މޫސާ ހުސައިން
މޫސާ ހުސައިން
މޫސާ ހުސައިން
01 Feb 2024
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރުމަށް އެއްބަސްވެއްޖެ
އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަން ނިންމާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އާރުއޭސީއެލް އިން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Feb 2024
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރަން ފަށައިފި
ނިމިދިޔަ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބި ރަޖިސްޓްރީ ހަވާލު ނުކުރެވިވާ ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
31 Jan 2024
ބާކައުންސިލުގެ ރައީސް އަވަހާރަވެއްޖެ
ރާއްޖޭގައި ގާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ބަލަހައްޓާ ކައުންސިލް، ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ރައީސް ލޯޔަރު އިސްމާއިލް ވިޝާމް އަވަހާރަވެއްޖެއެވެ.
31 Jan 2024
އެފްއޭއެމްގެ ހިޔާނާތް: އެތަނުގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި ޢިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ލިބުނު ދެ މިލިއަނެއްހާ ޑޮލަރަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްގައި އެތަނުގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
31 Jan 2024
މާދަމާއިން ފެށިގެން ވިނަރެސް ފުލެޓްތައް ކައިރިއަށް އާރުޓީއެލް ބަސް ހުއްޓާނެ
މާދަމާއިން ފެށިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީ އާރުޓީއެލްގެ އައު ބަސްހުއްޓިއެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
31 Jan 2024
އެމްޕީއެލްގެ ބޮޑު ވައްކަން 6.7 މިލިއަނަށް އަރާ، 5 މީހެއްގެ މައްޗަށް ދައުވާ ކުރަނީ
ދުނިޔެއަށް ކުރިމަތިވި އާލަމީވަބާ ކޮވިޑް 19 ގެ ތެރޭގައި، 2020 ވަނަ އަހަރު މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ތެލުގެ ބޮޑުވައްކަމުގައި، ހިޔާނާތުގެ ގޮތުގައި 6.7 މިލިޔަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޢިދާރާއިން ހާމަކޮށްފިއެވެ.
31 Jan 2024
ފުލުހުން ސްކޭމް ސެންޓަރެއް ޤާއިމުކުރަނީ
ރާއްޖޭގައި މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިމާވެފައިވާ ސްކޭމް ކުރުމުގެ ކަންތައްތައް ހައްލުކުރުމަށްޓަކައި ފުލުހުންގެ ތެރޭގައި ސްކޭމް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ފުލުހުންގެ ޢިދާރާއިން ވިދާޅުވެއްޖެއެވެ.
31 Jan 2024
ޓްރާންސްފޯމަރަށް ދިމާވި މައްސަލަ ހައްލުކޮށް ފުވައްމުލަކަށް ކަރަންޓު ދީފި
ފުވައްމުލަކު ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުންކުރި ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލަތައް ހައްލުކޮށް ރޭގެ ވަގުތެއްގައި މުޅިރަށް ކަރަންޓު ދީފިއެވެ.
31 Jan 2024
'އިންޑިއާއައުޓް' ހަރަކާތާއި ގުޅިގެން ފަތުރާހާ ހަބަރެއް ޤަބޫލް ނުކުރޭ - ޖަޔަޝަންކަރު
އިންޑިއާ އައުޓް ހަރަކާއި ގުޅޭގޮތުން ފަތުރާހާ ހަބަރެއް އަދި ލިޔާހާ އެއްޗެއް ޤަބޫލް ނުކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު ގޮވާ ލައްވައިފިއެވެ.
30 Jan 2024
އެމްޑީޕީން ފުލެޓް ދިނީ އަރިސް މީހުންނަށާއި އާއިލީ މީހުންނަށް - ނިހާދު
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުލެޓްދިން އިރު ފުލެޓް ދީފައިވަނީ އެޕާރޓީގެ އިސްވެރިންގެ އާއިލީ މީހުންނަށާއި އެބޭފުޅުންގެ އަރިސް މީހުންނަށް ކަމަށް ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލީޙުގެ ސަރުކާރުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އެއް މެމްބަރުކަމަށްވާ އައްޑޫ ފޭދޫ ދާޢިރާގެ މެމްބަރ މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
30 Jan 2024
ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތުން ބަލައިގަންނަނީ
ޒަޔަނިސްޓު އިޒުރާއިލްގެ އަޅުވެތިކަމުގައި ، ވޭނާއި ހިތްދަތިކަން ތަހައްމަލުކުރަމުންގެންދާ ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ވިސްނަމުންދާކަމުގައި އެ ޤައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ހާމަކުރައްވައިފިއެވެ.
30 Jan 2024
ރައީސް މަޤާމުން ވަކިކުރުމަށް މި ދަޢުރުގައި ހުށައަޅާނަން: އެމްޑީޕީ
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ހަމަވެފައިވާ ކަމަށާއި، މަޖިލިހުގެ މިދަޢުރު ހަމަވުމުގެ ކުރިން އެމައްސަލަ މަޖިލިހަށް ހުށައަޅާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
30 Jan 2024
މަޖިލިހުގެ ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެ - އެމްޑީޕީ
ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއިން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަޤާމުތަކަށް އައްޔަންކޮށް އެބޭފުޅުންގެ ނަންތައް އަލުން މަޖިލިހަށް ނުފޮނުވޭނެކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ، އެމްޑީޕީން ބުނެފިއެވެ
30 Jan 2024
ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން މަޖިލިހަށް ނުފޮނުވޭނެ: ޑިމޮކްރެޓްސް
ދަޢުލަތުގެ އެއްބާރުކަމަށްވާ ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން ހަމަ އެމަޤާމަށް އައްޔަން ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
30 Jan 2024
މަސްއޫލިއްޔަތު އަދާކުރާނީ ލޯތްބާއި އިޙުތިރާމާ އެކު: ޝަހީމް
އެންމެހައި ދިވެހި ރައްޔިތުންނާއި ހުރިހައި ސިޔަސީ ޕާޓީތަކުގެ މެންބަރުނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލޯތްބާއި އިޙުތިރާމާ އެކު މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިހުންނަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
30 Jan 2024
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ޗައިނާއިން ހިލޭ ކޮށްދެނީ
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ހިލޭ އެހީގެ ދަށުން ކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
30 Jan 2024
މާލެއިން ވިއްކި ޕާކިން ޖާގަތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާލޭސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ
30 Jan 2024
ފެނިގެން ދިޔައީ ޑިމޮކްރެސީ އާއި ބީރައްޓެހި މަންޒަރެއް
ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެން ދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ނުދިނުމަކީ މުޖުތަމަޢު ބަލައިގަންނަކަމެއް ނޫން – ޝިޔާމް
ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް މާތް الله ގަންދީ ހުވާކުރައްވައިގެން ތިއްބެވި ވަޒީރުންނަށް އެއްވެސް އަސާސެއްނެތި ރުހުން ނުދެއްވުމަކީ މުޖުތަމަޢު ބަލައިގަންނަ ކަމެއްނޫންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
29 Jan 2024
ސަމާލުވޭ ! ވަގު ސެޓްފިކެޓުތަކެއް ބޭނުންކުރަމުން އެބަދޭ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ (އެމްކިޔުއޭ) ގެ ވަގު ތައްގަނޑެއް ޖަހައިގެން ތައުލީމީ ސެޓްފިކެޓުތަކެއް ރާއްޖޭގައި ބޭނުން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
29 Jan 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަނީ
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާ، ފޯމު ހުށައެޅުމަށް 2 ހަފްތާގެ މުއްދަތެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
29 Jan 2024
ހުރިހާ މަސްވެރިން ހިމެނޭ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދެމުގެ މަސައްކަތް މިސަރުކާރުން ފަށައިފިއެވެ.
29 Jan 2024
ރާއްޖޭގެ 11 ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ފަށައިފި
ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް 11 ސްކޫލެއްގައި ފަށައިފިއެވެ.
28 Jan 2024
އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް ފްރީޒޯން ކުންފުންޏަށް
މި ސަރުކާރުގެ އެންމެ މުޙިއްމު އެއް ޕްރޮޖެކްޓްކަމަށްވާ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏާއި ހަވާލުކުރަން ކެބިނެޓުން ނިންމައިފިއެވެ.
28 Jan 2024
މަޖިލިސް ދެން ފެށޭނީ މެމްބަރު ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 1.30 އަށް ތާވަލުކުރެވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
28 Jan 2024
މަޖިލިހުގެ ރައީސް އަސްލަމް މާރާމާރީ ހިންގުމަށް ހިތްވަރުދިން: ޕީޕީއެމް/ޕީއެންސީ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތްވަރުދެއްވައިގެން މަޖިލީހުގައި މެންބަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާތީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
28 Jan 2024
ސިއްހީ ހާލަތްތަކަށާއި ގެއްލޭ މީހުން ހޯދުމަށް، ހެލިކަޕްޓަރުގެ ޚިދުމަތް ފަށަނީ
ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން ވީހާ ވެސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފަށަން މިއަދު ނިންމައިފިއެވެ.
28 Jan 2024
ސަރުކާރު ބަލިކައްޓެއް ނުކުރެވޭނެ، ރައީސް ހުންނެވީ ގަދަކޮށް - އުސާމް
އިދިކޮޅު ޕާރޓީތަކުން ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނިންމުމަކީ ޒާތީ ކަމެއް ކަމަށާއި ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށާއި، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
28 Jan 2024
ވިލިމާލެ ދާޢިރާއަށް ސަރުކާރުގެ ޓިކެޓް މުހައްމަދު އިސްމާޢިލް ކަށަވަރު ކުރައްވައިފި
މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވުމަށް ސަރުކާރުގެ ޓިކެޓް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ކަށަވަރު ކުރައްވައިފިއެވެ.
27 Jan 2024
އެމްޑީޕީ އާއި ވާދަކޮށް ރަކީދޫ ކައުންސިލްގެ ގޮނޑި ޕީއެންސީންއަށް
އިދިކޮޅު އެންމެ ބޮޑުޕާރޓީ އެމްޑީޕީ އާއި ވާދަކޮށް ވ.ރަކީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި މިހާރު ވެރިކަން ކުރާ މައިޕާރޓީ ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.