ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
17 Mar 2023
ރައީސް ޔާމީންގެ އެއާޕޯޓަށް ރައީސް ނަޝީދުގެ ތަޢުރީފު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޒައާމަތުގައި ފަރެސްމާތޮޑާގައި އަޅުއްވަން ފެއްޓެވި އެއާޕޯޓަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުރީފު ކުރައްވައިފި އެވެ.
17 Mar 2023
"ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައީސް ޞާލިހަށް ޗެލެންޖެއް ނެތް"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އެއްވެސް ޗެލެންޖެއް ނުވަތަ ހުރަހެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
16 Mar 2023
ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ކުރިން ހުއްދަނަގަން ނުޖެހޭގޮތް ހަދައިފި
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭގޮތަށް އޮތް ގަވައިދު ޓްރާންސްޕޯޓު މިނިސްޓްރީން އުވާލައިފި އެވެ.
16 Mar 2023
ރައީސް ޔާމިންގެ އިސްތިއުނާފު ފޯމު އިސްލާހުކޮށް އަލުން ހުށައަޅައިފި
ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފުގައި އިސްލާހުކުރަން ހައިކޯޓުން އެންގި ކަންކަން އިސްލާހު ކުރުމަށްފަހު އަލުން އެމައްސަލަ ހައިކޯޓަށް ހުށައަޅައިފި އެވެ.
16 Mar 2023
"އެޗްޑީސީން ބިމެއް ނުވިއްކާ، ޚިޔާނާތް ތެރިވި މުވައްޒަފު ސަސްޕެންޑުކޮށްފި"
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) އޮޅުވާލައިގެން އެއްވެސް ފަރާތަކަށް ބިމެއް ވިއްކާފައި ނުވާނެ ކަމަށާއި، އާންމު ފަރާތަކަށް އޮޅުވާލައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން ކަމަށް ބުނެ ރިޝްވަތު ނެގި އެކުންފުނީގެ މުވައްޒަފަކު މިހާރު ސަސްޕެންޑުކޮށްފައި ވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
16 Mar 2023
އެވޯން ފުލްމިރާ ފަރުނީޗަރު މާ ޗާލު!
އެވޯންއިން ވިއްކާ ފުލްމިރާ ފަރުނީޗަރުގެ ތެރޭގައި ބެޑް ސައިޑް ޓޭބަލް، ޗެސްޓް ޑްރޯވާ، ހޮލީވިޑް މިރާ އަދި ޑްރެސިން ޓޭބަލް ހިމެނެއެވެ.
16 Mar 2023
"މާލެނޫން ތަނެއް އޮތްކަން އެނގުނު ހަމައެކަނި ވެރިއަކީ ރައީސް ޞާލިހު"
ދިވެހިރާއްޖޭގައި މާލެ ނޫން ތަނެއްވެސް އޮތްކަން އެނގިވަޑައިގެން މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ފަކުރެއްގެ ދިރުން ހިންގާކަށް މަޖިލީހުގައި ގާޖައެއް ނެތް"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގޮފި މަޖިލީހުގައި ހިންގަން ޖާގައެއް ނެތްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
ހުކުރު ދުވަހު މުޅި ރާއްޖޭގައި އިދިކޮޅުގެ އިހުތިޖާޖެއް ބާއްވަނީ
ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އިދިކޮޅު އިއްތިހާދުން އިއުލާނުކޮށްފި އެވެ.
15 Mar 2023
ރޯދަ އިނާޔަތް ބޮޑުކޮށްދޭން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
މަސައްކަތްތެރިންނަށް ރޯދަ އިނާޔަތް ބޮޑުކޮށްދިނުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
15 Mar 2023
"ޖޭޕީގެ ވަޒީރުން އިސްތިއުފާ ދެއްވަން ޖެހެންޏާ ރައީސް ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހޭ"
ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެގެން އިންތިޚާބުގައި ވާދަކުރައްވަން ނިންމި ނިންމުމާއެކު މިހާރު ސަރުކާރުގެ މަޤާމުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާއި އެހެން ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމަށް އެދިފައެއް ނުވާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން އެމަނިކުފާނުގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ނޯންނާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ކުރީ ސަރުކާރުގެ މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަން"
ކުރީ ސަރުކާރުގެ މަޝްރޫއުތައް އަމިއްލަކޮށް، އެ މަޝްރޫއުތަކުގެ ފުލް ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަންކަމަށް މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ސަރުކާރު ކުންފުނިތަކަށް އޮތީ ކޮރަޕްޝަން ހިންގުން މަތިކޮށްފައި"
ސަރުކާރުން އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޮރަޕްޝަން ހިންގުމުގެ އެންމެހާ ކަންކަން ކުރުމަށް މަތިކޮށްފައި ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ޖަލުން ސަލާމަތްވާން ވެގެން ނަޝީދު އަދީބާއެކު ވަގު ޑީލު ހެދި"
ޖަލުން މިނިވަންވެ ވަޑައިގަންނަވަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެންގެވުމަށް އަހުމަދު އަދީބާއެކު ރައީސް މުހައްމަދު ނަޝީދު ޑީލު ހެއްދެވިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތުކުރައްވައިފި އެވެ.
