ހަސްނާ އަޙްމަދު
ރިޕޯޓަރ
ހަސްނާ އަޙްމަދު
20 Jun 2023
އަޟްހާ ޢީދުގައި އައިޖީއެމްޗް އޯޕީޑީ ތިން ދުވަހަށް ބަންދުވާނެ
މިއަހަރުގެ އަޟްހާ ޢީދާއި ދިމާކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ ތިން ދުވަހަށް ބަންދުވާނެ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
20 Jun 2023
ރިސޯޓެއްގެ ޕޫލެއްގައި ކުޑަކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ
މާލެ އަތޮޅު ރިސޯޓެއްގެ ޕޫލެއްގެ ތެރޭގައި މަރުވެފައި އޮތް ކުޑަ ކުއްޖަކު ފެނިއްޖެއެވެ.
20 Jun 2023
"އެންމެ އިސްކަމެއް ދޭނީ އިހްލާސްތެރި ކަމާއެކު ޚިދުމަތް ދިނުމަށް"
ސްޓެލްކޯއިން ޚިދްމަތް ދިނުމުގައި އެނެމެ އިސްކަމެއް ދޭނީ އިޚްލާސްތެރިކަމާއި އެކު ޚިދްމަތްފޯރު ކޮށްދިނުމަށް ކަމަށް ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
20 Jun 2023
ފަލަސްޠީނުގެ ބިމުގައި އިޒްރާއިލުން އަޅަމުންއަންނަ ގެތައް އެޅުން ހުއްޓާލުމަށް އޫއެން އިން އަންގައިފި
ފަލަސްޠީނުގެ ބިމަށް ގަދަކަމުން އަރައި ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޚިލާފަށް އެތަނުގައި އަޅަމުންއަންނަ ގެތައް އެޅުން ހުއްޓާލުމަށް ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓެރީ ޖެނެރަލް އަންޓޯނިއޯ ގުޓްރަސް ގޮވާލައިފިއެވެ.
20 Jun 2023
ވަޞީލަތް މަދު ޤައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެ: ނައިބުރައީސް
ޤައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަޞީލަތް މަދު ޤައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިކަމުގައި ވަނީ ނަމަ ކާމިޔާބު ލިބޭނެ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
19 Jun 2023
ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް ހިމެނިއްޖެއެވެ.
19 Jun 2023
ޖެނީންގައި ދިން ހަމަލާތަކެއްގައި ކުޑަ ކުއްޖަކު ހިމެނޭހެން ފަސް މީހަކު ޝަހީދުވެއްޖެ
ފަލަސްޠީނުގެ ޖެނީންގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން ފަސް މީހަކު ޝަހީދުވެއްޖެއެވެ.
19 Jun 2023
ރައީސް ޞާލިޙް މެންބަރު އަފީފާއި ބައްދަލުކުރެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބައްލަވަމުން ގެންދަވާ، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައިފިއެވެ.
19 Jun 2023
ޙައްޖާޖީންގެ ފަހު ގްރޫޕަށް އަލްވަދާޢު ކިޔުމަށް ރައީސް ޞާލިޙް އެއަރޕޯޓަށް
ރާއްޖެއިން ޙައްޖަށް ދާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕަށް އަލްވަދާޢު ކިޔައި ޙައްޖާޖީންނާއި ބައްދަލުކުރެއްވުމަށް ރައީސް ޞާލިޙް މިއަދު އެއަރޕޯޓަށް ވަޑައިގެންފިއެވެ.
19 Jun 2023
ނަޝާތުއާއި އާސިފް ވަނީ ޒާތީ ތަޢައްސުބާއި ރައީސް ޞާލިޙްގެ ނުފޫޒު"
ދަ ޑިމޮކްރެޓްސްގެ މެންބަރޝިޕް ފޯމުތައް ފަށްފަށްކޮށް، ތަކުރާރުކޮށް ބަލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޢަލީ ނަޝާތާއި، މުޙައްމަދު ޢާސިފް ކުރައްވާ ވަކާލާތުގެ ފަހަތުގައިވަނީ ޒާތީ ތަޢައްސުބާއި ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙްގެ ނުފޫޒު ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
19 Jun 2023
ޕީޖީ މުވައްޒަފުން ތަޖުރިބާއަށް ހަތަރުދުވަހު އޮފީހަށް
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަޖުރިބާއަކަށް ހަތަރު ދުވަހު އޮފީހަށް ނުކުންނަން ނިންމައިފިއެވެ.
19 Jun 2023
ސްކޫލް ދަރިވަރުންނަށް 1484ން ނަފްސާނީ އުނދަގޫތަކަށް އެހީލިބޭނެ: އެޑިޔުކޭޝަން މިނިސްޓްރީ
​ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484 ގެ ޚިދުމަތް މިހާރު ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
18 Jun 2023
ގަދަ ހޫނުގެ ސަބަބުން އިންޑިޔާގައި ބަޔަކު މަރުވެއްޖެ
އިންޑިޔާގެ އުއްތަރް ޕްރަދޭޝްގައި ހޫނު ގަދަވުމުގެ ސަބަބުން ފާއިތުވި ދެތިންދުވަސް ތެރޭ 34 މީހަކު މަރުވެފައިވާކަމަށް އިންޑިޔާގެ އޮފިޝަލުން ބުނެފިއެވެ.
18 Jun 2023
ކެބިނެޓްގެ 33 ޕަސެންޓް ދެއްވުމުން އެނގިގެންދިޔައީ އަންހެނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަން: ރޮޒެއިނާ
ކެބިނެޓްގެ 33 ޕަސެންޓް އަޅުގަނޑުމެންނަށް ދެއްވުމުން އެނގިގެންދިޔައީ އަންހެނުންނަށް ޚާއްސަ ސަމާލުކަމެއް ރައީސް ޞާލިޙް ދެއްވާނެކަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
18 Jun 2023
"ސަރުކާރާއި އެކު މަސައްކަތް ކުރަން ބޭނުން ނޫންނަމަ ވަކިވާންވީނު"
ޖުމްހޫރީ ޕާޓީ އިން ސަރުކާރާއި  އެކު މަސައްކަތް ކުރަން ބޭނުން ނޫންމަމަ ސަރުކާރުން ވަކިވުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
17 Jun 2023
ޢަރަބިއްޔާ މޫނުބުރުގާ މައްސަލަ ބެލޭނެ އިޚްތިސާސް އެބައޮތް
ޢަރަބިއްޔާ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުންގެ މައްސަލަ ބެލޭނެ އިޚްތިސާސް އެބެއް ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.
16 Jun 2023
އަމާޒަކީ ތިން ބިލިއަންގެ އާމްދަނީ އެއް ހޯދުން: އެމްޓީސީސީ
އަމާޒަކީ ތިން ބިލިއަންގެ އާމްދަނީ އަކާއިއެކު 300 މިލިއަންގެ ފައިދާއެއް ހޯދުން ކަމަށް އެމްޓީސީސިގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
16 Jun 2023
"މަސްވެރިންގެ ދަތިތައް ހައްލުކުރެވޭނީ މަސްވެރިންގެ ގާތުން އަހައިގެން"
މަސްވެރިންގެ ދަތިތައް ހައްލުކޮށްދެވޭނީ ސީދާ މަސްވެރިންގެ ގާތުން ހާލު އަހައިގެން ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
16 Jun 2023
އަދިވެސް މިއުޅެނީ ޖަޒީރާ ރާއްޖޭގެ މަންޒަރުތައް ސާފުނުވެގެން: އަމީން
އަދިވެސް މިއުޅެނީ ޖަޒީރާ ރާއްޖޭގެ މަންޒަރުތައް ސާފުނުވެގެން ކަމަށް މިސަރުކާރުގެ ކުރީގެ ހެލްތް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު  ޤާސިމް އިބްރާހިމްގެ ތަރުޖަމާނު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
16 Jun 2023
ބޮޑުފިޔާ ޕޮލިޓިކްސްގެ ތެރޭގައި ތާށިވެފަ އޮންނަންޖެހޭ ބައެއްނޫން އަޅުގަނޑުމެންނަކީ: ޢަލީ ޙުސެއިން
ދިވެހިރާއްޖެއަކީ ބޮޑުފިޔާ ޕޮލޮޓިކްސްގެ ތެރޭގައި ތާށިވެފަ އޮންނަންޖެހޭ ބައެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
15 Jun 2023
ރާއްޖޭގެ އެމްބަސީ ހުޅުވަން ޚާރިޖީ ވަޒީރު ޝާހިދު އެމެރިކާއަށް
އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާއަށް ވަޑައިގެންފިއެވެ.
