ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
04 Mar 2023
"ތިންފަށްވެ ފައްކަނޑައިދޭނެ ޕާޓީއެއް ނުވީމަ ޖެހޭނީ އެއްގޮތެއްގައި ހުންނަން"
އަލީ ރަމީޒު ވިދާޅުވީ (އަދާލަތަކީ) ސިޔާސީ ގޮތުން ތިންފަށް ވެފައިވާ ޕާޓީއެއް ކަމަށެވެ. އަދި ތިންފަށްވެ ފައްކަނޑާނެ އިތުރު ޕާޓީއެއް ނެތުމުން ގޮތުގައި ހުރުން ނޫން "ޗޮއިސް" އެއް (އަދާލަތަށް) ނެތްކަމަށް އަލީ ރަމީޒު ވިދާޅުވި އެވެ.
04 Mar 2023
"މީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފު ދިން 5 އަހަރު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފުދިން ފަސް އަހަރުކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
04 Mar 2023
އައްބާސް އާދިލް ރިޒާގެ ޝަރީއަތް މާދަން ފަށަނީ
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ރޯކޮށްލަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު، އަދި ކަސްޓަމްސްގެ ކުރީގެ ކަމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތް މާދަން ފެށުމަށް ތާވަލުކޮށްފި އެވެ.
04 Mar 2023
"ނާކާމިޔާބު ވުމަކީ ކޮޅު ބަދަލު ކުރަން ޖެހޭ ސަބަބެއް ނޫން"
ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމަކީ އެމީހާ ހުރި ގޮތެއްގެ މަތީގައި ދެމި ނުހުރެވެންވީ ސަބަބެއް ނޫން ކަމަށް އަދާލަރު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
03 Mar 2023
"އަމީނީ މަގުގައި 6 މަސް ދުވަހުން ތާރު އެޅުނީ މުސައްލައެއްހާ ތަންކޮޅެއްގައި"
އާރުޑީސީއާއި ހަވާލުކޮށްގެން އަމީނީ މަގުގައި ހަމަސް ދުވަހުން ތާރުއެޅުނީ މުސައްލައެއްހާ ތަންކޮޅެއްގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
03 Mar 2023
"50000 އާއިލާއަށް ބޯހިޔާވަހިކަން ދެވެން އޮތްވާ އެންމެ 4000 ގޯތި ދޫކުރަންވީ ސަބަބެއް ނެތް"
ފަސޭހަކަމާއެކު ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި 50000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮއްވާ އެންމެ 4000 ގޯތި ދޫކުރަން ޖެހޭ ސަބަބެއް ނެތްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
02 Mar 2023
އެވޯން ފަރުނީޗަރު ރޯދައަށް އަގު ހެޔޮކޮށްފި، މީ ރަނުގެ ފުރުސަތެއް!
ރޯދަ މަހާއި ދިމާކޮށް އެވޯންއިން ވިއްކާ ފަރުނީޗަރުން ޑިސްކައުންޓު ލިބޭ "އެވޯން ރޯދަ ސޭލް" ފަށައިފި އެވެ.
02 Mar 2023
އަދާލަތު ޕާޓީގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަދާލަތު ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
02 Mar 2023
"އެއްވެސް ސަރުކާރަކުން ނާޒާއިޒް މަންފާއެއް ޤާސިމް ނުހޯއްދަވާ"
އެއްވެސް ސަރުކާރަކުން ނާޖާއިން ނުވަތަ ނުހައްގު މަންފާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހޯއްދަވާފައި ނޯންނާނެކަމަށް ޖޭޕީން ބުނެފި އެވެ.
02 Mar 2023
އެޗްޑީސީން ވިއްކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ބޭނުންވާ ބިންތައް
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ސަރުކާރަށް ވިއްކި 5 ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ވިއްކި ބިންތަކެއްކަމަށް އެ ކުންފުނިން ބުނެފި އެވެ.
02 Mar 2023
"އަދާލަތުގެ ވެރިން ފަހަތަށް ނާރަން އާންމުން މިހާރު މިސްކިތްތަކުން ވެސް ފައިބާ"
އަދާލަތު ޕާޓީގެ އިސް ލީޑަރުން އިމާމުކަމަށް އެރުމުން، އެމީހުންގެ ފަހަތަށް ނާރަން އާންމުން މިސްކިތްތަކުން ވެސް މިހާރު ފައިބަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
02 Mar 2023
"މާރިޔާއާއި އޭނާގެ ޓީމު ގައްދާރުންގެ ގޮތުގައި ޖަވާބުދާރީ ކުރުވާނަން"
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އޭނާގެ ޓީމު ޤައްދާރުންގެ ގޮތުގައި ޖަވާބުދާރީ ކުރުވާނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
01 Mar 2023
"ރޭވުންތެރިކަމާއެކު އައްޑޫ ތަރައްގީ ކުރީ މި ސަރުކާރުން"
އައްޑޫ ސިޓީ ތަރައްގީކުރުމަށް އެންމެ ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
01 Mar 2023
"ސަރުކާރު އެސްޓުތައް ބޭރު ފަރާތްތަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ"
ދިވެހި ސަރުކާރުގެ ކުންފުނިތަކާއި އަގު ހުރި އެސެޓުތައް ބޭރު ކުންފުނިތަކާއި ހަވާލުކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
01 Mar 2023
"ޤައުމުގެ ސްޓްރެޓެޖިކް އެސެޓު ވިއްކުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުން"
ޤައުމެއްގައި ހުންނަ ސްޓްރެޓެޖިކް އެސެޓު ވިއްކުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުމާއި އެއްފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
01 Mar 2023
"ހައްގުތަކޭ ކިޔައިގެން ރައްޔިތުންނަށް ދެއްކީ ހުސް ދަޅަ"
ހައްގުތަކޭ ކިޔައިގެން އެމްޑީޕީން ރައްޔިތުންނަށް ދެއްކީ ހުސް ދަޅަތަކެއްކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
28 Feb 2023
އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަމުން ދިޔަ މީހަކު ހައްޔަރުކޮށްފި
އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެކޮށް، ވިއްކަމުންދިޔަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.
28 Feb 2023
"އެމްއާރުއެމް އާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވާނެ ފައިދާއެއް ނެތް"
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރުއެމް އާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
ފަސްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް 800 މިލިއަނަށް ސަރުކާރުން ގަނެފި
ހުޅުމާލޭ ދެވަނަ ފިޔަވަހިން ފަސް ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް 800 މިލިއަން ރުފިޔާއަށް އެޗްޑީސީން ގަނެފި އެވެ.
28 Feb 2023
"ރާއްޖޭގެ މެދު ފަންތިން ދަށް އެއްކޮށް ފަގީރު ވެއްޖެ"
ދިވެހިރާއްޖޭގައި ދިރިއުޅޭ މެދު ފަންތިން ފެށިގެން އޭގެ ދަށަށް ތިބި ހުރިހާ ރައްޔިތުން މި ސަރުކާރު އައިފަހުން ފަޤީރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
"ސެންޓު ވަސް ދުވަން ފެށީ ގުއިފެނުން ފެންވެރުން ހުއްޓާލީމަ"
ކިތަންމެ މީރުވަސް ދުވާ ސެންޓެއް ޖެހި ނަމަވެސް، މީގެ ކުރިން ރަށްފުށުގެ ކަނބަލުންގައިން މާ މީރުވަހެއް ނުދުވާ ކަމަށް ވިދާޅުވެ ކޮމަަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ދެއްކެވި ވާހަކަތައް އޭނާ ދިފާއުކުރައްވައިފި އެވެ.
28 Feb 2023
"އަންހެނުން ވިހާކަންވެސް އެނގުނީ މި ސަރުކާރަށް"
އަންހެނުންނަކީ ވިހާ ބައެއްކަންވެސް އެނގުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެ އެވެ.
28 Feb 2023
"ބާރުތައް އޮވެ ކަމެއް ނުކުރެވުނު އިރު ކޮން ދެވަނަ ދައުރެއްތޯ ދޭންވީ؟ "
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދައްކަވަމުންދާ ވަހަކަތަކަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮމޮނިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދުދެއްވައިފި އެވެ.
28 Feb 2023
"މި ސަރުކާރުން ރޭޕް ކޭސްތަކަށް ހެދި ގޮތް ރައްޔިތުން ހަނދާން އެބަހުރި"
އަންހެނުންގެ ހައްޤުތަކުގެ ވާހަކަ އެމްޑީޕީން ދައްކަނީ ނަމެއްގައި ކަމަށާއި، އެމްޑީީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުގައި ހިނގައިދިޔަ ރޭޕް ކޭސްތައް ހިންދާލި ގޮތް އަދި ރައްޔިތުން ހަނދާން ނުނެތޭކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
"ފުލުހުންނަށް މިހާރު އޮތީ އަމަން ބެލެހެއްޓުމަށްވުރެ ބޮޑަށް އާމްދަނީ ހޯދުމުގެ ޒިންމާ"
އަމަން ބެލެހެއްޓުމަށްވުރެ ބޮޑަށް ފުލުހުންނަށް މިހާރު ބޮޑީ އާމްދަނީ ހޯދުމަށް އޮތް ޒިންމާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
28 Feb 2023
"ސަވާދީއްތަ ދަތުރުގެ ތެރެއިން ރަށްތައް ވިދާލާ، އީދަށް ބާރު ބޮޑުވާނެ"
"ސަވާދީއްތަ ދަތުރު" މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އެ ދަތުރުގެ ތެރެއިން ރަށްތައް ވިދާލާ ބޮޑު އީދާށް ބައެއް ރަށްތަކަށް ބާރު ބޮޑުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.
28 Feb 2023
"ޖޭޕީގެ ކޮންޓްރޯލު ސަރުކާރަށް ނުނެގުނު، އެއީ ގަދަ ސިފައެއް"
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީގެ ކޮންޓްރޯލު ސަރުކާރުން ނެގިގޮތަށް ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލު ސަރުކާރަށް ނެގިފައި ނުވާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
ޖޮބް ސެންޓަރުގެ ނަމުގައި އިދާރާއެއް އުފައްދައިފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.
28 Feb 2023
ކްރިމިނަލް ކޯޓުގެ މަސައްކަތް އޮންލައިންކޮށް ވަގުތީ އޮފީސް ހުޅުމާލެއަށް!
ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ މެއިންޓަނެންސްއަށް ބަންދުކޮށް، ވަގުތީގޮތުން އެ ކޯޓުގެ އޮފީސް ހުޅުމާލޭގައި ޤާއިމްކުރި ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.
27 Feb 2023
"ފުލުހުންގެ އިދާރާ އޮތީ ކޮންމެ ކަމެއް ވަރިހަމަވެ ބޮއްސުންލާފަ"
ދިވެހި ފުލުހުންގެ ޚިދުމަތަކީ މިއަދު ސިޔާސީ ގޮތުން ބޮއްސުންލާފައިވާ އިދާރާއެއް ކަމަށާއި، ކުށްކުރުން ހުއްޓުވުމަށް އެ މުއައްސަސާއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.