ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
18 May 2023
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
18 May 2023
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ އަބްދުﷲ ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
18 May 2023
"ކަނޑު ވިއްކާލީ މި ސަރުކާރުން، ޕޯޗިގީޒުން ވެސް އެކަމެއް ނުކުރޭ"
ތާރީހުގައި ދިވެހިރާއްޖެ އެންމެ ގިނަ ދުވަސް ވަންދެން އެ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޕޯޗުގީޒުންވެސް ރާއްޖޭގެ މަސް ކަނޑުން ބައެއް ވިއްކާލާފައި ނުވާކަމަށާއި، މަސް ކަނޑު ވިއްކާލި ހަމައެކަނި ސަރުކާރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
18 May 2023
"މި ސަރުކާރަށް ފުއްދުނީ ރައީސް ޔާމީނު ޖަލަށް ލުމުގެ ވައުދު އެކަނި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރަށް ފުއްދުނު ހަމައެކަނި ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާނެކަމަށް ވީ ވައުދު އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
18 May 2023
"ފެނަކަ ކުރިމަތީ މުޒާހަރާ ކުރީ ފެނަކަ އެމްޑީ އަންގައިގެން"
ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ކުންފުނިތަކުން ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސް ކުރިމަތީ މުޒާހަރާ ކުރީ އެ ކޯރަޕޭޝަން މެނޭޖިން ޑިރެކްޓަރު ސައީދު އަންގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
18 May 2023
"ފެނަކައިން ވައްކަން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފަ"
ޕޭޕާ ކުންފުނި ހަދައިގެން ފެނަކައިން ވައްކަން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
18 May 2023
ރޮޒައިނާގެ ނަން އިއްވުމުން މަޖިލީސް ހޫނުވެ ޖަލްސާ މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ ރޮޒައިނާ އާދަމްގެ ނަން އިއްވާ މަޖިލީސް ތަޅުމުން ނިކުތުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވުމުން މަޖިލީސް ހޫނުވެ މިއަދު ކުރިއައްދާ ޖަލްސާ މެދުކަނޑާލައިފި އެވެ.
18 May 2023
ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ގޮވާލާ ހުށައެޅި ޤަރާރު ބޭރުކޮށްލައިފި
ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިޔަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
17 May 2023
"ސިޔާސީ ޕާޓީއެއް ނޫން، ގޭ ބަދިގޭ ޕާޓީ އުފެއްދޭނީ"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެން އައި ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ.
17 May 2023
"ރައީސް ޞާލިހު ދިފާއުކުރަން މުޅި އެންޑީޕީ ފުނޑާލައިފި"
ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފުނޑާލީ ހަމަ އެންމެ ބޭފުޅެއްގެ ދިފާއުގައިކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
17 May 2023
"ޖޯކު ޖެހިޔަސް އެމްޑީޕީއަކީ ރައީސް ނަޝީދު"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ރައީސް މުޙައްމަދު ނަޝީދު ނަގާ ކޮޅަށް ޖެއްސެވި ޕާޓީއެއް ކަމަށާއި، އެމަނިކުފާނާއި ނުލާ އެ ޕާޓީ ނޯންނާނެކަމަށް އިސްތިއުފާދެއްވުމަށްފަހު ޕާޓީން ވަކިވެވަޑައިގެންނެވި އެމްޑީޕީގެ ނައިބުރައީސް އަޙްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
17 May 2023
"އެމްޑީޕީ ޕީޖީ އޮޕަރޭޓު ކުރަމުންދަނީ "ކަލްޓު" ގުރޫޕެއް ގޮތަށް"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގުރޫޕު ހިންގަމުންދަނީ "ކަލްޓު" ގުރޫެއް އޮޕަރޭޓޫ ކުރަމުންދާ ގޮތަށް ކަމަށް އެމްޑީޕީން އިސްތިއުފާދެއްވި މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ.