15 Mar 2023
ފިކުރެއްގެ ދިރުމާއި ޖޭޕީން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް ހަދަނީ
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް އުފެއްދުމަށް މަޝްވަރާތައް ފައްޓާނެކަމަށް ފިކުރެއްގެ ދިރުމުގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ޖޭޕީގެ ނިންމުމާއެކު ދެން ރައީސް ޞާލިހަށް އެމްޑީޕީއަށް ވެރިކަން ހޯދައެއް ނުދެވޭނެ"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަން ޔަގީން ކުރެވޭކަމަށް މަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ދައުލަތުގެ ވަސީލަތްތައް ރައީސް ޞާލިހު ނަހަމަގޮތުގައި ބޭނުން ނުކުރާކަން އަޅުގަނޑަށް އެނގޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދައުލަތުގެ އެއްވެސް ވަޞީލަތެއްގެ ބޭނުން ނަހަމަގޮތުގައި ނުކުރައްވާކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
14 Mar 2023
53 މިލިއަން ދައްކަން ރައީސް ޔާމިނަށް އެންގި މައްސަލަ އިސްތިއުނާފުކޮށްފި
ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި 53 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
14 Mar 2023
"ޤާނޫނު ހަދަން އުޅޭގޮތުން 200 ސްޓާފުން ނެތް ނޫސްތަކަށް އިންތިޚާބު ކަވަރެއް ނުކުރެވޭނެ"
އާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އިންތިޚާބުތައް ކަވަރުކުރުމަށް ނޫސްވެރިންނަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށް މަޖިލީހުގެ ތުުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު ވިދާޅުވެއްޖެ އެވެ.
14 Mar 2023
"އިންޓަނެޓު ރާއްޖޭގައި މިއޮތީ ގަންނާނެހާ ގަނޑެއް ގަނެވޭ ގޮތަށް"
ދިވެހިރާއްޖޭގައި އިންޓްނެޓު އޮތީ އިމެއްނެތި އެމީހަކު ބޭނުންގޮތަކަށް ބޭނުން ކުރުމަށް ހުޅުވާލެވިފައިކަމަށް މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ޔާމިނަށް ހުކުންކުރި ފަނޑިޔާރާއެކު ހެދި ޑީލު ތަންފީޒުކޮށް ނިންމައިފި"
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރާއެކު ހެދި ޑީލު ސަރުކާރުން ތަންފީޒުކޮށް ނިންމާފައިވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ބީއެމްއެލްއަށް ފާޑުކިޔުމަކީ އިޤްތިޞާދު ފުނޑޭނެ ނުރައްކާތެރި ކަމެއް"
ދިވެހި ރައްޔިތުންގެ ބޭންކު (ބޭންކް އޮފް މޯލްޑިވްސް) އަށް ފާޑުކިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ފުނޑޭނެވަރުގެ ނުރައްކާތެރި ކަމެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ބީއެމްއެލް ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރައިމްއާއި ގުޅުން އެބަހުރި"
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރިމްއާއި ގުޅުން އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
14 Mar 2023
ހެޔޮ ފިހާރަ ޕްރޮމޯޝަން: އެންމެ ހެޔޮ އަގުގައި ބަދިގެއަށް!
ހެޔޮ ފިހާރަ އިން ކޮންމެ އަހަރަކު ރޯދައާ ދިމާކޮށް ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން "އެންމެ ހެޔޮ އަގުގައި ބަދިގެޔަށް" ނަމުގައި މިއަދު ޕޮރޮމޯޝަންއެއް ފަށައިފި އެވެ.
12 Mar 2023
އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް ބުނުމާއެކު މާރިޔާ މަގާމުން ޑިސްކޮލިފައިވީ"
ދިފާއީ ވަޒީރުގެ މަޤާމުގައި ހުންނަވާ، އަވައްޓެރި އިންޑިއާ ބޭނުންވެއްޖެ ނަމަ ދިވެހިރާއްޖެ ހިފިދާނެކަމަށް މާރިޔާ ދީދީ ވިދާޅުވި ހިސާބުން އެކަމަނާ ޑިފެންސް މިނިސްޓަރުގެ މަޤާމުން ޑިސްކޮލިފައިވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
12 Mar 2023
ޒަމާނީ އަމީނީ މަގުގައި ދިވެހި ރުކެއް ނުޖަހާނެ
ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ އަމީނީ މަގުގައި ދިވެހި ރުއް ޖެހުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އެ ކުންފުނިން ބުނެފި އެވެ.
12 Mar 2023
ފޮރިން މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތަށް
ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
12 Mar 2023
އެމް.އެޗް.އޭ ގެ އެނުއަލް ޖެނެރަލް މީޓިން މިރޭ ބާއްވަނީ
މޯލްޑިވްސް ހައުސް ކީޕާސް ސޯސިއޭޝަން (އެމް.އެޗް.އޭ) ގެ އެނުއަލް ޖެނެރަލް މީޓިން މިރޭ 9:00 ގައި ބާއްވަން ނިންމައިފި އެވެ.
12 Mar 2023
"ޕާޓީގެ އެތެރެ ގަޑުބަޑުކުރާ މީހަކަށް އިސް މަގާމެއްގައި ހުރެވިގެން ނުވާނެ"
އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ އެތެރެ ގަޑުބަޑު ކުރާ މީހަކަށް، އެ ޕާޓީގެ އިސް މަގާމެއްގައި ހުރެވިގެން ނުވާނެކަމަށް މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.