ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
28 Jan 2023
ލ. މުންޑޫގައި ވޯޓުލާން ފެށީ ނަޝީދުގެ މަންދޫބުން ނެތި: ހަސަން ލަތީފު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު 9:00 ގައި ފަށާފައިވާއިރު، ލ. މުންދޫގައި ވޯޓުލާން ފެށީ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއް ނެތިކަމަށް މި އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
28 Jan 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން ފަށައިފި!
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ލިބޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން ފަށައިފިއެވެ.
27 Jan 2023
ރިޔާސީ ޕްރައިމަރީގެ ފޯރިގަދަ ކެމްޕޭނު ނިންމާލާ ވޯޓުލާން ތައްޔާރުވެއްޖެ!
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަ ކެމްޕޭނު ނިންމާލައިފިއެވެ.
27 Jan 2023
"ރައީސް ޞާލިހު ލޯނު ނުނެންގެވިނަމަ ރައްޔިތުން ބަނޑަށް ޖެހުނީސް"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެ ވެރިކަމުގައި ދަރަނި އިތުރުވަމުންދާތީ ފާޑުކިޔާ ފަރާތްތަކަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.
27 Jan 2023
ރާއްޖެއިން ބޭރުކުރާ މަހުގެ ޑިއުޓީ "ވަރަށް އަވަހަށް" ކަނޑާލާނެ: ރައީސް ޞާލިހު
ދިވެހިރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކެނޑިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
27 Jan 2023
ސަރުކާރުން ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލައިފި، ސެޕްޓެމްބަރުގައި ހުޅުވަން ތައްޔާރުވަނީ
އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާ އެކަން އެ ރިސޯޓު ހިންގާ ކުންފުންޏަށް އަންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
27 Jan 2023
އިދިކޮޅުގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފި އެވެ.
27 Jan 2023
"ފާއިތުވި 40 އަހަރު ނުކުރާހާ ގިނަ ކަންކަން މި ދަނީ ކުރަމުން"
ފާއިތުވި 40 އަހަރު ތެރޭގައި ނުހިންގާ ގިނަ މަޝްރޫއުތައް ވެރިކަމުގެ 4 އަހަރު ދުވަހުގެ ތެރޭގައި ކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
27 Jan 2023
ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހޭފަދަ ސަލާމަތީ ނުރައްކަލެއް ނެތް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނު ޖަލްސާ ނިންމާލީ ސަލާމަތީ ނުރައްކަލެއް އޮތުމުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރަމުންދާ ޚަބަރު ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފި އެވެ.
27 Jan 2023
ފޭދޫގައި 75 ހައުސިން ޔުނިޓުއަޅަން ހަވާލުކޮށްފި
އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފިއެވެ.
26 Jan 2023
ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބާކީކުރަން: އިދިކޮޅު
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ އެކަހެރިކޮށް ބާކީ ކުރުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ.
25 Jan 2023
ބައިނަލްއަގުވާމީ ފަރާތްތަކުން އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިއްޖެ: އިދިކޮޅު
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމަށް ކުރާނެކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަމައުގައި އެމްޑީޕީއިން ހެދީ ދޮގުކަން ފަޅާއަރާ، އެ ފަރާތްތަކުން އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިފައިވާކަމަށް އިދިކޮޅުން ބުނެފިއެވެ.
22 Jan 2023
"ހަރާން ހުކުމްކޮށްފަ ރައްޔިތުންގެ ގާތަށް ދިޔައިމަ ހަނު ތިބޭނެކަމަށް ހީނުކުރާތި"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހަރާން ހުކުމެއް ކުރެއްވުމަށްފަހު ރައްޔިތުން ގާތަށް ވަޑައިގަތުމުން، ރައްޔިތުން ހަނު ތިއްބަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހީފުޅުކުރައްވައިގެން ނުވާނެކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
21 Jan 2023
އެފްޑީސީގެ 13 ޓަވަރަށް މިއަހަރު އޯގަސްޓު މަހުގައި މީހުން ވަންނާނެ!
ފަހިދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުގެ ތެރެއިން ފުރަތަމަ ތޭރަ ޓަވަރުގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި މީހުން ދިރިއުޅެން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
21 Jan 2023
"ރައީސް ޔާމީން އޮންނާނީ ޖަލުގައި، 2023 އަށް ކެންޑިޑޭޓެއް ހޯދަން އުޅޭ"
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެން ސަލާމަތެއް ނުވާނެކަމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ހޯދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
21 Jan 2023
"މާލޭ ރައްޔިތުން ތިބީ ރައީސް ޞާލިހަށް ވޯޓު ދޭ ހިތުން ކެތްމަދުވެފަ"
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާހިލަށް ވޯޓު ދޭ ހިތުން މާލޭ ތައްޔިތުން ތިބީ ކެތްމަދުވެފައިކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
21 Jan 2023
"ނަޝީދު އެމްޑީޕީ ސަރުކާރަށް ވަގަށް ގޮވާތީ ދެރަވޭ"
ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން އެބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސަރުކާރަށް ވަގަށް ގޮވާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
21 Jan 2023
"ރައީސް ޔާމީނަށް ހުކުން ޖެހީ މައްސަލަ ދިރާސާ ނުކޮށްކަން ރިޕޯޓުން ހާމަވޭ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލު ހުކުން ކުރެއްވީ އެ މައްސަލަ ރަނގަޅަށް ދިރާސާކުރައްވާފައި ނޫންކަމަށް ރައީސް ޔާމިންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ވެދާޅުވެއްޖެ އެވެ.