17 May 2023
"އެމްޑީޕީއަކީ މިހާރު ސިޔާސީ ޕާޓީއެކޭ ބުނަން ދަތި"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ މިހާރު ސިޔާސީ ޕާޓީއެއްކަމަށް ދަންނަވަން ވެސް ދަތިވާކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ޕާޓީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
17 May 2023
އެމްޑީޕީގައި ހުންނަވަން ނިންމެވީތީ އަސްލަމް ނަޝީދަށް މަރުހަބާ ދަންނަވައިފި
"ފިކުރެއްގެ ދިރުން" ގޮފީގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން އެމްޑިޕީން އިސްތިއުފާދެއްވާ ވަޑައިގެންނެވި ނަމަވެސް ޕާޓީގައި މަޑުކުރައްވަން ނިންމެވީތީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މަރުޙަބާ ދަންނަވައިފި އެވެ.
17 May 2023
"އެމްޑީޕީން ނިކުތީ އަސާސްތައް މުގުރާލާ މީހުން ގަނެވިއްކާ ޕާޓީއަކަށް ބަދަލުވީމަ"
އެމްޑީޕީ އިން ވަކިވީ ޕާޓީ އުފެދި އެ އަސާސްތަކުގެ މަތީގައި ހިންގަމުން އައި ހުރިހާކަމެއް ދޫކޮށްލާ ޑިމޮކްރަސީއާއި މުޅިން ބީރައްޓެހި ކަންތައްތަކެއް ޕާޓީގެ ތެރެއަށް ގެނައުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
17 May 2023
އެމްޑީޕީވެސް ދެފަޅި: ނަޝީދު ފަޅީގެ މެމްބަރުން ނިކުމެ އާ ޕާޓީއެއް އުފައްދަނީ!
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮތްަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކޮށްފި އެވެ.
17 May 2023
ގޭސްފުޅިއެއް ގޮވައިގެން ޒަޚަމްވި މީހާގެ ހާލު ސީރިއެސް!
ގޭސްފުޅިއެއް ގޮވައިގެން ޒަޚަމްވި މީހާގެ ހާލު ސީރިއެސްކަމަށް އެ މީހާއަށް ފަރުވާދެމުންދާ އުނގޫފާރު ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
17 May 2023
ހަފްތާ ބަންދަށް ފަހު ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނު ދަތުރުތައް ފަށަނީ
މި ހަފްތާ ބަންދަށްފަހު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕޭނު ފަށާ، ލީޑަޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ވަޑައިގަންނަވާނެކަމަށް އިދިކޮޅު އިއްތިހާދުން ހާމަކޮށްފި އެވެ.
17 May 2023
"ޕީޕީއެމް ނޫނީ މެދުނުކެނޑި 5 މަސް ދުވަހު މުޒާހަރާ ކުރެވުނު އެއްވެސް ޕާޓީއެއް ނެތް"
ޕްރޮގްރެސިވް ޕާޓީ އޮތް މޯލްޑިވްސް (ޕީޕީއެމް) ނޫނީ ވިދިވިދިގެން 5 މަސް ދުވަހު މެދުކެނޑުމެއް ނެތި މަގުމަތީ މުޒާހަރާތައް ކުރިއަށް ގެންދެވުނު އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނެގްކަމަށް އިދިކޮޅު އިއްތިހާދު (ޕީޕީއެމް-ޕީއެންސީ ކޯލިޝަން) ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
17 May 2023
"ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއްވެސް ކޯޓަކަށް ނޭންގޭނެ"
ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއްވެސް ކޯޓަކަށް ނޭންގޭނެކަމަށް ރައީސް ޔާމީނުގެ އިސް ޤާނޫނީ ވަކީލު ޑރ ޖަމީލު ވިދާޅުވެއްޖެ އެވެ.
17 May 2023
"ބޮޑުވަޒީރު ހެދިގެން މެމްބަރުން ކެނޑި ޒަމާން ނިމުމަކަށް އައިސް އެމްޑީޕީ މިނިވަންވެއްޖެ"
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވީމާ މެމްބަރުން ޕާޓީން ވަކިކުރި ޒަމާން ނިމުމަކަށް އައިސް އެމްޑީޕީ އައު ލީޑަޝިޕަކަށް އަލިވިލިއްޖެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
16 May 2023
ފޯޅަވައްސާއި ގުޅޭ ނިންމުންތައް އާންމު ކުރުމަށް ޑރ ޝަހީދު ގޮވާލައްވައިފި
ފޯޅަވަހި މައްސަލައާއި ގުޅޭގޮތުން 1982 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސަރުކާރުތަކުން ނިންމާފައިވާ ނިންމުންތައް އާންމުކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދު އެދިވަޑައިގަންނަވައިފި އެވެ.
