ޔޫޝައު ހަސަން
ޔޫޝައުއަކީ ފީޗަރ އާޓިކަލް، ތާރީޚި ލިޔުންތަކާއި ދިރާސީ ރިޕޯޓުތައްވެސް ގިނަ އަދަދަކަށް ލިޔެފައިވާ ލިޔުންތެރިއެކެވެ. ޔޫޝައު މަތީ ތައުލީމު ހާސިލްކުރަމުންދަނީ ދިވެހި ބަހުގެ ދާއިރާއިންނެވެ.
ޔޫޝައު ހަސަން
04 Sep 2023
ވޯޓު ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެން ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
04 Sep 2023
ޖޯކު ޖަހާ ވީޑިއޯތައް ބައްލަވައި ގާސިމަށްވެސް ހެވިއްޖެ!
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމް އެކި އެކި ރަށްރަށަށް ވަޑައިގެން ދައްކަވައިފައިވާ ވާހަކަތަކުގެ އޯޑިއޯތައްް ބޭނުންކޮށްގެން ހަދައިފައިވާ ޓިކްޓޮކް ވީޑިއޯތައް ބައްލަވައި ޚުދު އެމަނިކުފާނަށްވެސް ހިނިފުޅުވެޑުވިއްޖެއެވެ.
04 Sep 2023
ކޯނީ ރިޕޯޓް ގެއްލިއްޖެ، މައްސަލަ ފުލުހަށް ހުށަހަޅައިފިން: ރައީސް
2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ވީތަނެއް ނޭނގޭ ކަމަށާއި އެ ރިޕޯޓަށް ވީގޮތް ބެލުމަށް އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
04 Sep 2023
މުއިއްޒުގެ ކެމްޕެއިނަށް މެޑަމް ފާތުން މިރޭ ރަސްމީކޮށް ނިކުންނަނީ
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ނުކުމެވަޑައިގަންނަވަން ނިންމަވައިފިއެވެ.
04 Sep 2023
ލ އަތޮޅުގައި އެއަރޕޯޓު އަޅާނެ ރަށެއް ކަނޑައަޅާނީ ދިރާސާ ކޮށްފައި
ޕީޕިއެމް/ޕީއެންސީ ގެ ވެރިކަމެއްގައި ލ އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއަރޕޯޓް އަޅާނެ ސަރަހައްދެއް ކަނޑައަޅާނީ ވަރަށް ވިސްނާފައި ދިރާސާތައް ކުރުމަށްފަހު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Sep 2023
ދިޔަމިގިއްޔާއި މަޑިފުށި ގުޅުވާލަން މުއިއްޒު ވައުދުވެއްޖެ!
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިއްޖެނަމަ، ތ އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅުވައިލައްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
04 Sep 2023
އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!
ފޮޓޯ ނެގުމުގެ ދާއިރާއަށް އާދަމް ނާއިފް ގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނީ މެލޭޝިޔާގައި ކިޔަވަން ހުރި ދުވަސްވަރުއެވެ. އޭރު ކިޔަވަމުން ދިޔަ ކޯހުގެ އެއް މޮޑިއުލް ގެ ގޮތުގައި ފޮޓޯގްރަފީ ކިޔެވި ހިސާބުންނެވެ. އެދުވަސްވަރު ފޮޓޯގްރަފީއަށް އުފެދުނު ޝައުގުވެރިކަމާއެކު، ކޯސް ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސް ނާއިފް މަސައްކަތް ކުރަންފެށީ އެކި އެކި ފޮޓޯ ސްޓޫޑިއޯ ތަކުގައި ފޮޓޯގްރަފަރެއްގެ ގޮތުގައެވެ.
04 Sep 2023
މުއިއްޒު އިންތިހާބު ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓުން: އަބްދުއްރަހީމު
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ ވޯޓުލާ މީހުންގެ 60 އިންސައްތަ ތާއީދާއެކު ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
03 Sep 2023
ބިލެތްދޫ ސްކޫލު ޑެސްކުތައް ހަލާކުވެ ވީރާނަވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހަނު!
