ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
24 Jun 2023
"ރައީސް ޔާމީނުގެ ޝަރީއަތް ލަސްކުރަނީ، ރިޔާސީ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކުރަން"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތައް ލަސްކުރަމުންދަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ކެންޑިޑޭޓުންނަށް އޮތް ފުރުސަތުތައް ހަނިކުރުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.
22 Jun 2023
ގޯއްޗާއި ފްލެޓު ލިސްޓު އީދު ކުރިއަކުން ހާމައެއް ނުކުރެވުނު
ބޮޑު އީދުގެ ކުރިން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމު ނުކުރެވޭނެކަން ހާމަވެއްޖެ އެވެ.
22 Jun 2023
"ރައީސް ނަޝީދު ބޭނުންފުޅުވި ނަމަ ކުރިންވެސް ޖަލްސާތައް ބޭއްވުނިސް"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވެލެއްވި ނަމަ މަޖިލީހުގެ ޖަލްސާތައް ނުހުއްޓާ ކުރިއަށް ގެންދެވުނީސްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
22 Jun 2023
"ސަރުކާރުގެ އިދާރާތަކުގެ މަސައްކަތަށް ބައެއް ޕާޓީތަކުން ދަނީ ހުރަސްއަޅަމުން"
ސަރުކާރުގެ އިދާރާތަކަށް ގޮސް، އެ އިދާރާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުން ހުރަސްއަޅަމުންދާތީ ކަންބޮޑުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން އަހުމަދު ވިދާޅުވެއްޖެ އެވެ.
22 Jun 2023
"މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް"
ރައްޔިތުންގެ މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
22 Jun 2023
އާރަށު މައްސަލަ: ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށައަޅައިފި
ވ. އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވައިފި އެވެ.
21 Jun 2023
"ހިތާމަވެރި ދުވަހެއް، ނަމަވެސް ނަޝީދު ވަކިވުމަކީ ކުރިއަށް ދިއުމަށް ފަހިވި މަގެއް"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމަކަށް ވީ ނަމަވެސް، އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން ޕާޓީ ހިންގުމަށް މަގުފަހިވެގެން ގޮސްފިކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
21 Jun 2023
މަރުތަޅު މައްސަލައިގެ ކޮންބޮޑުވުންތަކާއެކު އިދިކޮޅު މެމްބަރުން ނަޝީދު އަރިހަށް!
ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތް މައްސަލައާ އެކު އިދިކޮޅު (ޕީޕީއެމް-ޕީއެންސީ) ކޯލިޝަންގެ މެމްބަރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައިފި އެވެ.
21 Jun 2023
"ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ނުދީ ފިލަނީ ރައީސްގެ ފިނޑިކަމުން"
އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރަން ރައީސް އޮފީހަށް އަންނަނީ ރައްޔިތުންގެ ވަރަށް ގިނަ ސުވާލުތަކަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބު ހޯދަން ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ރައީސް ފިލާވަޑައިގަންނަވާނީ ފިނޑިކަމުން ކަމަށް އިދިކޮޅުން ބުނެފި އެވެ.
21 Jun 2023
"ކޯވިޑްތެރޭ ދިއްކޮށްލާނެ އެއްޗެއް ނެތިގެން ޤާސިމް ހުންނެވީ ވަރަށް ލަދުފުޅުގެންފަ"
ކޯވިޑް-19 ގެ ދަތި ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އަތްޕުޅުގައި މީހަކަށް ދިއްކޮށްލާނެ އެއްޗެއް ނެތިގެން އެމަނިކުފާނު ހުންނެވީ އުޅުއްވީ ވަރަށް ބޮޑަށް ލަދުފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
21 Jun 2023
"މެޖޯރިޓީ ލީޑަރު ގޮތް ދޫކޮށްގެން ނޫނީ މަރުތަޅު ފިލުވޭކަށް ނެތް"
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ގޮތް ދޫކުރައްވައިގެން ނޫނީ މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ފެނިވަޑައި ނުގަންނަވާކަމަށް މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ.