16 May 2023
ޕޯލްޓަރީ ދޫނިތަށް އެތެރެ ކުރަން ފާމް ރެޖިސްޓްރީ ކުރަން ޖެހޭނެ
ޕޯލްޓްރީ ދޫންޏާއި ލައިވްސްޓޮކް އެތެރެކުރުމުގެ ހުއްދަ މީގެފަހުން ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.
16 May 2023
"ޒީރޯ ކޮރަޕްޝަންގެ ވާހަކަ ހުއްޓާލަން ސަރުކާރަށް ޖެހުނީ ސައިދާ ހެދި"
ވައްކަމާއި ކޮރަޕްޝަނަށް މި ސަރުކާރުން ދޭނެކަމަށް ބުނި "ޒީރޯ ޓޮލަރެންސް" ގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢީދުގެ ސަބަބުންކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޙަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
16 May 2023
"ސުޕްރިމް ކޯޓުގެ ނިންމުމަކީ ފުއްގިރި މައްސަލައަށް ލިބުނު ކުރިއެރުމެއް"
ރ. ފުއްގިރި މައްސަލައާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމާ އެ ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ދަށުކޯޓުގައި އޮތް މައްސަލަ ކާމިޔާބު ކުރުމަށް ފަހިވެގެން ގޮސްފައިވާކަމަށް ރައީސް ޔާމިންގެ ޤާނޫނީ ޓީމުން ހާމަކޮށްފި އެވެ.
15 May 2023
ފުއްގިރި މައްސަލައިގެ ހެއްކާއި ގުޅޭގޮތުން ނިންމި ނިންމުން ސުޕްރިމް ކޯޓުން ދަމަހައްޓައިފި
ފުއްގިރި މައްސަލައިގެ ހެއްކާއި ގުޅޭގޮތުން ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރަމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމާ ހައިކޯޓުގެ ނިންމުމަށް ސުޕްރިމް ކޯޓުން ތާއީދުކޮށްފި އެވެ.
15 May 2023
ފުއްގިރި މައްސަލައިގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މިރޭ 8:15 ގައި
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިޢުނާފު މައްސަލައިގެ ހުކުމް ކުރުން މިރޭ 8:15 އަށް އެ ކޯޓުން ތާވަލުކޮށްފި އެވެ.
15 May 2023
"ކޯޓުތަކުގައި ރައީސް ޔާމީންގެ މައްސަލަ ދިގު ދަންމަނީ ރައީސް ޞާލިހުގެ އޯޑަރަށް"
ކޯޓުތަކުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުުގެ މައްސަލަތައް ދިގުދަންމަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އޯޑަރަށްކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށްފި އެވެ.
15 May 2023
"ފޯޅަވަހި މައްސަލައިގައި ޖޭޕީގެ ސްޓޭންޑަކީ ކަނޑު ވިއްކާލުމާއި ދެކޮޅަށް ތެދުވުން"
ފޯޅަވަހި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށް ނުލެވޭނެ ކަމަށާއި، އެކަމާއި ދެކޮޅަށް ތެދުވެ ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުން ކަމަށް މަޖިލީހުންގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
15 May 2023
"ކަނޑުވިއްކާލުމާއި ދެކޮޅަށް ބާއްވާ ރެލީގައި ސިފައިންނާއި ފުލުހުން ބައިވެރިވާން ޖެހޭ"
ކަނޑުވިއްކާލުމާއި ދެކޮޅަށް ގުޅިފައިވާ ފަރާތްތައް އިސް ނަގައިގެން އިންތިޒާމުކުރާ ބޮޑު ރެލީގައި ސިފައިންނާއި ފުލުހުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.