ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
06 Dec 2022
18 އަހަރަށްފަހު، ސިއްކަ އަހުމަދު ރާއްޖެ އަތުވެއްޖެ
އަވައްޓެރި ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން 18 އަހަރު ހުންނެވުމަށްފަހު އަހުމަދު "ބޮޑު ސިއްކަ" އިސްމާއިލް މާލެ ވަޑައިގެންފި އެވެ.
06 Dec 2022
މިދައުރުގައި 4 އެއަރޕޯޓްގެ މަސައްކަތް ނިންމޭނެ: އާޒިމް
އެމްޓީސީސީން ރާއްޖޭގެ ހަތަރު ރަށެއްގައި މިހާރު ހަދަމުންދާ ގަތަރު އެއާރޕޯރޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
06 Dec 2022
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި
ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.
06 Dec 2022
"ވެރިކަމާ ދުރުގައި ހުރެވެނީ ކުޑަ ދުވަސްކޮޅެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި"
ވެރިކަމުގެ މަސްތުން ދުރުގައި ހުންނަން ކިތަންމެ ބޭނުންވިއަސް ދުރުގައި ހުރެވެނީ ކުޑަ ދުވަސްކޮޅެއްގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީީޕީގެ ގައުމީ މަޖިލީހުގައި ވިދާޅުވި ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެެއެވެ.
06 Dec 2022
"މަސައްކަތް ކުރަނީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އެންމެނަށް ލިބިދިނުމަށް"
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Dec 2022
ވިނަރެސް ފުލެޓާއި ގުޅިގެން ހިންގަފާނެ ސްކޭމް ތަކަށް ސަމާލުވާން އެދިއްޖެ
ވިނަރެސް އެޕްލިކޭޝަންތަކާއި ގުޅިގެން ހިންގޭ ހުރިހާ މުޢާމަލާތެއް ހިންގާނީ އެޗް.ޑީ.ސީގެ މައި ހުޅުމާލެ ޕޯޓަލް އިން ކަމަަށާއި، އެނޫން ގޮތް ގޮތުން އަންނަ ސްކޭމް ކޯލުތަކާއި އެނޫންވެސް ސްކޭމް ތަކަށް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.
05 Dec 2022
ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާ ހަމަ އެމްޓީސީސީން ހާމަކޮށްފިއެވެ.
05 Dec 2022
ކިނޮޅަހު ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑުބައި ނިންމާލައިފި
ރ. ކިނޮޅަހު ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑުބައި ނިންމާލައިފިއެވެ.
05 Dec 2022
ތިލަމާލެ ބުރިޖު ހަދަން ބޭނުންކުރަމުން އައި ކެރޭނެއް ވެއްޓިއްޖެ
ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން ބޭނުންކުރަމުން އަންނަ ކެރޭނެއް ކަނޑަށް ވެއްޓިއްޖެއެވެ.
05 Dec 2022
އިތުރު ދެ މެޖިސްޓްރޭޓް އެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމައިފި
މެޖިސްޓްރޭޓް އެއްގެ ސުލޫކީ މައްސަލަ ބެލުމުގެ ތެރެއިން އިތުރު ދެ މެޖިސްޓްރޭޓް އެއްގެ ސުލޫކީ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
05 Dec 2022
ހުޅުމާލޭގެ ދެ ފޭސް ގުޅޭ މޫދު ތެރެއަށް ވެއްޓިފަ އޮތް މީހަކު ސަލާމަތްކޮށްފި
ހުޅުމާލޭގެ ފޭސް އެކަކާއި، ފޭސް ދޭއްކާއި ގުޅޭ ސަރަހައްދު މޫދަށް ވެއްޓިފައި އޮތް މީހަކު ސަލާމަތްކޮށްފިއެވެ.
05 Dec 2022
"ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް"
މާލޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށްވާ ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
05 Dec 2022
ރިނބުދޫން ދުވަސްވީ ބޮލިވަޅެއް ފެނިއްޖެ
ދ.ރިނބިދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުން ދުވަސްވީ ބޮޅިވަޅެއް ފެނިއްޖެއެވެ.
05 Dec 2022
ސްކޭމް މައްސަލަ ތަކުން މިހާތަނަށް 23 މިލިއަން ރުފިޔާގެ ގެއްލުން!
މި އަހަރުގެ މިހާތަނަށް ސްކޭމް މައްސަލަ ތަކާއި ގުޅިގެން 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
05 Dec 2022
ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި
ބ. ތުޅާދޫގައި ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
05 Dec 2022
ޤަތަރަށް ފާޑުކިީ ޖަރުމަނުން، ޤަތަރުން ލިކުއިޑް ގޭސް ގަންނަން އެއްބަސްވުމަކަށް
އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވިގެން ޤަތަރަށް ފާޑުކިޔައި ގޮންޖެހި ޖަރުމަނުން، ޤަތަރުން ލިކުއިޑް ގޭސް ގަތުމަށް އެ ގައުމާއި އެކު އެގްރީމެންޓް އެއްގައި ސޮއިކޮށްފިއެވެ.
05 Dec 2022
ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފިއެވެ.
05 Dec 2022
ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)
ޖާހިލިއްލަ ޒަމާނުގައި، ޤުރައިޝުންގެ ތެރޭގައިޔާއި މުޅި އަރަބި ކަރައިގައިވެސް މީހުން ދެކޭގޮތުގައި ގިނަ ފިރިހެން ދަރިން ލިބުމަކީ ޢާއިލާއަށް ގިނަ ކުރިއެރުން ލިބޭ ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެ ފިރިހެން ދަރިންނަކީ ފަހުން އެމީހުންގެ ޢާއިލާތައް ރައްކާތެރިކޮށް، ޢާއިލާގެ ޤަދަރާއި ޢިއްޒަތް ނަގަހައްޓާނެބައެކެވެ.
