ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
23 Feb 2023
"ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބުގައި ގޮތް ނިންމާ ޕާޓީ"
ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބުތަކުގައި ގޮތް ނިންމާ ޕާޓީކަމަށް ގިނަ ބަޔަކު ގަބޫލު ކުރާކަމަށް ޖޭޕީގެ އެޑްވައިޒަރު އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
22 Feb 2023
"އާރަށު މައްސަލައިގެ ރިޕޯޓުގައި ޝަރީއަތް ދިޔަގޮތް އޮޅުވާލަން އެތައް ކަމެއް ހިމަނާފައިވޭ"
ވ އާރަށުގެ މައްސަލައިގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓުގައި، އެ މައްސަލައިގެ ޝަރީއަތް ހިނގައިދިޔަ ގޮތް އޮޅުވާލުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެ އެވެ.
22 Feb 2023
"ރައީސް ޔާމިނަށް ހުކުން ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމަކީ ގޯހެއް"
ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ދިނުމަކީ ބޮޑު ގޯހެއްކަމަށް، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
22 Feb 2023
"ލޯނު ދައްކަން ލޯނު ނެގުމަކީ ހަގީގީ ދަރަނި ދަންތުރައިގައި ޖެއްސުން"
2013 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ލޯނު ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން ސަރުކާރަށް ދިން ލަފަޔާއެއްގޮތަށް ސަރުކާރުން މަސައްކަތް ކުރަމުން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
22 Feb 2023
ޤައުމީ އިނާމު ހޯދި އިނގުރައިދޫ ސަމީޙާއަށް ހޫނު މަރުހަބާއެއް!
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިމާނު ހާސިލްކުރެއްވި ރ. އިނގުރައިދޫ ކައުންސިލް އިދާރާގެ ސީނިއާ ކައުންސިލް އޮފިސަރ އަލްފާޟިލާ ސަމީޙާ އިސްމާޢީލްއަށް ކައުންސިލުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
21 Feb 2023
އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ބަލައިގެންފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.
21 Feb 2023
ފުއްގިރި މައްސަލަ: ހެކި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެދެވެން ނެތްކަމަށް ނިންމައިފި
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ދައުވާކޮށްފައިވާ ފަރާތްތަކުން އެދިލައްވާފައިވާގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ނިންމަވައިފި އެވެ.
20 Feb 2023
"ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަހަތަށް އެރުމަށް ދަޢުވަތުއަރުވަން"
އިސްލާހަށް މަސައްކަތް ކުރަން ބޭނުންވާ ސިޔާސީ ޕާޓީތައް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަހަތަށް އެރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދަޢުވަތުއަރުވައިފި އެވެ.
20 Feb 2023
ބޭރުމީހުންނަށް ތިލަފުށިން ބިން "ތިޔަހެން ނުވިއްކޭނެ" ކަމަށް ބުނެ އިދިކޮޅުން ނިކުންނަނީ!
ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކުމާއި ދެކޮޅަށް "ތިޔަހެން ނުވިއްކޭނެ" ޝިއާރު ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއުލާނުކޮށްފި އެވެ.
20 Feb 2023
"އިންޑިއާއަށް ޓެކްސް މާފުކޮށްދިނުމަކީ ރައްޔިތުން ދެވަނަ ދަރަޖައަށް ވައްޓާލުން"
މި ސަރުކާރުން ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
20 Feb 2023
"ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވުމުގެ ފުރުސަތު ދިނީ ހަމައެކަނި މި ސަރުކާރުން"
އެކި އެކި ސަރުކާރުތަކުގައި އެމްޑީީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން އަނިޔާތައް ދީފައިވީނަމަވެސް، ކަނޑައެޅިގެން ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަމަށް މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
20 Feb 2023
"ދިވެހި ސިފައިން ނިކުމެ މާރިޔާ ހައްޔަރުކުރަން ޖެހޭ"
ދިވެހި ސިފައިން ނިކުމެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މާރިޔާ ދީދީ ހައްޔަރުކުރަން ޖެހޭކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
20 Feb 2023
ރައީސް ނަޝީދުގެ ދެ މަންދޫބުން ޤާސިމާއި ބައްދަލުކޮށްފި
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފި އެވެ.
20 Feb 2023
ބޭރު ފަރާތެއްނަމަ ތިލަފުށިން ބިން ދޫކުރާނީ ކުއްޔަށް: އެޗްޑީސީ
ތިލަފުށިން ބީލަމުގެ އުސޫލުން ބިން ދޫކުރާއިރު ބޭރު ފަރާތްތަކަށް ދޫކުރާނީ ކުއްޔަށް ކަމަށާއި، އެފަދައިން ބިންތައް ދޫކުރާނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމަށް އެޗްޑީސީން ބުނެފިއެވެ.
19 Feb 2023
ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމާ ސާވިސް ޓްރެއިނިން ދީފި
އދ އަތޮޅުގެ ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމާ ސާވިސް ޓްރެއިނިން ދީފި އެވެ.
