ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
02 Dec 2022
ޣައްސާން ސަރުކާރަށް: ދަރަންޏެއް ނުނަގާނަމޭ ބުނީ؛ އެއްގޮތަކަށް ވެސް ނުނަގާތަ؟
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ދަރަންޏެއް ނުނަގާނެ ކަމަށް ވިދާޅުވެ ކަމަށާ އެހެންނަމަވެސް މި ސަރުކަާރުން އެއްގޮތަކަށް ވެސް ނުނަގާތޯ އަހައި، ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
02 Dec 2022
"ފެނާއި ނަރުދަމާ އަކީ ގާނޫނު އަސާސީން ލާޒިމްކުރާ އަސާސީ ހައްގެއް"
ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކޮށްދިނުމަކީ ޤާނޫނު އަސާސީން ލާޒިމް ކުރާ އަސާސީ ހައްގެއް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް ރައްދު ދެއްވައިފިއެވެ.
02 Dec 2022
އެޗްޑީސީގެ ސްމާޓްކޮމް ފެއާ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާ މިއަދު ހަވީރު އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
02 Dec 2022
"ތަފާތު ނުކުރައްވާތީ ރައީސްއަށް ހަސަދަވެރިވާ ބޭފުޅުންނާއި މެދު ވިސްނާލުން ބުއްދިވެރި"
ކުޑަ ރަށެއް، ބޮޑު ރަށެއް ބެއްލެވުމެއްނެތި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރަށްރަށަށް ތަރައްގީ ގެންނަވަމުންދާތީ އެކަމާއިމެދު ހަސަދަވެރިވާ ބޭފުޅުންނާއިމެދު ދެވަނަ ފަހަރަށް ވިސްނާލުން ބުއްދިވެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ވިދާޅުވެއްޖެއެވެ.
02 Dec 2022
އަނިޔާވެރިންނަށް ﷲ ދެއްވާ ޢުޤޫބާތުން ސަލާމަތެއް ނުވެވޭނެ: ޚުތުބާ
އަނިޔާވެރިންނަށް ﷲ ދެއްވާ ޢުޤޫބާތުން ސަލާމަތެއް ނުވެވޭނެ ކަމަށާ، މި ޢުޤޫބާތް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ލިބިދާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
02 Dec 2022
މިއީ އޯރިއޯ އާއި ފޮނި އެއްޗެހި ކާހިތްވާ ކުދިންނަށް ޚާއްސަ ރެސިޕީ އެއް
ހުކުރު ދުވަހަކީ ހުރިހާ އެންމެނަށްވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެހެންކަމުން މިއަދު މޮ ގެނެސްދެނީ މި ޚާއްސަ ދުވަހު، މެންދުރު ކެއުމަށްފަހު އަނގަ ފޮނިކޮށްލަން ކާލާނެ ވަރަށް ވެސް މީރު ޑެޒާޓެކެވެ.
02 Dec 2022
ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
02 Dec 2022
ޕަރޕަލް ލޭން އެޕް މެދުވެރިކޮށް އުރީދޫގެ ކްލަބް ޕްރިމިއަރ މެންބަރުންނަށް އިތުރު ފަސޭހަތަކެއް
އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއްކަމަށް ވާ ޕާޕަލްލޭން އެޕް - ލޯޔަލްޓީ ރިވޯރޑް ޕްލެޓްފޯމާއި ޕަރޓްނަރވެ އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕަލް ލޭން އެޕް މެދުވެރިކޮށް އެފައިދާތައް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފިއެވެ.
02 Dec 2022
ބީއެމްއެލް ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފި
ބޭންކް އޮފް މޯލްޑިވްސްއިން ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.
02 Dec 2022
ބާޒާރު ކޮތަޅަކަށްދޭ ގަދަރުވެސް، މިއަދު ރައްޔިތުންނަށް ނުދޭ: ޢަލީ
އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުން ބާޒާރު ކޮތަޅަކަށްދޭ ގަދަރުވެސް، ދިވެހި ރައްޔިތުންނަށް ނުދޭ ކަމަށް ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެެއެވެ.
02 Dec 2022
އެއްޖިންސުން ގުޅުން ހިންގާ ބޭންޑް އަޅާ ހިތުން އުޅުނު ޖަރުމަނު ކަޓައިފި!
އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް ފައި ވިއްދާލާފައި ތިބި، ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމަށް، ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.
01 Dec 2022
ވާރލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޤަޠަރަށް
މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިމަހު ޤަޠަރަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
01 Dec 2022
އިމްލާޤް އަށް ކިޑްނީ ޑޯނަރެއް ލިބިއްޖެ؛ ބޭނުންވަނީ ހެޔޮ ދުއާއާއި ދީލަތި އެހީ
ކިޑްނީގެ ބައްޔެއްކަމަށްވާ އޭޖީއައި ނެފްރޮޕަތީ ތަހައްމަލް ކުރަން ޖެހުމުގެ ސަބަބުން ކިޑްނީގެ މައްސަލަތައް ބޮޑުވެ، ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޑޮކްޓަރ ލަފާދީފައިވާ އިބްރާހިމް އިމްލާޤް އަށް ކިޑްނީ ހަދިޔާ ކުރާނެ ފަރާތެއް ލިބިފައިވާކަމަށް އޭނާ ބުނެފިއެވެ.
01 Dec 2022
އެމްޑީޕީ ޕްރައިމަރީ އާއި ގުޅިގެން ރައީސް ނަޝީދުގެ ދެ ނުކުތާއެއް
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީީޕީގެ ފަރާތުން ކުރިމަތިލާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އާއި ގުޅިގެން މުހިންމު ދެ ނުކުތާއެއް އެމްޑީީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާހަގަކުރައްވައިފިއެވެ.
01 Dec 2022
"ފޭސް 2 ގެ މަސައްކަތް ކުރީ ސަރުކާރުން ކުރީ އެކަށީގެންވާ ޕްލޭނެއް ނެތި"
ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީ ކުރި އިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން އެކަން ކުރައްވާފައިވަނީ އެކަށީގެންވާ ޕްލޭނެއް ނެތި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
01 Dec 2022
އިންޑިއަށް ތައުރީފްކުރައްވައި، ރައީސް ނަޝީދުގެ ތުހުމަތުތައް އަނެއްކާވެސް ޗައިނާއަށް!
އިންޑިއާ އާއި ޗައިނާ އަކީ އެއް ފިއްސަކުން ކުލަ ޖެއްސޭނެ ދެގައުމު ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ތަޢުރީފް ކުރައްވައި، ޗައިނާ އަށް އަނެއްކާވެސް ތުހުމަތުތަކެއް ކުރައްވައިފިއެވެ.
01 Dec 2022
އެކުލަ މިކުލަ ނަމުގައި އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފި
'އެކުލަ މިކުލަ" ނަމުގައި ޚާއްސަ ޑިސްކައުންޓް ތަކެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.
01 Dec 2022
ރޭޕް ކުރަން އުޅުނު މުސްކުޅި މީހާ ނިޔާވި އިރުވެސް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކުރޭ!
ހދ. ވައިކަރަދޫގައި ޖިންސީ ގޯނާ ކޮށް ރޭޕް ކުރަން މަސައްކަތްކުރި 81 އަހަރުގެ އަންހެންމީހާ ނިޔާވިއިރުވެސް މައްސަލާގަައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
01 Dec 2022
ޖޭއެސްސީީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ކުރެވުނު ކަންކަމުގެ ތަފްސީލް ދީފި
ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ.
01 Dec 2022
'ޖަވާހިރުލް ގުރުއާން' އަކީ ސާބިތު ފޮތެއް ނޫން: ޝެއިޚް އަބްދުﷲ
'ޖަވާހިރުލް ގުރުއާން' އަކީ އެއްވެސް ހާލެއްގައި ސާބިތު ފޮތެއް ނޫން ކަމަށް ޖަމިއްޔަތުއްސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވެއްޖެއެވެ.
01 Dec 2022
ޖޫރިމަނާ ނުދައްކާ މީހުންނަަށް ޕީޖީގެ އިންޒާރެއް!
މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހުންނަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިންޒާރުދީފިއެވެ.
30 Nov 2022
އާބަން އައިލް ގެ ނަމުގައި ޓުއަރިޒަމްގެ މުޅިންއާ ބިޔަ މަޝްރޫއެއް
އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، ގެ ނަމުގައި ޓޫރިޒަމް ގެ ބޮޑު މަޝްރޫއެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ތައާރަފު ކޮށްފިއެވެ.
30 Nov 2022
ސަމަރުބްލޫގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް ޢާއިލާއިން ބުނެފިއެވެ.
30 Nov 2022
އުރީދޫ ކްލަބް ޕްރިމިއާ ކާޑު ދައްކާލައިގެން މެޗު ބަލާ ވަގުތު މި ދެ ތަނުން ހިލޭ ކޮފީ
އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވޯލްޑްކަޕް މެޗުތައް ކުރިއަށްދާ ވަގުތު ހިލޭ ކޮފީ ބޮވޭނޭ އިންތިޒާމު ހަމަޖައްސައިފިއެވެ.
30 Nov 2022
100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާއި ނުލައި: އިންޑިއާ
ދިވެހިރާއްޖޭއަށް އިންޑިއާ އިން އިއްޔެ ދިން 100 މިލިއަން ޑޮލަރަކީ އެއްވެސް ޝަރުތަކާއި ނުލައި ދީފައިވާ އެހީއެއް ކަމަށް އެގައުމުން ބުނެފިއެވެ.
30 Nov 2022
އިބްރާހީމް މަނިކު އަވަހާރަވުމާއި ގުޅިގެން، ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
30 Nov 2022
ވިނަރެސް ފްލެޓަަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 'ވިނަރެސް' ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
30 Nov 2022
ގަތަރަށް ފާޑުކީ ވީޑިއޯއަށް ދިން ވަރުގަދަ ރައްދާއެކު ވީޑިއޯ ފޮހެލައިފި
އެމެރިކާގެ ފޮކްސް ނޫހުގައި މަސައްކަތް ކުރާ އަންހެން ކުޅިވަރު ނޫސްވެރިއެއް، ގަތަރަށް ފާޑުކިޔައި ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއަށް އަރަބި ނޫހުގެ އަންހެން ނޫސްވެރިއެއް ދިން ވަރުގަދަ ރައްދާއެކު އެ ވީޑިއޯ ޓިކްޓޮކްއިން ފޮހެލައިފިއެވެ.
30 Nov 2022
އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން ނިންމައި، އިމާރާތް ހަވާލުކޮށްފި
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ އެ އިމާރާތް ހަވާލުކޮށްފިއެވެ.
30 Nov 2022
"އިގްތިޞާދު އެއް ސިނާއަތަކަށް ބުރަވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހޭ"
ރާއްޖޭގެ އިގްތިސޯދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި، "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.