ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
12 Oct 2022
ނުރައްކާތެރި ހާލަތަށް ދިޔުމުގެ ކުރިން ޑެންގީ އަށް ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފި!
ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ބޮޑުތަން އިތުރުވެ، ޑެންގީ ބަލީގައި ހާލު ސީރިއަސްވާ މީހުން އިތުރު ވެފައިވާއިރު، ބަލީގައި ނުރައްކާތެރި ހާލަތަކަށް ދިޔުމުގެ ކުރިން އަވަހަށް ފަރުވާ ހޯދުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
12 Oct 2022
މިދިޔަ އަހަރާ ބަލާއިރު ދައުލަތުގެ ޚަރަދުތައް 19.8 އިންސައްތަ އިތުރު!
މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި، ދައުލަތުގެ ޚަރަދު ހުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 19.8 އިންސައްތަ އިތުރު ވެއްޖެއެވެ.
12 Oct 2022
ކުޑަކުދިންނަށް ކުރާ އަނިޔާ ތަކުގެ ތެރެއިން އިހުމާލުވުމުގެ މައްސަލަ ގިނަ
އޮގަސްޓު 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ހުށަހެޅުނު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
12 Oct 2022
ރައީސް ޞާލިހު ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
12 Oct 2022
އުމުރު ދުވަހުގެ ޖަލު އަދަބު، 12 އަހަރަށް ކުޑަކޮށްފި!
ބައި ކިލޯއެއްހާ ޑްރަގް ގެންގުޅުނު މީހަކާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން، އުމުރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު 12 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކޮށްފި އެވެ.
12 Oct 2022
ހުޅުމާލެ ފޭސް ދޭއްގައި އިތުރު ދެ ބަސްހުއްޓި ހަދައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ދެ ތަނަކަށް ބަސް ހުއްޓާ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފި އެވެ.
12 Oct 2022
މުޅި ދުނިޔެ ރާއްޖެ ބަލައިގަތީ ރައީސް ޞާލިޙްގެ މޮޅުކަމުން: ނިހާދު
މުޅި ދުނިޔެ ރާއްޖެ ބަލައިގަނެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މޮޅުކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
11 Oct 2022
"ހުރިހާ ދާއިރާއަކުންވެސް މިނިވަންކަން އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އަސާސް"
ހަމަހަމަކަމާއި، ހުރިހާ ދާއިރާ އަކުންވެސް މިނިވަންކަން ހޯދައިދެވިފަައި އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
11 Oct 2022
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ އިންތިޚާބުކޮށްފި!
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިޚާބު ކޮށްފިއެވެ
11 Oct 2022
ޑެންގީ ޖެހިގެން އިތުރު ޒުވާނަކު ނިޔާވެއްޖެ!
ޑެންގީ ޖެހިގެން ފާރުވާ ކުރަމުން ދިޔަ 21 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
11 Oct 2022
ބޭންކް އޮފް މޯލްޑިވްސް އަށް އައު ސީއީއޯ އެއް އައްޔަންކުރަނީ
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް މރ. ކާރލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފިއެވެ.
11 Oct 2022
އަނަސް މަރާލި "ކުޑަކުއްޖާ"ގެ މައްޗަށް ކުށް ސާބިތު ވެއްޖެ!
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މާރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރި "ކުޑަކުއްޖާ"ގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
11 Oct 2022
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާ އަންހެން ހައްޖުވެރިންނާއެކު މަހްރަމެއް ހުރުން ލާޒިމް ކުރާ އުސޫލު އުވާލައި އިތުރު ބަދަލުތަކެއް ސައުދީ އަރަބިއްޔާއިން ބަދަލުކޮށްފިއެވެ.
11 Oct 2022
‏ފުލުހުންގެ މަޝްރޫއުތައް ބީލަން ނުކޮށް ހަވާލުކުރެވޭ ގޮތް ހަދައިފި
ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ބީލަމަކަށް ހުޅުވާނުލައި، ސިންގަލް ސޯސް ޕްރޮކިޔުމަންޓް އުސޫލުން ސަރުކާރަށް ބޭނުންވާ ތަކެތި ގަތުމާއި ހިދުމަތް ހޯދަން ފުލުހުންގެ ކޯޕަރޭޓިވްތަކާ ހަވާލުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
11 Oct 2022
ކުޑަކުއްޖެއްގެ ގައިގާ ފިހިގަނޑަކުން ތެޅި މައްސަލަ ސާބިތެއްނުވި
ކުޑަކުއްޖެއްގެ ގައިގާ ފިހިގަނޑަކުން ތަޅާ އަނިޔާކުރި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
11 Oct 2022
‪އެޗްއާރްސީއެމް ނިދިން ހޭލަން ވެއްޖެ ނޫންތޯ؟: ޑރ.ޖަމީލް
ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ނިދިން ހޭލަން ވެއްޖެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
11 Oct 2022
"ދާރިސް" ގެ ނަމުގައި ޓީވީ ޗެނަލެއް ފަށައިފި
ދީނީ އެކި މައުލޫމާތު ތައް އާއްމުންނަށް ފޯރުކޮށްދިނުމަށް "ސަމީކް ޕްރައިވެޓް ލިމިޑެޓް" އިން ހިންގާ "ދާރިސް" ނަމުގައި ޓީވީ ޗެނަލެއް އިއްޔެ ރަސްމީކޮށް ފަށައިފި އެވެ.
