ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
31 May 2023
އެއްބަސްވުމަކަށް ނާދެވުނު، ބަންޑާރަނައިބުގެ މައްސަލައަށް ސުޕްރިމްކޯޓުގެ ލަފާ ހޯދަނީ
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ގޮތަކާއި މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން މަޝްވަރާކުރުމަށްފަހު ވެސް އެއްބަސްވެވޭ ގޮތަކަށް ނިންމިފައި ނުވާތީ، އެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި މެދު ސުޕްރިމް ކޯޓުގެ ލަފާ ހޯދުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފި އެވެ.
31 May 2023
ކަނޑުވިއްކާލުމާއި ދެކޮޅު ޖަލްސާގައި ބައިވެރި ނުވުމަށް އެދި ޤާސިމްގެ މެސެޖެއް
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ދިއުމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން މި ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ "ބާނަ ބާނަތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ކައުންސިމް މެމްބަރުންނާއި އާންމު މެމްބަރުން ބައިވެރި ނުވުމަށް އެދި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓު ޤާސިމް އިބްރާހިމް އެދިވަޑައިގަންނަވައިފި އެވެ.
30 May 2023
"އަދީބާއި ޒިޔަތަށް ފުއްގިރި މައްސަލައިގެ ތުހުމަތެއް ނެތް"
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތް ސާބިތުވި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ދެ މީހުންނަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތްވިކަމުގެ ތުހުމަތު އޮތް ފަރާތްތަކެއް ނޫންކަމަށް ދައުލަތުން ބުނެފި އެވެ.
30 May 2023
ރައީސް ޔާމީންގެ ސިއްޙީ ހާލު ތަން ނުދޭތީ އަޑުއެހުންތައް ކުރުކޮށް ގެންދިއުމަށް އެދިއްޖެ
ސިއްޙީ ހާލުކޮޅު ތަން ނުދޭތީ، ދަށު ކޯޓުގައި ކުރިއަށް ދާ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ދިގުލައިގެން ނުދާނެފަދަ ގޮތަކަށް ކުރިއަށް ގެންގޮސްދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.
30 May 2023
"ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ ބޭންކު ސްޓޭޓުމަންޓުތައް ހޯދީ ޤާނޫނާއި ޚިލާފަށް"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކުތުމަށް ހުށައެޅި ބޭންކު ސްޓޭޓުމަންޓުތައް ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށާއި، އެ ސްޓޭޓުމަންޓުތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ދަންނަވައިފި އެވެ.
30 May 2023
"ދަސްވާރު ޕްރޮގްރާމުން ކުދިން ވީ ބާކީ، ދިން ސެޓްފިކެޓު ބަލައެއް ނުގަނޭ"
ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމުން ދަރިވަރުން ވީ ބާކީ ކަމަށާއި، އެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް ދިން ސެޓްފިކެޓު ހަޔާ އެޑިއުކޭޝަނުން ޤަބޫލުވެސް ނުކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
30 May 2023
"މެޓާނިޓީ ލީވްއަށްދާ ޓީޗަރުގެ ބަދަލުގައި ޓީޗަރެއް ނެގެނީ އެ ޓީޗަރު ވިހެއިމުން"
ޓީޗަރުން މެޓާނިޓީ ލީވް އަށް ދާ މުއްދަތުގައި، ބަދަލު ޓީޗަރެއް ނެގެނީ އޭނާ ވިހެއުމުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
29 May 2023
"ކުރި ވައްކަން ނުބަލާ ލަދު ހަޔާތަށް ޒީރޯ ޓޮލަރެންސް ދިނީމާ "ޗޯރު އިބުރޭ" ގޮވާނެ"
މި ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަށް ނުބަލާ، ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނެކަމަށް ވިދާޅުވި ޒީރޯ ޓޮލަރެންސް ޕޮލިސީ ތަންފީޒު ނުކުރައްވާ ހުންނެވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" އޭ ކިޔައި ގޮވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
29 May 2023
"މިއަށްވުރެ ފުޅާކޮށް މީޑިއާގެ މިނިވަންކަން ދިން ސަރުކާރެއް އަދި ނާދޭ"
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރަށްވުރެ ފުޅާކޮށް މީޑިއާގެ މިނިވަންކަން ދިން އެއްވެސް ސަރުކާރެއް އަދި ނާންކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
29 May 2023
"އަބުރު ކަތިލުމަކީ ސިޔާސީ އުކުޅެއް ކަމަކަށް ނުދެކެން"
މީހުންގެ އަބުރު ކަތިލާ މީހުންނަށް ވަނަން ކިޔުމަކީ ސިޔާސީ ގޮތުން ބޭނުންކުރާ އުކުޅެއްކަމަށް ދެކިވަޑައި ނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
29 May 2023
"ޗޯރު އިބުރޭ ގޮވާތީ ހަމައިން ނެއްޓުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް"
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ގޮވާތީއޭ ކިޔައި ހަމައިން ނެއްޓިގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
29 May 2023
"ޗޯރު އިބުރޭ" ކިޔަން ބޭނުން މީހާއަށް އެހެން ކިޔެން ޖެހޭ: އީވާ
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފާޑުކިޔަން ބޭނުންވާ މީހާއަށް، ނުވަތަ ވަނަމުން ގޮވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
29 May 2023
ޗެނަލް-13 އަށް އިންޒާރުދިންކަމަށް ބުނެ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ޗެނަލް-13އަށް އިންޒާރުދީ ބިރުދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ.
29 May 2023
ރައިސް ޞާލިހާއި ގުޅޭގޮތުން ޗެނަލް-13އިން ދައްކާ ލަވަތަކެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
rރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ "ކަނޑު ފޭރޭ ޗޯރު" ކަމަށް ސިފަޗާގޮތަށް ޗެނަލް-13 އިން ގެނެސްދެމުންދާ 3 ލަވައެއްގެ މައްސަލަ ބަލަންފަށައި ޖަވާބުދާރީވާން އަންގައިފި އެވެ.
28 May 2023
ރައީސްގެ ދެކަނބަލުން، ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
28 May 2023
"ބިލެއްދޫގެ މަޝްރޫއުތައް ނިމޭއިރު އިތުރު އިންވެސްޓުމަންޓުތަކަށް މަގުފަހިވެގެންދާނެ"
މި ސަރުކާރުން މިހާރު ބިލެތްދޫގައި ހިންގާ މަޝްރޫޢުތައް ނިމިގެންދާއިރު ބިލެތްދޫގައި ރައްޔިތުންނަށް އިތުރު އިންވެސްޓްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
28 May 2023
މަގޫދޫ އެއާޕޯޓު ވާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށް
ފ. އަތޮޅު މަގޫދޫ ނިމޭއިރު ވެގެންދާނީ ދިވެހިރާއްޖޭގައި އޮތް އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
28 May 2023
"މަސް ގަނޑުކުރެވޭ ކެޕޭސިޓީ އިތުރުކުރެވިއްޖެ"
މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީ 80 މެޓްރިކް ޓަނުން 500 މެޓްރިކް ޓަނަށް ބަދަލުކުރެވިފައި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
28 May 2023
"އަޅުގަނޑަށް އޮންނަ އެންމެ ބޮޑު ޔަގީންކަމަކީ ރައީސް ވިދާޅުވެއްޖެއްޔާ ކުރައްވާނެކަން"
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ދޭތެރޭ އެންމެ ބޮޑަށް އޮންނަ ޔަގީންކަމަކީ އެމަނިކުފާނު ވަކިކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަން ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމު (ދޮން ބިލެއް) ވިދާޅުވެއްޖެ އެވެ.
28 May 2023
މަގޫދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށް ފެނަކަ އޮފީސް ހުޅުވައިދެއްވައިފި
ފ. މަގޫދޫ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާޙުކޮށްދެއްވާ އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ހުޅުވައިދެއްވައިފި އެވެ.
28 May 2023
މަގޫދޫއިން ހުށައެޅި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ.
28 May 2023
ސިއްރު ސިޓީތަކުން މިނިވަންކަން ގެއްލުނުގޮތް ޝެއިޚް ސަމީރު ސާފުކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ތާރީޚުގައި ވެރިކަން ކުރެއްވި ފަރާތްތަކުން ފޮނުއްވެވި ސިއްރު ސިޓީފުޅުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ގޮތްތަކުގެ ތަފްސީލު ޝެއިޚް އަހުމަދު ސަމީރު ވާހަކަދައްކަވައިފި އެވެ.
27 May 2023
ނިލަންދޫ ކައުންސިލުން ރައްޔިތުންގެ ފަރާތުން 7 ކަމެއް ރައީސަށް ހުށައަޅައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ރަށު ކައުންސިލުން ރައްޔިތުންގެ ފަރާތުން 7 ކަމެއް ހުށައަޅައިފި އެވެ.
27 May 2023
ނިލަންދޫ ދާއިރާގެ މެމްބަރު މުޙުސިން އެމްޑީޕީއަށް ސޮއިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުޙުސިން ޙަމީދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
27 May 2023
"އެމްޑީޕީއަށް ބާރުލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިތުން ނުފިލާވަރުގެ ލަގާއެއް ދޭ"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިތުން ނުފިލާވަރުގެ ލަގާއެއް ދޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
27 May 2023
ރައީސްގެ ދެކަނބަލުންނަށް ނިލަންދޫއިން ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ނިލަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
27 May 2023
"ރައްޔިތުންނަށް "އުޖާލާ ޒަމާނެއް" ހޯދައިދޭނީ އަޅުގަނޑު"
އެމްއެންޕީގެ ކެންޑިޑޭޓު މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް "އުޖާލާ ޒަމާނެއް" ހޯއްދަވާ ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
27 May 2023
އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް އަރުވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމަށް އަރުވައިފި އެވެ.
25 May 2023
ފުއްގިރި މައްސަލަ: ހެކިބަސް ނެގުން ފަސްކޮށް ތަހުގީގު ފައިލު ދައްކަން އަންގައިފި
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހެކިބަސް ނެގުން ފަސްކޮށް މައްސަލައިގެ ތަހުގީގު ފައިލުތައް ދިފާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
24 May 2023
ރޮޒައިނާ މިއަދު ކޯފާވީ ރިޔާސަތުން ތަފާތުކުރުން ގެންގުޅޭތީ
މަޖިލީހުގެ ރިޔާސަތުން މެމްބަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ނުރުހުން ފާޅުކުރައްވާ މަޖިލީހުގައި އިހުތިޖާޖުކޮށްފި އެވެ.