ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
27 Feb 2023
"ފައިސާގެ މައްސަލާގައި ބީއެމްއެލް ޒިންމާ ނުކުރެވޭނަމަ މައްސަލަ ވާނީ ބޮޑު"
ސައިބާ ސްކޭމްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވސްގެ އެކައުންޓަކުން ކަސްޓަމަރެއްގެ ފައިސާ ގެއްލިއްޖެކަމަށް ވާނަމަ. އެކަމުގެ ޒިންމާ ބޭންކް އޮފް މޯލްޑިވްސްއިން ނަގަން ޖެހޭކަމަށް މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
27 Feb 2023
"ރާއްޖޭގެ 80% ދީނީ އިލްމުވެރިން އަދާލަތުގެ ނިންމުމާއި ދެކޮޅު"
ރާއްޖޭގެ 80 އިންސައްތަ ދީނީ އިލްމުވެރިން އެމްޑީޕީއާއެކު ކޯލިޝަން ހަދަން އަދާލަތުން ނިންމި ނިންމުމާއި ދެކޮޅުކަމަށް ޝެއިޚް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
27 Feb 2023
ސޮވްރިން ފަންޑުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓަރަށް!
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ހުރިހާ ބާރުތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދިނުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
27 Feb 2023
"ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމް"
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމުން ކަމަށާއި، އެއީ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
27 Feb 2023
"ނަޝީދާއި ނުލާ އެމްޑީޕީ އޮންނާނެކަމަށް ޤަބޫލެއް ނުކުރަން"
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނުލައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮންނާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
27 Feb 2023
"ސިޔާސީ ތަޖުރިބާ ރަނގަޅު ކުރެވޭނީ ގައުމު އިސްކުރެވިގެން"
ސިޔާސީ ތަޖުރިބާ ރަނގަޅު ކުރެވޭނީ ތިމާއަށް ބޭނުންވާ އެއްޗަކަށްވުރެ ބޮޑަށް ޤައުމު އިސްކުރެވިގެންކަމަށް ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި އަބްދުﷲ އަމީނު ވިދާޅުވެއްޖެ އެވެ.
27 Feb 2023
"ނާކާމިޔާބު ޤަބޫލު ނުކުރެވޭ މީހުން އިންތިޚާބަށް ކުރިމަތިލައިގެން ނުވާނެ"
ނާކާމިޔާބީ ޤަބޫލުނުކުރެވޭ މީހުން އިންތިޚާބަށް ކުރިމަތިލައިގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ޖޭޕީގެ ސްލޮޓެއްގައި ފިޝަރީސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
27 Feb 2023
ފުލުހުން ޓޭޒާގަން ބޭނުންކުރަން ފަށައިފި
ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ކަރަންޓް ޝޮކް ޖައްސާ ޓޭޒާ ގަން ބޭނުން ކުރަން ފަށައިފިއެވެ.
27 Feb 2023
މާލެ ސިޓީކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި
މާލޭ ސިޓީ ކައުންސިލުގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި އެވެ.
26 Feb 2023
މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތުގައި!
މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
26 Feb 2023
"ރައީސް ޞާލިހަށް ކޯލިޝަންވެސް ނުހިފެހެއްޓުނު، އެމްޑީޕީވެސް ނުހިފެހެއްޓުނު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ސަރުކާރު ކޯލިޝަންވެސް އެގޮތުގައި ދަމަހައްޓާނުލެވުނުކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
26 Feb 2023
ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމު ނަހުލާ ކަށަވަރު ކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަޤާމު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކަށަވަރުކުރައްވައިފި އެވެ.
25 Feb 2023
ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހުގައި ވާދަކުރަން ޤަރާރު ފާސްކޮށްފި، ގޮތް ނިންމާނީ ކައުންސިލުން!
ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
25 Feb 2023
ފައްޔާޒު އިބުރާއަށް: ވިސްނުން ކޮށީ، ނޫނީ ނަފްރަތު ބޮޑީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ކުރެވިދާނެކަމާމެދު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު އުފެއްދެވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހޫނު ރައްދެއް ދެއްވައިފި އެވެ.
25 Feb 2023
ގޮތް ނިންމާ ޤަރާރުގެ ބަހުސް ފަށައިގެން ކުރިއަށް!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ގޮތަކާއި ގުޅޭގޮތުން ގޮތް ނިންމުމަށް އެދި ހުށައެޅި ޤަރާރަށް ބަހުސްކުރަން ފަށައިފި އެވެ.
25 Feb 2023
"ނަޝީދު ވަކިކުރަން އުޅެފި ނަމަ, ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން"
މަޖިލީހުގެ ރައީސްކަމުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަސައްކަތް ކުރާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށައަޅުއްވާނެކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންޒާރު ދެއްވައިފި އެވެ.
