މޫސާ ހުސައިން
މޫސާ ހުސައިން
މޫސާ ހުސައިން
10 Jan 2024
ދައުލަތުގެ ޚަރަދު ހަމަޖެއްސުމަށް ޓީ-ބިލް ވިއްކަށް ފަށަނީ
ދިވެހި ދައުލަތުގެ ޚަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކަން ފަށާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
10 Jan 2024
ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރޞަތު ހަމައެކަނި ދިވެހި އޮޕަރޭޓަރުންނަށް ލިބޭގޮތަށް ހަދައިފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިޝްތިހާރު ކުރުމަށް ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުޞަތު ހަމައެކަނި ދިވެހި ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަލް އެޖެންޓުންނަށް ލިބޭގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
10 Jan 2024
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް މުޙައްމަދު މިހާދު ހަމަޖައްސަވައިފި
ރައީސް ޑރ. މުހައްދު މުއިއްޒުގެ ސަރުކާރުން އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު މިހާދު ހަމަޖައްސައިފި އެވެ
09 Jan 2024
ޒަމާނީ ފެންވަރަށް ހެދުމަށްފަހު އަމީނީމަގުގެ ބޮޑު ބައެއް މާދަމާ ހުޅުވާލަނީ
2022 ވަނަ އަހަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ފެށުނު އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއަޅާ މަސައްކަތް ނިމިފައި އޮތް ބައި މާދަމާ ހެނދުނު ހުޅުވާލަން ނިންމައިފި އެވެ.
09 Jan 2024
ބެއިޖިންއިން ވެސް ރައީސް ޑރ މުއިއްޒަށް ރަތް ދޫލައިގެ މަރުޙަބާއެއް
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ވަޑައިގެންނެވުމަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންވައިފިއެވެ.
09 Jan 2024
މަސްވެރިންނަށް ދޭންޖެހޭ 100 މިލިއަން މާދަމާ ދޫކުރަނީ
ދިވެހި ދައުލަތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން މިފްކޯ އިން މިއަދު ބުނެފި އެވެ.
09 Jan 2024
ލަކްޝަދީޕަށްވުރެ ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ މާކުރީގައި
އިންޑިއާއާއި ރާއްޖެ އާއި ދެމެދު މައްސަލަ އުފެދި މަސްރަހު ހޫނުވެ، އިންޑިޔާއިން ރާއްޖެ އާއި ދެކޮޅަށް ވަރުގަދަ އެންޓި ކެންޕޭނެއް ފަށާފައި ވީނަމަވެސް ފާއިތުވި 24 ގަޑިއިރުތެރޭގައި މުޅި ދުނިޔޭގެ ގޫގުލް ސާޗް ޓްރެންޑުގައި އިންޑިއާގެ ލަކްޝަދީޕް އާސް ވުރެ ރާއްޖެ އުޅެނީ ކުރީގައެވެ.
09 Jan 2024
ދަނބިދޫ ސްކޫލުގެ ބެލެނިވެރިންގެ މިވަގުތުގެ އެންމެ ބޮޑު ޑިމާންޑަކީ ޕްރިންސިޕަލް ބަދަލުކުރުން
ދަނބިދޫ ސްކޫލގެ މަރާމާތުކުރުމަސް އިޙްމާލުވެފައިވާ ކަމށާއި ސްކޫލުގައި ޓީޗަރުން ހަމަނުވާކަމަސް ބުނެ ލ.ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ސްކޫލު ބަންދުކޮށް އިޙްތިޖާޖުކުރަމުން އެބަގެންނެއެވެ.
09 Jan 2024
އަމީނިމަގުގެ އެންމެފަހު ދެ ސެގުމެންޓުގައި ތާރު އަޅާ އެއްކޮށް ނިންމާލެވުނީ ރޭގައި - އާރުޑީސީ
މި ސަރުކާރުގެ ފަރާތުން ހަދަން ފެށި އަމީނިމަގުގެ އެންމެފަހު ދެ ސެގުމެންޓުގައި ތާރު އަޅާ އެއްކޮށް ނިންމާލެވުނީ ރޭގައި ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
09 Jan 2024
އެއާޕޯޓް ސަލާމަތް ކުރަން އިސް ސަފުގައި މަސައްކަތް ކުރެއްވީ އާޒިމާ
ރާއްޖޭގެ މައި ދޮރާށި ސަލާމަތް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވީ މިއަދު ޕީއެންސީ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
09 Jan 2024
އެންއާރުސީގެ މަސައްކަތްތައް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފި
ކ. ހިންމަފުށީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ (އެންއާރުސީ) މަސައްކަތްތައް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފިއެވެ.
09 Jan 2024
މިއީ އެއް ސަފެއްގައިކަން ދައްކަންވީ ވަގުތު: އާޒިމާ
މިވަގުތަކީ އަޅުގަނޑުމެން މިތިބީ އެއް ސަފެއްގައިކަން ދެންތިބި މީހުންނަށް ދައްކަންވީ ވަގުތުކަމުގައި މާލޭ މޭޔަރުކަމަން ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅު ވެއްޖެއެވެ.
08 Jan 2024
ސަރުކާރުގެ ވަޢުދު ފުރިހަމަވާ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެއްސި
ދިރާސީ އާ އަހަރުގެ ކިޔެވުން މެއި 26 ގައި ފަށާގޮތަށް ނިންމާ ، އާ އެކަޑަމިކް ކަލަންޑަރ ތަޢުލީމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކުރައްވައިފިއެވެ.
08 Jan 2024
ވެހިކަލް ރަޖިސްޓްރީ ކުރާ އަދަދު މަދު ކުރެވިއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ، މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ގެނައުމަށް ކުރަން ފެށި މަސައްކަތުން މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީ ކުރާ އަދަދު ބޮޑުތަނުން މަދު ކުރެވިއްޖެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
08 Jan 2024
ހުއްޓިފައިވާ 64 މަޝްރޫއެއް އަލުން ފެށިއްޖެ: މިނިސްޓަރ
ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ކުރިއަށް ގެންދަން ފަށާ، ކޮންޓްރަކުޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ، ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކޮންޓްރަކުޓަރުންނަށް ދައްކަށް ޖެހޭ ފައިސާ ދައްކާ މިހާތަނަށް 64 މަޝްރޫޢުއެއް ފެށިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު މިއަދު ވިދާޅުވެއްޖެއެވެ.
08 Jan 2024
ސިނަމާލޭ ބްރިޖުގެ މަސައްކަތްކުރި ކުންފުނީގެ އިސް އޮފިޝަލުން ރައީސާއި ބައްދަލުކުރައްވައިފި
ރައީސް ޢަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމުގެ ވެރިކަމުގައި ރާއްޖޭގައި ހެދި ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް، ސީ.ސީ.ސީ.ސީގެ އިސް އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެޒިޔާރަތެއް ކުރައްވައިފިއެވެ.
08 Jan 2024
ޝަރިޢަތްތައް އަވަހަށް ފެށޭނެގޮތް ހަދަން މަސައްކަތް ކުރާނަން
ކްރިމިނަލް ކޯޓުގެ ޢިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދައުލަތުގެ އެޓަރނީ ޖެނަރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
08 Jan 2024
ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފަށަނީ
އާދަޔާ ޚީލާފު ހިތްގައިމުކަމަކާއި، ޤުދުރަތީ ރީތި ކަމެއް ލިބިފައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވައިފިއެވެ.
08 Jan 2024
މަސް އޮޑިީގެ އެންވަތަށް ގެންނަށް ޖެހޭ ބަދަލުތަކާއި ބެހޭ ދިރާސާއެއް
ޖަޕާނު ސަރުކާރުގެ އެހީ އާއިއެކު މަސް އޮޑިފަހަރުގެ އެންވަތަށް ގެންނަށް ޖެހޭ ބަދަލުތަކާއި ބެހޭ ދިރާސާއެއް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ.
