09 Oct 2023
ފަލަސްޠީނަށް އެހީވުމަށް ހުޅުވާލި ފަންޑަށް 1 މިލިއަން ހަމަވެއްޖެ!
ފަލަސްޠީނުގެ މިނިވަން ކަމަށް ޓަކައި ހަނގުރާ ކުރާ ހަނގުރާމަވެރިންނާއި އިޒްރާއިލްގެ ޔަހޫދީންނާއި ދެމެދު ކުރިއަށްދަ ހަނގުރާމައިގެ ސަބަބުން އެހީއަށް ޖެހެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިންނަށް ހުޅުވާލުމުން އެފަންޑަށް އެއްދުވަސް ތެރޭ އެއް މިލިއަން ދިވެހި ރުފިޔަ ލިބިފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބުނެފިއެވެ.