ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
05 Jan 2023
ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ
ގދ ދާންދޫ ކައިރިން ޑިންގީއެއް އަޑިއެއްގޮސްގެން ރިޕޯޓުކޮށްފައިވާ ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
05 Jan 2023
ރައީސް ސޯލިހު ރިއެކްޓު ކުރައްވައިފި!
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވާ ރައީސް ސޯލިހު ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާ ރިއެކްޓުކޮށްފި އެވެ.
05 Jan 2023
"ރިޔާސީ އިންތިޚާބުގައި ސަރުކާރުން ބަހާ ފައިސާ ނެގިޔަސް ވޯޓު ނުދޭތި"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ރައްޔިތުންެ ވޯޓު ގަތުމަށް ފައިސާ ބަހާނެކަމަށާއި، އެ ފައިސާ ނެންގެވި ނަމަވެސް ރައްޔިތުންގެ ވޯޓު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދައިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ.
05 Jan 2023
މުޅި ރާއްޖެއިން އިވެނީ "ރައީސް ސޯލިހު ކުރިއަށް" ގޮވާ އަޑު :ޝާހިދު
ރާއްޖޭގެ އިތުރާއި ދެކުނާއި އަދި މެދުރާއްޖެތެރެއިން ވެސް އިވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވާ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ގޮވަމުން ދާ އަޑުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
05 Jan 2023
ޚިޔާލު ފާޅުކުރުމުގެ ހައްގު ތަންމިނަށް: ހަރުގޭގައި ޖަލްސާ، ބޭރުގައި އިދިކޮޅުގެ މުޒާހަރާ!
ޚިޔާލު ތަފާތުވުންތައް ހުއްޓަސް، ޚިޔާލު ފާޅުކުރުމުގެ ހައްގު ލިބެން ޖެހެއެވެ. އަދި ހަމަނުޖެހުން ނުހިންގާވެސް ޚިޔާލު ފާޅުކޮށް އަޑުއުފުލިދާނެކަން ބުދަ ދުވަހުގެ ރޭ ދިވެހިން ދަސްކޮށްފިއެވެ.
05 Jan 2023
"ކަމެއްކޮށް ނުދެޔޭ ވިދާޅުވިއިރު ނަޝީދު ހުރީ ސަރުކާރުން އެޅި ތާރުގަނޑު މަތީ"
ފުވައްމުލަކު ސިޓީގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއުތައް ހިންގިފައި ނުވާކަމަށް އެރަށަށް ކެމްޕޭނު ދަތުރުފުޅެއްގައި ވަޑައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްދުދެއްވައިފި އެވެ.
05 Jan 2023
"ޕާޓީތެރެއިން ސަރުކާރު ބަދުނާމު ކުރުން މިހާރު ހުއްޓާލާ"
ސަރުކާރު ބަދުނާމުކޮށް އެމްޑީޕީގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
05 Jan 2023
"އެކުގައި ނުތިބެވޭ ވަރަށް ފާޑުކިޔުމަކީ ހައްދުން ނެއްޓުން"
އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނިކުމެބަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އޭނާގެ ވަފާތެރިން ރައީސް ސޯލިހަށް ފާޑުކިޔުމުގައި ހައްދުފަހަނަ އަޅާފައިވާ ކަމަށް މި އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެ އެވެ.
05 Jan 2023
އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ އަޅުގަނޑަށް އެނގޭ: ރައީސް ސޯލިހު
އިންތިޚާބުތައް ކާމިޔާބުކުރައްވާނެ ގޮތުގެ ފޯމިއުލާ އެނގިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
05 Jan 2023
މާރިޔާ ނަޝީދަށް: ތާއީދުކުރާ މެމްބަރަކު ދަފްތަރުގައި ނެތިއްޔާ ވާދަކުރައްވަނީ ކީއްކުރަންތޯ؟
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅަކު ހުރިކަމަށް ގަބޫލުފުޅު ނުކުރައްވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވަނީ ކީއްކުރަންތޯ އައްސަވާ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ރައީސް ނަޝީދާއި ސުވާލުކުރައްވައިފި އެވެ.
04 Jan 2023
އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން: ރައީސް ސޯލިހު
އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
04 Jan 2023
ހިޔާ ފްލެޓް ޑޯ-ޓު-ޑޯ އަށް ނަޝީދު ވަޑައިގަތީ އެންމެ ފްލެޓަކަށް!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިޔާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށް ގެންދިޔަ ޑޯ-ޓު-ޑޯ ހަރަކާތުގައި އެންމެ ފްލެޓަކަށް ވަދެވަޑައިގަތުމަށްފަހު އެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންފި އެވެ.
04 Jan 2023
ނަޝީދާއި ދެކޮޅަށް ޝުއޫރު ފާޅުކުރި އަންހެނަކަށް ހަމަލާދީފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ދިރުއެޅޭ ރައްޔިތުން ނުރުހުން ފާޅުކޮށް އަޑުއުފުލަމުން ދަނިކޮށް ނަޝީދުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި އެވެ.
04 Jan 2023
ވޯޓު ހޯދަން ހިޔާ ސަރަހައްދަށް ދިއުމުން ނަޝީދާއި ދެކޮޅަށް އަޑުއުފުލައިފި!
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯއްދެވުމަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ނަޝީދާއި ދެކޮޅަށް އަޑުއުފުލައިފި އެވެ.