08 Jan 2024
އިނގުރައިދޫ ދާޢިރާއަށް ޒުހުރިއްޔާ
"ހަމަހަމަ ފުރުޞަތުތަކާއިއެކު އަންހެނުން ބާރުވެރިކުރުވުން" މި ޝިއާރުގެ ދަށުން އިނގުރައިދޫ ދާޢިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައި ޒުހުރިއްޔާ ޙުސެއިންފުޅު އެކަން އިއުލާންކުރައްވައިފިއެވެ.
08 Jan 2024
ރައީސް މައުމޫނުގެ ވާހަކަފުޅަށް ޝެއިޙް ސަމީރު ރައްދު ދެއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ މަޝްޙުރު ދީނީ އިލްމުވެރިޔާ އަދި ސަލަފު ޖަމުޢިއްޔާގެ އިލްމުވެރިންގެ ރައީސް އައްޝައިޙް އަޙްމަދު ޝަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
07 Jan 2024
ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް ޚާއްސަ އޮތޯރިޓީއެއް
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި އެކު ރައީސުލް ޖުމުހުރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
07 Jan 2024
ޕީއެސްއެމްގެ ޑީއެމްޑީގެ މަޤާމަށް ޢަބްދުالله ޔާމީން
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމަށް ވެލިދޫ ދާޢިރާގެ ކުރީގެ މެމްބަރ ނ.ވެލިދޫ، އަމަން އަލްފާޟިލް ޢަބްދުﷲ ޔާމީން ރަޝީދު އައްޔަން ކުރައްވައިފިއެވެ.
07 Jan 2024
އިންޑިޔާއަށް ކުޑައިމީސްކޮށް އެކްސް ޕޯސްޓްކުރި ޑެޕިޔުޓީ މިނިސްޓަރުން ސަސްޕެންޑު ކޮށްފި
އަވަށްޓެރި އިންޑިޔާއަށް ކުޑައިމީސްވާގޮތަށް މީސް މީޑިޔާ އެކްސްގައި ޕޯސްޓްކުރި ތިން ޑެޕިއުޓީ މިނިސްޓަރުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
07 Jan 2024
އިންތިޚާބުގައި ބާޠިލު ވޯޓު މަދު ކުރުމަށް ގައިޑްލައިނެއް
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ގުނަމުން ދިޔަ އިރު ޞައްޙަ ވޯޓާއި ބާތިލު ވޯޓުގެ މައްސަލަ ހުރިކަން ފާހަގަ ކުރެވި، އެކަންތައްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
07 Jan 2024
ސިޓީތަކާއި ޢިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ޕީއެސް އަކަށް އަބްދުﷲ ރަޝިދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަބްދުﷲ ރަޝީދު އައްޔަންކޮށްފި އެވެ.
07 Jan 2024
ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް
ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނަގަން ގދ. ތިނަދޫ ކައުންސިލުން ނިންމައިފިއެވެ.
07 Jan 2024
ރ.ފައިނު ކައުންސިލްގެ ރައީސް ޕީއެންސީ އަށް
މިހާތަނަށް އެމްޑީޕީގެ ވަރުގަދަ މެމްބަރެއްގެ ގޮތުގައި ހުންނެވި ރ. ފައިނު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ އުމަރު މަނިކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް ސޮއި ކުރައްވައިފިއެވެ.
07 Jan 2024
ނައިބު ރައީސް އެންމެފަހުން ކުރެއްވި ދަތުރުފުޅަށް ހަ ލައްކައެއްހާ ރުފިޔާ ޚަރަދުވި
ރައީސުލް ޖުމުހުރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަޠީފު އެންމެފަހުން މޮންޓަނޭގްރޯ އަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަލައްކައެއްހާ ރުފިޔާ ޚަރަދުވިކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
06 Jan 2024
ވެމްކޯއަކީ ހަމައެކަނި މާލެސިޓީއަށް ޚިދުމަތްދޭ ކުންފުންޏެއް ނޫން: ރުކުމާ
ވެމްކޯއަކީ ހަމައެކަނި މާލެސިޓީއަށް ޚިދުމަތްދޭ ކުންފުންޏެއް ނޫންކަމަށް ވެމްކޯގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޢަބުދުލް ކަރީމް (ރުކުމާ) ބުނެފިއެވެ.