18 Jul 2023
ރައީސް ޔާމިނާއި ދެކޮޅަށް ސިޔާމާއި މައުރޫފު ހެކިބަސްދޭން އިންކާރުކޮށްފި!
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި، އެމްޑިއޭގެ ނައިބު ރައީސް އަލީ މައުރޫފު، އެ މައްސަލައިގައި ހެކިބަސް ދޭން އިންކާރުކޮށްފި އެވެ.