މޫސާ ހުސައިން
މޫސާ ހުސައިން
މޫސާ ހުސައިން
11 Feb 2024
ވޯލްޑް ގަވަރމަންޓް ސަމިޓަށް ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
ކޮންމެއަހަރަކު އެއްފަހަރު ޔުނައިޓެޑް އެރެބި އެމެރޭޓްސްގެ ދުބާއީގައި ބާއްވަމުންދާ ވޯލްޑް ގަވަރމަންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ ޑ.މުހައްމަދު މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
11 Feb 2024
މި ސަރުކާރުގެ ދެވަނަ އިންވެސްޓް މޯލްޑިވްސް ފޯރަމް ދުބާއީގައި ބާއްވަނީ
ރައިސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ރާއްޖޭގެ ފަރާތުން ބާއްވާ ދެވަނަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ދުބާއީގެ ބުރުޖު އަލް އަރަބުގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ
11 Feb 2024
ފ.އޮތުޅު ކައުންސިލްގެ ފުރަތަމަ އަންހެން ރައީސާއަކަށް ހައްވާ އަބްދުލް އަޒީޒު
ފ.އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި އެންމެ ފުރަތަމަ އަންހެން ރައީސާ އެއްގެގޮތުގައި މިވަގުތު ވެރިކަން ކުރަމުން ގެންދާ ޕާޓީ ، ޕީއެންސީގެ ހައްވާ އަބްދުލް އަޒީޒު ވެގެން ހިނގަންޖެއެވެ.
10 Feb 2024
ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ފަށައިފި
ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ލިސްޓް ބާތިލްކޮށް ފުލެޓްލިބޭ މީހުން އަލުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ހާމަކޮށްފިއެވެ.
10 Feb 2024
ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދޭނަށް: ރައީސް
މާލެއަށް ނުގޮސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
10 Feb 2024
ރައްޔިތުން މަޖިލިހުގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ޕްލޭނެއް އެކުލަވާލަނީ
ރައްޔިތުންގެ މަޖިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިދާރީ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
10 Feb 2024
އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 ދިވެހިންނަށް ބޮޑަތި އަނިޔާތަކެއް
އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު 3 ދިވެހިން ދަތުރުކުރަމުން ދިޔަ ކާރެއްގައި އެހެން ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އޭގެން ދަތުރުކުރި 3 ދިވެހިންނަށްވެސް ހަސްފަތާލުގައި ފަރުވާދޭން ޖެހިއްޖެއެވެ
10 Feb 2024
މޯލްޑިވިއަން އިން އެމްޑީޕީ ގޮވައިގެން ކޯޓަށް ދާނެކަމުގެ އިންޒާރުދީފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ފަރާތުން މޯލްޑިވިއަން އިން ނަގާފައިވާ ޓިކެޓަށާއި، އަދި ޗާޓަރ ކޮށްފައިވާ ފުލައިޓްތަކަށް ދައްކަން ޖެހޭ ފައިސާ، ނުދައްކާ މައްސަލާގައި އެޕާޓީގެ މައްޗަށް ދައުވާކުރަން ޖެހިދާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
10 Feb 2024
ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް ޑރ.މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، އެޤައުމުގެ އިސްވެރިންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ އާއި މަރުޙަބާ ވިދާޅުވެއްޖެއެވެ.
10 Feb 2024
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ފުރާ ވަޑައިގަންނަވަނީ
ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފުރާވަޑައި ގަންނަވާނެއެވެ.
10 Feb 2024
މަޖިލިސް މުވަޒަފުންގެ އަގު ވަޒަންކޮށްފި
ރައްޔިތުންގެ މަޖިލީހުގައި ހިދުމަތްކުރައްވާ މުއައްޒަފުންގެ އަގު ވަޒަންކޮށް އެ މުއައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިނަށް އެވޯޑް ދީފިއެވެ.
09 Feb 2024
އެމްޕީއެލްގެ ފުލެޓްތަކުގެ ކުލިވެސް ފަސްކޮށްދީ ކުޑަކޮށްދެނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދޫކޮށްފައިވާ "ޕޯޓް ރެސިޑެންސް" އެޕާޓްމެންޓްތަކުގެ ކުލި ކުޑަ ކޮށްދީ، ކުލި ދައްކަން ފަށާ މުއްދަތު ފަސް ކޮށްދެއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
09 Feb 2024
އެންމެފަހުން އެފްކޮންސް ގުވައިގެން އީޕީއޭ އިން ކޯޓަށް ދަނީ
ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން ބޭނުންކުރަމުން ގެންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި ކޮށްފައިވާ ޖޫރިމަނާ ދައްކަށްޖޭހޭ މުއްދަތު ހަމަވިއިރު ވެސް ދައްކާފައި ނުވާތީވެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ
08 Feb 2024
ހަމަސް ދުވަހުގެ ތެރޭގައި ޑުރޯން ބޭނުންކޮށްގެން ބޭސް އުފުލަން ފަށަނީ
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
08 Feb 2024
ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ޑޮކްޔާރޑު ތިލަފުށީގައި ގާއިމު ކުރަނީ
ދިވެހިރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބޮޑު ޑޮކްޔާޑު ތިލަފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
08 Feb 2024
އާ ރެކޯޑެއް؛ އެއްދުވަހާ 8،900 ފަތުރުވެރިން
މިއހަރުގެ މިހާތަނަށް 236730 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މި މަހުގެ 3 ވަނަ ދުވަހު 8900 ފަތުރުވެރިން ރާއްޖެއައިސް ކޮވިޑުގެ ފަހުން އެއްދުވަހާއި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އެދުވަސް ވެގެން ހިނގަންޖެއެވެ. މިއީ ތާރީހީ ރެކޯޑެކެވެ.