21 Jan 2023
"އިންތިޚާބު ނިމިއްޖެ، ސާފު މެޖޯރިޓީއާއެކު އިބޫ މޮޅުވާނެ"
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަފާތުބޮޑުކޮށް މޮޅުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.
21 Jan 2023
"އެމްޑީޕީ ނޫން އެންމެން އެމްޑީޕީއާ ދެކޮޅުވުމަކީ އާންމު މެމްބަރުންގެ ކުށެއް ނޫން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނޫން އެންމެން އެމްޑީޕީއާއި ދެކޮޅުވުމުގައި ޕާޓީގެ އާންމު މެމްބަރުންގެ ކުށެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
20 Jan 2023
"ހަނިމާދޫ އެއާޕޯޓަށް ޖީއެމްއާރަށް ދިން ވަރުގެ ބޮޑު ބަދަލެއް ދޭން ޖެހޭނެ"
ހަނިމާދޫ އެއާޕޯޓު އަނބުރާ ހޯދަން މީގެކުރިން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިން ވަރުގެ ބޮޑު ބަދަލެއް ދޭން ޖެހޭނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
20 Jan 2023
"ރައީސް ޔާމީންއަށް ހުކުން ޖަހާ ކޮންމެ ފަހަރަކު ކުރިމަތީގައި އިންތިޚާބެއް އޮތުމަކީ އިއްތިފާގެއް ނޫން"
ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަހަރަކު ކުރިމަތީގައި އިންތިޚާބެއް އޮތުމަކީ އިއްތިފާގެއް ނޫންކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ޕީޕީއެމްގެ އެޑްވައިސަރު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
20 Jan 2023
ސަރުކާރުން ވާދަވެރި ސިޔާސީ ލީޑަރަށް އަނިޔާކުރާކަން ދުނިޔެއަށް އެނގޭ: އިދިކޮޅު
ޑިމޮކްރަސީގެ ހަމަތައް އެއްފަރާތްކޮށް ސަރުކާރާއި ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މި ސަރުކާރުން އަނިޔާވެރިވަމުންދާކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް އައިސްފައިވާކަމަށް އިދިކޮޅުން ބުނެފި އެވެ.
19 Jan 2023
"ދައުރު ނިމުމުގެ ކުރިން ބިލެއްފަހީގައި އެއަރޕޯޓު އަޅަން ފަށާނަން"
މި ދައުރު ނިމުމުގެ ކުރިން ބިލެއްފަހީގައި އެއަރޕޯޓު އެޅުމުގެ މަސައްކަތް ފައްޓަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާހިލު ވިދާޅުވެއްޖެ އެވެ.
19 Jan 2023
"ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ރިޕޯޓުގައި އޮތް އެއްޗަކާ ދިމައެއް ނުވޭ"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށުގެ ޚިޔާނާތް ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ހުކުމާއި، އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި އޮތް އެއްޗަކާ ދިމާނުވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
19 Jan 2023
"ރައީސް ޔާމީނު ހުންނެވި ގަދަކޮށް، އެދިވަޑައިގަތީ ސަރުކާރަށް ދޫ ނުދިނުމަށް"
ވާދަވެރި ސިޔާސީ ލީޑަރު އަދު ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާ ރައްޔިތުންނަށް ދެއްވި ޚާއްސަ މެސެޖެއް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިއްސާކުރައްވައިފި އެވެ.
19 Jan 2023
"ވިލިމާލެއަށް ބަސްތައް އެރުވީ ކައުންސިލަށް ވަގަށް"
އެމްޓީސީސީއިން ވިލިމާލެއަށް މިނީ ބަސްތައް އެރުވީ ސިޓީ ކައުންސިލްއަށް އެންގުމަކާއި ނުލާ ވަގަށްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
19 Jan 2023
ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
19 Jan 2023
"ޖަޒުބާތުތައް އެއްފަރާތް ނުކޮށް ގައުމެއް ނުހިންގޭނެ"
ގައުމު ހަމަމަގަށް ހިންގޭނީ އުސޫލުތަކާއި ހަރުދަނާ ޕްލޭނެއްގެ ތެރެއިން ކަމަށާއި، އެ ކަމަށްޓަކައި ވަރަށް ގިނަ ޖަޒުބާތުތަކާއި އިހުސާސްތައް އެއްފަރާތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާހިލު ވިދާޅުވެއްޖެ އެވެ.
19 Jan 2023
ދާއިރާތަކުގައި ހުސްވެފައިވާ ޕީޕީއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ބައެއް ދާއިރާތަކުގައި ހުސްވެފައިވާ ޕީޕީއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލައިފިއެވެ.