ހަސްނާ އަޙްމަދު
ރިޕޯޓަރ
ހަސްނާ އަޙްމަދު
20 Oct 2023
ޞަލާޙް ގޮވާލީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓައިލުމަށް
ލިވަޕޫލާއި މިޞްރުގެ ޤައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޞަލާޙް، ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ވަގުތުން ވަގުތައް ހުއްޓައިލުމަށް ގޮވައިލައިފިއެވެ.
19 Oct 2023
ހޮސްޕިޓަލްތައް ފުރި ފަރުވާދެނީ ބިންމަތީގައި
އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންގެ ޢަދަދު ގިނަވެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ހޮސްޕިޓަލްގެ ބިންމަތީގައި ޒަޚަމްތަކާއި އެކުވާ މީހުންނަށް ފަރުވާ ދެމުންދާކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
19 Oct 2023
ކުޅުދުއްފުށީ އެއަރޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ
ހދ ކުޅުދުއްފުށީ އެއަރޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
19 Oct 2023
ކަނޑުމަތިން ފެނުނީ ރަސްފަންނާ ދިމާއިން މޫދަށް ފުންމާލި މީހާ
މިއަދު ހެނދުނު ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން މަރުވެފައިއޮއްވައި ފެނިފައިވަނީ ރޭ މާލޭ ރަސްފަންނާއި ދިމާއިން މޫދަށް ފުންމާލި މީހެއް ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
19 Oct 2023
އެއަރޕޯޓްގައި މީހުންނަށް އުނދަގޫ ކުރި މީހަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހެދި ޗައިނާ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
19 Oct 2023
މިޞްރު މަގުން ޣައްޒާއަށް އެހީގެ ގާފިލާ ވަންނަނީ
އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީންގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީގެ ސާމާނު މިޞްރު މަގުން ޣައްޒާއަށް ވެއްދުމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ އެއްބަސްވެވަޑައިގެންފިއެވެ.
19 Oct 2023
ޣައްޒާގެ ބޭކަރީތަކަށް ޔަހޫދީން ހަމަލާދެނީ
އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ޣައްޒާގެ އެތައް ބަޔަކަށް ރޮށި ފިހެ ފޯރުކޮށްދޭ ބޭކަރީތަކަށް އަމާޒުކޮށް ހަމަލާދޭން ފަށައިފިއެވެ.
19 Oct 2023
އިންސާނީ ޙައްޤޭ ކިޔައިގެން ވާހަކަ ދައްކަނީ ވަކި ބަޔަކަށްޓަކާ!
އިންސާނީ ހައްޤުތަކޭ ބުނެ ހުޅަނގުގެ ޤައުމުތަކުން ވާހަކަދައްކަނީ ވަކި ބައެއްގެ ހައްޤުތައް ކަށަވަރުކުރުމަށް ޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
18 Oct 2023
އަލްއަހްލީގެ ހަމަލާއަށްފަހު ޑޮކްޓަރުންގެ ޕްރެސް ޝަހީދުންގެ ހަށިތަކާއި އެކު
ފަލަސްޠީނުގެ ޢާންމުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ރޭ ޣައްޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު އެހޮސްޕިޓަލްގެ ޑޮކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޝަހީދުވީ މީހުންގެ ހަށިތަކާއި އެކު ބާއްވައިފިއެވެ.
18 Oct 2023
ތުރުކީގެ ޢާންމުންނުކުމެ މެކްޑޮނާލްޑަށް ގެއްލުންދީފި
ފަލަސްޠީނުގެ މުސްލިމުންނަށް ގެއްލުންދެނިވި ނުރައްކާތެރި ހަމަލާތައް ދެމުންދާ ހައްދުފަހަނަ އެޅި ޔަހޫދީންނަށް މެކްޑޮނާލްޑް އަށް ތުރުކީގެ ޒުވާނުންތަކެއް ގެއްލުންދީފިއެވެ.
