މޫސާ ހުސައިން
މޫސާ ހުސައިން
މޫސާ ހުސައިން
15 Feb 2024
ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ސުޢޫދު ޢައްޔަން ކުރައްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސި)ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
15 Feb 2024
ހުޅުމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމު ކުރަނީ
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ޤާއިމުކުރުމަށްޓަކައި ކޮމާޝަލް ޔުނިޓެއް ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
15 Feb 2024
ޔޫތް މިނިސްޓްރީގެ "ފަންނީ އުފާ" ހުކުރު ދުވަހު ބާއްވަނީ
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން ހަފްތާ ބަންދުގެ ހުކުރު ދުވަހު ޒުވާނުންގެ މަރުކަޒުގައި "ފަންނީ އުފާ" ގެ ނަމުގައި ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
15 Feb 2024
ޔޫއޭއީ އަށް ކުރެއްވި ކާމިޔަބު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ޔޫއޭއީގައި ބޭއްވުނު ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
14 Feb 2024
މަޖިލިސް އިންތިހާބަށް 381 ފަރާތަކުން ކުރިމަތިލައިފައިވޭ: އީސީ
މި އަންނަމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބައިވެރިވުމަށް އެދި 381 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްސަން ކޮމިޝަން އީސީން ހާމަކުރައްވައިފިއެވެ.
14 Feb 2024
ޗައިނާގެ ޒިއަމަން އެއަރގެ ފުރަތަމަ ފުލައިޓް މިއަދު ރާއްޖެ އަތުވެއްޖެ
ޗައިނާގެ ޒިއަމަން އެއަރގެ ފުރަތަމަ ފުލައިޓް ޗައިނާގެ ފުޖިއަން ޕްރޮވިންސްއިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
14 Feb 2024
ކުކުޅުކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ހެޔޮ ފިހާރައިން ފަށައިފި
ކުކުޅުކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ހެޔޮ ފިހާރައިން ފަށައިފިއެވެ.
14 Feb 2024
ހިޔާ ފްލެޓުތަކުގައި އިތުރު 32 ލިފްޓު ހަރުކުރަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ފަދައިން ހިޔާ ފުލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
14 Feb 2024
ޖޭޕީގެ ޓިކެޓްގައި މަޖިލިހަށް 10 ބޭފުޅަކު ވާދަކުރައްވަނީ
ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް ޖުމުހުރީ ޕާޓީ ، ޖޭޕީގެ ފަރާތުން 11 ބޭފުޅަކު އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުންވައިފިއެވެ.
14 Feb 2024
ހެރިޓޭޖު މިނިސްޓްރީއަށް ވިލަރެސްވެރިން ހޯދަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މުޅިން އަލަށް އުފެއްދެވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ދަށުން ހިންގުމަށް އުފައްދާފައިވާ ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒަށް ވިލަރެސް ވެރިން ހޯދުމަށް އެ ވުޒާރާގެ ފަރާތުން އިޢުލާން ކޮށްފިއެވެ.
14 Feb 2024
ރައީސް ޔާމީންގެ ތާއީދާއި އެކު 40 ކެންޑިޑޭޓުން ވާދަކުރަނީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމުގެ ތާޢިދާއިއެކު ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 40 ކެންޑިޑޭޓަކު ވާދަކުރުމަށް މިއަދު ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން އީސީ އާއި ހަވާލުކޮށްފިއެވެ.
14 Feb 2024
އިނގުރައިދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް ހަސަން ޤާސިމް
ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފުރޮންޓް ޕީއެންއެފްގެ ފަރާތުން އަމިއްލަގޮތުން ރ.އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި ހަސަން ޤާސިމް ކެންޑިޑެންސީ ފޯމް މިއަދު އިލެކްޝަން ކޮމިޝަން އީސީ އާއި ހަވާލުކޮށްފިއެވެ.
14 Feb 2024
ވިލިމާލެއަކީ މާލެސިޓީގެ ބައެއްކަން އިހްސާސް ވާވަރު ކޮށްދޭނަށް : މުހައްމަދު އިސްމާއިލް
ކުރިއަށް އޮތް 20 ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާއިލް އެދާއިރާއަށް އިންތިހާބު ކޮށްދެއްވައިފި ނަމަ، ވިލިމާލެއަކީ މާލޭގެ ސިޓީއެއް ކަމުގެ އިޙްސާސް ކުރެވޭ ވަރުގެ ބޮޑުކުރިއެރުމަކާއި ތަރައްޤީއެއް އެދާޢިރާއަށް ގެނެސް ދެއްވާނެކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
13 Feb 2024
ތުރުކީވިލާތުގައި ރާއްޖޭގެ އެންބަސީއެއް ގާއިމުކޮށްފި
ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ އަންކާރާގައި ރާއްޖޭގެ އެންބަސީއެއް މިއަދު ގާއިމު ކުރައްވައިފިއެވެ.
13 Feb 2024
ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތުގެ ރައީސާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި ބައްދަލުކުރައްވައިފިއެވެ.
