މޫސާ ހުސައިން
މޫސާ ހުސައިން
މޫސާ ހުސައިން
06 Feb 2024
އަލުން އައްޔަން ކުރި ތިންވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލިހަށް ހުށަހަޅައިފި
ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީރުންގެ މަޖިލހަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލިހުގެ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަޤާމުތަކަށް އައްޔަން ކުރެއްވުމަށްފަހު އެތިން ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު މަޖިލިހަށް ފޮނުވައިފިއެވެ.
06 Feb 2024
މަޖިލިސް އިންތިހާބު ފަސްކުރަން ހުށަހެޅި ބިލު ކޮމިޓީއަށް ފޮނުވައިފި
ކުރިއަށް އޮތް 20 ވަަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފި އެވެ.
06 Feb 2024
ގޯތީގެ ލިޔުން ހަވާލުނުކުރެވޭ ފަރާތްތަކަށް ލިޔުން ހަވާލުކުރަނީ
ނިމިދިޔަ ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުން މިހާރު ރަޖިސްޓްރީ ހަވާލު ނުކުރެވިވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ރަޖިސްޓްރީ އާއި ހަވާލުވުމަށް އަންގަމުން ދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
06 Feb 2024
ސަރުކާރުގެ ޚަރަދުގައި މީހުން ހައްޖަށް ގެންދާ އުސޫލް އާއްމުކޮށްފި
ސަރުކާރުގެ ޚަރަދުގައި 1000 ނިކަމެތިން ހައްޖަށް ފޮވުނުމަކީ ރައީސުލް ޖުމުހުރިއްޔާ ޑޜ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، މިއަދު މި ވަނީ މިގޮތަށް ސަރުކާރުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނެ އުސޫލް އާއްމުކުރައްވާފައެވެ.
05 Feb 2024
ޖާބިރު އެމްޑީޕީން ވަކިކޮށް ޓިކެޓް އަތުލައިފި
ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހ.ތިމާވެށި އަބްދުﷲ ޖާބިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީން ވަކިކޮށްފިއެވެ.
05 Feb 2024
އެމްޑީޕީގެ އިސްވެރިން އުޅެނީ އިންޑިއާ އާއި ގުޅިގެން ޖަރީމާ ހިންގަން
އެމްޑީޕީގެ އިސްވެރިން ގެންދަވަނީ އިންޑިއާ އާއި ގުޅިގެން ދިވެހިރާއްޖޭގައި ޖަރީމާ ހިންގުމަށް މަސައްކަތް ކުރަމުން ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
05 Feb 2024
2400 ފުލެޓް ދޫކޮށްފައިވަނީ ޝަރުތު ހަމަނުވާ މީހުންނަށް: އޭސީސީ
ނިމިދިޔަ ރައީސް އިބުރާހިމް މުހައްމަދު ޞާލީހްގެ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4000 ފުލެޓްގެ ތެރެއިން 2400 ފުލެޓް ދޫކޮށްފައިވަނީ ޝަރުތު ހަމަ ނުވާ މީހުންނަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
04 Feb 2024
މާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
މާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ މުއައްސަސާއިން ފައްޓަވައިފިއެވެ.
04 Feb 2024
ރަމަޟާން މަހުގެ ފަހު 10 ބަންދުވިޔަސް ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ލިބޭނެ
މިއަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި އެކަމާ ގުޅޭ ރަސްމީ ދެންނެވުން ރައީސް އޮފީހުން މިއަދު އާންމު ކުރައްވައިފިއެވެ.
04 Feb 2024
މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ރާއްޖޭގައި އެންމެ އަސާރީ ބިނާތައް ގިނަ މާލޭ ސިޓިގައިވާ މުޙިއްމު އާސާރީތަންތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަފިލުވާ ، ޒީނަތްތެރިކުރުމުގެ މަސައްކަތާއި ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ
04 Feb 2024
ހަނިމާދޫ އެއާރޕޯޓުން އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފަށަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން އިންޑިއާގެ ޓްރިވަންޑްރަމް ފިޔަވާ އިތުރު ސިޓީތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފިއެވެ.
04 Feb 2024
އެމްއައިބީގެ 4 ވަނަ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކު އެމްއައިބީގެ ގެ 4 ވަނަ ޑޮލަރު އޭޓީއެމްގެ ގޮތުގައި ހުޅުމާލޭގައި މުޅިން އަލަށް ޑޮލަރު އޭޓީމެއް ހުޅުވައިފިއެވެ.
04 Feb 2024
ޤައުމީ ކެންޕެއިންގެ ދަށުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށައިފި
ހުރިހާ ދިވެހިން ތެލިސީމިއާ އަށް ޓެސްޓްކުރުމަށް އަމާޒުހިފާ، ތެލިސީމިއާއަށް ހޭލުންތެރި ކުރުވުމަށް ފެށި ޤައުމީ ކެންޕެއިންގެ ދަށުން ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުން ތެސީމިއާއަށް ސްކުރީން ކުރަން ފަށައިފިއެވެ.
03 Feb 2024
ޖާބިރަށާއި ޖާބިރުގެ ދަރިފުޅަށް އެމްޑީޕީގެ ޓިކެޓް ލިބިއްޖެ
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ކާށިދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ އަބުދުﷲ ޖާބިރާއި އޭނާގެ ދަރިފުޅު އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އެމްޑީޕީ ޓިކެޓް ކަށަވަރު ކުރައްވައިފިއެވެ.
03 Feb 2024
ކެލާދާއިރާގެ ޝަރީފްއަށާއި، ކެޔޮދޫ ދާއިރާގެ މެންބަރު ޤާސިމަށް ވެސް ޓިކެޓް ނުލިބުނު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މޯލްޑިވިއަން ޑިމޮކްރެޓް ޕާޓީ އެމްޑީޕީން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު އެޕާޓީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް މިހާރުގެ ކެލާ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފާއި، ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެއެވެ.
03 Feb 2024
އެމްޑީޕީގެ ޕްރައިމަރީން ރޮޒެއިނާ ކަޓައިފި
މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާލުވަމުން ގެންދެވި ރައްޔިތުން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީން ކަޓައިފިއެވެ.
03 Feb 2024
ފެންނަނީ އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ލިބޭ މަންޒަރު: ރައީސް ޞާލީހް
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެނިވަޑައި ގަންނަވާކަމަށް އެޕާޓީގެ ވަގުތީ ރައީސް އަދި ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
03 Feb 2024
އުމުރުން 10-15 އަހަރާއި ދެމެދުގެ ކުދިންނަށް އެޗްޕީވީ ވެކްސިން ދެނީ
މިހާރު ވަރަށް ބޮޑަށް އާއްމުވަމުން އަންނަ އެއް ބަލިކަމަށްވާ ކެންސަރުބަލިން ރައްކާތެރިވުމަށް ޖަހާ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދިނުން މިއަދު ހަވީރު އޮންނާނެ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީން ހާމަކުރައްވާފިއެވެ.
03 Feb 2024
މުޅި ޤައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައި: އާދަމް ޝަރީފް
އަޅުގަނޑުމެންގެ މުޅި ޤައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައި ކަމަށާއި އެކަމުން ސަލާމަތް ވުމަށް އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމަ ޝަރީފް ވިދާޅުވެއްޖެއެވެ.
03 Feb 2024
އާ މާރުކޭޓް އެޅުމުން ގޮޅިތަކުގައި ބިދޭސިން ކުރާ ވިޔަފާރިތަކަށް ހައްލު ލިބޭނެ – ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގައި އިމަރާތް ކުރުމަށް ހަމަޖެހިފައިވާ އެންމެ ޒަމަނީ މާރުކޭޓު ހަދާ ނިމުމާއި އެކު މާރުކޭޓުގެ ގޮޅިތަކުގައި މިހާރު ބިދޭސީން ކުރަމުން ގެންދާ ވަޔަފާރިތަކަށް ނިމުން އައިސް އެކަންތައް މުޅިން ހައްލުވެގެން ދާނެ ކަމަށް ރައީސް ޑރ،. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
03 Feb 2024
މިހާރު ކޫއްޑޫއިން މިނެޓަކުން 160 ލީޓަރު ތެޔޮ އެޅޭނެ
ރާއްޖޭގެ ގިނަ މަސްވެރިން ތެޔޮއެޅުމަށާއި، މަސްކިރުމަށާއި، ލަފާފުރުމަށް ބޭނުންކުރާ އެންމެ މުހިއްމު އެއް ރަށްކަމަށްވާ ކޫއްޑޫގައި މަސް ދޯނި ފަހަރަށް މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕެއް ގާއިމްކޮށްފިއެވެ
03 Feb 2024
އަނެއްކާވެސް އިންޑިއާ ސިފައިން ދޯންޏަކަށް އަރާ ހަތިޔާރުން ބިރުދައްކައިފި
މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން އެރި ދިވެހި މަސް ދޯނި "މާހޯރަ 3" އަށް ދެވަނަ ފަހަރަށް އިންޑިއާ ސިފައިން އަރާ ދޯނީގެ ފަޅުވެރިންނަށް ހަތިޔާރުން ބިރުދައްކައިފި ކަމަށް ދޯނީގެ އޮޑިވެރިޔާ ބުނެފިއެވެ.
03 Feb 2024
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މޯލްޑިވިއަން ޑިމޮކްރެޓް ޕާޓީ އެމްޑީޕީން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް އެ ޕާޓީން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ މިއަދުގެ ހެދުނު 9.00 ގައި ފެށިއްޖެއެވެ.
03 Feb 2024
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މޭމަހުގެ 10 ވަނަދުވަހުގެ ނިޔަލަށް ގެންދަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑުވަޢުދުގެ ގޮތުގައި ހިމެނޭ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރެވެމުން އަންނަ މަޝްވަރާގެ ދަށުން ރާއްޖޭގައި ތިބި އިނޑިއާ ސިފައިން މޭމަހުގެ 10 ގެ ނިޔަލަށް ރާއްޖެއިން ގެންދިއުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ ކަމަށް ރާއްޖޭގެ ދާހިލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
02 Feb 2024
ޗައިނާއިން މާސްޓާސްއަށް ކިޔެވުމަށް ސްކޯލާޝިޕް ތަކެއް
ޗައިނާ ސަރުކާރުން ހުރިހާ ހަރަދެއް ކުރާގޮތަށް ދިވެހިންނަށް މަސްޓާސް އަށް ކިޔެވުމުގެ 200 ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.
01 Feb 2024
އުމުރާވެރިންގެ އެތެރޭގެ ދަތުރުތަކަށް ހައިސްޕީޑް ޓްރެއިން ބޭނުންކުރަން ފަށަނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރާ ޢުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ޓްރެއިން ބޭނުންކުރުމަށް ނިންމައިފިއެވެ.
01 Feb 2024
ޕީޖީ ޝަމީމަށް ހަމަލާދިން ދެމީހުން ތަޙްޤީގު ނިމެންދެން ބަންދަށް
އިއްޔެގެ ވަގުތެއްގައި ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މިއަދު ހައްޔަރު ކުރި ދެ މީހުން ތަހުގީގުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
01 Feb 2024
ލޯނަކުން ވިޔަސް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ކަންތައް ހަމަޖައްސައިދެނީ
މިފުކޯއަށް ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
01 Feb 2024
އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރާނެ
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވެސް ވާދަކުރާނެކަމަށް އެޕާރޓީން ބުނެފިއެވެ.
01 Feb 2024
ތުއްތުކުދިންނަށް ދޭ ބުއްފުޅިއާއި ތުން ރަޖިސްޓްރީ ކުރަން ޖެހޭ
ތުއްތުކުދިންނަށް ދޭ ބުއްފުޅި އާއި ތުން ރާއްޖެއަށް އެތެރެކުރާ ނަމަ ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފިއެވެ.