކަންކަން ހާސިލު ވެފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
16 Oct 2022
ކިޑްސް ސޭވަރ އެކައުންޓް ހުޅުވައިގެން އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް
ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
16 Oct 2022
"ހެއްޔާ މަކިޓާ މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެސްޓީއޯ އިން ކުރިއަށް ގެންދާ "ހެއްޔާ މަކިޓާ" ޕްރޮމޯޝަން ގެ ދަށުން "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ކުރިއަށްގެންދާން އެ ފިހާރައިން ނިންމައިފިއެވެ.
16 Oct 2022
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި!
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
16 Oct 2022
ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން ސަމާލުވާން އަންގައިފި!
މެލޭޝިއާގެ ކުންފުންޏަކުން އުފައްދާ ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމާއި ގުޅިގެން އެ ބޭހާއި މެދު ސަމާލުވުމަށް ފޫޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
16 Oct 2022
"ގިނަމީހުން ތިބީ ތަރައްޤީއަށްޓަކައި ޓެކްސް ބޮޑުކުރަން ރުހިގެން"
ދިމާވާ ގިނަ މީހުން ތިބީ އެމީހުންނަށް ލިބޭ 1000 ރުފިޔާ އިން 20 ރުފިޔާ ތަރައްގީއަށްޓަކައި ހޭދަކުރާން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެެއެވެ.