ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
09 Jul 2023
ކުޑަފަރުގައި އެއާޕޯޓު އަޅައިދޭނަން: ރައީސް
ށ. ކޮމަންޑޫ ރައްޔިތުން ބޭނުންވާގޮތަށް ކުޑަފަރުގައި އެއާޕޯޓު އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
09 Jul 2023
މިއަދުވެސް ރައީސް ޔާމީންގެ ފުއްގިރި ޝަރީއަތް ކެންސަލް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލް ކޮށްލައިފި އެވެ.
08 Jul 2023
ކުޑަކުއްޖާ ކުރިމަތީ ހައްޔަރުކުރި މީހާ ކޯޓު އަމުރާއެކު ދޫކޮށްލައިފި
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރި މުޒާހަރާ ކުރިއަށް ދިޔަ ސަރަހައްދުން ކުޑަ ކުއްޖަކާއި އެއްކޮށް ހުއްޓާ އަނިޔާވެރިކަމާއެކު ހައްޔަރުކުރި މީހާ ކޯޓު އަމުރާއެކު ދޫކޮށްލައިފި އެވެ.
08 Jul 2023
"ޝާހިދަށް ރަނިންމޭޓުކަން ދޭން ރައީސް ޞާލިހަށް މަޖުބޫރުވާނެކަން އެނގޭ"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައިން މޭޓުކަން ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މަޖުބޫރުވާނެކަން އެނގިލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
08 Jul 2023
މަނާ ބޭހާއި ބަނގުރާ ގެންގުޅު ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
މަނާ ބޭހާއި ބަންގުރާ ގެންގުޅުނު ބިދޭސީންތަކެއްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
08 Jul 2023
މޭ މަހަށްވުރެ ޖޫން މަހު ޖުމްލަ ރިޒާވް 46 މިލިއަން ޑޮލަރު ދަށަށް!
މި އަހަރުގެ މޭ މަހާއި އަޅާ ބަލާއިރު ދައުލަތުގެ ޖުމްލަ ރިޒާވް 46 މިލިއަން ޑޮލަރު ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
08 Jul 2023
ހައްޔަރުކުރި އިރު ކުޑަކުއްޖަކު ހުރިކަމެއް ނޭނގޭ: ފުލުހުން
ހުކުރު ދުވަހު އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ސައިކަލުގައި ދިޔަ މީހަކު ހައްޔަރުކުރި އިރު އޭނާގެ ގާތުގައި ކުޑަކުއްޖަކު ހުރިކަމެއް ނޭނގޭކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
08 Jul 2023
ކުޑަކުއްޖަކާއެކު ސައިކަލުގައި އިން މީހަކު ހައްޔަރުކުރި މައްސަލަބަލަން ގޮވާލައިފި
ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަމުން ދިޔަ ސަރަހައްދުން ދަތުރުކުރި މީހަކަށް އެއްވެސް ބެލުމެއް ނެތި، އޭނާއާއެކި އިން ކުޑަކުއްޖާގެ ކުރިމަތީގައި އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
08 Jul 2023
ރައީސް ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ސެޝަނެއް ނަގައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ސެޝަނެއް ނަގައިފި އެވެ.
08 Jul 2023
ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ބަހަށް ޒުވާނުން ޝައުގުވެރިކުރުވަން ގޮވާލައިފި
ދިވެހިބަހުގެ ލިޔުންތައް އިތުރުކޮށް ޒުވާނުން ދިވެހި ބަހަށް ޝައުގުވެރިކުރުވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގޮވާލައްވައިފި އެވެ.
07 Jul 2023
"ރައީސް ކުރި ޚަރަދު ފޮރުވަން ދައުލަތް ތެދުވާނީ ހާދަހާ ކަންތައް ގޯސްވީމަ އޭ"
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޚަރަދުތައް ފޮރުވުމަށް މުޅި ދައުލަތް ތެދުވާނީ ކަންކަން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައިމަކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
07 Jul 2023
"ފަޅުވެރިން ލިބުން ދަތިވެ ދޯނިފަހަރު ފުރަން ދަތިވެއްޖެ"
ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ހީނަރުވަމުން އަންނަކަން ފާހަގަކޮށް ކަންނެލި މަސްވެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
07 Jul 2023
ރިޔާސީ އިންތިޚާބުގެ ބާކީ ވޯޓު ކަރުދާސްތައް ޕަންޗުކުރަން އީސީއިން ނިންމައިފި
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ދަރުދާސްތަކުގެ ތެރެއިން ބާކީވާ ކަރުދާސްތައް އަލުން ބޭނުން ނުކުރެވޭނެހެން ޕަންޗުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
06 Jul 2023
"ބޭނުންޖެހިފަ ތިބި މީހުންނަށް ހިޔާ ފްލެޓު ނުދިނީ ވެސް މި ސަރުކާރުން"
ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިިބި އެތައް ބަޔަކު ހިޔާ ފްލެޓުތަކަށް ކުރިމަތިލާފައި އޮއްވާ އެ ފްލެޓުތައް އެ ފަރާތްތަކަށް ނުދިނީ މި ސަރުކާރުން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
06 Jul 2023
ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާ ފަށައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ވެރިކަން ބަދަލުކުރުމާއި ގުޅޭގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވަސް (ޕީޕީއެމް) އިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު މަޝްވަރާތައް ފަށައިފި އެވެ.