07 Feb 2024
ފޭސްބުކް ލައިވުގައި ވަޒީރު ޑރ. އައިޝާ އާއި ސުވާލުކުރުމުގެ ފުރުޞަތު
ފޭސްބުކް ލައިވުގައި ވަޒީރު ޑރ. އައިޝާ އާއި ސުވާލުކުރުމުގެ ފުރުޞަތު އެކަމަނާގެ ވުޒާރާ، (އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާ) އިން އާއްމުންނަށް ހުޅުވާލައިފިއެވެ.
07 Feb 2024
ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައިދޭ ޕްރޮގްރާމް ފަށަނީ
މިސަރުކާރުން ނިންމާފައިވާ ފަދައިން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައި ދިނުމުގެ ޕްރޮގްރާމް އަންނަ ހަފުތާގައި ފަށަނެކަމަށް މި ސަރުކާރުން ހާމަކުރައްވައިފިއެވެ.
07 Feb 2024
އޭސީސީން ތަފްސީލް ދިނުމުން ޝަރުތު ހަމަވާ މީހުނަށް ފުލެޓް ދޭނަށް: ހައިދަރު
ނިމިދިޔަ އިބުރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓްތައް ދޫކުރެވޭނީ އޭސީސީން ކުރި ތަހުގީގުގެ ތަފްސީލު ދިނުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
07 Feb 2024
ޗައިނާއާއި އެކު އޮތް ގުޅުން ބަދަހިވާކަން ހާމަވާން ފަށައިފި: މެޑަމް ސާޖިދާ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗައިނާ އާއިއެކު ބާއްވަންފެށި ގާތް ގުޅުމުގެ ސަބަބުން މި ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Feb 2024
ރައީސްގެ ދެކަނބަލުންގެ ދިރިއުޅުންވުން މުލިއާގެއަށް ބަދަލުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވި މ.ދިމްޔާތު ދޫކުރައްވާ މުލިއާގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.
07 Feb 2024
ބިންވެރިޔާ ސްކީމުގެ ދަށުން ބިންދޫކުރިގޮތް ތަހުގީގުކުރަނީ
މިދިޔަ ސަރުކާރު ނިމެމުންދަނިކޮށް ރިޔާސީ އިންތިހާބަށް ކަޑަޖަހާ އުސޫލުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދޫކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
07 Feb 2024
ޝަރުތު ހަމަނުވި މީހުންގެ ލިސްޓު އާއްމުކުރުމާއި މެދު ގޮތެއް ނުނިމޭ: އޭސީސީ
ނިމިދިޔަ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް "ގެދޮރު ވެރިޔާ ސްކީމު" ގެ ދަށުން ޝަރުތު ހަމަނުވާ 60 އިންސައްތަ މީހުންނަށް ފުލެޓް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެމީހުންގެ ލިސްޓް އަދި އާއްމުކުރުމަށް ނިންމާފައި ނުވާކަމަށް އޭސީސީން ބުނެފިއެވެ.
07 Feb 2024
އެއްގަމާއި ކަނޑު އަމިއްލައަށް ބަލަހައްޓާ ވާހަކައަށް ހަޖޫޖެހުމުން ރައީސް ރައްދު ދެއްވައިފި
ދިވެހިންގެ އިގްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓާނީ ދިވެހިންކަމަށް ބުނުމުން އޭގެ މާނަ އޮޅުވާލައި އެކަމަށް ހަޖޫޖަހާ ޖޯކު ޖަހަމުންގެންދާ އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
07 Feb 2024
މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު މާލީ އިދާރާތަކުން ބަލައިގެންފި: ރައީސް ޑރ. މުއިއްޒު
މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައިސް ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށް ކަމަށް ވަރލްޑް ބޭންކާއި އައި.އެމް.އެފް. އިން ފާހަގަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
06 Feb 2024
ރާއްޖޭގެ މިނިވަންކަމަކީ ކިހާ މުހިއްމުކަމެއް ކަން ރައީސް ދައްކަވައިފި: ޒަމީރު
ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށްވީ ނަމަވެސް ރާއްޖޭގެ މިނިވަންކަން ދިވެހިންނަށް އަމިއްލައަށް ދެމެހެއްޓޭނެ ކަން ރައްޔިތުންނާއި މުޅި ދުނިޔެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވައިފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
06 Feb 2024
ވިލިފުށީގެ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާނެ: ރައީސް ޑރ. މުއިއްޒު
ތ. ވިލިފުށީގެ އެއާރޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
06 Feb 2024
މަޑިފުށްޓާއި އުފުރިޔާ ގުޅުވާލަދޭނަށް: ރައީސް މުއިއްޒު
ތ.އަތޮޅު މަޑިފުށީގެ އިހްތިސާސް ތެރޭގައި ހިމެނޭ އަދި އެރަށާއި، އެންމެ ކައިރީގައިވާ ފަޅުރަށް ތ.އުފުރިޔާ އާއި ގުޅުވާލަދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Feb 2024
ނައިބު ރައީސްގެ ޔުގެންޑާ ދަތުރުފުޅަށް ޚަރަދުވީ 983000 ރުފިޔާ
ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަޠީފް ޔޫގެންޑާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދު ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަ ކޮށްފިއެވެ.
06 Feb 2024
އިންތިހާބާއި ދިމާކޮށް ކަޑަޖަހާ ވެރިއަކަށް ނުވާނަން: ރައީސް
އިންތިހާބާއި ދިމާކޮށް، އިޤްތިޞާދަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކަނޑަޖަހާ ވެރިއަކަށް ވެ ވަޑައި ނުގަންނަވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.