11 Oct 2022
އިއްޔެ މުޒާހަރާ ރޫޅާލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާ ރޫޅައިލައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
11 Oct 2022
"ޕީސީއާރް ހަދަން މެޑިފްލެކްސް އަށް ދިނީ އެތަން އަގުހެޔޮ ވީމާ"
1443 ވަނަ އަހަރުގެ ހައްޖުވެރިން ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ޕީސީއާރް ޓެސްޓް މެޑިފްލެކްސް ލެބޯޓަރީން ހަދަން ހަވާލުކުރީ އައިޖީއެމްއެޗްގެ އައިޖީއެމްއެޗް އަށްވުރެ އެތަން އަގު ހެޔޮވީމާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
11 Oct 2022
މި ސަރުކާރުން މިދަނީ ބާނާހާ މަހެއް ކިރަމުން: ޝިފާއު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން އަންނަނީ މަސްވެރިން ބާނާހާ މަހެއް ކިރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
11 Oct 2022
ނަފްސާނީ ބަލި އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަނީ
ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
11 Oct 2022
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން ނިންމައިފި
ނޮވެމްބަރު 3 ގެ ޢުދުވާނުން ރާއްޖެ ސަލާމަތް ކުރަން އިސް ދައުރެއް އަދާކުރެއްވި ބަޠަލު، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން އޭނާގެ އުފަން ރަށް ކަމަށްވާ ކުޅުދުއްފުށިން ނިންމައިފިއެވެ.
10 Oct 2022
ސަރުކާރުން އުޅެނީ ރޭޓިންގ އެޖެންސީތަކަށް ފިލައިގެން: ޝިޔާމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން އުޅެނީ ރޭޓިންގ އެޖެންސީތަކަށް ފިލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
10 Oct 2022
މީރާއަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ޖީއެމްއާރު!
ދައުލަތަށް ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ވަނަވަރު މީރާއިން މިއަދު ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި އިންޑިޔާގެ ޖީއެމްއާރު ކުންފުނިވެސް ހިމެނިއްޖެއެވެ.
10 Oct 2022
ނަފްސާނީ ބަލިތަކަށް ޚިދުމަތްދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް ގޮވާލައިފި!
ނަފްސާނީ ބަލިތަކަށް އިތުރު އިސްކަމެއްދީ، އެފަދަ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
10 Oct 2022
އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސްމާރުކޭޓު ސަރަހައްދަށް އެއްވެ ކުރި އިހްތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފިއެވެ.
10 Oct 2022
މަސްވެރިންގެ ހައްގުގައި އިދިކޮޅުން ބާއްވާ މުޒާހަރާ ފަށައިފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅުން މަސްމާރުކޭޓު ސަރަހައްދަށް އެއްވެ އިހްތިޖާޖު ކުރަން ފަށައިފިއެވެ.
10 Oct 2022
ރައީސް ޔާމީން ހއ އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ!
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ހއ.ގެ 5 ރަށަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
10 Oct 2022
ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައިގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ"
ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައިގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާ، އެކަން އެގޮތަށް ނުވާނެ ކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
10 Oct 2022
މިދައުރުގައި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް
މިއަދަކީ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރަމުންދާ ދުވަހެވެ. "މެންޓަލް ހެލްތު ޑޭ" ނުވަތަ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އެއީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެކޭ ބުނެފިނަމަ، އެކަން ގަބޫލުކޮށް، ޖިސްމާނީ ބައްޔެއް ޖެހިފައިވާ މީހުންނަށްވެސް ދޭ ފަދަ އަޅާލުމާއި އޯގާތެރިކަންދޭ މީހުން އަދުގެ މުޖުތަމަޢު އިން ފެންނަ ނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީގެ އަހަރު ތަކެއް ކުރިން ކަން އޮތީ އެގޮތަކަށް ނޫން ކަމަށެވެ.