13 Feb 2024
އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީން ހުސްވެފައިވާ އެޕާރޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު އެ ޕާޓީ ހުޅުވާލައިފިއެވެ.
13 Feb 2024
ޝަރުތު ހަމަވާ ލިސްޓަށް އަންނަ ހަފްތާގައި ފްލެޓް ދޫކުރަން ފަށާނަން: ޑރ. ހައިދަރު
ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ފުލެޓްތަކުގެ މައްސަލަ އޭސީސީން ބެލުމަށްފަހު ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ
13 Feb 2024
ދުބާއީ އިންވެސްޓް ފޯރަމްއަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް
ދުބާއީ އިންވެސްޓް ފޯރަމްއަށް ރަޖިސްޓްރީ ވުމުގައިވެސް އިންވެސްޓަރުންގެ ފަރާތުން ވަރަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެއްޖެ އެވެ.
13 Feb 2024
ޑޮލަރުގެ ގެ ދަތިކަން ދެތިން މަސްތެރޭ އެއްކޮށް ހައްލުވާނެ: ސަޢީދު
ދިވެހި ވަޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ޑޮލަރުގެ މައްސަލައަށް ކުރިއަށް މިއޮތް ދެތިން މަސްދުވަހެއްގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
12 Feb 2024
އެމް.އާރު.އެމް އުވާލުމަށް އީސީން ނިންމީ ޤާނޫނާ ޚިލާފަށް: ސިވިލްކޯޓް
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ސިވިލްކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
12 Feb 2024
ގޭންގަކީ ކޮބައިކަން ފަސޭހައިން ދެނެގަނެވޭނެ ގޮތެއް ހޯދަނީ
ރާއްޖޭގައި ގޭންގު މަރާމާރީއާއި ގޭންގު ކުށްތައް ގިނަވެފައިވީ ނަމަވެސް ގޭންގަކީ ކޮބައިކަން ދެނެގަނެވޭނެ ރަނގަޅު ޤަވާއިދެއް ނެތުމުން، ގޭންގުކުށްތަކާއިބެގޭ ޤާނޫނަށް އިސްލާހް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
12 Feb 2024
ރާއްޖޭގެ އިޤްތިޞާދަށް މިއަހަރު %5.5 އިންސައްތައިގެ ކުރިއެރުން ލިބޭނެ: ސައީދު
ދިވެހިރާއްޖޭގެ އިޤްތިޞަދަށް މިއަހަރު %5.5 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
12 Feb 2024
ގަރާޖެއްނެތި، އެތަންތަނުގެ ނަމުގައި އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްފަ އެބަހުރި: އިހްސާން
މާލޭގެ މަގުމަތީގައި ޕާރކު ކޮށްފައިވާ ވަރަށް ގިނަ ވެހިކަލަކީ ހަގީގަތުގައި ނެތް ގަރާޖުތަކެއް، އެއީ ހުރި ގަރާޖު ތަނެއް ކަމަށް ދައްކައިގެން އެތަން ތަނުގެ ނަމުގައި ރަޖިސްޓްރީކޮށް މާލެއަށް އެތެރެކޮށްފައިވާ ވެހިކަލްތައް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
12 Feb 2024
އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފަލާހް ފޯމް ހުށަހަޅުއްވައިފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރ.އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އިލެކްޝަން ކޮމިސަނަށް ކެންޑިޑެންސީ ފޯމް ހުށަހަޅުއްވައިފިއެވެ.
12 Feb 2024
މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ 111 ތަނެއް އެބަހުރި: އިހްސާން
މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންގެންދާ 111 ތަނެއް އެބަހުރިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
12 Feb 2024
ލިސްޓް ބާތިލްކޮށް އަލުން އިއުލާން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފަ: އެޗްއާރުސީއެމް
ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓް ބާތިލްކޮށް އަލުން އިޢުލާނު، ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރުސީއެމް) ބުނެފިއެވެ.
11 Feb 2024
ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދިއުމުގައި ހުރި ގޮންޖެހުންތައް ނައްތާލަންޖެހޭ: ސާޖިދާ
ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދިއުމުގައި އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލަން ޖެހޭކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
11 Feb 2024
މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް
މާދަމާ އިން ފެށިގެން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
11 Feb 2024
އޭސީސީން ބުނީ ދައުރުވަމުން ދަނީ އެކޮމިޝަނުގެ ލިސްޓެއް ނޫންކަމަށް
ރައީސް ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓާއި ގުޅިގެން ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ބުނެފިއެވެ.
11 Feb 2024
ވަރުގަދަ ޓީމަކާއިއެކު އަޒާންގެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފި
ނިމިދިޔަ ސަރުކާރުން ހިންގި ކަރަޕްޝަންގެ ގިނަ ކަންތައްތަކެއް އާއްމުރައްޔިތުންނާއި ހިސާބަށް ގެނެސްދީ ދިވެހިންގެ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިފައިވާ ނޫސްވެރިޔާ އަހްމަދު އަޒާން (ދިޔަރެސް އަޒާން) ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.