ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
22 Jul 2024
ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ލަފާދޭން މަޖިލީހުން ފާސްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުން، އެމަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
22 Jul 2024
ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
21 Jul 2024
ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް އެދެފި
މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ، ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް ފުލުުހުން އެދެފިއެވެ.
21 Jul 2024
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުުމުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އާއި މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.
21 Jul 2024
ކާނާ ވިހަވެގެން ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފި
ޕޮލިސް ކޮލެޖުގެ ކާނާ ވިހަވެގެން އައްޑޫ ސިޓީ އެކުއެޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ.
21 Jul 2024
ދެކުނާއި މެދު ރާއްޖެތެރެއަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ
ދެކުނާއި މެދު ރާއްޖެ ތެރެއަށް މިއަދު އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
21 Jul 2024
ކުޅިވަރު ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް
ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް އެކި ކުޅިވަރުތައް ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Jul 2024
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް
މާލޭ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
21 Jul 2024
މުޒާހަރާތަކާއި ގުޅިގެން ބަންގްލަދޭޝްގައި ކާފިއު އިއުލާނުކޮށްފި
ބަންގަލަދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަނުކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ އޮފީސްތައް ބަންދުކޮށް ކާފިއު އިއުލާންކޮށްފިއެވެ.
20 Jul 2024
ވިދާގުގުރުމުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ތައާރަފްކޮށްފި
ރާއްޖޭގައި ފުރަތަމަފަހަރަށް ވިދާގުގުރުމުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ތައާރަފްކޮށްފިއެވެ.
20 Jul 2024
އެމްއައިބީގެ ބިޒްނަސް ބޭންކިންގެ ޑިޖިޓަލްކޮށް، އޯވާޑްރާފްޓް ހިދުމަތް ތައާރަފްކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބިޒްނަސް ބޭންކިންގެ ހިދުމަތްތައް ޑިޖިޓަލްކޮށް، އޯވާޑްރާފްޓް ފެސިލިޓީގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
20 Jul 2024
މިފްކޯގެ ސިނީއަރ މެނޭޖްމަންޓުގެ މުސާރަ ކުޑަކުރަނީ
މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޚަރަދުތައް ކުޑަކުރުމަށްޓަކައިއެކުންފުނީގެ ސިނީއަރ މެނޭޖްމަންޓުގެ މުސާރަތައް ކުޑަކުރުމަށް ނިންމައިފިއެވެ.
20 Jul 2024
ބައި-އިލެކްޝަންތަކުގައި މެންދުރު 1 އާއިހަމައަށް ވޯޓްލީ %14 މީހުން
މާލެ ސިޓީ ކައުންސިލާއި އިތުރު ތިން ރަށެއްގެ ކައުންސިލުން ހުސްވި ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި މެންދުރު 1 އާއިހަމައަށް ވޯޓްލީ %11 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
20 Jul 2024
ޓޫރިޒަމް އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަނީ
ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ނިންމެވި ނިންމެވުން ލަސްތަކެއް ނުވެ ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 Jul 2024
އާބާދީ ކުޑަ ރަށްރަށުގައި 3 ކައުންސިލަރުން ފުދޭނެ: ރައީސް
އާބާދީގައި 3،000 މީހުންނަށްވުރެ ގިނަ ނޫން ރަށްރަށުގައި ކައުންސިލަރުންގެ ގޮތުގައި 3 މީހަކު އިންތިހާބު ކުރުމުން ފުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 Jul 2024
"ނާރެސް" ޕޯޓަލް އިފްތިތާހްކޮށްފި
ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ "ނާރެސް" ޕޯޓަލް އިފްތިތާހްކޮށްފިއެވެ.
20 Jul 2024
މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި
މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފިއެވެ.
20 Jul 2024
އައިސީޖޭގެ ލަފަޔަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއްކަމަށް އައިސީޖޭ އިން ކަނޑައަޅައެޅުމާއިއެކު، ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެދުމުގެ އުންމީދު އާވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 Jul 2024
"ފަލަސްޠީނުގެ މުސްލިމުންނާއިމެދު ހިންގަނީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް"
ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއްކަމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ކަނޑައަޅައިފިއެވެ.
20 Jul 2024
އިސްރާއީލު ފުޓްބޯޅައިން ސަސްޕެންޑް ކުރުމާމެދު ފީފާއިން ގޮތެއް ނިންމުން ފަސްކޮށްފި
ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން ފުޓުބޯޅައިން އެގައުމު ސަސްޕެންޑް ކުރުމަށް އެތައް ބަޔަކު ގޮވަމުންދާ ދަނޑިވަޅެއްގައި، އެކަމާއި މެދު ގޮތެއް ނިންމުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ފަސްކޮށްފިއެވެ.
18 Jul 2024
ނަރުދަމާ ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަނީ
އެމްޑަބްލިއުއެސްސީގެ ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި އެވެ.
18 Jul 2024
މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅާ މުއްދަތު އަވަސްކުރަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތު އަވަސްކުރުމަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
18 Jul 2024
"ދައުލަތުގެ ރައްކާތެރިކަމުން ހަވާސާވެފައިވާ ފަރާތްތަކެއް ދެނެގަނެވިއްޖެ"
ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބި ފަރާތްތަކެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާކަމަށް އެ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
18 Jul 2024
ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެ: އެމްކިޔުއޭ
ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ.
18 Jul 2024
ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދުގެ ތައުޒިޔާ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މަންމާފުޅު، މޫމިނާ ހުސައިން ފުޅު އަވަހާރަވުމާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
18 Jul 2024
މުލީގައި ކަރަންޓު ދޭން އާ ޖަނަރޭޓަރެއް އިންސްޓޯލްކުރަނީ
މ.މުލީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެރަށަށް އާ ޖެނެރޭޓަރެއް ގެންގޮސް، އެ ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ފެނަކަ އިން ބުނެފިއެވެ.
18 Jul 2024
ބައިޑެން ކޮވިޑަށް ފައްސިވެ، ކެމްޕެއިން އިވެންޓް ކެންސަލް ކޮށްލައިފި
އެމެރިކާގެ ރައީސް އަދި އެގައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޖޯ ބައިޑަން ކޮވިޑް 19 އަށް ފައްސިވެ، އިންތިޚާބުގެ ނާޒުކު ދަނޑިވަޅެއްގައި ލެޓިނޯ ވޯޓަރުންގެ ތާއީދު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ކެމްޕޭން އިވެންޓެއް ކެންސަލް ކޮށްލަން ޖެހިއްޖެއެވެ.
17 Jul 2024
ކުރީ ސަރުކާރުން ޢާންމުކުރި ލިސްޓަށް ފްލެޓު ދީގެންނުވާނެ: ސައިފް
މާލޭގައި ދުވަހަކު ނޫޅޭ މީހުން ހިމެނޭހެން ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޢާންމުކުރި ލިސްޓަށް ފްލެޓު ދީގެންނުވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.
17 Jul 2024
ބްރޫނާއީގައި ތަމްރީނުވުމަށް ރާއްޖޭގެ 20 އިމާމަކު ގޮސްފި
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިމާމުންނާއި ޚަތީބުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް ގެ ދަށުން، ބްރޫނާއީގައި ތަމްރީނުވުމަށް ރާއްޖޭގެ 20 އިމާމަކު ގޮސްފިއެވެ.
17 Jul 2024
ރެފްރީއަށް ހަމަލާދިން ސަޕޯޓަރަކު ހައްޔަރުކޮށްފި
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް މެޗުގެ ރެފްރީކަން ކުރަން ހުރި މީހާއަށް ހަމަލާދިން ސަޕޯޓަރަކު ހައްޔަރުކޮށްފިއެވެ.