ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
11 Mar 2023
ވިލާ ޓްރޭޑިންގް އިން އެތެރެކޮށް ވިއްކާ ތަކެތި ރާއްޖޭގެ ހޯލްސޭލް މާކެޓުގައި ފުޅާ ދާއިރާއެއްގައި
ވިލާ ޑްރޭޑިންގުން ވަނީ ދާދި ފަހުން ހޯލްސޭލް އައިތްލެޓެއް "ވިލާ ޓްރޭޑިން ހޯލްސޭލް" ގެ ނަމުގައި އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގައި ހުޅުވާފަ އެވެ.
11 Mar 2023
ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުޞަތު ބުދަ ދުވަހަށް ހަމަވަނީ
މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުޞަތު މިމަހުގެ 15 ވާ ބުދަ ދުވަހަށް ހަމަވާނެއެވެ.
11 Mar 2023
"ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ މަރުހޫމް ރިޒާގެ އާއިލާގެ ނިންމުމާ އެއްގޮތަށް ކުރިއަށްދާން"
ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ މަރުހޫމު އިބްރާހިމް ރިޒާގެ އާއިލާއިން ނިންމަވާ ކޮންމެ ނިންމެވުމަކާއެކު ކުރިއަށްދާން ތައްޔާރަށްކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 Mar 2023
އާ އައިޑިކާޑު ފަރުމާކުރި ކުންފުންޏާއެކު އެއްބަސްވުން ހަދައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މުޅިން އާ ޑިޒައިނަކަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނު ހުށައެޅުން ހުށައެޅި ކުންފުންޏާއެކު އެއްބަސްވުން ހަދައިފި އެވެ.
10 Mar 2023
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހައްޖު ކޯޓާއިން ޖާގަތަކެއް ދެނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވަކި އަދަދެއް ހާއްސަ ކުުރުމަށް ނިންމާ އެ ޖާގަތަކަށް ހުޅުވާލައިފި އެވެ.
10 Mar 2023
ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް އެހީތެރިވެދޭން އެދިއްޖެ
ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގަންނަވައިފި އެވެ.
10 Mar 2023
ގުރައިދޫ ދާއިރާއަށް އެމްޓީޑީން ނިކުންނަނީ
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ގުރައިދޫ ބައި-އިލެކްޝަނުގައި ވާދަކުރާނެކަން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އިން އިއުލާނުކޮށްފި އެވެ.
09 Mar 2023
މާލެ ސަރަހައްދުގެ ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލަން ނިންމައިފި
މާލެ ސަރަހައްދުގެ ގޭ ބިސީތަކުން ނަގާ ކުނީގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން އަންގައިފި އެވެ.
09 Mar 2023
ޔާމީންގެ އިސްތިއުނާފު: 5 ކަމެއް އިސްލާހުކުރުމަށް ހައިކޯޓުން އެންގި
ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފްގެ 5 ކަމެއް އިސްލާހުކުރުމަށް ހައިކޯޓުން އަންގާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެ އެވެ.
09 Mar 2023
"އިޒްރޭލާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމުގެ ވިސްނުމެއް ނެތް"
ދިވެހިރާއްޖެއާއި އިޒްރޭލާއެކު ދަތުރުތައް ފެށުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
08 Mar 2023
"ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅާއި ބައްދަލު ނުކުރަނީ ސަރުކާރުން އަންގައިގެން"
ހައިކޯޓުގެ ރަޖިސްޓްރާ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރުންނާއި ބައްދަލު ނުކުރައްވަނީ ޖޭއެސްސީން އަންގައިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Mar 2023
"ޖޭއެސްސީ އިސްލާޙުކުރުން ފަސް ކުރަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން"
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭގޮތަށް ކޮމްޕޮސިޝަން ބަދަލުކޮށް ޖޭއެސްސީ އިސްލާހުކުރުން ސަރުކާރުން ފަސްކުރަނީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްކަމަށް ވާދަވެރި ސިޔާސީ ޕާޓީން ބުނެފި އެވެ.
08 Mar 2023
"ދެ ރައީސުންގެ މައްސަލަ ހުށައެޅީ ފައިސަލްއަށް ވެރިކަން ހޯދައިދޭކަށް ނޫން"
ދެ ރައީސުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ފަހަރެއްގައިވެސް ވެރިކަން ބަދަލުކޮށް ފައިސަލް ނަސީމަށް ވެރިކަން ހޯދައިދޭން ނޫންކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
07 Mar 2023
ދެ ރައީސުންގެ މައްސަލަ ސުޕްރިމްކޯޓުން ބޭރުކޮށްލައިފި
ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާ ކޮށްގެން ދެ ރައީސުން ތިއްބެވުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އިދިކޮޅުު ކޯލިޝަނުން ސުޕްރިމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
07 Mar 2023
"އިންތިޚާބުތައް ނަގަން ބަޖެޓުން ބޭރުން ޚަރަދުކުރުން ހުއްޓުވަން ޖެހޭ"
ސަރުކާރުން ނުފޫޒު ފޯރުވައިގެން އިންތިޚާބުތައް ކާމިޔާބުކުރުމަށް ބަޖެޓުން ބޭރުން ޚަރަދުކުރުން ހުއްޓުވަން ޖެހޭކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
07 Mar 2023
"ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަކަށް ނެތް"
ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަކީ ޤާނޫނު އަސާސީ ތަންދޭ ކަމެއް ނޫން ކަމަށާއި، ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަކަށް ލިބިގެން ނުވާކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެ އެވެ.
