ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
10 Jun 2023
"އެމްޑީޕީ އަކީ ވަގުންގެ ނެޓްވޯކެއް؛ އެ ނެޓްވޯކް ފުނޑާލާނަން"
ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީ މިހާރު ވަނީ ވަގުންގެ ނެޓްވޯކް އަކަށް ވެފައި ކަމަށާ، އެ ނެޓްވޯކް ފުނޑާލައި، ދިވެހި ގައުމު ސަލާމަތް ކުރާނީ ދަ ޑިމޮކްރެޓްސް ޕާޓީން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
08 Jun 2023
"މަޖިލީހުގެ މަސައްކަތް ކުރެވޭނީ އީވާގެ މައްސަލަ ނިންމާފައި"
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ފަހުގައި ކަމަށް އެމްޑީޕީގެެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
"ނަޝީދު މަގާމުން ވަކިކުރަން ރައީސް ޞާލިހާއި މަޝްވަރާކުރި"
ރައްޔިތުން މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް މުހައްމަދު، މަޖިލީހުގެ ރައީސް ކަމުން ވަކި ކުރަން ހުޅަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
ސަރުކާރުން ކޯޓު އަމުރާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ އިހްތިޖާޖަށް!
ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އަޅަން އުޅުނު ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބަދަލު ނުދޭ ކަމަށާ، އަދި އެ މައްސަލަ އާއި ގުޅިގެން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ސަރުކާރުން ޢަމަލު ނުކުރާ ކަމަށް ބުނެ އޭގެ ތެރެއިން ބަޔަކު އިހްތިޖާޖަށް ނުކުމެއްޖެ އެވެ.
08 Jun 2023
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެ މަޤާމުން ވަކިކުރުމުގެ މައްސަލަ 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، އެދުވަހުގެ އެޖެންޑާއިން އެ މައްސަލަ ނަގައިފިއެވެ.
08 Jun 2023
'ކަލްޓް' ސިފަ ކެނޑެމުންދާ ވަރަކަށް ޕާޓީ ބޮޑުވާނެ: ރޮޒެއިނާ
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން މިހާރު ދަނީ ކަލްޓް ސިފަ ކެނޑެމުން ކަމަށާއި، އަދި އެ ސިފަ ކެނޑެމުންދާ ވަރަށް ޕާޓީއާ ގުޅޭ މެންބަރުން ވެސް އިތުރުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
08 Jun 2023
"ދައުލަތުގެ ވަކީލުންނާ ރައީސް ޔާމީން ދިމައެއް ނުކުރޭ"
‏ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މެދު ކަނޑާލި ވަގުތު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ވަކީލުންނާ ކޮށްލެއްވީ ސަމާސާއެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
"މީގެކުރިން ނުގެންދެވޭހާ ގިނަ ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިއްޖެ"
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ނުގެންދެވޭވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
07 Jun 2023
"މަރުގެ އިންޒާރު ދިން މައްސަލަ ހުށަހެޅިތާ 3 އަހަރު؛ ނުބަލާ"
މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގެ) އާއި އޭނާގެ އަނބިކަނބަލުންނަށް މަރުގެ އިންޒާރުދިން މައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށަހެޅިތާ ތިން އަހަރު ވެފައިވާ ކަމަށާ، އެހެން ނަމަވެސް އެކަން ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
07 Jun 2023
ސަރުކާރު ދެކެ އީވާ ރުޅި އައީ އެމްޑީއެން އުވާލީމާ: ޔައުޤޫބު
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އީވާ އަބްދުالله އަދުގެ އެމްޑީޕީ ސަރުކާރާއި މެދު ނުރުހުންވެ ވަޑައިގެންނެވީ، އިސްލަމްދީނުގެ އަސްލުތަކާއިމެދު ސުވާލު އުފައްދާ، ކީރިތި ރަސޫލާ ކުޑައިމީސްކުރި، މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله ވިދާޅުވެއްޖެ އެވެ.
07 Jun 2023
ޢީދުގެ ކުރިން ގޯއްޗާއި ފުލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރަނީ
ކުރިއަށް އޮތް ބޮޑު ޢީދު ޗުއްޓީގެ ކުރިން، ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
07 Jun 2023
"މުދަލާއި ޚިދުމަތުގެ އަގު ބޮޑުވަނީ ސަރުކާރުން ވައްކަން ކުރާތީ"
މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވަމުން އަންނަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ވައްކަން ގިނަ ވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
07 Jun 2023
"ހައްގުތަކަށް ހުރަސް އަޅާނަމަ ރިޔާސަތު ބަދަލުކުރާ ހިސާބަށްވެސް ދާނެ"
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސްކަން ދެއްވީ ވަރަށް އިހްތިރާމާއި އެކުގައި ކަމަށާ، އެހެންނަމަވެސް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ނަމަ، އެމަނިކުފާނު ރިޔާސަތުން ދުރުކުރަންވެސް ޖެހޭނެ ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
07 Jun 2023
"ބޮޑު ކުރާ މުސާރައާއި އެކު ތަކެތީގެ އަގުވެސް ވަނީ ބޮޑު"
ސަރުކާރުން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރަމުންދާ އިރު، އެ ބޮޑު ކުރާ މުސާރައާއި އެކު މުދަލާއި ޚިދުމަތުގެ އަގުތައްވެސް ބޮޑުވަމުންދާ ކަމަށާ، އެހެންކަމުން ބޮޑު މުސާރައިން ރައްޔިތުންނަށް ލިބޭ އެއްވެސް އުފަލެއް ނޯންނަކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.