04 Dec 2022
"އަތުލައިގަތް ބޯޓުތަކުން ގިނަ އަދަދެއްގެ މިޔަރު ބާނާފައި ހުރި"
ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ ތިން މަސް ބޯޓުތަކުން ގިނަ އަދަދެއްގެ މިޔަރު ބާނާފައި ހުރި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
04 Dec 2022
ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި
ދ. ކުޑަހުވަދޫ އަދި ށ. ފުނަދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރައްވައިފިއެވެ.
04 Dec 2022
ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި‏
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
04 Dec 2022
ސިފައިންގެ އުޅަނދެއްގައި މާރިޔާއާއި ފިރިކަލުން ''ޓައިޓޭނިކް'' ގެ މަންޒަރެއް ކުޅުއްވާ ވީޑިއޯއެއް
ކޯސްޓު ގާޑު އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ފިރިކަލުން އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގައި ލިއަނާޑޯ ޑީކެޕްރިއޯ އަދި ކޭޓް ވިންސްލެޓް ޓައިޓޭނިކް ބޯޓުގެ ދިރުނބާކޮޅުގައި ހުއްޓިގެން ތިބޭ ގޮތަށް ތިބެގެން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
04 Dec 2022
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޗް.ޑީ.ސީން ޙާއްސަ ޓްރޭނިންގ ސެޝަންއެއް
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޗް.ޑީ.ސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ޙާއްސަ ޓްރޭނިންގ ސެޝަންއެއް މިއަދު ފަށައިފިއެވެ.
04 Dec 2022
ޑްރަގު ވިޔަފާރީގައި އުޅުނު ނެޓުވޯކެއް އަތުލައިގަނެފި
ރާވައިގެން ޑްރަގު ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
04 Dec 2022
އަނެއްކާވެސް ޑިޒްނީގެ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ކާޓޫނުފިލްމެއް
ވަރަށް ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ އެނިމޭޓެޑް ކާޓޫން ފިލްމު އުފައްދާ ކުންފުންޏެއް ކަމަށްވާ ޑިޒްނީން އަނެއްކާވެސް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ފިލްމެއް އުފައްދައިފިއެވެ.
04 Dec 2022
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ އެންބަސެޑަރުންނަށް އެޗްްޑީސީގެ ދެ މުވައްޒަފުން
ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާހިމަނައި އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް އެޗް.ޑީ.ސީގެ މުވައްޒަފުންގެ ތެރެއިން ދެ އެމްބެސެޑަރެއް އައްޔަނުކޮށްފިއެވެ.
04 Dec 2022
ބަދިގެތެރޭގައި އަތްމަތި އަވަސް ކޮށްލެވޭނެ ތަފާތު ޕްރޮޑަކްތަކެއް!
ގޭގެތެރޭގައި ކެއްކުމަކީ ވަރަށް ގިނަ ދިވެހިން ކުރާހިތުން ކޮށް އުޅޭ ކަމެކެވެ. އަދި ގިނަ ދިވެހިންނަކީ ކެއްކުމުގެ ހުނަރު ވަރަށް ފުރިހަމަވެސް ލިބިފައިވާ ހުނަވެރި ކެއްކުންތެރިންނެވެ. ނަމަވެސް ބިޒީ ޝެޑިލްޑެއްލެގައި އުޅޭ ގިނަފަރާތް ތަކަށް މިކަން ކުރުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހެވެ.
04 Dec 2022
"ރައީސް ޔާމީނާ ދެކޮޅަށް ބަޔާން ދިނުމުން ދައުވާނުކުރާނެކަމަށް ބައެއް ޚަޞްމުން ކައިރީ ބުނި"
އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ދައުވާކޮށްފައިވާ އެހެން ބައެއް ޚަޞްމުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފިނަމަ އެ ފަރާތްތަކާ ދެކޮޅަށް ދައުވާނުކުރާނެކަމަށް ފުލުހުންގެ އިސްވެރިން ވިދާޅުވެފައިވާކަމަށް ރައީސް ޔާމީނުގެ ވަކީލުން ތުހުމަތުކުރައްވައިފިއެވެ.
04 Dec 2022
"ވެރިކަމުގައި ހުންނައިރު ގިނަ ބާރުތައް އަތުގައި އޮތުމަށް ގިނަ ބަޔަކު އެދޭ"
ވެރިކަމުގައި ހުންނައިރު ވޭހާވެސް ގިނަ ބާރެއް އަމިއްލަ އަތުގައި އޮތުމަށް ވަރަށް ގިނަ ބަޔަކު އެދޭ ކަމަށާ، އެއީ ވެރިކަމުގެ ޠަބީޢަތް ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Dec 2022
58 ފަހަރު ހައްޔަރުކުރި މީހެއް، އަނެއްކާވެސް ވައްކަމުގެ ތުހުމަތުގައި ބަންދަށް
މީގެ ކުރިން 58 ފަހަރު ހައްޔަރުކުރި މީހަކުު, އަނެއްކާވެސް އޮފީހެއްގެ ތިޖޫރި ފަޅަން ހުއްޓައި ހައްޔަރު ކޮށް ބަންދުކޮށްފިއެވެ.