18 Oct 2023
ފަލަޞްޠީނާ ގުޅޭ ޤައުމީ ޙަރަކާތެއް ރާއްޖޭގައި އޮތުން މުހިންމު
ޚިޔާލް ތަފާތުވުން ދޫކޮށް ފަލަސްޠީނާއި ގުޅޭ ޤައުމީ ޙަރަކާތެއް މިވަގުތު ރާއްޖޭގައި އޮތުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Oct 2023
އަލް އަހްލީ އަކީ "ޓެރަރިސްޓް ބޭސް" އެއްގެ ގޮތުގައި ސިފަކޮށްފި
ފަލަސްޠީނުގެ 900 އެއްހާ މީހުން ޝަހީދުވި، އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ އަށް ފަހު، އެހަމަލާއަކީ "ޓެރަރިސްޓް ބޭސް" އަކަށް ދިން ހަމަލާއެއްކަމަށް އިޒްރާއިލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ސޯޝަލް މީޑީއާ އެޑްވައިޒަރ ހަނަންޔާ ނަފްތަލް ބުނެފިއެވެ.
18 Oct 2023
އަލް އަހްލީއަށް އިޒްރާއިލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ފަލަސްޠީނުގެ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރާއިލްގެ ޔަހޫދީން ރޭ ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
18 Oct 2023
ހޮސްޕިޓަލަކަށް ހަމަލާދީ 900 އެއްހާ މީހުން ޝަހީދު ކޮށްލައިފި
އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ މެދެއްހާ ހިސާބުގައި އޮންނަ އަލް ޒައިތޫން ނެއިބަރހުޑްގައި ހުންނަ ހޮސްޕިޓަލަކަށް އަމާޒުކޮށް ހަމަލާއެއްދީ 900 އެއްހާ މީހުން ޝަހީދު ކޮށްލައިފިއެވެ.
17 Oct 2023
ފަތުވާ ކޮންފަރެންސަށް އިސްލާމިކް މިނިސްޓަރ މިޞްރަށް
މިޞްރުގެ ޤާހިރާގައި ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތްވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ޢަލީ މިޞްރަށް ފުރައިވަޑައިގެންފިއެވެ.
17 Oct 2023
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ހަސަން ލަތީފް ކުރިމަތިލައިފި
ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް ނިންމައިފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
17 Oct 2023
ޚާންޔޫނިސް ރޭ ބާރުގަދަ ހަމަލާތަކެއްދީފި
ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއިލްގެ ހައްދުފަހަނައެޅި ޔަހޫދީން ދެމުންދާ ހަމަލާ ތަކުގެ ތެރެއިން ރޭ އިޒްރާއިލުން ޚާން ޔޫނިސް އަށް ބާރުގަދަ ހަމަލާތަކެއް ދީފިއެވެ.
17 Oct 2023
ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 18 ސްކޫލެއް ސުންނާފަތިވެފައިވޭ
އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 18 ސްކޫލެއް ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައިވާކަމަށް ފަލަސްޠީނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
16 Oct 2023
ފަލަސްޠީން އަޅުވެތިކުރުމަކީ އުންމަތުގެ ހިތަށް ހެރިފައިވާ ހަންޖަރެއް
ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކެނޑުމަކީ އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ޚަންޖަރެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
16 Oct 2023
ހަދީލް ޝަހީދުވީ ކައިވެނި ކުރަން އޮތް ދުވަހު
އިޒްރާއިލް އިން ޣައްޒާއަށް ދެމުންދާ ހަނގުރާމައިގައި މިއަދު ކައިވެނި ކުރަން ހަމަޖެހިފައިވާ ޣައްޒާގެ އަންހެނެއް ކަމުގައިވާ ހަދީލް ޝަހީދުވެއްޖެއެވެ.
16 Oct 2023
ޣައްޒާގެ ދީނީ ޢިލްމު ވެރިއެއްކަމަށްވާ ޑރ ވާއިލް ޝަހީދުވެއްޖެ
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ނުރައްކާތެރި ހަމަލާތަކުން ހަމަލާއެއްގައި ޣައްޒާއަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔެއް ކަމަށްވާ ދުކްތޫރް ވާއިލް އަލްޒަރްދު ޝަހީދުވެއްޖެއެވެ.