20 Jun 2023
"ޤަބޫލު ނުކުރެވުނަސް، މެޖޯރިޓީ މެމްބަރުން މިހާރު ނަޝީދަކަށް އިތުބާރެއް ނުކުރޭ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޤަބޫލުފުޅު ކުރައްވަން ދަތިފުޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެމަނިކުފާނަށް އިތުބާރު ނުކުރައްވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
މަރުތަޅު ފިލުވަން ނަޝީދު އެދޭހާ ގޮތަށް ކޮމްޕްރޮމައިސްއެއް ނުކުރާނަން
ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި އޮތް "މަރުތަޅު" ނައްޓާލުމަށް ނަޝީދު ހުށައެޅުއްވި ޙައްލު ޤަބޫލުކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުން ކޮމްޕްރޮމައިސް ނުކުރާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
"މަޖިލީސް ޖެހޭނީ ހިންގަން، އެހެން ނޫނީ ޖެހޭނީ އިސްތިއުފާދެއްވަން"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޖެހިވަޑައިގަންނަވާނީ މަޖިލީސް ހުއްޓާ ނުލައްވާ ހިންގަން ކަމަށާއި، އެ ޒިންމާ އަދާ ނުކުރެވޭނަމަ އިސްތިއުފާދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
"ރައީސް އެދިވަޑައިގަންނަވަނީ މަޖިލީސް ހިންގޭނެ ގޮތެއް ހޯދުން"
މަޖިލީސްގެ މަސައްކަތްތައް ހުއްޓާނުލާ، މަޖިލީސް ހިންގޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
20 Jun 2023
އިދިކޮޅު ލީޑަރުންނަށް ގަޑި ދީފަ މިއަދުވެސް ރައީސް ބައްދަލެއް ނުކުރި
އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއި ބައްދަލުކުރައްވަން ގަޑި ދިނުމަށްފަހު، އެބޭފުޅުން ރައީސް އޮފީހަށް ވަޑައިގަތުމުން ބައްދަލުނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އޮފީސް ދޫކުރައްވާ ވަޑައިގެންނެވިކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
20 Jun 2023
"54 މެމްބަރުން އިތުބާރު ނެތޭ ބުނީމަ ނަޝީދު އިސްތިއުފާ ދެއްވާ"
ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުން އިތުބާރު ނެތްކަމަށް ވިދާޅުވުމުން މަޖިލީހުގެ ރައީސްކަމުން މުޙައްމަދު ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
"ޖޭއެސްސީ ބިލު އޮތް ގޮތުން ޖުޑިޝަރީ އިސްލާހުކުރުމުގެ ނިޔަތް ނެތްކަން ސާފު"
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވީ ވައުދުފުޅު ފުއްދުމަށް މަޖިލީހަށް ހުށައެޅި ބިލު ފަރުމާކޮށްފައި އޮތް ގޮތުން ޖުޑިޝަރީ އިސްލާހުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
20 Jun 2023
މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެން: އިދިކޮޅު
ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެންކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
20 Jun 2023
"ހޯމް މިނިސްޓަރު އިމްރާނަކީ ބޮޑު ފިނޑިއެއް"
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ އަކީ ބޮޑު ފިނޑިއެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
20 Jun 2023
ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ޖުލައި މަހަށް ފަސްކޮށްފި
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ޖުލައި މަހަށް ފަސްކޮށްފި އެވެ.
20 Jun 2023
"މުޒާހަރާ ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން، ފުލުހުން އަނިޔާކުރުން ކުށްވެރިކުރަން"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ހޯމަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދާ، މުޒާހަރާ ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (އިދިކޮޅުން) ބުނެފި އެވެ.
20 Jun 2023
ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރަން ހުށައަޅައިފި
ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ ޢަދަދު 7 މެމްބަރުންނަށް މަދުކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅައިފި އެވެ.
19 Jun 2023
ޕީޕީއެމްގެ މެމްބަރުންތަކެއް ގޮވައިގެން ޤާލިބު އެމްޑީޕީއަށް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންނެވި އެ ޕާޓީގެ ސެނެޓަރު އަޙުމަދު ޤާލިބު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.
19 Jun 2023
"އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު މުރައިދޫ ގެއިން ނިކުންނާނަން"
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މުޙައްމަދު ނަޝީދާއި ދެކޮޅަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު މަޖިލީހުގެ ރައީސް ހުންނަވަން ދައުލަތުން ހަމަޖައްސާދެއްވާފައިވާ މުރައިދޫ ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
19 Jun 2023
"މަޖިލީހުގެ ރައީސްކަމުން މިވަގުތު އަޅުގަނޑު ދުރުވުމަކީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫން"
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މިވަގުތު ދުރުވުމަކީ ޤައުމަށް އެންމެ ރަނގަޅުގޮތް ނޫންކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
19 Jun 2023
"އެމްޑީޕީގައި މަޑުކޮށްގެން މި ހުންނަނީ އެމްޑީޕީ އަތުލަން، އެއީ ނިޔަތަކީ"
އެމްޑީޕީ ދޫކުރައްވާ ވަޑައިނުގަންނަވާ ސަބަބު ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
19 Jun 2023
"އަޅުގަނޑުމެން ނުލާ ޖަލެއް، ނުޖެހޭ ކަރުނަ ގޭހެއް ނެތް"
ބިރުދައްކައިގެން ނުވަތަ ޖެއްސުން ކޮށްގެން "ދަ ޑިމޮކްރެޓްސް" އުފެއްދުން ނުހުއްޓުވޭނެކަމަށް އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
19 Jun 2023
"ދެން އުފެދޭނީ ދި ޑިމޮކްރެޓްސްއިން ބަސް ކިޔާނެ ސަރުކާރެއް"
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދެން އުފެދިގެންދާނީ ދި ޑިމޮކްރެޓްސް ޕާޓީން ފުރިހަމަޔަށް ބަސް ކިޔާނެ އަދި އެ ޕާޓީ ފުރިހަމަޔަށް ހިއްސާވާނެ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
19 Jun 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރިއަތުގެ އަޑުއެހުމެއް މާދަމާ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.