04 Jan 2023
އިދިކޮޅުގެ ހަރަކާތަކީ މާކުރިން ރާވާފައިވާ ހަރަކާތެއް: ހީނާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަން އިއުލާނުކުރި ހަރަކާތަކީ މާކުރިން ރާވާފައިވާ ހަރަކާތެއްކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
04 Jan 2023
"އިދިކޮޅު މުވައްޒަފުން ގޮވައިގެން ވެރިކަން ކުރަން އެނގުނީ ހަަމައެކަނި ރައީސް ސޯލިހަށް"
އިދިކޮޅު މުވައްޒަފުން މަގާމުތަކުގައި ބައިތިއްބައިގެން ވެރިކަން ކުރައްވަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެނިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަފީރު(ކެލާ ޝަރީފް) ވިދާޅުވެއްޖެއެވެ.
04 Jan 2023
"ރައީސް ޔާމީން ޖަލަށް ލާ ނަޝީދު ނިކަމެތިކުރުމަކީ ބޮޑު ގޯހެއް"
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިކަމެތިކޮށްލުމަކީ މި ސަރުކާރުން ހަދަމުންދާ ބޮޑު ގޯހެއްކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
03 Jan 2023
އިދިކޮޅުގެ އިހުތިޖާޖުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު ޑރ މުއިއްޒު ހައްޔަރުކޮށްފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ހައްޔަރުކޮށްފި އެވެ.
03 Jan 2023
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު ނެރިއްޖެ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މެމްބަރުންގެ ލިސްޓު އާންމުކޮށްފި އެވެ.
03 Jan 2023
ފަޅުތެރެއަށް ކަޅުތެޔޮ އެޅެން ދިމާވި ސަބަބު އަދި ނުހޯދޭ: އީޕީއޭ
މާލޭ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް ކަޅުތެޔޮ އެޅެން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް އެންވަޔަރުމަންޓު ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނެފިއެވެ.
03 Jan 2023
އައިއެމްއެފްގެ ރިޕޯޓު ހޯދަން އީވާ އެދިވަޑައިގެންފި
ރާއްޖޭގެ މާލީ ހާލަތު ވަޒަންކޮށް އައި.އެމް.އެފް އިން ނެރުނު ރިޕޯޓު ހޯދުމަށް މަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ އެދިވަޑައިގެންފި އެވެ.
03 Jan 2023
ފުއްގިރި މައްސަލަ: އަދީބުގެ ވަކީލެއް ކަނޑައެޅުމުން ތަނާޒުލްވާން އެދިއްޖެ!
ފުއްގިރި މައްސަލައިގެ ޝަރީއަތް ހިންގުމަށް ކުރީގެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއް އައްޔަންކުރުމުން ތަނާޒުލްވާން ދިފާއީ ވަކީލުން އެދިއްޖެއެވެ.
03 Jan 2023
މާލެ ފަޅުތެރެއަށް އެޅުނު 700 ލީޓަރުގެ ތެޔޮ ނަގައިފި
މާލޭގެ އިއްޒުއްދީން ފާލަން ކައިރިއާ ދިމާލުން ފަޅުތެރެއަށް އެޅިފައިވާ 700 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހާމަކޮށްފިއެވެ.
03 Jan 2023
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަޝްވަރާކޮށްފި
ލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
03 Jan 2023
"ރައީސް ސޯލިހު އިގްތިސާދީ ނިންމެވުންތައް ނިންމަވަނީ ސިޔާސީ މަންފާއަށް ބައްލަވާފައެއް ނޫން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިގްތިސާދީ ކަންކަން ނިންމަވަނީ ލިބިވަޑައިގަންނަވާނެ ސިޔާސީ މަންފާއަށް ވިސްނަވާފައި ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
03 Jan 2023
"ނިމިދިޔަ ގައުމީ ޤުރުއާން މުބާރާތް ބޭއްވީ އަމާބުނީތީ ފަރަށް ދާ ހެން"
ނިމިދިޔަ ގައުމީ ޤުރުއާން މިބާރާތް ބޭއްވި "އަމާ ބުނީތީ ފަރަށް ދާ" ގޮތަށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
02 Jan 2023
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވަން މާރިޔާ ދޮރުން ދޮރަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިބާރުކޮށްދިނުމަށް ކުރިއަށް ގެންދާ ޑޯ-ޓު-ޑޯ ކެމްޕޭނުގައި ޑިފެންސް މިނިސްޓަރު މާރީޔާ އަހުމަދު ދީދީ ހެންވޭރު ހުޅަނގުގެ ގެތަކަށް ޒިޔާރަތްކުރައްވައިފި އެވެ.
02 Jan 2023
"ނިކުމެ މިހުރީ ފްލެޓު ދޮންބެ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނަން"
މި ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ނުދެވުނަސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާ ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
02 Jan 2023
"ބޮޑާބަސް ވިދާޅުވިޔަސް ކޯލީޝަނާއި ނުލާ ނަޝީދަށްވެސް ވެރިކަމަށް ނާދެވޭނެ"
އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ވެރިކަމަށް އާދެވޭނީ ކޯލިޝަނެއްގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
02 Jan 2023
"2023 ގެ ނިންމުން ނިންމާއިރު ގައުމުގެ މަސްލަހަތު އިސްކުރައްވާ"
2023 އަކީ ރައްޔިތުން މުހިންމު ނިންމުމެއް ނިންމާނެ އަހަރެއްކަމަށާއި، އެ ނިންމުން ނިންމާއިރު ގައުމުގެ މަސްލަހަތު އިސްކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމް.އާރު.އެމް) އިން އިލްތިމާސްކޮށްފި އެވެ.