ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
05 Jun 2023
މައްސަލަ ހުށަނޭޅި، ސައި ގަޑިއަށް މަޖިލިސް މެދުކަނޑާލައިފި
މަޖިލީހުގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި "ޗޯރު އިބުރޭ" ލަވަ ޖައްސަވާތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ކުރިޔަށް ނުގެންދެވި، ސައި ގަނޑި އައުމުން އަނެއްކާވެސް ޖަލްސާ މެދުކަނޑާލައިފިއެވެ.
05 Jun 2023
ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނާޅައިގެން މަޖިލިސް މެދުކަނޑާލައިފި
އިދިކޮޅު ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ހުށަނާޅުއްވައިގެން މަޖިލިސް ހޫނުވެ މެދު ކަނޑާލަން ޖެހިއްޖެއެވެ.
04 Jun 2023
"ރައްޔިތުންގެ ހައްގުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭ"
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކަކީ ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލަތަކަކަށްވާއިރު، އަދާވާތްތެރިކަން އޮތަސް ރައްޔިތުންގެ ހައްގުގައި މި މައްސަލައިގެ މުގުލުގައި ތިބި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭނެ ކަމަށް، ދައުލަތުން ބުނެފިއެވެ.
04 Jun 2023
އައްޑޫ ސިޓީ ކައުންސިލްގެ މިނިވަން ކައުންސިލަރ އެމްޑީޕީއަށް ސޮއިކޮށްފި
އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މިނިވަން ކައުންސިލަރ އަޙްމަދު ނާދިރު (ޗިޅާ) ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީީއަށް ސޮއިކުރައްވައިފިއެވެ.
04 Jun 2023
ދަ ޑިމޮކްރެޓްސްއަށް ވަންނަން ފޯމުފުރި މެންބަރުންގެ ލިސްޓު އާންމުވެއްޖެ!
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރެއިން ލީކްވި ކަމަށް އެ ޕާޓީން ތުހުމަތު ކޮށްފިއެވެ.
04 Jun 2023
އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެ
އިންޑިއާގައި ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
04 Jun 2023
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢުއެއް
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކުރައްވައިފިއެވެ.
04 Jun 2023
"އައްޑޫގެ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު ވަނީ މެކުހަށް ޖަހާފައި"
އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު ވަނީ މެކުހަށް ޖަހާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
04 Jun 2023
"%75 ވޯޓު ނަގާ ވާހަކަދައްކަނީ ހާޒިރީ ނަގައިގެން މީހުން ޖަމާކޮށްފައި"
އެކި ރަށްރަށުގެ މީހުން ގެންގޮސް އައްޑޫ ސްކޫލްތަކުގެ ކުދިންނާ ސަރުކާރު މުވައްޒަފުންގެ ހާޒިރީ ނަގައިގެން ހަތަރުފަސް ސަތޭކަ މީހުން ޖަމާކޮށް ދައްކާފައި %75 ވޯޓު ނަގާ ވާހަކަ ދެއްކުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވާހަކަ ގަބޫލުކުރައްވާތީ އަޖައިބުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
04 Jun 2023
އައްޑޫ ސިޓީގައި މިރޭ ހަވާ އަރުވަނީ!
އައްޑޫ ސިޓީގައި މިރޭ ހަވާ އެރުވުމަށް އެ ސިޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
04 Jun 2023
"ފެނުނީ އައްޑޫ ރައްޔިތުންގެ ހިތުގައި ރައީސަށް އޮތް ލޯބި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އައްޑޫ ސިޓީގެ ރައްޔިތުން ކީ މަރުހަބާއިންވެސް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯތްބާއި ދެއްވާ ތަރުހީބު ފެނިގެންދިޔަ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
03 Jun 2023
"ސަރުކާރުން ފޮނުވާ ބަޔަކު "އިންޑިއާ އައުޓް" ބެނާ ދަމަން އުޅޭކަން އެނގުނު"
"ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ޖަލްސާގެ ތެރޭގައި އިންޑިއާއައުޓް ބެނަރ ދެމީ ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން ފޮނުވި ބައެއް ކަމަށާ، އެކަން ޖަލްސާ ފެށުމުގެ ކުރިން އެނގިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
03 Jun 2023
ސަރުކާރުން ޖަވާބުހޯދާލަން ޖެހޭ ސުވާލުތަކެއް ސައީދު ކުރައްވައިފި
‏ސަރުކާރާއި އެމްއެންޑީއެފް ޗީފް އަދި ޕޮލިސް ކަމިޝަނަރ "އަރިހުގައި ތިއްބަވާ ސިޔާސީ ވިންގުގެ ބޭފުޅުން" ރޭގެ ޖަލްސާއާއިމެދު ހާސްވުމުގެ ކުރީން އަމިއްލައަށް ޖަވާބު ހޯދުން މުހިންމު ސުވާލު ތަކެއް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ކުރައްވައިފި އެވެ.
03 Jun 2023
""އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބައެއް"
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރާވާ ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު ނުކުރާ ކަމަށާ، އަދި ރޭގެ ރެލީގައި އެފަދަ ބެނާއެއް ދަމާފައިވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.
03 Jun 2023
އައިއޭސީ އާއި އެކު ހެޔޮ އަގުގައި އުޟުހިޔާ ކަތިލުމުގެ ފުރުސަތު
ކުރިއަށް އޮތް އަޟުހާ ޢީދުގައި، އުޟުހިޔާ ކަތިލުމުގެ ސުންނަތް ހެޔޮ އަގުގައި އަދާކުރުމުގެ ފުރުސަތު އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ހުޅުވާލައިފި އެވެ.
03 Jun 2023
ތިނަދޫ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ގދ. ތިނަދޫ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ހަރަކާތްތެރިވާން ފަށައިފިއެވެ.
03 Jun 2023
"ރިފްޢަތު އެ ވިދާޅުވީ ގެންދާށޭ ދިވެހިންގެ ކަނޑުގެ ސަރަހައްދު މާބޮޑޭ،."
ދިވެހިރާއްޖޭގެ ކަނޑުން ބައެއް 45,000 އަކަށް ކިލޯމީޓަރު ދޫކޮށްލަމުން ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ހަގީގަތުގައި އެ ވިދާޅުވީ، ދިވެހިން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެގެން ކަމަށާ، އެބައިން ދިވެހިންނަށް ބޭނުމެއް ނުވާ ކަމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
03 Jun 2023
"45،000 ކިލޯމީޓަރު ގެއްލުވާލަން ބާރުއެޅީ ތިންވަނަ ގައުމަކުން"
ދިވެހިންގެ އަތުން 45،000 އަކަ ކިލޯ މީޓަރު ގެއްލިގެން ގޮސްފައިވާ ކަމަށާ، އެބައި މޮރިޝަސް އަށް ލިބުނީ އެހެން ތިން ވަނަ ގައުމެއްގެ ނުފޫޒުން ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
01 Jun 2023
ފުލުހުންގެ ސްޕީޑް ގަން އިން ސްޕީޑް ދެނެގަންނަ ގޮތް
ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަން އިން އުޅަނދު ތަކުގެ ސްޕީޑް ދެނެގަންނަ ގޮތާއި އެއާއި ބެހޭ ގިނަ މައުލޫމާތު ތަކެއް އެ އިދާރާއިން ދީފިއެވެ.
01 Jun 2023
ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓެއް ހުޅުވައިގެން 5000 ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.
01 Jun 2023
އައްޑޫ ޒުވާނާ މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީގައި ޒުވާނަކު މަރާލި މައްސަލައިގައި އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
01 Jun 2023
"ޕައިލެޓް ކޯސް ހެދުމަށް 479 ދަރިވަރުންނަށް ލޯނު ދޫކުރާނެ"
ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ޕައިލެޓް ކަން ކިޔަވަން 479 ދަރިވަރުންނަށް މި އަހަރު ޖާގަ ދީފި އެވެ. މިއީ، އެއް ދާއިރާއަކުން އެންމެ ގިނަ ދަރިވަރުންނަށް ޖާގަ ދިން ފަހަރެވެ.
01 Jun 2023
"ދަ ޑިމޮކްރެޓްސް" ރެޖިސްޓާރ ކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދު ކުރައްވާ މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން 3,500 އަށްވުރެ ގިނަ މީހުންގެ ފޯމް އިލެކްޝަންސް އަށް ހުށަހަޅައިފިއެވެ.
01 Jun 2023
އިދިކޮޅުން ބާއްވާ ރެލީ ބިނާވެފައިވަނީ އަސާސެއް ނެތް ކަމެއްގެ މައްޗަށް"
ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ބާއްވާ ރެލީ އަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބާއްވާ ރެލީ އެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
01 Jun 2023
"2023-2022 އަށް ބަލާލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ނާމާންކަން"
2023 ވަނަ އަހަރަށް އެކަނި ބަލާލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
01 Jun 2023
ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި
ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ކުޅުދުއްފުށި އެއާރޕޯޓަށް ރޭގަނޑުކުރާ ކޮމާޝަލް ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އެ އެއާރޕޯޓަށް ރޭ ޖައްސައިފިއެވެ.
01 Jun 2023
މާލެއިން ފުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ހިގައްޖެ
މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.
01 Jun 2023
ރައީސް ޔާމީނުގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް ނާޒިމް
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ހަމަޖައްސަވައިފިއެވެ.
01 Jun 2023
އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު މަރާލައިފި!
އައްޑޫ ސިޓީ ގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
01 Jun 2023
ޝައިޚް މުޙައްމަދު އަކަށްޓަކައި ޢާއިލާ އިން އެދެނީ ހެޔޮދުޢާ އަށް!
ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި ދީނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝައިޚް މުޙައްމަދު އިބްރާހީމް، ނައިފަރީގެ ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކުރަން ތައްޔާވެއްޖެއެވެ.