މޫސާ ހުސައިން
މޫސާ ހުސައިން
މޫސާ ހުސައިން
14 Jan 2024
އަލުން ރާއްޖޭގައި ރާބިޠާގެ އޮފީހެއް ޤާއިމު ކުރުމަށް މަޝްވަރާކޮށްފި
މީގެ ކުރިން ރާއްޖޭގައި އޮފީހެއްގެ ގޮތުގައި ހުރި ޤާއިމުކޮށްފައިވާ ދުނިޔޭގެ މުސްލިމް ގައުމުތަކުން ބައިވެރިވާ ސައުދީ އަރައްބިއްޔާގެ ރާބިޠަތުލް އާލަމިލް އިސްލާމީގެ އޮފީހެއް އަލުން ރާއްޖޭގައި ޤާއިމުކުރުމަށް މަޝްވަރާ ކޮށްފިއެވެ.
14 Jan 2024
ޕީކު ސީޒަނަށް ސްޓެކްލޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފި
ކޮންމެ އަހަރެއްގެވެސް އެންމެ ހޫނު ދުވަސްވަރާއި ދިމާކޮށް މާލޭގެ ކަރަންތަސް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި ސްޓެކްލޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ.
14 Jan 2024
ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް، އެކަން ހަރާމް
ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމަށާއި، ޓެޓީޖެހުމަކީ ހަރާމް ކަމެއް ކަމަށް ދިވެހި ދަޢުލަތުގެ އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.
13 Jan 2024
ޔޫރަޕާއި، އެމެރިކާއިން ބޭސްގެންނަށް ފަށަނީ
ވަކި ޤައުމަކުން އެކަނި ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ ބޭސް އުފައްދާ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރާ ގޮތަށް ބަދަލުގެންނަން ނިންމާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Jan 2024
ތައިލެންޑާއި ޔޫއޭއީން އާސަންދަ ލިބޭގޮތް ހަދަނީ
ތައިލޭންޑާއި ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
13 Jan 2024
ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުއް ދޭނަން: ރައީސް
ސަރުކާރުން ދިވެހި ކޮންމެ ގޭބީސީއަކަށް އަންނަ ރޯދަމަހު ހަނޑޫބަސްތާއަކާއި ފުއްބަސްތާއެއް ދޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Jan 2024
އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން - ރައީސް
އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
13 Jan 2024
ކެންޕެއިންގެ އެއްވެސް ހަރަކާތެއް ސޯޝަލް ސެންޓަރަކު ނުހިނގާ: އީސީ
މާލޭ މޭޔަރަކު ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިހާބުގައި ވޯޓްފޮށި ބެހެއްޓިފައިވާ އެއް މަރުކަޒު ކަމަށްވާ ސޯޝަލް ސެންޓަރުގައި ކެންޕެއިންގެ އެއްވެސް ޙަރަކާތެއް ނުހިނގާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
13 Jan 2024
އުންމީދަކީ ޗައިނާ ފަތުރުވެރިން އިތުރުކުރުން – ފާތުން
އުންމީދަކީ ޗައިނާއިން މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 40 އިންސައްތަ އިތުރުކުރުން ކަމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.
13 Jan 2024
މަސްވެރިކަމުގައި ވައިގެ އުނޅަދު ބޭނުންނުކުރާ ސަބަބު މިއޮތީ
މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާވާ ސަބަބުތައް މިނިސްޓްރީ އޮފް ފިޝަރީޒު އެންޑު އޯޝަން ރި ސޯސްއިން ހާމަކޮށްދެއްވައިފިއެވެ.
13 Jan 2024
ރަތްކަނޑުގެ ހަމަނުޖެހުން ބޮޑުވެ، ކޮންޓޭނަރު އުފުލުމުގެ އަގުތައް ބޮޑުވެއްޖެ
ރަތް ކަނޑުން ލައިފައި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުފަހަރަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޠީ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެ، އެމެރިކާ އިސްވެ ޔަމަނަށް ބޮން އަޅަން ފެށުމުން ރަތް ކަނޑުގެ ހަމަނުޖެހުން ދިގު ދެމިގެން ގޮސްދާނެ ކަމުގެ ބިރު ބޮޑުވުމާއި އެކު ، ކަނޑުމަގުން ކޮންޓޭނަރުގައި މުދާ އުފުލުމަށް ނަގާ އަގުތައް އުފުލިއްޖެއެވެ.
13 Jan 2024
މިއަހަރުގެ ދެވަނަ ކުރޫޒު ލައިނާ ރާއްޖެ އައިސްފި
މިއަހަރުގެ ދެވަނަ ކުރޫޒު ލައިނާރ "އެމްއެސް ރިވޭރާ" މިއަދު މާލެ އަތުވެއްޖެއެވެ.
13 Jan 2024
މާލޭގައި ފެން ބޮޑުވި ސަރަޙައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފި
އިއްޔެގެ ރެއިން ފެށިގެން އިއްޔެއާއި އެކު މާލެއަށް ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
13 Jan 2024
އާޒިމާ ވޯޓްލައްވައިފި ، އެދި ވަޑައިގެންނެވީ ވީހާވެސް އަވަހަކަށް ނުކުމެ ވަޑައިގެން ވޯޓު ލެއްވުމަށް.