07 Mar 2023
"އާދައިގެ ކުށްތަކުގައި ވާނުވާ ޖަހާ ބަންދުކޮށްފައި މިހާރު ނުބައިތިއްބަން"
އާދައިގެ ކުށްތަކުގައި ވާނުވާ ޖަހާ ބަންދުކޮށްފައި އެއްވެސް މީހަކު ނުހުންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
07 Mar 2023
"ގޭންގުތަކާއި ޑްރަގް ޓްރެފިކް ކުރާ މީހުންގެ ކުރިމަތީ ތިރިއެއް ނުވާނަން"
ގޭންގުތަކާއި ޑްރަގް ޓްރެފިކް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ކުޑަވެސް ދުލެއް ނުދެއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
07 Mar 2023
ރައީސް ޔާމިނަށް ހުކުން ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދޭ މައްސަލަ މަޖިލީހަށް
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ޖަލު ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަންދެމުންދާތީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހުށައަޅައިފި އެވެ.
06 Mar 2023
"ޝަކީލު ހައިކޯޓަށް އައްޔަން ކުރަން ނިންމި ނިންމުން މުރާޖާ ކުރަން ޖެހޭ"
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން މުރާޖާ ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
06 Mar 2023
"އިންތިޚާބުތެރޭ ކުރައްވާ ރަސްމީ، ނުރަސްމީ ދަތުރު ވަކިކުރާނެ ބިލެއް މާ މުހިންމު"
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށައެޅުއްވި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނަށް) އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
06 Mar 2023
"ގައުމުގައި އޮތް އެންމެ ބޮޑު ހުސްކަމަކީ އިދިކޮޅެއް ނެތުން"
ރިޔާސީ އިންތިޚާބު ބޯމަތިވިއިރު ގައުމުގައި އޮތް އެންމެ ބޮޑު ހުސްކަމަކީ ވާދަވެރި ސިޔާސީ ޕާޓީއެއް ނުވަތަ އިދިކޮޅު ޕާޓީއެއް ނެތުންކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
06 Mar 2023
"7 ހޮސްޕިޓަލެއް އަޅަން މި ހަފްތާތެރޭ ހަވާލު ކުރެވޭނެ"
ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް މި ހަފުތާގައި ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
06 Mar 2023
"ފޯޅަވަހި މައްސަލާގައި ރައީސް ޞާލިހު ފޮނުވި ސިޓީއެއް ނުދެކެން"
ފޯޅަވަހި މައްސަލައިގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީ ފެނިވަޑައި ނުގަންނަވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
06 Mar 2023
"އެހެން ގޮތަކަށް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް"
ދަރަނި ރީސްޓްރަކްޗާ ކުރުމަށް މިހާރު ގެންގުޅޭ ޕްލޭން ނޫން، އެހެން ގޮތަކަށް އެކަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
06 Mar 2023
ވެންޓިލޭޓަރާއި ގުޅޭ ސުވާލުތަކަށް ޖަވާބުދޭން މިނިސްޓަރު ބޭނުންފުޅެއް ނުވި
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނަށް ދިއުން ލަސްކުރި ސަބަބާއި ގުޅޭގޮތުން ކުރި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަވާބެއް ނުދެއްވި އެވެ.
06 Mar 2023
ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނިންތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވި
ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނިންތޯ އައްސަވާ ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަކި ޖަވާބެއް ނުދެއްވި އެވެ.
05 Mar 2023
"އިންފްލޭޝަން މައްޗަށް ދާއިރު މުސާރަ ބޮޑުކުރުމަކީ ރަނގަޅު ފިޔަވަޅެއް"
އިންފްލޭޝަން މައްޗަށްދާ ދުވަސްވަރެއްގައި މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް ރަނގަޅަށް އެޅުއްވި ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެެއެވެ.
05 Mar 2023
ރައީސް ޞާލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާ ބައްދަލުކުރައްވައިފިއެވެ.
04 Mar 2023
"ރައީސްއާއި ވަޒީރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭގުން ލަދުވެތި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ދެ ބޭފުޅުންނަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.