16 Oct 2023
ލާމުން އައްޑޫއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލާމު އަތޮޅުން އައްޑޫ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
16 Oct 2023
ބަނގުރަލާއި އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި
ގިނަ ޢަދަދެއްގެ ބަނގުރާފުޅިތަކަކާއި އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
16 Oct 2023
ޣައްޒާ އޮތީ ބޭހާއި ސިއްޚީ އެހީތެރިންނަށް ބޭނުންވެފައި: ޑރ މަރްވާން
ފަލަސްޠީނުގެ ޣައްޒާ އޮތީ ބޭހާއި ސިއްޚީ އެހީތެރިންނަށް ބޭނުންވެފައި ވާކަމަށް ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް ސާޖަރީ ޑޮކްޓަރ މަރްވާން އަބޫ ސަޢްދާ ވިދާޅުވެއްޖެއެވެ.
16 Oct 2023
ޣައްޒާއިން ފެންނަމުންދަނީ އިންސާނީ ކާރިޘާއެއް!
ފަލަސްޠީންގެ ޣައްޒާއިން އިންސާނީ ކާރިޘާއެއްގެ ކޮޅުމަތި ފެންނަން ފަށައިފިކަމަށް ޣައްޒާއިން "ވޮއިސް" އަށް މަޢުލޫމަތު ދެއްވި މުރާސިލް މުޙައްމަދު އަބޫ ޔޫސުފް ވިދާޅުވެއްޖެއެވެ.
16 Oct 2023
އިޒްރާއިލުން ޣައްޒާއަށް ހުދު ފޮސްފަރެސްއިން ހަމަލާދިން
އިޒްރާއިލުން ފަލަސްޠީންގެ ޣައްޒާ އަށް ހަމަލާދިނުމަށް ހުދު ފޮސްފަރެސް ބޭނުން ކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް ގައި ބުނެފައިވެއެވެ.
15 Oct 2023
ޔަހޫދީންނާއި ދެކޮޅަށް ތެދުވުމަށް އަލް އަޒްހަރުން ގޮވާލައިފި
މިޞްރުގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޔުނިވާސިޓީ އަލް އަޒްހަރުން، އިޒްރާއިލުގެ ޔަހޫދީންނާއި ދެކޮޅަށް ތެދުވުމަށް އެންމެހާ މުސްލިމުންނަށް ގޮވައިލައިފިއެވެ.
15 Oct 2023
ޤުދުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް "ރިމޫވް" ކޮށްފި
އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ފަލަސްޠީނުގައި ވަމުންދާ ކަންކަމުގެ އަސްލު ހަޤީޤަތް ދުނިޔެއަށް އަންގައިދިނުމަށް މަސައްކަތް ކުރާ ޤުދުސް ނިއުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް ފޭސްބުކުން "ރިމޫވް" ކޮށްފިއެވެ.
15 Oct 2023
އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 11 މިސްކިތެއް ހަލާކުވެއްޖެ
ފަލަސްޠީންގެ ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 11 މިސްކިތެއް ހަލާކުވެފައިވާ ކަމަށް ފަލަސްޠީނުން މަޢުލޫމާތު ދެއްވި ވޮއިސްގެ މުރާސިލް ވިދާޅުވެއްޖެއެވެ.
15 Oct 2023
ޣައްޒާގެ ދެކުނަށް ދަތުރުކުރަމުންދިޔަ މީހުންނަށް ހަމަލާދީ 70 މީހަކު ޝަހީދުކޮށްލައިފި
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި ހުރި އަމިއްލަ ގެތައް ދޫކޮށް ރައްކާތެރިކަން ހޯދުމުގެ ގޮތުން ޣައްޒާގެ ދެކުނަށް ދަތުރުކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް ދިން ހަމަލާތަކުގައި 70 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.