07 Feb 2023
އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިއަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި!
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކުރަމުންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ޗެނަލް-13 ގެ ކެމެރާމަން އަހުމަދު މިސްބާހަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.