19 Feb 2023
"ކޯލިޝަން ހަަދައިގެން ދައުލަތް ބަހާ އުސޫލު ބަލައެއް ނުގަނެވޭ"
ކޯލިޝަން ހަދައިގެން ދައުލަތް ބަހާ އުސޫލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
19 Feb 2023
"އިދިކޮޅުން ތެޅިފޮޅުނަސް ވެރިކަމަށް ހުވާކުރައްވާނީ ރައީސް ޞާލިހު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އޮތް ތާއީދު ފެނި އިދިކޮޅުން ތެޅި ފޮޅެން ފަށައިފިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
18 Feb 2023
ޓިކެޓު ޖަލްސާގެ ބޮޑު މައުލޫއަކަށް ކުރީ ސަރުކާރު!
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ހަވާލުކުރުމަށް ހުކުރު ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގެ ބޮޑު މައުލޫއަކަށްވީ ކުރީ ސަރުކާރެވެ.
18 Feb 2023
މާރިޔާ ސިފަކުރެއްވީ "އިންޑިއާ އައުޓު" ގޮވާ މީހުން ޑީޕޯޓުކޮށްލުމަކީ ދެން ތިބީންނަށް ފިލާވަޅެއްކަމަށް!
އާއިލާއާއެކު ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ޞަމަދު ހައްޔަރުކޮށް ޑީޕޯޓުކޮށްލަން ޖެހުނީ ޞަމަދަކީ އިންޑިއާއަށް އެއްޗެހި ކިޔާ މީހަކަށް ވާތީކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
18 Feb 2023
"އިންޑިއާ ރުއްސަން ދިވެއްސަކަށް ޖޯކު ޖެހުން ބަލައެއް ނުގަނެވޭ، މިނިސްޓަރު މާފަށް އެދެން ޖެހޭ"
ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފުތަކަށް ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވާ މާރިޔާ އަހުމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތް ކުރީ އިންޑިއާ ރުއްސަން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
18 Feb 2023
106 ބައިވެރިންނާއެކު ކަނޑުފޯރި، ފޯރިއާއެކު ކުރިއަށް!
ރާއްޖޭގެ އެކި ކަންކޮޅުކުން ޖުމުލަ 106 ބައިވެރިންނާއިއެކު ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭސް ފަށައިގެން ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށް ރޭސް އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.
18 Feb 2023
މަސްތުވާތަކެތި ޓްރެފިކް ކުރި ދެ ދިވެހިން ހައްޔަރުކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.
18 Feb 2023
"މިހާރު ތައްޔާރުކުރާ ސިފައިން ފިނިކޮޓަރިއަށް ލައިގެން ރޯކަށް ނުފަށާނެ"
ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމުން ޑީޕޯޓުކޮށްލި ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ޞަމަދަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަލާމަތް ކުރައްވައިފި އެވެ.
18 Feb 2023
"ރައީސް ޔާމިނަށް ކުރި ވަރުގެ ހަލާލު ހުކުމެއް ތާރީހުގައިވެސް ނުކުރޭ"
ވ. އާރަށުގެ ޚިޔާނާތް ސާބިތުވާކަމަށް ކަނޑައަޅާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށްވުރެ ވަކި "ހަލާލު" ހުކުމެއް ތާރީހުގައިވެސް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
18 Feb 2023
"ޞާލިހު ގެނެސްދިނީ ނޫރާނީ ދައުރެއް، ދައުލަތުގެ ސިފަ ޖައްސައިދީފި"
ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ ޖައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
18 Feb 2023
ފައްޔާޒު ގޮވާލެއްވީ ޒާތީ ތައައްސުބު އެއްފަރާތްކޮށް ގުޅިގެން މަސައްކަތް ކުރުމަށް
އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމުގައި ދެމިއޮވެވޭނީ ޒާތީ ތައައްސުބު އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
18 Feb 2023
"އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޖެހޭ، އަޅުގަނޑަކީ އެމްޑީޕީ މީހެއް"
ކުރިއަށްއޮތް ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނަކީ އެމްޑީޕީ ބޭފުޅެއްކަން ހަނދާން ކޮށްދެއްވައިފި އެވެ.
17 Feb 2023
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިހު އަތްޕުޅަށް އަރުވައިފި
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފި އެވެ.
17 Feb 2023
ހިޔާ ފްލެޓު ފިނިޝިންއަށް ނެގި ލޯނާއި، ދައްކަމުންދާ ކުލި މާފުކޮށްދިނުމަށް ގޮވާލައިފި
ރާއްޖޭގައި މަޝްރޫއު ހިންގަމުންދާ އިންޑިއާގެ 5 ކުންފުންޏަކަށް އިންކަމް ޓެކްސް މާފުކޮށްދިން ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ނެގި ލޯނުތައް މާފުކޮށްދީ، އެ ފްލެޓުތަކަށް ނިކަމެތިން ދައްކަމުންދާ ކުލި މާފުކޮށްދިނުމަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއްކަމަށްވާ އާންމުންގެ އެކުވެރި ޖަމުއިއްޔާއިން ގޮވާލައިފި އެވެ.
17 Feb 2023
"މިއަދު ވެރިކަން ކުރަމުން ދަނީ ހެޔޮވެރިކަމާއި ދިމާ އިދިކޮޅަށް"
އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން މިއަދު ވެރިކަން ކުރަމުން ދަނީ "ހެޔޮވެރިކަމާ" ދިމާ އިދިކޮޅަށް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.