25 Feb 2023
"ކެތްތެރިވެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ތިބޭނަން"
ކެތްތެރިކަން އިސްކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަނބުރާ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣާއްސާސް މައުމޫނު ވިދާޅުވެއްޖެ އެވެ.
25 Feb 2023
"ވެރިކަން ދަމަހައްޓަން މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފައިވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
25 Feb 2023
ޖޭޕީގެ ތިން މަގާމަގަށް ވޯޓާއި ނުލާ 3 ބޭފުޅުން ހޮވައިފި
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްއާއި، ނައިބުރައީސް އަދި އަންހެނުންގެ ލީގުގެ ސެކެޓްރީގެ މަގާމަށް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އެ މަގާމުތަކަށް އޮޓޮއިން 3 ބޭފުޅުން އިންތިޚާބުވެއްޖެއެވެ.
25 Feb 2023
"މިދަނީ ސަރުކާރު ދަމަހައްޓާ ފޯމިއުލާ ކުރަހާ ކުލަޖައްސަމުން"
މި ސަރުކާރު ދަމަހައްޓާ ފޯމިއުލާ ކުރަހާ ކުލަޖައްސަމުން ދާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
25 Feb 2023
"ނައިބުރައީސްއަށް ދައުވަތު އެރުވި، ވަޑައިނުގެންނެވި ސަބަބެއް ނޭނގޭ"
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްއަށް އެ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސްކަމުގައި ހުންނެވި ފައިސަލް ނަސީމަށް ދައުވަތު އަރުވާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
25 Feb 2023
"އަޅުގަނޑަށްވެސް ނިމުން އަންނޭނެ، އެކަމަކު ޕާޓީ ކުރިއަރުވާނެ ލީޑަރުން ތިބެން ޖެހޭ"
ޤާސިމް އިބްރާހިމް ނެތަސް ޖުމްހޫރީ ޕާޓީ ހިންގާނެ ހަރުދަނާ ލީޑަރުން ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
25 Feb 2023
ޖޭޕީގެ ލީޑަރަކީ ޤާސިމުކަން ރަސްމީކޮށް އިއުލާނުކޮށްފި
ކުރިއަށް އޮތް ދައުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ޤާސިމް އިބްރާހިމްކަމަށް އެ ޕާޓީއިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ. އެކަން އިއުލާނުކޮށްފައިވަނީ މިހާރު ކުރިއަށް ދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.
24 Feb 2023
އެމްޑީއޭގެ ނިންމުމަށް ރައީސް ޞާލިހު މަރުހަބާ ދަންނަވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް ރައީސް ޞާލިހު މަރުހަބާ ދަންނަވައިފި އެވެ.
24 Feb 2023
ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ޗެއާ އަކަށް ޝައުގީ، ނައިބަކަށް ރިޔާޒު!
ޖުމްހޫރީ ޕާޓީއިން މިއަދާއި މާދަން ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ޗެއާމަނަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ މަޚުމޫދު ޝައުގީ އައްޔަންކޮށްފި އެވެ.
24 Feb 2023
ޖޭޕީގެ އަސާސީ ގަވައިދަށް ހުށައެޅި 3 އިސްލާހު ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެނައުމަށް އެޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ހުށައެޅި ތިން އިސްލާހު، މިހާރު ކުރިއަށްދާ އެޕާޓީގެ ގައުމީ ކޮންފަރެންސް ތެރެއިން ފާސްކޮށްފި އެވެ.
24 Feb 2023
"ޖޭޕީ އަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް، ގުޅިވަޑައިގަންނަވާ"
ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދޮރު ހުރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށްވެސް ހުޅުވިފައި ކަމަށެވެ.
24 Feb 2023
"ގުޅިފަޅުން ފެނުނީ އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާގެ ހަށިގަނޑު"
ގުޅިފަޅުގައި ހަދާފައިވާ އެފްކޯންސްގެ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު ފެނުނު ކަށިތަކަކީ، އެ ހާދިސާގައި ގެއްލިގެން ހޯދި މީހާގެ ކަށިތައްކަން ފުލުހުން ކަށަވަރުކޮށްދީފި އެވެ.
23 Feb 2023
"އެމްޑީއޭއާއި ޕީޕީއެމް އަކީ އެއްބަޔެއް، ކޯލިޝަން ހަދާނެކަމުގެ އުންމީދު ބޮޑު"
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ އެއްބަޔެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
23 Feb 2023
ރިޔާސީ އިންތިޚާބަށް ގޮތް ނިންމާ ބައްދަލުވުނ ޖޭޕީން މާދަން ފަށަނީ!
900 އަށްވުރެ ގިނަ މަންދޫބުންނާއެކު ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މާދަން ފަށާނެކަން އިއުލާނުކޮށްފި އެވެ.