ފ ބިލެތްދޫ ސްކޫލް ކްލާސްރޫމް ތަކުގައި ކިޔެވުމަށް ބޭނުންކުރާ މޭޒުތައް ހަލާކުވެ ވީރާނަވެގޮސް ބޭނުން ނުކުރެވޭ ހާލާތައް ގޮސްފައިވާއިރުވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް މޭޒު ފޯރުކޮށް ނުދޭ މައްސަލައެއް ފެންމަތިވެެއްޖެއެވެ.
03 Sep 2023
ސާމިޔާގެ ތާއިދު މުއިއްޒުއަށް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ނިންމައިފިއެވެ.
03 Sep 2023
މި އަންނަނީ ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް: ޑރ މުއިއްޒު
ވެރިކަމަށް އަންނަނީ އެއްވެސް ހާލެއްގައި ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލަން ނޫންކަމަށާއި ފަށައިގެބް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތައްް ކުރިއަށް ގެންގޮސް ނިންމުމަށް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
03 Sep 2023
ބޭރުގެ ސިފައިން ބޭލުމާމެދު މަޝްވަރާއެއް ބެނުމެއް ނުވާނެ
ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބެލުމަކީ މަޝްވަރާއެއް ބޭނުންވާ ކަމެއް ނޫން ކަމަށާއި އެކަމަށް މަޝްވަރާއެއް ބޭނުން ނުވާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ގުޅާލެވޭނީ ކޯޒްވޭ އަކުން!
ޕީޕިއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކާޑެއްދޫގައި ގާއިމްކުރާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ތިނަދޫގައި ގާއިމްކުރާ އެއަރޕޯޓް ގުޅާލެވޭނީ އެ ދެރަށް ދެމެދުގައި ގާއިމްކުރެވޭ ކޯޒްވޭއަކުން ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި ކަނދޮޅުދޫގައި މަސްކިރާ ފެކްޓްރީއެއް!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރ ކަނދޮޅުދޫގައި ޒަމާނީ ފެންވަރުގެ މަސްކިރާ ފެކްޓްރީއެއް ގާއިމްކޮށްދޭނެ ކަމުގައި މުއިއްޒު ވިދާޅުވެއްޖެއެވެ.
29 Aug 2023
ރައީސް ޞާލިހު މިވީ "ފިލި އިބޫ"އަށް: ޝިޔާމް
2018 ގެ ރިޔާސީ ބަހުސަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ފިއްލެވީކަމަށަށާއި މި އަހަރުގެ ބަހުސަށްވެސް ފިއްލެވީކަމަށާއި އެހެންކަމުން ރައީސް މި ވެވަޑައިގަތީ ފިލި އިބޫއަށް ކަމުގައި ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް ރައީސް ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
29 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރ މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފިއެވެ.
29 Aug 2023
އަޅުގަނޑުގެ ސަރުކާރު ވާނީ ރައްޔިތުންގެ އަޑު އަހާ ސަރުކާރަކަށް: ޑރ މުއިއްޒު
ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއް ވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމުގައިކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
29 Aug 2023
"21 ވަނަ ގަރުނު ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ޢިލްމީ ބޭފުޅެއް"
ގުނަމުން މިދަނީ 21 ވަނަ ގަރުނު ކަމަށާއި 21 ވަނަ ގަރުނުގައި ދިވެހިރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ އިލްމީ ބޭފުޅެއްކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
29 Aug 2023
މަޝްރޫޢުތައްް ހުއްޓާލާނެ ވާހަކަ ދައްކަވަނީ ފިނޑިވީމަ: ޑރ މުއިއްޒު
ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި މިހާރުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބުނެ އެމްޑީޕީން ވާހަކަދައްކަނީ ފިނޑިކަމުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
29 Aug 2023
ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވާނީ ހުރިހާ ޒުވާނުންގެ އަޑު އަހާ ސަރުކާރަކަށް: ޑރ މުއިއްޒު
ހަމަ އެކަނި ކޮންވެންޝަނަލް ކުޅިވަރުތަކަށް ގާއިމްކޮށްދޭ ވަސީލަތްތަކަކުން ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ގާއިމްކޮށް ނުދެވޭނެކަމަށާއި ޕީޕީއެމް/ޕީއެންސީގެ ގެ ސަރުކާރެއް ވާނީ ހުރިހާ ޒުވާނުންގެވެސް އަޑު އަހާ ސަރުކާރެއްކަމުގައިކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
28 Aug 2023
ގއ އަތޮޅުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ދެ މަޝްރޫއެއް!
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ހުވަދު އަތޮޅު ދެކުނުބުރީގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ގެ ދެ މަޝްރޫޢެއް ހިންގާނެކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
28 Aug 2023
މިރޭ މާލޭގައި ހަވާ އަރުވަނީ
މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފުން ބުނެޖެއެވެ.
28 Aug 2023
ރާއްޖޭގައި ކުރަމުން އަންނަ ވަގު ވިޔަފާރީތައް ހުއްޓުވާަނަން
ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެކި ނަންނަމުގައި ރާއްޖޭގައި ހިންގަމުން އަންނަ ވަގު ވިޔަފާރީތައް ހުއްޓުވާަނެ ކަމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
28 Aug 2023
ގްރޭޓާ މާލޭގެ އިހުތިސޯސަށް ތުލުސްދޫ، ހުރާ، ހިންމަފުށި
ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ގްރޭޓާ މާލެ އޭރިއާގެ އިހުތިސޯސްގެ ތެރޭގައި ކ. އަތޮޅު ތުލުސްދޫ، ހުރާ، އަދި ހިންމަފުށި ހިމެނުމަށް ނިންމައިފިއެވެ.
28 Aug 2023
ކަންކަން ލަސްވަނީ އެކަންކަން ކުރުމުގެ ތަސައްވުރެއް ނެތީމަ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ކަންކަން ނުކުރެވި ލަސްވަމުންދަނީ މި ސަރުކާރުގެ ވެރިންގެ ކިނބައިގައި ކަންކަން ކުރުމުގެ ތަސައްވުރެއް ނެތުމުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
28 Aug 2023
ރައީސް ޞާލިހަކީ 2018 ވަނަ އަހަރުގެ ބަދަލު ކުޅުންތެރިއެއް!
ބަދަލު ކުޅުންތެރިނަންނާއެކު ނިކުމެ ދަ ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޞާލިހް ބުނަމުންދާއިރު، ޚުދު އެ މަނިކުފާނަކީވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުނތް ބަދަލު ކުޅުންތެރިއެއްކަމުގައި ވިދާޅުވެ ދަ ޑިމޮކްރެޓްސް ގެ އިންތިހާބީ ތައުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ހޫނު ބަހުގެ ހަމަލާތަކެއް ރައީސް ޞާލިހަށް އަމާޒުކުރައްވައިފިއެވެ.
28 Aug 2023
"އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕަކަށް ހަދާނެ"
ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވިއްޖެނަމަ، ވެރިކަމުގެ ހުވާކުރާ ދުވަހު ގދ.ތިނަދޫ އިސްލާމިކް މަރުކަޒަކީ އިސްލާމީ ޔުނިވާސިޓީގެ ގޮތްޕެއް ކަމުގައި ކަނޑައަޅާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަންވެސް ކުރިން ކުރެއްވި، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
28 Aug 2023
ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު ހުޅުވައިފި
ހުޅުމާލޭ ފިޔަވަހި 2 ގައި 'ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު' ގެ ނަމުގައި ކެއަރ ސެންޓަރެއް ހުޅުވައިފިއެވެ. އިއްޔެ ވަހީރު އޮތް ރަސމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
27 Aug 2023
ދިވެހިންގެ ރާއްޖެ ހޯދަން ދަންނަ މާލިމީއާ މިވަނީ ވަކިކޮށްލާފައި
ރާއްޖޭގައި ހުރީ ދިވެހިންގެ ރާއްޖެއެއް ހޯދަން ދަންނަ އެންމެ މާލިމީއެއް ކަމަށާއި އެ މާލިމީ އާއި ދިވެހިންނާ ވަނީ ވަކިކޮށްލައިފައި ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.
27 Aug 2023
ވެރިކަން ހަވާލުކޮށްދެއްވާ! ނަތީޖާ ނެރެދޭނަން: ޑރ މުއިއްޒު
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ޓީމަށް އިތުބާރު ކުރައްވާ ވެރިކަން ހަވާލުކޮށްދެއްވުމަށާއި ޔަގީނުންވެސް ނަތީޖާ ނެރެދޭނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.