ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
05 Jul 2023
މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ދަނީ!
މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
05 Jul 2023
ލޯންޗެއްގައި ބެޓެރީއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެ!
ރ.އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން 6 މީހަކަށް އަނިޔާވެއްޖެއެވެ.
05 Jul 2023
އިހަވަންދޫ، ޗާލު ކޮމިޔުނިޓީ ސެންޓަރުގެ ފޮޓޯތައް ދައްކާލައިފި!
މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުންގެންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ގާއިމްކުރެވޭ މަރުކަޒުގެ ފޮޓޯތައް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދައްކަވާލައްވައިފިއެވެ.
05 Jul 2023
އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ބަލަނީ!
އަންހެން ފުލުހަކަށް ގެވެށިއަނިޔާކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.
05 Jul 2023
"ނިޔާވި ކަމަަށް ޝަކުވާއައި މީހުންގެ ތެރެއިން ކަށަވަރު ކުރެވުނީ 267 މީހުން"
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާއްމު ކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި، ލިސްޓުގައި ހުރި މީހުންގެ ތެރެއިން 465 މީހުން، ނިޔާވެފައިވާ ކަމަށް ޝަކުވާ ލިބުނު ކަމަށާ، އެހެން ނަމަވެސް، އޭގެ ތެރެއިން ކަށަވަރު ކުރެވުނީ 267 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
05 Jul 2023
"ރެޖިސްޓްރީ ވެފައި އޮންނާނީ އެ މީހެއް ނިސްބަތްވާ ދާއިރާއަށް"
ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމީހަކު ރެޖިސްޓްރީ ވެފައިވާނީ، ރަށްވެހިވެފައިވާ ދާއިރާ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
05 Jul 2023
"ކޮންމެ ކުއްޖަކަށް ލިބުނީ ދެލައްކަ އަށްވުރެ ބޮޑު ދަރަންޏެއް"
އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެލެެއްވި ވައުދު ނުފުއްދުނު ކަމަށާއި، ދައުރު ނިމެނޭއިރު ކޮންމެ ކުއްޖަކަށް ލިބުނީ ބޮޑު ދަރަންޏެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
05 Jul 2023
"ގަލޮޅު ދަނޑުގެ މަސައްކަތް ނިންމާނީ ރައީސް ޞާލިހުގެ ވެރިކަމުގައި"
ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑު، ތަޅާލުމަށްފަހު، އައު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިދައުރުގެ ތެރޭގައި ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
05 Jul 2023
އިސްމާޢީލް؛ ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!
ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށްޓަކައި ބޭނުންވަނީ، ވަރުގަދަ ޢަޒުމަކާއި، މިންނެތް މަސައްކަތެވެ. އެކަން ކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ފަސް ނުޖެހި, އެކަމަށް ކުރިމަތި ލުމުގެ ހިތްވަރެވެ.
04 Jul 2023
މަމްދޫހު ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކޮށްފި!
ކޭ-ޕާރކް ޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތްހަދައި، ބޮޑެތި ޢަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައާއި ގުޅިގެން ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފިއެވެ.
04 Jul 2023
"ޑިމޮކްރެޓްސް ގެ މެންބަރުން ތިބެނީ ބިސްމި ކިޔަން ލަދުން"
އެމްޑީޕީން ކެނޑިގެން، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ޕާޓީ އުފެއްދެވި މަޖިލިސް މެންބަރުން، ކޮމިޓީތައް ފެއްޓެވުމުގެ ގޮތުން ބިސްމި ކިޔަން ލަދުން ތިއްބަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
04 Jul 2023
އިރާގުގެ ފުޓުބޯޅަ ޓީމަކުން ގުރުއާނަށް އޮތް ލޯބި ދައްކާލައިފި!
ސްވިޑެން އިން ބޭއްވި ކީރިތި ޤުރުއާން އެންދުމުގެ ހަރަކާތާއި ދެކޮޅަށް، އިރާގުގެ ފުޓުބޯޅަ ޓީމަކާއި، ސަޕޯޓަރުން، ގުރުއާން އަށް އޮތް ލޯބި ދައްކާލައިފިއެވެ.
04 Jul 2023
އައިޖީއެމްއެޗަށް 22 ޑޮކްޓަރުންނާއި 26 ނަރުހުން ހޯދަނީ
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއަށް 22 ޑޮކްޓަރުން ނުވަތަ މެޑިކަލް އޮފިސަރުންނާއި 26 ރެޖިސްޓަރޑް ނަރުހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
04 Jul 2023
ލިސްޓުގައި ނެތް މީހަކަށް ފުލެޓެއް ނުދެން: މިނިސްޓްރީ
ހިޔާ ފުލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުނު އިރު، އޭގައި ނެތް އެއްވެސް މީހަކަށް ފުލެޓް ދީފައި ނުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
04 Jul 2023
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ހައި ކޯޓުން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ ތަހުމީން އަހުމަދުގެ ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.
04 Jul 2023
"ހައުސިން މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް"
ބިމާއި ބެހޭ ގާނޫނުގައިވާ ގޮތުން ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަހުމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Jul 2023
ކުޑަކުދިން ލައްވާވެސް ޔޯގާ ހެދުވިކަން ހާމަވެއްޖެ!
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ވެސް ޔޯގާ ހެދުމުގެ ހަރަކާތެއް ބާއްވާފައިވާކަން ހާމަވެއްޖެއެވެ.
04 Jul 2023
ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެ!
ދާރުލް އާސާރުގައި ހުންނަ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި، އެތަނުގެ ސެކިއުރިޓީ ގާޑު، ވެއްޓި އަނިޔާވެއްޖެއެވެ.
04 Jul 2023
ސުވަރުގެއިން ގަނޑުވަރެއް ލިބޭނެ 6 ގޮތެއް
ދުނިޔެ މަތީގައި ރިވެތި ގަނޑުވަރު ތަކާއި، ގެ ތަކުގައި ދިރިއުޅުމަށް އިންސާނާގެ ހިތް ނުހަނު ދަހިވެތި ވެއެވެ. އެހެން ކަމުން އެކަމަށްޓަކައި ހުއްޓާނުލަައި، ގައިން ދާ އޮހޮރުވައިގެން އެތަކެއް ގިނަ މަސައްކަތްވެސް ކުރެއެވެ. ނަމަވެސް، އެހުރިހާ މަސައްކަތް ކޮށްގެން އަޅާ ގެއަށްވުރެ، ނުވަތަ ގަނޑުވަރަށް ވުރެވެސް މާ ފުރިހަމަ، ރީތި ގަނޑުވަރެއް، ދުނިޔޭގައި ކޮށްލާ ހެޔޮ އަމަލު ތަކެއްގެ ސަބަބުން ސުވަރުގޭގައި ތިމާ އަށްޓަކައި ބިނާކުރެވޭނެކަން އެނގޭ ހެއްޔެވެ؟
03 Jul 2023
"ދެން ސަރުކާރުގެ ފިއްތުމުގެ ތެރެއަށް ޝަރުޢީ ދާއިރާއެއް ނުދާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާރު އެކަނިވެރި ވެފައިވާ ކަމަށާ، އެމަނިކުފާނުގެ ވެރިކަން ވެއްޓެމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ފިއްތުންތަކަމުގެ ތެރެއަށް ޝަރުއީ ދާއިރާވެސް ދެން ނުދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
03 Jul 2023
ގުރުއާން އަންދަން ހުއްދަ ދިނުމަށްފަހު، އެކަން ކުށްވެރިކޮށްފި
އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގެ މިސްކިތެއްގެ ކައިރީގައި، ފުލުހުންގެ ހިމާޔަތާއި، ސްވިޑެންގެ ކޯޓުގެ ހުއްދައާއިވެސް އެކުގައި މުޞްޙަފް އެންދުމާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ނުރުހުން އެ ގައުމަށް އަމާޒުވާން ފެށުމުން، އެކަމުން ރެކެން ވެގެން، އެ ގައުމުންވެސް އެކަން ކުށްވެރި ކޮށްފިއެވެ
03 Jul 2023
"މިއަދަކީ މިޤައުމުގެ ހަޔާތުގައި ކަޅު ދުވަހެއްކަން ޔަގީން"
މިއަދަކީ މިޤައުމުގެ ހަޔާތުގައި ކަޅު ދުވަހެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ) ވިދާޅުވެއްޖެއެވެ.
03 Jul 2023
ރިޔާސަތުން މަޖިލިސް ދޫކޮށް "ފިލީ": ޝިފާއު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލިސް ދޫކޮށް "ފިލާފައި"ވާ ކަމަށާ، އެފަދައިން ކަން ކުރެއްވީ އިދާރީ މޭޒުން ގޮވަގޮވާ އޮއްވައި ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
03 Jul 2023
"ރައީސްގެ ޢާއިލާއަށް ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް އެބަހުރި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޢާއިލާގެ ބޭފުޅުންނަށް، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ މެސެޖު، މަޖިލީހުގައި އެބަހުރި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
03 Jul 2023
ދިވެހިންގެ އެހީގައި ކަތިލި އުޟުހިޔާތައް ބަހަން ފަށައިފި!
އަޟުހާ ޢީދުގައި، އުޟުހިޔާ ކަތިލުމުގެ ސުންނަތް ހެޔޮ އަގުގައި އަދާކުރުމަށް އައިއޭސީން ހުޅުވާލި ފުރުސަތުގައި، އުޟުހިޔާ ކަތިލަން އެދުނު ދިވެހިންގެ މަތިން، އުޟުހިޔާގެ ގޮތުގައި ކަތިލި ގެރިތައް އޭގެ ބެހެނި ވެރިންނަށް ބަހަން ފަށައިފިއެވެ.
03 Jul 2023
މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި މަޖިލީހުގެ ޖަލްސާ ނިންމާލައިފި!
މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވުނު ޖަލްސާގެ އެޖެންޑާގައި ވާ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި، އެއްވެސް ކަމެއް ނުކޮށް، ޖަލްސާ ނިންމަވާ ލައްވައިފި އެވެ.
02 Jul 2023
"ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ"
ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
02 Jul 2023
1.7 ބިލިއަން ރުފިޔާގެ ލޯނު ނަގައިގެން ގުޅިފަޅު ހިއްކަން ފަށައިފި!
މާލެ މީހުންނަށް ހިލޭ ގޯތި ދިނުމަށް އިއުލާނުކުރި ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ގުޅިފަޅު ހިއްކުމަށް 1.7 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
02 Jul 2023
"އަޅުގަނޑު، ޑިމޮކްރެޓްސް އުފައްދާ ޖަލްސާއަށް ދާނަން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
02 Jul 2023
"އަޅުގަނޑުމެން އިންޑިޔާ އައުޓް ހަރަކާތާއި އެއްކޮށްވެސް ދެކޮޅު"
ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ އެއްވެސް ވަރަކަށް ތާއީދުކުރާ ހަރަކާތެއް ނޫން ކަމަށް، ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.