ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
07 Jun 2023
"ރައީސް ނަޝީދަކީ ޕީޕީއެމް ފިކުރު މީހެއްކަން ޔަގީން"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ އިދިކޮޅު ޕީޕީއެމް ފިކުރުގެ މީހެއްކަން ޔަގީންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
07 Jun 2023
އެއް މެންބަރަކު އަނެއް މެންބަރަށް އިންޒާރު ދޭ މައްސަލަ!
"ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަށް އިންޒާރު ދީފައިވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
07 Jun 2023
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ވައްކަމުން ދައުލަތް ސަލާމަތްކުރާނަން"
ދި ޑިމޮކްރެޓްސް ގެ ވެރިކަމެއްގައި ވައްކަމުން ދައުލަތް ސަލާމަތް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
07 Jun 2023
"މިތަނުގައި ވަޒީފާ ނެތްވަރަކަށް ލޯނުދީގެން ކީއްތޯ ކުރަނީ"
ދިވެހިރާއްޖޭގައި ވަޒީފާތައް ނެތް މިންވަރަށް ލޯނުތައް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ތޯ އައްސަވާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ސުވާލުކުރައްވައިފި އެވެ.
07 Jun 2023
"ދައުރު ނިމެނީ، ވައުދެއް ނުފުއްދޭ، ކުރަނީ ވައްކަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެންދާއިރު، އެމަނިކުފާނު ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ހުރީ ފުނިޖައްސާފައި ކަމަށާއި، ބަދަލުގައި ސަރުކާރުން ކުރިހާވެސް ކަމަކީ ވައްކަން ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
07 Jun 2023
"ކޮމެޓީތައް އެކުލަވާނުލާ އޮތީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދޭން"
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން އިސްތިއުފާދެއްވުމާއެކު، މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަން ޖެހިފައިވާއިރު، އެކަން ނުކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދިގު ދަންމަނީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދީ ރައްޔިތުން ލައްވާ ސަރުކާރަށް އެއްޗެހި ކިޔުވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
06 Jun 2023
ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީ ޕީޖީން ނިންމައިފި
މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
06 Jun 2023
މަޖިލީހުގެ ނިޒާމު ގެއްލުމުން، ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރުމަށް މުހިންމު މަސައްކަތްތަކެއް ހުރި ނަމަވެސް، ނިޒާމު ގެއްލި މަޖިލީސް ކުރިއަށް ގެންދިއުމަށް ރިޔާސަތަށް ހުރަސްއަޅަމުން ދިއުމާއި ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލައިފި އެވެ.
06 Jun 2023
"އެއްލައްކަ ވޯޓު ހޯއްދެވި ބޭފުޅާއަށް ޕާޓީ ރަޖިސްޓްރީކުރަން ލިބުނީ 3400 ފޯމު"
ރައްޔިތުންގެ މެދުގައި މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
06 Jun 2023
"އަސްލު މައްސަލަ ފޯޅަވަހި ކޯލިޝަނަށް ވެސް ނޭނގޭ"
ރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ގެއްލުނު ބައި ހޯދުމަށް ގިނަ ސިޔާސީ ޕާޓީތަކާއި ކުރީގެ ބަންޑާރަނައިބުން ގުޅިގެން އެކުލަވާލާފައިވާ ފޯޅަވަހި ކޯލިޝަނަށް ވެސް އަސްލު މައްސަލައަކީ ކޮބައިކަން އޮޅިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލައިގައި އެ ބޭފުޅުންނަށް ވެސް އެއްގަލަކަށް ނޭރޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ކަނޑު ވިއްކާލަފަ ބަންޑާރަ ނައިބު ދެއްކެވީ ޒާތީ ވާހަކަތަކެއް"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ވިއްކާލުމަށްފަހު ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްކެވީ މުޅިން ވެސް ޒާތީ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ފޯޅަވަހި މައްސަލަ ނަގައިގެން އިދިކޮޅުން ކުރާހާ ވެސް ކަމަކީ ސިޔާސީ ލަނގިރިޖެހުން"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްރިޞާދީ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތައް ކުރަމުންދާ މަސައްކަތަކީ ސިޔާސީ ލަނގިރި ޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"އިޓްލޮސްގެ ފަނޑިޔާރުންގެ ނިންމުމުގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައެއް ނެތް"
ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި 9 ފަނޑިޔާރުން އިއްތިފާގުން ނިންނި ނިންމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ރައީސްގެ ސިޓީފުޅަކުން ދައުލަތުގެ ކޮޅު ބަދަލުކުރިކަމަށް ބުނެ ހަދަނީ ބުހުތާނު ދޮގު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅަކުން ފޯލަވަހި މައްސަލައިގައި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑު ބަދަލުކޮށް، ދައުލަތުން ކޮޅު ބަދަލުކުރިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންގެ އިހުމާލު ވަރަށް ބޮޑު"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
04 Jun 2023
"އިންވެސްޓަރުންގެ އިތުބާރު އައްޑޫއަށް ނުލިބި އޮތީ އެއާޕޯޓު ތަރައްޤީނުވެ އޮތީމަ"
އައްޑޫ ސިޓީގެ ތަރައްގީއާއި ގުޅުންހުރި މަޝްރޫއުތަކަށް އިންވެސްޓުކުރުމަށް މިހާތަނަށް އިންވެސްޓަރުން ފަހަތަށް ޖެހެނީ، އައްޑޫ ސިޓީގެ މައި އެއާޕޯޓު ތަރައްގީނުވެ އޮތުމުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
04 Jun 2023
"ވިއްކާނެ އެއްޗެއް ނެތިގެން ދޮލަނގަށް ނަފްރަތު ލައިގެން ވިއްކަން ނިކުމެ އެތިބީ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ދެކޮޅަށް ރައްޔިތުންނަށް ވިއްކޭނެ އެއްވެސް އެއްޗެއް ނެތުމުން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނާއި ދޭތެރޭ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
04 Jun 2023
"ގަން އެއާޕޯޓު މަޝްރޫއަކީ އިންޑިއާ އާއި ރާއްޖެއާއެި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ރަމްޒެއް"
އައްޑޫ ސިޓީ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އިންޑިއާއާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
04 Jun 2023
"އަދީބަކީ އާއިލާއާއެކު ދަތުރުކުރި ލޯންޗު ގޮއްވާލުމުގެ ތުހުމަތު އޮތް މީހެއް"
އަދީބުގެ ހެކިބަސް ނެގުމަށް ދައުލަތުން ދެއްކެވި ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައްދުދެއްވައިފި އެވެ.
04 Jun 2023
އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ބުދަދުވަހު ފަށަނީ
ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޫ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
03 Jun 2023
އައްޑޫ ސިޓީއިން ރައީސް ޞާލިހަށް ހޫނު މަރުޙަބާއެއް
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
03 Jun 2023
ފޯޅަވަހި އިއްތިހާދުގެ ބޮޑު ޖަލްސާގައި ރައީސް ޔާމިނަށް ޚާއްސަ ގޮނޑިކޮޅެއް!
ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގަސްދުގައި ސަރުކާރުން ދޫކޮށްލާފައިވާކަމަށް ބުނެ، އެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ގިނަ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާއި ޤާނޫނީ ފަންނުގައި ފުންނާބުއުސް އެތައް ބަޔަކު ވަނީ ގުޅިގެން ބިޔަ ބޮޑު މަސައްކަތެއް ފަށާފައެވެ.
03 Jun 2023
"ސިފައިންގެ އިސްވެރިންނަށް ކަނޑުގެ ސަރަހައްދު ނޭނގޭކަމަށް ބުނުމުން ލަދުގަނޭ"
ދިވެހިރާއްޖޭގެ ސިފައިންގެ އިސް ބޭކަލުން ނިކުންނަވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން ލަދުފުޅުގަންނަވާކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
03 Jun 2023
"ރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އައިސް ފިލި ބަޔަކު މި ނޫނީ ނެތް"
ދިވެހިރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އެނބުރި ވަޑައިގެން ރައްޔިތުންނަށް ފިލި ބައެއް މި ސަރުކާރު ނޫނީ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
03 Jun 2023
"ސަރުކާރަށް މި ޑިމާންޑުކުރަނީ ކަނޑުން ގެއްލުނު ބަޔާއެކު އެކު ފޯޅަވަހި ވެސް ހޯދަން"
ސަރުކާރުން ދޫކޮށްލި ދެކުނުގެ ޚާއްސަ އިޤތިޞާދީ ކަނޑުގެ ސަރަހައްދާއި އެކު، ޒަމާނުއްސުރެ ރާއްޖޭގެ ބައެއްގެ ގޮތުގައި ދެކެމުންއައި ފޯޅަވަހި ހޯދުމުގެ މަސައްކަތް ފެށުމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ގޮވާލައްވައިފި އެވެ.
31 May 2023
ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާ ރަށްރަށުގައި ޕްރޮމޯޓް ކުރަނީ
އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ބާއްވާ "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް އަތޮޅުތެރޭގައި ވެސް ކުރިއަށްދާކަމަށް އެ އިއްތިހާދުން ބުނެފި އެވެ.
31 May 2023
"ބަންޑާރަ ނައިބުގެ "ނޯ ކޮންފިޑެންސް" ވޯޓަށް ނޭހީ ބިރުން"
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި މިއަދު ވޯޓަށް ނޭހީ ބޭނުންވާ ގޮތަށް އެ ވޯޓު ނުނިންމިދާނެތީ ބިރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
31 May 2023
"ޤައުމު ވިއްކާލިއޭ ކިޔަނީ ރައީސްއާ ދިމާއަށް ކިޔާނެ އެހެން އެއްޗެއް ނެތީމަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި ގައުމު ވިއްކާލައިފިކަމުގެ "ވަގު ތުހުމަތު" އަޅުވަނީ އެމަނިކުފާނަށް ފާޑުކިޔަން އިދިކޮޅު ފަރާތްތަކަށް ކިޔޭނެ އެއްވެސް އިތުރު އެއްޗެއް ނެތުމުންކަމަށް ރައްޔިތުންގ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
31 May 2023
"ރައީސް ޞާލިހު އެ ހުންނެވީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާ ކަމަށާއި، އެމަނިކުފާނު މިއަދު ވެރިކަމުގައި އެ ހުންނަވަނީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
31 May 2023
"ޖަވާބުދާރީވާން ބަންޑާރަނައިބު ވަޑައިނުގަތީ ފިނޑިކަމުން، އިސްތިއުފާ ދޭން ޖެހޭ"
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވާން ވަޑައިނުގެންނެވީ ފިނޑިކަމުން ކަމަށާއި، ދެން އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.