ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
31 May 2023
"ދިރިއުމަށްޓަކައި އަނބިމީހާ ހޭދައެއް ކޮށްފައިވާނަމަ ވަރި ވިޔަސް އެ ހޯދޭނެ!"
ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން އެ ޚަރަދު ހޯދިދާނެ ކަމަށް އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
31 May 2023
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ޕޯސްޓަރު ކުރެހެމުގެ މުބާރާތެއް
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.
31 May 2023
ބީއެމްއެލް އިން ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓެއް ތައާރަފްކޮށްފި
ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް، ' އާޔާ ' މިއަދު ތައާރަފްކޮށްފިއެވެ.
31 May 2023
ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުންނަށް ކައިވެނި ކުރެވޭނީ, އެކަކު މިނިވަންވުމުން
ޙުކުމް ތަންފީޛުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށް އެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
31 May 2023
"އަމިއްލަ މީހާގެ ދިފާއުގައި މަޖިލީހަށް ނާދެވުނު މީހަކަށް ޤައުމު ދިފާއުނުކުރެވޭނެ"
އަމިއްލަ ދިފާއުގައި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނުކުރުނު މީހަކަށް ޤައުމުގެ ދިފާއުގައި ވަކާލާތުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.
31 May 2023
ރައީސް ނަޝީދުގެ ޓީވީ ޗެނަލެއް ހަދައިފި
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ނެރެމުން އަންނަ މަޖައްލާއެއް ކަމަށްވާ އޯޝަން ވީކްލީ އިން, އެ ނަމުގައި ޓީވީ ޗެނަލެއް ހަދައިފިއެވެ.
31 May 2023
ލިޔުމުން ޖަވާބުދާރީވުމުން ކަންކުރާނެ ގޮތާމެދު ޚިޔާލުތަފާތު މަޖިލިސް މެދުކަނޑާލައިފި
ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމަށް އާއްމު ކޮމިޓީން ނިންމާފައިވަނިކޮށް، ވަޒީރު ލިޔުމުން ޖަވާބުދާރީވެފައިވާތީ ދެން ކަންތައްކުރެވޭނެ ގޮތުގެ މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.
31 May 2023
ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ހާޒިރު ނުވި!
ޗާގޯސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅު ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބު ފޮނުއްވައިފިއެވެ.
30 May 2023
ބީއެމްއެލްގެ ބޯޑަށް މެންބަރުން ހޮވައި ޗެއަރޕާސަން އައްޔަންކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.
30 May 2023
މައްޗަންގޮޅީ ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގެ މައްޗަންގޮޅީ ގައި ހުން ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
30 May 2023
އުރުދޮޣާން ހަތަރު މަހަށް ޖަލަށް ލެވުނީ މި ޅެން ކިޔައިގެން
ތުރްކިޔޭގައި އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދޮޣާން ވަނީ މީގެ އަހަރުތަކެއް ކުރިން ޖަލަށް ލެވިފައެވެ.
30 May 2023
ދެ ބިލެއް އަވަހަށް ފާސްކުރުމަށް ފައްޔާޟް އެދިއްޖެ
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ދެ ބިލެއްގެ ބަހުސްކޮށް އަވަހަށް ފާސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިލައްވައިފި އެވެ.
30 May 2023
ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފި
ނ. ލަންދޫގައި ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށް ކުނި އުކަން ގެންގޮސްފައިވާ ޕިކަޕުގައި އަލިފާން ރޯކޮށްލައިފިއެވެ.
30 May 2023
"މީހުން ހިތްހަމަނުޖެހޭ ލަގަބުތައްދިނުން ދީނުގައި ހުއްދަ އެއްނޫން"
މީހުންނަށް، އެމީހުން ހިތްހަމަ ނުޖެހޭ ނަންނަމުން ގޮވައި، އެފަދަ ލަގަބުތައް ދިނުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ރާއްޖޭހެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
30 May 2023
މަގުމަތި އެޅުމުގެ ހަގީގަތް އަދި އަޅައިފިނަމަ ކަން ކުރަންވީގޮތް!
މަގުމަތި އެޅުމާއި ކަނޑުމަތި އެޅުން، ނުވަތަ ވާވެއްދުމަކީ ޒަމާނުއްްސުރެ ވެސް އަހަރެމެންނަށް ކިޔައި އުޅޭ އަޑު އިވޭ ވާހަކަ ތަކެވެ. ޚާއްސަކޮށް މަހަށް ގޮސް އުޅޭ އިރު، މިހާރުވެސް މިފަދަ ހާދިސާތައް ދިމާވާކަން މަސްވެރިން ކިޔައިދެއެވެ. އަދި ބައެއް ފަހަރު އެއްގަމުގައި، މަގުމަތީގައި ހިނގާ އުޅޭއިރުވެސް ބައެއް މީހުންނަށް މިފަދަ ހާދިސާތައް ދިމާވެއެވެ.
30 May 2023
ބީއެމްއެލްގެ ހިއްސާގެ ފައިދާގެ ގޮތުގައި 215 މިލިއަން ރުފިޔާ
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 215 މިލިއަން ރުފިޔާ، ހިއްސާއަކަށް 40 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ.
30 May 2023
ބީއެމްއެލްގެ އޭޓީއެމް ހިންގަން އިރުގެ ހަކަތަ ބޭނުންކުރަނީ
ބޭންކް އޮފް މޯލްޑިވްސްގެ، ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި، މި އޭޓީއެމްތަކަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.
29 May 2023
"ރައީސް ޞާލިހު ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
29 May 2023
"ތި އިންނެވީ ރިޔާސަތު ފޭރިގެން؛ ތިތާ ތި އިންނަވަނީ ގަވާއިދާ ޚިލާފަށް!"
މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވަނި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާ، އަފީފް އިންނެވީ ރިޔާސަތު ފޭރިގެން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
29 May 2023
"މިއަދު ނުލިބެނީ މައުލޫމާތެއްތޯ؟ ކޮން މިނިވަންކަމެއްތޯ؟"
ދައުލަތެއްގެ ވެރިއެއްގެ ހައިސިއްޔަތުން މިއަދު އެންމެ ގިނައިން މީޑިއާތަކާއި ބައްދަލުކޮށް ސާފުމައުލޫމާތު ރައްޔިތުންނާއި ހަމައަށް އޮޅުންފިލުވައިދޭ އެއް ރައީސްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
29 May 2023
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި
ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.
29 May 2023
އެމްއާރުއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު މުރާޖައާކުރަން އެދެނީ
އެމްއާރުއެމް އުވާލުމުގެ މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އެދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
29 May 2023
ފަރޓިލިޓީ ކެއަރ ޕްރޮގްރާމް ތަޢާރަފްކުރުމަށް ސަރުކާރުން ތައްޔާރުވަނީ
ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
29 May 2023
ލޯފަން މީހުންނަށް ވޯޓު ލެވޭގޮތަށް ހަދާފައިވާ ޓެމްޕްލޭޓް ދައްކާލައިފި
އިންތިހާބުތަކުގައި އެހީތެރިޔަކާ ނުލައި ލޯފަން މީހުންނަށްވެސް ވޯޓު ލެވޭ ގޮތަށް ހަދާފައިވާ ކަރުދާހުގެ ޓެމްޕްލޭޓްގެ ސާމްޕަލްއެއް ދައްކާލައިފި އެވެ.
29 May 2023
ނަޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަނު ކުރަން މަޖިލިސް އަށް
އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުރި އަލީ ނަޝާތު އައްޔަން ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
29 May 2023
"މަގާމުން ވަކި ކުރަނީ ޕާޓީއަށް މެންބަރުން އިތުރުވާތީ"
ސަރުކާރުގެ މަގާމުތަކުގައި ތިބި މެންބަރުންގެ ތެރެއިން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މެންބަރުން މަގާމުން ވަކިކުރަނީ އެ ޕާޓީގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
29 May 2023
އެތައް ގޮންޖެހުންތަކާއިއެކު އައިޔޫއެމް އިން ގްރެޖުއޭޓްވި ލޯފަން 9 ދަރިވަރުން؛ ރާއްޖެއަށް ނަމޫނާއެއް!
ފާއިތުވި ބުރާސްފަތި ދުވަހު ބޭއްވުނު އިސްލާމިކް ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބަލަމުންދިޔައިރު، އެންމެ ޝައުގުވެރިވި އެއް ކަމަކަށް ވެގެންދިޔައީ ސްޓޭޖު މަތިން ދަސްވެނިވުމުގެ ސަނަދު ލިބިގަތުމަށް އެހެން މީހުންގެ އެހީތެރިކަމާއިއެކު ދިޔަ ދަރިވަރުންނެވެ. އާދެ! ލޯފަން ދަސްވެނިންނެވެ. އެދުވަހު ޖުމުލަ 9 ލޯފަން ދަރިވަރުން ދަސްވެނިވި ކަމުގެ ސަނަދު ހާސިލްކޮށްފައިވެއެވެ.
28 May 2023
އިންފަންޓީނޯގެ ޚާއްސަ ޝުކުރު މަހިބަދޫ ރައްޔިތުންނަށް!
ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯގެ އެދުމާއި އެއްގޮތަށް ރާއްޖޭގައި ޕެލޭ ސްޓޭޑިއަމް ގެ ނަމުގައި ފުޓުބޯޅަ ސްޓޭޑިއަމްއެއް ހުޅުވުމުން އދ. މަހިބަދޫގެ ރައްޔިތުންނާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރައްވައިފިއެވެ.
28 May 2023
ދަ ޑިމޮކްރެޓްސްގެ މެންބަރުން ސަރުކާރުގެ މަގާމުން ވަކިކޮށްފި
އެމްޑީޕީގެ ސްލޮޓްގައި ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރި މެންބަރުންގެ ތެރެއިން އެ ޕާޓީން ކެނޑެމުންދާ މެންބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
28 May 2023
އިންޑިއާގެ އައު މަޖިލިސްކުރާ ގެ ހުޅުވާ ރަސްމިއްޔާތަށް ރައީސްއަށް ދައުވަތުނުދިން
އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ އައުގެ ހުޅުވުމަށްބޭއްވި ރަސްމިއްޔާތަށް އެ ގައުމުގެ ހިންދޫ ފާދިރީންނަށްވެސް ދައުވަތު ދިންއިރު އެ ގައުމުގެ ރައީސް ދްރޫޕަދީ މުރްމޫ އަށް ދައުވަތު ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.