15 Jun 2023
ރާއްޖެއަށް މެލޭޝިޔާގެ ތަޖުރިބާކާރުންގެ ފަންނީ އެހީދެނީ
ޙަލާލް ސެޓްފިކެޓް ދިނުމަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކަށް މެލޭޝިޔާއިން މިހާރު ރާއްޖެ އަށް ޒިޔާރަތްކުރަމުންދާ ތަޖުރިބާކާރުންގެ ފަންނީ އެހީދޭނެ ކަމަށް އެ ޓީމުން ހާމަކޮށްފިކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
15 Jun 2023
މިއަހަރުގެ ލިވިން އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖައްސައިފި
މިއަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖައްސައިފިއެވެ.
14 Jun 2023
ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަދީފި
ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަ ދީފިއެވެ.
14 Jun 2023
އެމްއޭސީއެލް މެރިޓް އެވޯޑުގެ ދަށުން ސީއެޗްއެސްއީގެ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) މެރިޓް އެވޯޑުގެ ދަށުން ސެންޓާ ފޯ ހަޔަރ އެޑިޔުކޭޝަން (ސީއެޗެއެސްއީ) ގެ ދަރިވަރުންނަށް ފަހި ފުރުސަތުތަކެެއް ދިނުމަށް އެއްބަސްވުމެއް ގައި ސޮއިކޮށްފިއެވެ.
14 Jun 2023
ތިމާމެންގެ މަސްލަހަތާއި ޖެހުނީމަ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ: ޝަރީފް
ތިމާމެންގެ މަސްލަހަތާއި ޖެހުނީމަ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
14 Jun 2023
ފަންޑު މަދުވެ ޔޫއެން އިން ސީރިޔާގެ ރައްޔިތުންނަށް ދޭ އެހީގެ އެއްބައި ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި
ފަންޑު މަދުވުމުގެ ސަބަބުން ޔޫއެން އިން ސީރިޔާގެ ރައްޔިތުންނަށް ދެމުންދާ ކާބޯތަކެތީގެ އެހީގެ އެއްބައި ކަނޑާލަން ޖެހިދާނެ ކަމަށް އެ ޔޫއެން އިން ބުނެފިއެވެ.
13 Jun 2023
ދުއްވާފައި ދިޔަ ސައިކަލަކާއި ބުޅަލެއް ޖެހި އެކްސިޑެންޓްވެއްޖެ
ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސައިކަލަކާއި ބުޅަލެއް ޖެހި އެކްސިޑެންޓުވެ، ސައިކަލު ދުއްވިމީހާ އައިސީޔޫގައި ފަރުވާހޯދަން ފަށައިފިއެވެ.
13 Jun 2023
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
13 Jun 2023
"މަޖިލީހުގެ މުސާރައާއި އިނާޔަތް ނަގާކަށް އުޒުވެރިއެއް ނުވޭ"
ރައްޔިތުންގެ މަޖިލީހުންދޭ މުސާރައާއި އިނާޔަތް ނެގުމަށް  އުޒުރުވެރި ނުވާ ކަމަށާއި އެކަމަކު ރިޔާސަތަށް އެރުމަށް އުޒުރުވެރި ވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫފޭދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ފާޑު ވިދާޅުވެއްޖެއެވެ.