ޔޫޝައު ހަސަން
ޔޫޝައުއަކީ ފީޗަރ އާޓިކަލް، ތާރީޚި ލިޔުންތަކާއި ދިރާސީ ރިޕޯޓުތައްވެސް ގިނަ އަދަދަކަށް ލިޔެފައިވާ ލިޔުންތެރިއެކެވެ. ޔޫޝައު މަތީ ތައުލީމު ހާސިލްކުރަމުންދަނީ ދިވެހި ބަހުގެ ދާއިރާއިންނެވެ.
ޔޫޝައު ހަސަން
18 Nov 2023
ދިވެހި ދައުލަތުގެ ދަރަނި 118 ބިލިއަން ރުފިޔާއަށް!
ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި 118.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
17 Nov 2023
ރައީސް މުއިއްޒުގެ ތަޤުރީރުފުޅުގައި ޤައުމިއްޔަތުގެ ފުރިހަމަ ވިންދު!
ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސްކަމުގެ ގާނޫނީ ހުވާކުރެއްވުމަށް ފަހު މިއަދު ހަވީރު، ޑރ. މުހައްމަދު މުއިއްޒު ދެއްވި އިފްތިތާހީ ތަޤްރީރު ވެގެންދާނީ ހަމަ ޔަޤީނުންވެސް ތާރީޚީ ތަޤްްރީރަކަށެވެ. ޤައުމިއްޔަތާ ދީނީ ވިންދާއި އޭގެ ރޫހުގައި ހޫނު ލޭ ހިނގަ ހިނގައިހުރި އަސަރުގަދަ ތަޤްރީކަށެވެ. އެ ތަޤްރީރުގައި މުޅިންވެސް ހުރީ ދިވެހި ޤައުމިއްޔާތު ގޮވާންކުރުމަށް ބެނުންވާނެ އެންމެ ދުޅަހެޔޮ ކާދެވެ.
17 Nov 2023
ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އަބްދުއްރަހީމް
އައު ސަރުކާރުގެ ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ރައީސުލްޖުމްހޫރިއްްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ޢައްޔަން ކުރައްވައިފިއެވެ.
16 Nov 2023
ހައިކޯޓުގެ ފަނޑިޔާރަކަށް ޖޭއެސްސީގެ މެންބަރުކަން ކުރެއްވި މާނިއު ހަމަޖައްސަވައި
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފިއެވެ.
16 Nov 2023
ހުޅުމާލޭގެ ޕޭވްމަންޓު މަތީގައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން އަންގައިފި
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި ވިޔަފާރިކުރުމަށާއި އެހެނިހެން ބޭނުންތަކަށް ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމަށް އާބަންކޯ އިން އަންގައިފިއެވެ.
16 Nov 2023
އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ސުޖާއު އެ މަޤާމުން އިސްތިޢުފާ ދެއްވައި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެޖޭނިން ޑިރެކްޓަރު (އެމްޑީ) އަދި ސީއީއޯގެ މަޤާމުގައި ހުންނެވި މަހުޖޫބު ސުޖާއު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
15 Nov 2023
އެމްޓީސީސީގެ 53 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން
2018 ވަނަ އަހަރު 1706 މުވައްޒަފުންނާއެކު މަސައްކަތް ކުރަމުން އައި އެމްޓީސީގައި 2023 ވަނަ އަހަރާއި ހަމައަށް އައި އިރު 4771 މުވައްޒަފުން އެބަ ތިބި ކަމަށާއި އޭގެ ތެރެއިން 53 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީންކަމުގައި އިންތިޤާލީ ކޮމެޓީން ބުނެފިއެވެ.
15 Nov 2023
ބިންވެރިޔާ ސްކީމުން ގޯތި ދޫކޮށްފައި ވަނީ ރަނގަޅު ޕްލޭނެއް ނެތި
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކިމުގެ ދަށުން އަރބަންކޯއިން ހުޅުމާލެއިން ގޯތި ދޫކޮސްފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމުގައި އިންތިޤާލީ ކޮމެޓީން ބުނެފިއެވެ.
