ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
12 Aug 2023
ވާދަވެރިޔާ ބަންދުގައި 1000 ދުވަސް!
ދުނިޔޭގެ ތަހުޒީބު ޤައުމުތަކާއި ފައިހަމަކުރުމަށް ރާއްޖެއަށް އުފަންކުރި ޒަމާނީ ޑިމޮކްރަސީ ޅަފަތުގެ ދައުރު ކަޑައްތުކޮށް ޒުވާންކަމުގެ ދައުރަށް މިއޮތީ އަޅާފަ އެވެ.
12 Aug 2023
ނަޝީދުގެ ވާހަކަތަކަށް ނުހެއްލުމަށް ރައީސް ޔާމީން އެދިވަޑައިގެންފި!
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރެވޭނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓުދީގެންކަމަށް ވިދާޅުވެ އެމްޑީޕީން ނިކުމެ ވަޑައިގެން ދަ ޑިމޮކްރެޓްސްއަށް އިންތިޚާބު ހޯއްދަވާދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ.
12 Aug 2023
ކުޅުދުއްފުށިން ޑރ މުއިއްޒަށް ހޫނު މަރުހަބާއެއް!
އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ބޮޑުތިލަދުންމައްތަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ހދ ކުޅުދުއްފުށި ސިޓީއަށް ވަދައިގަތުމުން އެ ރަށުން ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
11 Aug 2023
"8 ކެންޑިޑޭޓުންގެ ތެރެއިން ޑރ މުއިއްޒުހާ ކޮލެޓީ މީހަކު ނުފެނޭ"
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުހާ ކޮލެޓީ ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
10 Aug 2023
"އެޑްމިޓްވެގެން ފަރުވާ ނުހޯދަނީ އާއިލާ ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ"
ބަލިހާލުކޮޅު ހުރިގޮތުން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރައްވާ ޖަލުގައި ހުންނަވަނީ ހޮސްޕިޓަލުގައި އެޑްމިޓުވެގެން ފަރުވާ ހޯއްދަވާ ނަމަ އާއިލާއިން ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ ކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
10 Aug 2023
"ކޮނޑޭގެ ބަނދަރު ބޮޑުކޮށްދޭނަން، ހައުސިން ޔުނިޓުތައް އަޅާނަން"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ކޮނޑޭއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފި އެވެ.
10 Aug 2023
"ދެވަނަ ދައުރެއްގައި ދާންދޫ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރާނަން"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ދާންދޫ ސިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފި އެވެ.
10 Aug 2023
"ދެވަނަ ދައުރެއް ލިބިއްޖެނަމަ ނިލަންދޫ މަގުތަކުގައި ތާރުއަޅާނަން"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންދި ނަމަ ގއ ނިލަންދޫ މަގުތަކުގައި ތާރު އަޅާދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފި އެވެ.
10 Aug 2023
"ޖޭޕީއަށް ފުރުސަތު ނުލިބި 15 އަހަރު ވެރިކަން ބެހިއްޖެ، ވީކަމެއް ނެތް"
ރާއްޖެގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައިފަހުން 15 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ބޮޑު ދެ ޕާޓީއެއްގެ ދެމެދުގައި ބެހިއްޖެ ކަމަށާއި، އެކަމުން ރައްޔިތުންނަށް ލިބުނު މާ ބޮދު ކުރިއެރުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
10 Aug 2023
ޤާސިމްގެ މެނިފެސްޓޯ ބިނާވެފައިވާ 9 އަސާސް ހާމަކޮށްފި!
ޖުމަހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ މެނިފެސްޓޯ ބިނާވެފައިވާ މައިގަނޑު 9 އަސާސް ހާމަކޮށްފި އެވެ.
09 Aug 2023
"ހުވަފެނެއް ނުދައްކާނަން، ވައުދުތައް މިދަނީ ފުއްދަމުން"
ރައްޔިތުންނަށް ހުވަފެން ދައްކާނެ ބޭފުޅަކަށް ވެ ވަޑައިނުގަންނަވާނެ ކަމަށާއި، ވީ ވައުދުތައް ފުއްދަމުން ގޮސްފައިވާތަން ރައްޔިތުންނަށް ދައކާދެއްވާފައި ވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
09 Aug 2023
މި ދައުރުގައި މަހަށް ހަމަ އަގު ނުދެވުނީ ކީއްވެގެންކަން ސާފުކޮށްދީފި!
ވެރިކަމުގެ ފުރަތަމަ ދައުރުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ވައުދުވި ނަމަވެސް އެކަން ނުކުރެވުނީ ކޮން ސަބަބަކާއި ހުރެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސާފުކޮށްދެއްވައިފި އެވެ.
09 Aug 2023
"ސިޔާސީ ކަސްތޮޅުން ޔާމީން މިނިވަންކުރާނީ ސިޔާސީ ބާރުވެރިކަން ހޯދައިގެން"
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހައްޔަރުކޮށްފައި ހުންނެވީ، ސިޔާސީ ހުކުމެއްގައި ކަމަށާއި، އެ ހުކުމުން އެމަނިކުފާނު މިނިވަންކުރާނީ ސިޔާސީގޮތުން ބާރުވެރިކަން ހޯދައިގެން ކަމަށް، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
09 Aug 2023
"އަނިޔާދެމުން ދާއިރު ވެސް ރައީސް ޔާމީން އިސްކުރެއްވީ ޤައުމު"
ސަރުކާރުން ކެނޑިނޭޅި އަނިޔާދެމުން ދާއިރު ވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްކުރެއްވީ ޤައުމާއި ރައްޔިތުންކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވިދާޅުވެއްޖެ އެވެ.
07 Aug 2023
ޑރ މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމައިފި
އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެވި ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާ އެކަން އިއުލާނުކުރައްވައިފި އެވެ.
07 Aug 2023
"ޕީޕީއެމްގެ ލަޝްކަރު ފޫގަޅާލައިގެން މި ނިކުންނަނީ މުއިއްޒު ހޮވަން"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލަޝްކަރު ފޫގަޅާލައިގެން މި ނިކުންނަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ހޮވަންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ގައްސާނު މައުމޫނު ވިދާޅުވެއްޖެ އެވެ.
07 Aug 2023
ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ޕީޕީއެމް-ޕީއެންސީން: އަބްދުއްރަހީމް
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކަމަށް، އެ ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
03 Aug 2023
"ޖޭޕީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ފެހި ސިގުނަލް ލިބިއްޖެ"
ޖުމްހޫރީ ޕާޓީއަށް މިއަހަރު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމުގެ ފެހި ސިގުނަލް ލިބިއްޖެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
03 Aug 2023
ރައީސް ޔާމިނުގެ ކެނޑިޑެސީ މައްސަލައިގެ އަޑުއެހުން މާދަމާ
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލައިގެ އަޑުއެހުން ހުކުރު ދުވަހަށް ތާވަލުކޮށްފި އެވެ.
03 Aug 2023
ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފާސްކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީން ވާދަކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފި އެވެ.
29 Jul 2023
"ސަލަފު ޖަމުއިއްޔާ އުވާލަން އުޅެނީ އަދާލަތަށްވުރެ މުޖުތަމައުގައި ބަސް ވިކޭތީ"
ދީނީ ހޭލުންތެރިކަން އާންމުންގެ މެދުގައި އިތުރުކުރުމަށް މަސައްކަތް ކުރާ ސަލަފު ޖަމުއިއްޔާ އުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށްވުރެ މުޖުތަމައުގައި ސަލަފުގެ ބަސް ވިކޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
29 Jul 2023
ރައީސް ނަޝީދާއި އިލިޔާސް ރިޔާސީ ކެމްޕޭނަށް އައްޑޫއަށް!
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލިޔާސް ލަބީބު ރައީސް މުހައްމަދު ނަޝީދު އަރިހުގައި ކެމްޕޭނަށް މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
29 Jul 2023
އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އަދަދަށް އުމަރު ސޮއި ހަމަކުރައްވައިފި
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރައްވާފައިވާކަމަށް މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރު ހާމަކުރައްވައިފި އެވެ.
29 Jul 2023
ރައީސް ޞާލިހު ފުވައްމުލަކަށް ކުރައްވާ ކެމްޕޭނު ދަތުރު ފަސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފުވައްމުލަކު ސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ކެމްޕޭނު ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
27 Jul 2023
"އިޤްތިޞާދީ މިިނިވަންކަން ގެނެސްދިން ލީޑަރު އެ އޮތީ ޖަލު"
ދިވެހިރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ގެނެސްދެއްވި ލީޑަރު އޮތީ، ޖަލަށް ލާފައިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
27 Jul 2023
"ގެއްލިފައިވާ މިނިވަންކަން ހޯދޭނީ ޔާމިނު ވެރިކަމަށް ގެނެސްގެން"
މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލާފައި ކަމަށާއި، ދެން އަނބުރާ މިނިވަންކަން ހޯދޭނެ ހަމައެކަނި ފޯމިއުލާއަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެނައުންކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
26 Jul 2023
"ކުދިންނަށް މިނިވަންކަމުގެ މުހިންމުކަން އިހުސާސްކުރެވެން ޖެހޭ"
ބޮޑުވަމުން އަންނަ ކުދިންނަށް މިނިވަންކަމުގެ މުހިންމުކަން އިހުސާސްކޮށްދޭން ޖެހޭކަމަށް ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
26 Jul 2023
"ޤައުމީ މަސްލަހަތައްޓަކައި ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ބައިވެރިވުން މުހިންމު"
ޤައުމީ މަސްލަހަތައްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބައިވެރިވުން މުހިންމުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
25 Jul 2023
"ކެންޑިޑޭޓުންގެ ހައްގުތައް ހޯދައިދިނުމުގައި ތަފާތެއް ނުކުރާނަން"
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްޤުތައް ހޯދައިދިނުމުގައި އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
25 Jul 2023
"ކެންޑިޑެސީ ފޯމު ހުށައެޅިޔަސް، ޕާޓީތަކާ މަޝްވަރާ ހުއްޓައެއް ނުލާނަން"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ނަމަވެސް، ސަރުކާރު ބަދަލުކުރުމަށް ސިޔާސީ ޕާޓީތަކާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާނުލާނެކަމަށް ޕީޕީއެމުން ބުނެފި އެވެ.