07 Jun 2023
ޑިމޮކްރެޓްސް މެންބަރުންނަށް ބިރުދައްކާ މައްސަލަ ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މަޖިލީހުގެ މެންބަރުން އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
06 Jun 2023
"ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއި ނުލިބޭނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް އެމަނިކުފާނަށް ވަފާތެރި މެންބަރުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
06 Jun 2023
ރައީސްގެ ސިޓީފުޅު މަޖިލީހަށް ފޮނުވަން އެދޭނަން: އަސްލަމް
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ)ގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރުކަން މިހާތަނަށްވެސް ކުރައްވަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
06 Jun 2023
"ރައީސް ޞާލިހުގެ އާއިލާ ލައްވާ މަޖިލިސް ކޮންޓްރޯލް ކުރަން އުޅޭ"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ލައްވާ މަޖިލިސް ކޮންޓްރޯލް ކުރުވަން އުޅޭ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ތުހުމަތު ކުރައްވައިފިއެވެ.
06 Jun 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 5 މެންބަރުން ވޯޓެއްނުލާ!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ނެގި ވޯޓުގައި، އެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ 5 މެންބަރުން ވޯޓު ނުލާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
06 Jun 2023
ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންނަށް ބިރުދައްކާ ކަމަށް ބުނެ މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މަޖިލީހުގެ މެންބަރުން އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
06 Jun 2023
ބަންޑާރަނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލަ ކޮމިޓީއަށް
ބަނޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ފޮނުއްވި ޖަވާބާއި ގުޅިގެން، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
06 Jun 2023
ރައީސް ނަޝީދު އަށް "މުގާބެ" އޭ ގޮވައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ ރޮބާޓް މުގާބެ ކަމަށް ބުނެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ ކުރިމާތީގައި އިހްތިޖާޖު ކުރަން ފަށައިފިއެވެ.
06 Jun 2023
ބަނގުރާ އާންމުވުން ހުއްޓުވުމަށް އެދި ޕެޓިޝަނެއް ރައީސް ޞާލިހަށް!
އއ. އުކުޅަހުގައި ބަނގުރަލާއި މަސްތުވާތަކެތި އާންމުވަމުންދާ ދިޔުން ހުއްޓުވައި ދެއްވުމަށް އެދި އެރަށުގެ ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށަހަޅައިފިއެވެ.
06 Jun 2023
"ނަލަވެށި" ކެމްޕެެއިންގެ ދަށުން އެމްޑަބްލިޔުއެސްސީގެ ހަރަކާތްތަކެއް
ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން އެމްޑަބްލިޔުއެސްސީން އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.
05 Jun 2023
ރާއްޖޭގެ ކުދިންގެ މެދުގައި މަޔޯޕިއާ އާއްމު ކަމަކަށްވެފައި!
ދިވެހިރާއްޖޭގެ ކުޑަކުދިންނާއި، ބޮޑުވަމުން އަންނަ ކުދިންގެ މެދުގައިވެސް މަޔޯޕިއާ އާންމުވެފައިވާ ކަމަށާ، އެކަމުގެ މައިގަނޑު އެއް ސަބަބަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުން ކަމަށް ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ.
05 Jun 2023
ރައީސް ޞާލިހު އުކުޅަހަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އއ. އުކުޅަހަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއްވެސް ވަނީ އުކުޅަހަށް ވަޑައިގެންފައެވެ.
05 Jun 2023
"ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ ވިދާޅުވިޔަސް އެކަން ކުރައްވަނީއެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ މީގެ ކުރިން ވިދާޅުވަމުން ދިޔަ ނަމަވެސް، މިހާރު ފެންނަމުންދަނީ ބިންގާ ތަކެއް އަޅުއްވާ ތަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެ އެވެ.
05 Jun 2023
ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް
ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ފަރާތުން ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފި އެވެ.
05 Jun 2023
ރައީސް ޞާލިހު މިއަދު އުކުޅަހަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އުކުޅަހަށް ވަޑައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
05 Jun 2023
ދުނިޔޭގެ ބައެއް ލީޑަރުން އަޅާ ގަޑިތަކާއި އޭގެ އަގުތައް!
ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ވެރިކަން ކުރާ އެ ގައުމު ތަކުގެ ލީޑަރުންނަކީ ޔަގީނުންވެސް ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެކެވެ. އެއީ އެތައް މިލިއަން މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ބަޔަކަށްވާއިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކާއި ބައްދަލުކޮށް، އަދި ދޭތެރެ ދޭތެރެއިން އެކި ގައުމުތަކަށް ޒިޔާރަތްކޮށް އެގައުމުތަކުގެ މަތީ ފަންތީގެ މީހުންނާއި އެނޫންވެސް މީހުންނާ ބައްދަލު ކުރަންޖެހޭ ބައެކެވެ.