ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
26 Jun 2023
ޤަލަމުން ބާއްވާ ޢީދު ހަރަކާތްތަކުގައި މިފަހަރު ޝިފާއު އާއި ހަމީދު!
ގިނަ އިނާމްތަކާއި ފައިސާގެ އިނާމްތައް ލިބޭ ގޮތަށް، އދ. ދަނގެތީ ޖަމިއްޔަތުލް ޤަލަމްގެ ފަރާތުން އެ ރަށުގައި ބާއްވާ ޢީދުގެ ހަރަކާތްތަކުގައި މިފަހަރު، ޓީވީ ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް އާއި، މޫސާ ޝިފާއު ބައިވެރިވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.
26 Jun 2023
މިއޮތީ ރައީސް ޞާލިހު ދޭ ގޯތި ލިބުނު މީހުންގެ ލިސްޓް!
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
26 Jun 2023
ގޯތި ދޭން މިފެށޭ ޖުލައި މަހު ގުޅިފަޅު ހިއްކަން ފަށާނެ: އަސްލަމް
ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަަށް ސަރުކާރުން ނިންމާފައިވާކަމަށާ، އެފަރާތްތަކަށް ގޯތި ދިނުމަށް، އަންނަ ޖުލައި މަހު ގުޅީފަޅު ހިއްކަން ފަށާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
26 Jun 2023
"ގޯތި ދިނުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނުހިނގާ"
ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށްޓަކައި، ވަކި ފަރާތްތަކެއްގެ ލިސްޓެއް ހަދައި، އެ ފަރާތްތަކަށް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ތަކުން ވަނީ ދާދިފަހުން ރިޕޯޓް ކޮށްފައެވެ.
26 Jun 2023
"ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރުމަށް އިރުޝާދުދެއްވަނީ ޔާމީން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވަރަށް ރަނގަޅަށް އިރުޝާދު ދެއްވާ ކަމަށް، އެ ކޯލިޝަނުން ބުނެފިއެވެ.
26 Jun 2023
ސަރުކާރުން ދޫކުރާ ގޯއްޗާއި ބެހޭ މައުލޫމާތު ހިއްސާކުރުން މިއަދު!
ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތު ޙިއްޞާކުރުން މިއަދު އޮންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
26 Jun 2023
ދަރިން ބައިތިއްބަން ހުރާ ކައުންސިލްގައި ޑޭ ކެއާއެއް ހުޅުވައިފި!
މުވައްޒަފުންނަށް ލުއިފަސޭހަ މާހައުލެއްގައި މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން, މަސައްކަތް ކުރާގަޑީގައި މުވައްޒަފުންގެ ކުދިން އިދާރާގައި ބައިތިއްބާނެ ޑޭކެއަރ އެއް ހުރާ ކައުންސިލުގައި ގާއިމްކޮށް އެ ތަން ހުޅުވައިފި އެވެ.
26 Jun 2023
"އިންތިހާބު ކާމިޔާބު ކުރާނީ ހައްޖާޖީންގެ މަތިވެރި ދުޢާއާއި އެކުގައި"
މި ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާ، އެކަން ކުރައްވާނީ ހައްޖާޖީންގެ މަތިވެރި ދުޢާ ތަކާއި އެކުގައި ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
26 Jun 2023
"އެމްޑީޕީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް"
މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު ސަރުކާރު ހިންގާ. މައި ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށް ޕާޓީގެ، އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
26 Jun 2023
މިއަދު އެމްޑީޕީ މިވަނީ ޅަފަތުން އަރައިގެންފައި: ފައްޔާޒު
އެމްޑީޕީ މިހާރު ޅަފަތުގެ ދައުރުން އަރައިގެންފައިވާ ކަމަށާ، އަމިއްލަ ފައިމައްޗަށް ތެދުވަން އެ ޕާޓީއަށް ފުރުސަތު ލިބިފައިމިވަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
25 Jun 2023
ދަ ޑިމޮކްރޭޓްސް އަދިވެސް ރެޖިސްޓާ ނުވާ މައްސަލަ ކޯޓަށް!
އިލެކްޝަން ކޮމިޝަން (އީސީ)ން ދި ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދޭން އުޅޭ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި، އަދި މިހާތަނަށް އެ ހުއްދައެއް ލިބިފައިނުވާ ކަމަށް ބުނެ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
25 Jun 2023
ޔާމީންގެ ވެރިކަމުގައި އިސްކަން ދޭނެ ކަންކަން ހާމަކުރައްވައިފި!
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ކަމަށް، އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
25 Jun 2023
"ރައީސްގެ ވެރިކަން ނިންމަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
25 Jun 2023
ޑިމޮކްރެޓްސް އާ އެކީ މަސައްކަތް ކުރިޔަސް ޕީޕީއެމްގެ އަސާސް ތަކަށް ބަދަލެއް ނާންނާނެ: އިދިކޮޅު
ދަ ޑިމޮކްރެޓްސް ޕާޓީއާ އެކީ މަސައްކަތް ކުރި ކަމުގައި ވިޔަސް ޕީޕީއެމްގެ އަސާސް ތަކަށް ބަދަލެއް ނާންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
25 Jun 2023
"ޖާބިރާ އެކީ އިންތިޚާބު ކާމިޔާބު ކުރަންވެސް ފަސޭހަ ވާނެ"
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމާއި އެކު އެ ޕާޓީ އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށާ، އަދި އޭގެ ސަބަބުން، ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން އެމްޑީޕީއަށް ފަސޭހަވާނެ ކަމަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
25 Jun 2023
"ޔާމީނާއި ޚިލާފަށް ރައީސް ޞާލިހު ބާރު ފޯރުވަނީ މަޑުން ހުންނަވައިގެން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލީހަށް ނުފޫޒު ފޯރުއްވީ ގަދަ ބާރުން ކަމަށާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެކަން ކުރައްވަމުން ގެންދަވަނީ މަޑުން ހުންނަވައިގެން ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
25 Jun 2023
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި!
ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
25 Jun 2023
"އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް ނުކުޅެދިއްޖެ"
އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް އެ ކޮމިޝަން ނުކުޅެދިފައިވާ ކަމަށާ، އެއީ ކޮމިޝަންގެ ރައީސްގެ އިތުރުން މެންބަރުންނަށްވެސް ހުރި ހުތުރެއް ކަމުގައި، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
24 Jun 2023
ފަގީރުންނަށް ޞަދަޤާތް ކުރުމަށް އަވަސްވެގަންނަމާ!
ކާލާނެ ރޯމަސް ކޮޅެއް ނުލިބޭ ނިކަމެތިންނަށް، ބަރަކާތްތެރިވެގެންވާ އަޟުހާ ޢީދުގައި، އެ އުފާ ހޯދައި ދިނުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށްޓަކައި ޞަދަޤާތް ކުރުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި އެވެ
24 Jun 2023
ދިވެހިންގެ އެހީގައި ތުރުކިޔޭގައި ހެދި ވަގުތީ ގެތައް ނިންމާލައިފި
ތުރުކިޔޭ-ސީރިޔާއަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގައި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް، ދިވެހިންގެ އެހީގައި، ހެދި 30 "ކޮންޓެއިނާ ހައުސް" ގެ މަސައްކަތް ނިންމާލައި، އެ ގެ ތަކަށް މީހުން ވަންނަން ފަށައިފި އެވެ.
23 Jun 2023
ޓައިޓަން އިން ދަތުރުކުރަން ބިރުގެންފައި ހުރި ކަމަށް އެކަކު ބުނި!
ޓައިޓޭނިކް ބަލަން ފީނިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "ޓައިޓަން" ސަބްމާސިބަލް އިން ދަތުރުކުރަން ބިރުގެންފައި ހުރި ކަމަށް، އެ ހާދިސާގައި ނިޔާވި 19 އަހަރުގެ ސުލޭމާން ބުނި ކަމަށް އޭނާގެ ބޮޑުދައިތަ ހާމަކޮށްފިއެވެ.
23 Jun 2023
"ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުން ފަސޭހަވަމުންދަނީ"
ކަންކަން ތަރުތީބުވެ ނިމެމުން ދަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބުމަށް ފަހިވެ، ފަސޭހަވާ ގޮތަށް ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
23 Jun 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓަވައިފި
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުއްވި އަމުރު ދަމަހައްޓައިފިއެވެ.
23 Jun 2023
"މި ވެރިކަން ބަދަލު ކުރަން ރައީސް ޔާމީން އަންގަވައިފި"
މި ވެރިކަން ބަދަލުކުރަން ވާހަކަ ދައްކަން ޖެހުނު ކޮންމެ ބަޔަކާއެކީ ވާހަކަ ދެއްކެވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕަށް އަންގަވާފައިވާ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.
23 Jun 2023
ސްކޫލްތައް ނިންމުމަށް އަނެއްކާވެސް އާ ތާރީހެއް!
ސަރުކާރުން މާލެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ސުކޫލު ތަކުގެ ތެރެއިން ނިމިދިޔަ ދިރާސީ އަހަރަށް ނިންމާނެ ކަމަށް ބުނި ސުކޫލުތައް މި ފެށޭ އައު ދިރާސީ އަހަރުތެރޭ ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
23 Jun 2023
"ފުއްގިރި މައްސަލައިގެ ތާވަލް ހެދީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް"
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ދިފާއީ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދިފާއީ ވަކީލު، އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
23 Jun 2023
އުޅަނދުތަކުގެ ރައްކާތެރިކަން ބެލުމުގައި ސިފައިންނާއި ފުލުހުން
ޢީދު ބަންދާއި ސުކޫލު ބަންދާ ދިމާކޮށް ފުރާ އުޅަނދުތައް ގިނަވެފައިވާއިރު، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އޮޮޕަރޭޝަނެއް ފުލުހުންނާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
23 Jun 2023
ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ
ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
23 Jun 2023
"ޢީދުއުފާ ފާޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރުނުވެ"
ޢީދު ދުވަހު އުފާ ކުރުމާއި އުފާ ފައުޅުކުރުމަކީ އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ކަމެއް ނަމަވެސް، ޢީދު ކުޅިވަރުތައް ކުޅެ އުފާ ފައުޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރު ނުވާގޮތަށް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
23 Jun 2023
ޓައިޓަން އިން ދަތުރުކުރި އެންމެން ކަނޑު އަޑީގައި މަރުވެފައިވާކަމަށް ބުނެފި!
މީގެ 111 އަހަރު ކުރިން ފެތުނު އާރް.އެމް.އެސް ޓައިޓޭނިކް ކައިރިއަށް ފަތުރުވެރިންނާ އެކު ފީނި ޓައިޓަންގެ ނަން ދީފައިވާ ކުޑަ ސަބްމެރިންގައި ދަތުރުކުރި ފަސް މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފިއެވެ.