ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
19 Jan 2023
"ރާއްޖެ ތަރައްގީ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރީ އިންޑިއާ"
ދިވެހިރާއްޖެ ތަރައްގީ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރީ އަދި މިހާރުވެސް ކުރަމުންދަނީ އަވައްޓެރި އިންޑިއާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
19 Jan 2023
"ހަނިމާދޫ އެއަރޕޯޓު އަޅުން ތަކުރުންގެ ގައުމީ ޖިހާދަށް ކަޅޯއްފުންމި ބެންނެވުމާއި އެއްފަދަ"
ހަނިމާދޫގައި އިންޓާނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ގައުމު މިނިވަންކުރުމުގެ މަސައްކަތަށް ނިކުމެވަޑައިގަތުމަށް އުތީމު މުހައްމަދު ތަކުރުފާނު ކަޅޯއްފުންމި ބެންނެވުން ފަދަ މަސައްކަތެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
18 Jan 2023
"ހުރިހާ ރަށަކަށް ކަރަންޓު ދެވިއްޖެ، ގައިމު ކަމެއްކޮށް ނިންމިއްޖެ ތާ"
މި ވެރިކަމުގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ހުރިހާ ރަށަކަށް ކަށަވަރު ކޮށްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
18 Jan 2023
"ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަސް ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް"
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަސް ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
18 Jan 2023
ބަނގުރާ އުފުލި އާރްސީސީގެ ޑްރައިވަރު ޑީޕޯޓުކޮށްލައިފި
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ވެހިކަލަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އުފުލި ޑްރައިވަރު ޑީޕޯޓުކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
18 Jan 2023
އަނެއްކާވެސް އިންޑިއާއާއެކު އިތުރު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޑިއާއާއެކު ދިވެހި ސަރުކާރުން އިތުރު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
18 Jan 2023
އައްޑޫގައި ގާއިމްކުރާ ކުނިން ކަރަންޓު އުފައްދާ އެނާޖީ ޕްލާންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް!
އައްޑޫ ސިޓީ ރީޖަނަލް ވޭސްޓު މެނޭޖުމަންޓު ފެސެލިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ "ވޭސްޓް ޓު އެނާޖީ" ޕްލާންޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ގާތްގަނޑަށް ނިމުމަކަށް އައިސްފައިވާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
18 Jan 2023
"އަދީބާއި ޒިޔަތު ނުދައްކާ ގިނަ ވާހަކަތަކެއް ވ އާރަށު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވ އާރަށު މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށައެޅި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތާއި، ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ކޯޓަށް ދިން ހެކިބަހުގެ އިތުރުން ގިނަ ވާހަކަތަކެއް މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ހިމަނާފައިވާކަން ހާމަވެއްޖެ އެވެ.
18 Jan 2023
"މަސައްކަތް ކުރަން ލިބުނީ ދެ އަހަރު ބައި"
ކޯވިޑް-19 ގެ އާލަމީ ވަބާއާއި ގުޅިގެން ސަރުކާރުގެ ގިނަ ދުވަސްތަކެއް ބޭކާރުވެގެން ދިޔަ ކަމަށާއި، ހަގީގީ މަސައްކަތެއް ކުރުމަށް ލިބުނީ އެންމެ ދެ އަހަރާއި ބައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
18 Jan 2023
"ރައީސް ސޯލިހަކީ ވެރިކަން ހޯދުމުގެ ދަހިވެތިކަން އޮތް ބޭފުޅެއް ނޫން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެއްވެސް އިރެއްގައި ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވި ބޭފުޅެއް ނޫންކަމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
17 Jan 2023
"ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް އެމަނިކުފާނުގެ ކެމްޕޭނު ކުރިއަށް ގެންދާނަން"
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުބަންދުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް އިދިކޮލުން ބުނެފިއެވެ.
17 Jan 2023
"ވިލިމާލެއަށް ބަސްތަކެއް އަރުވާކަށް ރައްޔިތުން ބޭނުމެއް ނޫން"
ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ބަގީގެ ޚިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނިކޮށް މިނީ ބަހުގެ ޚިދުމަތް ކައިރި މުސްތަގުބަލެއްގައި ވިލިމާލޭގައި ފަށަން ސަރުކާރުން އިއުލާނު ކުރުމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
17 Jan 2023
ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން އިހަވަންދޫ ސުކޫލުކުދިން ނެރުނުކަމެއް މިނިސްޓްރީއަކަށް ނޭނގޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހއ އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިހަވަންދޫ ސުކޫލުގެ ދަރުވަރުން ނެރުނީ އެޑިއުކޭޝަން މިނިސްޓްރީއިން ހުއްދަ ހޯދައިގެން ނޫންކަން އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.
17 Jan 2023
"ރައީސް ސޯލިހުގެ ވެރިކަމުގައި ކޮންމެ 11 ދުވަހުން ޕްރޮޖެކްޓެއް ނިންމާ"
އެމްޓީސީސީއިން ގެންދަނީ ކޮންމެ 11 ދުވަހުން ޕްރޮޖެކްޓެއް ނިންމަމުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
17 Jan 2023
ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ ކޮންފަރެންސްއެއް ބާއްވަނީ
ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހަދައި، ފުލުހުން ދެމުންގެދާ ޚިދުމަތް ހަރުދަނާކުރެވޭނެ ކަންކަން ދެނެގަތުމަށް ޕޮލިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި ޚާއްޞަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.
17 Jan 2023
"އެމްޑީޕީ، ރައީސް ޔާމީނަށް ދުވަހަކުވެސް ހެވެއް ނޭދޭނެ،"
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ ދުވަހަކުވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހެޔޮއެދޭނެ ޕާޓީއެއް ނޫންކަން ރައްޔިތުން ހަނދާން ނައްތާނުލުމަށް އިދިކޮޅުން އެދިއްޖެ އެވެ.
17 Jan 2023
"ނަޝީދު މިހާރު ޕްރޮމޯޓު ކުރަނީ ރައީސް ޔާމީންގެ ސިޔާސަތު"
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ޕްރޮމޯޓުކުރަމުންދަނީ ކުރީގެ ރައީސް ޔާމީންގެ ސިޔާސަތުތައްކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
16 Jan 2023
ކެމްބޯޑިއާއާއި ރާއްޖެއާއި ދެމެދު 6 އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރުން ކެމްބޯޑިއާއާއިއެކު 6 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
16 Jan 2023
"ޕީޕީއެމް އޮތީ ބަދަހިކޮށް، ބައިބައި ކުރާކަށް ޖާގައެއް ނުދޭނަން"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނެވި މި ދަނޑިވަޅުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަން ބައި ބައި ކުރަން އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވާނެކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
16 Jan 2023
"ސަރުކާރުން ރައްޔިތުންގެ އަނގަމަތީ ޓޭޕު އަޅާ މާއްދާ 27 ކަފުންކޮށް ވަޅުލައިފި"
މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިއްބައިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅަމުންދާތީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ނުރުހުން ފާޅުކުރައްވައިފި އެވެ.
15 Jan 2023
"ރައީސް ޔާމީންގެ ނަންފުޅު 2023 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަންފުޅު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
15 Jan 2023
ނިމުނު އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 91.53 މިލިއަން ރުފިޔާ
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
14 Jan 2023
ނަޝީދުގެ ހިސާބު: ފެބުރައީ މަހުން ފެށިގެން ތަކެތީގެ އަގުތައް ދެގުނައަށް ބޮޑުވާނެ!
ކުރިއަށް އޮތް ފެބުރުއަރީ މަހުން ފެށިގެން ތަކެތީގެ އަގުތައް ދެގުނައަށް އުފުލިގެންދާނެކަމަށް ލަފާކުރެވޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
14 Jan 2023
"ޖަލު ބަލަހައްޓާ މީހުންނަކަށް އިތުބާރެއް ނެތް، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދީ"
ޖަލު ބަލަހައްޓަވާ ފަރާތްތަކަށް އިތުބާރު ނުކުރައްވާކަމަށާއި، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ގޮވާލައްވައިފި އެވެ.
14 Jan 2023
ހިތަދޫއާއި މަރަދޫއިންވެސް ގޮވާލީ ރައީސް ޔާމީން މިނިވަންކުރުމަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހިތަދޫ އަދި މަރަދޫއަށް ވަޑައިގަތުމުން ރައްޔިތުން މުޒާހަރާކޮށްފި އެވެ.
14 Jan 2023
ރައީސް ވަހީދު މެޓްރޯޕޮލިޓަން ކޮލެޖުގެ 2022 ވަނަ އަހަރުގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވައިފި
ސްރީލަންކާގެ މެޓްރޯޕޮލިޓަން ކޮލެޖުގައި 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ޝަރަފުވެރިކޮށްދެއްވައިފި އެވެ.
14 Jan 2023
ހިޔާ ސަރަހައްދުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ކުލިނިކެއް ހުޅުވަނީ!
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ކުލިނިކެއް ހުޅުވަން ނިންމައިފިއެވެ.
14 Jan 2023
އީރާނުގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ދަން ޖައްސައިފި!
އިނގިރޭސިންނަށް ޖާސޫސުކޮށްދޭކަމަށް އެއްބަސްވުމުން އީރާނުގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަލީ ރިޒާ އަކްބަރީ ދަންޖައްސައިފި އެވެ.
14 Jan 2023
ރިޕޯޓުތަކަށް ފައިސާ ނުދެއްކި، ރައީސް ޔާމީންގެ އިސްތިއުނާފަށް އިތުރު ހުރަހެއް!
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ކުރުން ލަސްވާ ސަބަބުތަކާއި ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމަށް އަމާޒުވަމުން ދިއުމާއި ގުޅިގެން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ބައެއް ރިޕޯޓުތައް އަދިވެސް ގާނޫނީ ޓީމަށް ފޯރުކޮށްދީފައި ނުވާކަމަށެވެ.
13 Jan 2023
ރައީސް ޔާމީނަށް ލިބޭ އިސްތިއުނާފު ކުރުމުގެ ހައްގަށް ސަރުކާރުން ވަނީ ހުރަސްއަޅާފަ"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރު ދުވަހުގެ ޖަލުހުމުން މަތީ ހޯޓުގައި އިސްތިއުނާފުކުރުމަށް އެމަނިކުފާނަށް ގާނޫނު އަސާސީއިން ލިއްބައިދީފައިވާ ހައްގަށް ސަރުކާރުން ހުރަސްއަޅާފައި ވާ ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.