06 Jul 2023
ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ރަސްމީކޮށް ބޭނުންކުރާ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި އެވެ.
06 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް 9 ޖުލައިވާ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
06 Jul 2023
"ރައީސް ޞާލިހު މިހާރު ހުރީ ވަރަށް ބޮޑަށް އެކަނިވެ ނިކަމެތިވެފައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެ ނިކަމެތިވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
06 Jul 2023
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެކަމަކަށް އިތުރަށް ބަހެއް ނުކިޔޭނެ"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް އޮތީ ކަނޑައަޅާފައި ކަމަށާއި، އެކަމާއި ގުޅިގެން އިތުރު ފަރާތްތަކަށް ބަހެއް ނުކިޔޭނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
06 Jul 2023
"މި ވެރިކަން ބަދަލުކަން ދަ ޑިމޮކްރެޓްސްއިން ތާއީދުކުރަންވީ ރައީސް ޔާމިނަށް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރަން ދަ ޑިމޮކްރެޓްސް އިން ވެސް ތާއީދުކުރަންވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
06 Jul 2023
"ކެންޑިޑޭޓަކީ ރައީސް ޔާމީން، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ ނުވިސްނަން"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށާއި، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ އެ ޕާޓީން ވިސްނުން ނުގެންގުޅޭކަމަށް ޕީޕީއެމުން ބުނެފި އެވެ.
05 Jul 2023
"ދިފާއުން ހުށައެޅި ނުކުތާތަކުގެ ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބެއް ނުދޭ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފައިވާއިރު، އެ ނުކުތާތަކުގައި ހުރި ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބުދީފައި ނުވާކަމަށެވެ.
05 Jul 2023
ވީލް ޗެއަރގައި ވޯޓްލާންދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެނީ
ރިޔާސީ އިންތިޚާބުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފުރޮޅުލީ ގޮނޑިގައި ވޯޓްލާން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
05 Jul 2023
"ކުޅިވަރު ވަސީލަތްތައް ތަރައްގީ މި ކުރީ އެހެން ލެވެލްއެއްގައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރީ "މުޅިން އެހެން ލެވެލްއެއްގައި" ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
05 Jul 2023
ބާކީ ވޯޓު ކަރުދާސްތަކުގެ ކަނުން ކަނޑާލަން ގިނަ ސިޔާސީ ޕާޓީތައް އެއްބަސްވެއްޖެ
ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ތެރެއިން ބާކީ ވާ ވޯޓު ކަރުދާސްތައް ވަގުތުން ވަގުތަށް ނައްތާނުލި ނަމަވެސް، އެ ކަރުދާސްތައް ވަކި ކުރެވޭނެ ގޮތެއް ހެދުން މުހިންމުކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
05 Jul 2023
"ޚަރަދަށް ޒިންމާނުވާ ގޮތަށް ޓީބިލު ވިއްކަމުން ދިއުމަކީ ބޮޑު ޖަރީމާއެއް"
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ތަޅުއަޅުވާފަ ސަރުކާރުން ޓީ-ބިލު ވިއްކަމުން ދިއުމަކީ ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
05 Jul 2023
"ރައީސް ޞާލިހު ގެންދަވަނީ ޚިޔާނާތްތެރިން ފޮރުވުމަށް މަސައްކަތް ކުރަމުން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއް އޮވެ ޚިޔާނާތުގެ މައްސަލަތައް ފޮރުވަން މަސައްކަތް ކުރަމުންދާ ކަމީ ހިތާމަކުރައްވާ ކަމެއްކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
03 Jul 2023
"ދަ ޑިމޮކްރެޓްސްއިން މަޝްވަރާކުރަން އައިރު ވެސް ޕީޕީއެމުން އިންޑިއާ އައުޓު ގޮވާ"
ޕީޕީއެމްއާއެކު ދަ ޑިމޮކްރެޓްސްއިން މަޝްވަރާ ކުރަން އައިރުވެސް ޕީޕީއެމުން އިންޑިއާ އައުޓު ހަރަކާތް ހިންގަމުން ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
03 Jul 2023
މިހާ ޚުދުމުހުތާރުކޮށް މަޖިލީސް ހިންގި ދައުރެއް ނުދެކެން: ބިގޭ
19 ވަނަ ރައްޔިތުންގެ މަޖިލީސް ހާ ޚުދުމުހުތާރުކޮށް މަޖިލީސް ހިންގި އެއްވެސް ދައުރެއް ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
03 Jul 2023
"ނަޝީދު މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ދުވަހު މަޤާމުގައި ދެމިހުރުމަށް"
ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ޤަބޫލުކުރެވޭތީ މައްސަލަ ހުށައެޅުއްވި ނަމަވެސް، އެކަން ކުރިއަށް ގެންދެވުމަށް ހުރަސް އަޅުއްވަމުން ގެންދަވަނީ މަޤާމުގައި ގިނަ ދުވަހު ހުންނެވުމަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.