ސަރުކާރު ހިންގާ މައިޕާރޓީ ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވޯޓް ލައްވައިފިއެވެ.
13 Jan 2024
މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޙާބު ފަށައިފި
މިވަގުތު ހުސްވެފައިވާ މާލޭ މޭޔަރުކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯްތލުން މިއަދު 8 ޖަހައިރު ފެށިއްޖެއެވެ
12 Jan 2024
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެދުގެ ހޮސްޕިޓަލެއް އަޅަނީ
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެދުގެ ހޮސްޕިޓަލެއް އެޅިގެން ދާނެކަމުގައި ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
12 Jan 2024
ސަރުކާރުގެ މޭޔަރަކު ހޮވުން މުހިންމު: ރައީސް މުޢިއްޒު
ދިވެހި ސަރުކާރާއި މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ހުރަހަކަށް ވާނެ މީހަކު މޭޔަރެއްގެ ގޮތުގައި މިވަގުތު ޚިޔާރުކުރުމަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Jan 2024
މިހާވަރަށް ބަހުގެއިތުބާރު ހިފޭ ރައީސަކާއެކު މަސައްކަތެއް ނުކުރަން
ހަތަރުވަރަކަށް ރައީސުންނާއި އެކު މަސައްކަތް ކުރެއްވި އިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގެ ބަހުގެ އިތުބާރު ހިފޭ ވަރުގެ ބޭފުޅަކާއި އެކު މަސައްކަތް ނުކުރެއްވެވޭ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
11 Jan 2024
ޗައިނާއިން ރާއްޖެއަށް 1000 ސްކޮލަރޝިޕް
ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިވަގުތު ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
11 Jan 2024
އެމްއޭސީއެލްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދެނީ
އެމްއޭސީއެލްގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑުމާއި ގުޅިގެން އެމްއޭސީއެލްގެ އިންޖިނިއަރިންގ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ސްޓެލްކޯގެ އިންޖިނިއަރިންގް ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
11 Jan 2024
ރައީސް ތަސައްވަރު ޙަޤީގަތަކަށް ނުހެދުނީ އެއްބާރު ނުލިބިގެން
ކުރީ ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ޙަޤީގަތަކަށް ނުހެދުނީ ސަރުކާރުގެ އެއްބާރު ނުލިބިގެން ކަމަށް މި ސަރުކާރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާރޕާޝަން އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
11 Jan 2024
ހައްޔަރުކުރި އަޒޭ ކޯޓުން ދޫކޮށްލައިފި
ފިލްމީތަރި އަހުމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކޮށްފިއެވެ.
11 Jan 2024
އާސަންދައިން ޑީއެންއޭ ޓެސްޓް ހެދޭގޮތް ހަދައިފި
މީގެ ކުރިން ދިވެހި ދައުލަތުގެ އިންޝްއަރެންސް ނިޒާމު، އާސަންދައިގެ ދަށުން ނުހެދޭ ގޮތައް އޮތް ޑީއެންއޭ ޓެސްޓު މިހާރު ހެދޭނެ ކަމަށް، ހެލްތް މިނިސްޓްރީން ބުނެފިއެވެ.
11 Jan 2024
2023 ނިމުނު އިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި ހުރީ 140 މިލިއަން ޑޮލަރު
މިދިޔަ 2023 ވަނަ އަހަރު ނިމުނު އިރު ދިވެހި ރަޢުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި ހުރީ 140 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
11 Jan 2024
ޕަވަރ ހައުސް ނަގާ ދޮންއަދަރާދަ ހިނގުން އެއްކޮށް ހުޅުވާލަނީ
ދޮންއަދަރާދަ މަގުގައި ހުންނަ ސްޓެލްކޯގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ފަށައިފި އެވެ.
11 Jan 2024
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އާ ބާބެއް ފެށިގެން ހިނގައްޖެ
ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
10 Jan 2024
މާލެއަށް ބޯކޮށް ވާރޭ ވެހޭތީވެ، ސިފައިން ފެން ހިންދުމަށް ނިކުމެއްޖެ
މާލެއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެދާނެކަމަށް ބަލާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިންދުމުގެ މަސައްކަތައް ނުކުމެއްޖެއެވެ.
10 Jan 2024
ރާއްޖެ އާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެ އާއި ޗައިނާއާއި ދެމެދު 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. އެ އެމްއޯޔޫތަކުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ސޮއި ކުރައްވާފައި ވަނީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުންގެ ކުރިފުޅު މަތީގައެވެ.
10 Jan 2024
ޖުމުލަ 925 އެއާ ޓުރެފިކް މޫވްމަންޓާއެކު ވީއައިއޭއަށް މުޅިން އާ ރެކޯޑެއް
ޖުމުލަ 925 އެއާ ޓުރެފިކް މޫވްމަންޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މުޅިން އާ ރެކޯރޑެއް ޤާއިމު ކުރެއްވިއްޖެ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
10 Jan 2024
އައްޑޫ ބުރިޖާއި ހުވަދޫ ބުރިޖު އެޅުމަށް ޗައިނާއިން އިންވެސްޓަރުން ހޯދަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެމަފިރި ކަނބަލުން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި އިންވެސްޓަރުންނަށް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ބްރިޖާއި ހުވަދޫ ބްރިޖު ހިމަނައިފިއެވެ.