15 Nov 2023
ހައި ކޯޓުގެ ފަނޑިޔާރު ޝަކީލް ރިޓަޔަރ ކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް މިއަދު ރިޓަޔަރކުރައްވައިފިއެވެ.
15 Nov 2023
އެފްކޮންސް ގެ ޖޫރިމަނާ މައާފު ނުކުރަން ނިންމައިފި
ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން ޖޫރިމަނާ ކުރުމަސް ނިންމައިފައިވާ، އެ މަޝްރޫޢު ގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނިން ދައްކަންޖެހޭކަމަށްގެ ޖޫރިމަނާ މައާފުނުކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީން ނިންމައިފިއެވެ.
13 Nov 2023
ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓްގައި ސިޔާޒް ނައިފަރު ދާއިރާއަށް ވާދަކުރަނީ
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާއަށް ވާދަކުރާކަން އަހްމަދު ޝިޔާޒް އިއުލާނުކޮށްފިއެވެ.
13 Nov 2023
19 ވަނަ މަޖިލީހަކީ، މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް: ނަޝީދު
މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށް މަޖިލީހުގެ ރައީސްގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
13 Nov 2023
ހުރިހާ އިސްތިއުފާ ސިޓީ އެއްގައިވެސް އެއް އިބާރާތެއް ފެންނާނެ
އަދާކުރެއްވި މަޤާމުތަކުން އިސްތިއުފާ ދެއްވި ތިން ފަހަރުވެސް އިސްތިއުފާގެ ސިޓީގައި އެއް އިބާރާތެއް ތަކުރާރު ކުރައްވައިފައިވާނެ ކަމުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
13 Nov 2023
މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު އިސްތިޢުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޤާމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައިފިއެވެ.
12 Nov 2023
މިހާރު ކުރިއަށްދާ މަސައްކަތްތަކުން ޓަރމިނަލް ބޭނުން ކުރާކަށް ނުފެށޭނެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރިމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ސައުދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާއި ހަވާލުކުރެވިގެން މިހާރު ކުރިއަށްދާ މަސައްކަތްތަކުން އެެކަނި، އެޓާރމިނަލް ގެ ބޭނުން ކުރަން ފެށޭ ވަނރު ނުވާނެކަމުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Nov 2023
އައު ޓާމިނަލް ވާނީ އެންމެ އިސްކަންދޭނެ މަޝްރޫޢަށް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ތަރައްގީ ކުރުމުގެ މަޝްރޫގެ މަސައްކަތް ވެގެންދާނީ އައު ސަރުކާރުގައި އެންމެ އިސްކަމެއް ދީގެން އެއްވަނަ ދަރަޖައިގައި ކުރިއަށް ގެންދާނެ މަޝްރޫއަކަށް ކަމުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Nov 2023
3 ވަނަ ކުއާޓަރގައި އެމްއައިބީއަށް 123 މިލިޔަން ރުފިޔާގެ އާމްދަނީއެއް
މިއަހަރުގެ ތިންވަނަ ކުއަރޓަރގައި މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ) އަށް 123.55 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
12 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބަންޑާރަ ނާއިބު ލަފާ ހޯދުމަށްމަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.
11 Nov 2023
ރާއްޖެއަކީ ޚާއްސަ މަޤާމެއް ދެވިފައިވާ ޤައުމެއް: މޯދީ
ނެއިބަރ ހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ޚާއްސަ މަޤާމެއް ދެވިފައިވާ ޤައުމެއްކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
11 Nov 2023
މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮއްސި
މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ގެމަނަފުށްޓަށް ނިސްބަތްވާ ދޯންޏެއް ބިންދައިގެން ގޮއްސިއެވެ.
11 Nov 2023
ޝަރުޢީ ދާއިރާއާއި ފުލުހުން ސިޔާސީ ނުފޫޒުން އެއްކިބާ ކުރެވުނު
ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ދިވެހި ޤައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށާއި އެ ފުރުސަތު މި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބިގެން ދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
11 Nov 2023
ޚާރިޖީ ގުޅުންތައް އެންމެ ބޮޑަށް ބަދަހި ކުރެވުނީ މި ފާއިތުވި ފަސް އަހަރު: ރައީސް ޞާލިޙް
ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކާއި ދެމެދު އޮންނަ ޚާރިޖީ ގުޅުން އެންމެ ބޮޑަށް ބަދަހިވެފައިވަނީ މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
11 Nov 2023
މިއީ އަމާންކަމާ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު: ރައީސް ޞާލިހު
ދިވެހިރާއްޖެގެ ވެރިކަމުުގެ ނިޒާމުގެ ތެރެއަށްސިޔާސީ ނިޒާމު ތައާރަފުވި ފަހުން މިއީ، އަމާންކަމާ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
11 Nov 2023
އައު ޓަރމިނަލް ވެގެންދާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް: ރައީސް ޞާލިހް
މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ނިމޭއިރު އެ ޓާރމިނަލް ވެގެންދާނީ މި ސަރަހައްދުގައިވެސް ހުރި އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
08 Nov 2023
ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯއިން އިތުރު ތިން ބޯޓު ގެންނަނީ
ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް މި އަހަރު ނިމުމު ކުރިން އިތުރު ދެ ބޯޓު ރާއްޖެ ގެންނާނެ ކަމުގައި މިފްކޯއިން ހާމަކޮށްފިއެެވެ.
08 Nov 2023
އައިޔޫއެމް އިޤްރައު ހައިބްރިޑް ފޮތް މައުރަޒު މާދަމާ ފެށެނީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އައިޔޫއެމް ހައިބްރިޑް ފޮތް މައުޒަރު 2023 މާދަމާ ފެށުމަށް ތައްޔާރު ވެއްޖެއެވެ.
08 Nov 2023
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅާ ޕޯޓަލް ޑައުން ވެއްޖެ!
ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓަށް ޕޮއިންޓް ދިން ގޮތާއި މެދު ހުރި ކަންބޮޑުވުންތަކަށް ޝަކުވާ ހުށަހެޅުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ގެދުރޮވެރިޔާ ޕޯޓަލް ޑައުން ވެއްޖެއެވެ.
07 Nov 2023
ޝަރުތު ހަމަނުވާ މީހުން ލިސްޓުގައިވާ ނަމަ ފިޔަވަޅު އަޅާނަން
މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުކަމަށްވާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ މީހުން އުސޫލުން ބޭރުން ހިމަނާފައިވާ ނަމަ، އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާނެކަން އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
07 Nov 2023
މަހުގެ އަގަށް އެންމެ ފަހުން ގެނެވުނު ބަދަލު ރިވިއު ކުރަނީ
މިދިޔަ ސެޕްޓެމްބަރު ފަހު މަސް ކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރުމަށް ނިންމައި ގެނެވުނު ބަދަލާއެކު ދެކޮޅު ނުޖެހޭތީ އެ އަގުތައް ރިވިއު ކުރުމަށް ފިނޭންސް މިނސިްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރެވެމުން އަންނަކަން މިފްކޯއިން ހަމަކޮށްފިއެވެ.
07 Nov 2023
ހައްޔަރުކުރި މަސްވެރިން އިންޑިޔާއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ
ދިވެހިރާއްޖޭހގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަސް މަސްވެރިކަން ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި އިންޑިޔާގެ 12 މަސްވެރިން މިނިވަންކޮށް އަނބުރަ އެ ޤައުމަށް ފޮނުވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުން އަންނަ ކަމުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބުނެފިއެވެ.