ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
24 May 2023
ފޯޅަވަހި މައްސަލައިގައި ކުރީގެ 3 ނައިބުރައީސުންގެ ސިޓީއެއް ބާ ކައުންސިލަށް!
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ކުރީގެ 3 ބަންޑާރަ ނައިބުންގެ ސިޓީއެއް ބާ ކައުންސިލަށް ފޮނުއްވައިފި އެވެ.
24 May 2023
ރައީސްއާއި ނައިބުރައީސް ތިއްބަވާ، ރިޔާސަތު އަފީފާއި ހަވާލުކުރުމުން ފާޑުކިޔައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް މަޖިލީސް ކުރާ ގޭގެ ގޯތިތެރޭގައި ތިއްބެވުމަށްފަހު މަގުބޫލު އެއްވެސް އުޒުރެއް ހާމަނުކޮށް ރިޔާސަތު ބެލެހެއްޓުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއު ހަވާލުކުރުމުން އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށް، ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.
24 May 2023
"ދަނޑުވެރިންނަށް ވީ ވައުދުގެ 70% ސަރުކާރުން ފުއްދައިފި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ދަނޑުވެރިންނަށް ވީ ވައުދުގެ 70% ފުއްދާދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
24 May 2023
"އުމުރުދުވަހަށް ޖަލަށްލާފައިވާ މީހާއަށް މާފުދިން ސަބަބު ސާފުކޮށްނުދިން"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމުގައި ބައިވެރިވި، އުމުރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަބްދުﷲ އަލިމަނިކު މާފުދިން ގޮތެއް މިހާތަނަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހާމަކޮށްދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
23 May 2023
"ރާއްޖެއަށް ލިބުނު ސަރަހައްދަކީ ކުރިން ސިފައިންނަށް ވެސް ދެވުނު ހިސާބެއް ނޫން"
ރާއްޖޭގެ ދެކުނުގެ އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލަ ނިމިގެން ދިޔަ ގޮތުން ދިވެހިންނަށް ލިބިގެން ދިޔަ ސަރަހައްދަކީ މީގެ ކުރިން ސިފައިންނަށް ވެސް ދެވުނު ސަރަހައްދެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
23 May 2023
"ރައީސް ޞާލިހަށް ވެރިކަން ދިނީ ތަބަކަކަށް ލާފައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދިވެހިރާއްޖޭގެ ވެރިކަން ދިނީ ތަބަކަކަށް ލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްުދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
23 May 2023
"އަވަހަށް ބްރިޖު އަޅަން އިތުރު 100 މިލިއަން ޑޮލަރު ނެގި، ވީ ގޮތެއް ނޭނގުނު"
މި ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރަންކަމަށް ބުނެ އިންޑިއާއިން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވާ ކަމަށާއި، މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނުދާކަމަށް ވިދާޅުވުމުން، ލޯނަށް ހެދިގޮތް ސާފުވެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
23 May 2023
ބަންޑާރަ ގޯތި ދޫކުރުމުގެ ސިޔާސަތު މިނިސްޓަރަށް ކަމަކު ނުދޭ
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ބަންޑާރަ ގޯތި ދޫކުރުމުގެ ސިޔާސަތާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ޚިޔާލު ތަފާތުކަން އެމަނިކުފާނު މަޖިލީހުގައި ހާމަކުރައްވައިފި އެވެ.
23 May 2023
"މާލޭ ރައްޔިތުންނަށް ގޯތި ދޭނީ ޖޫން މަހު، އެ ތާރީޚު ބަދަލެއް ނުވޭ"
މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ގޯތި ދޫކުރަން ފަށާނީ ޖޫން މަހުގައިކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
23 May 2023
"މިހާރު ފެންނަން އެ ހުރީ ތިލަމާލެ ބުރިޖުގެ އަސްލު ތަނބުތައް"
މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ޖަހާފައިވާ ތަނބުތަކަކީ އެ ބްރިޖުގެ އަަސްލު ތަނބުތައް ކަމަށާއި، އެ މަސައްކަތް ކުރިއަށް ދާ ކަމަށް ޕްލޭނުން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
22 May 2023
މޭރީގެ މަރު: ފަހުވަގުތުކޮޅު މޭރީ ދެއްކި ވާހަކަތައް ހެކިވެރިޔާ ކިޔައިދީފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ އެންމެ ފަހު ވަގުތުކޮޅު ވާހަކަދެއްކި އަދި މޭރީގެ ދިރިއުޅުމާއި ގުޅުންހުރި މުހިންމު ވާހަކަތަކެއް ހިއްސާކޮށްފައިވާ މީހެއްގެ ހެކިބަސް ނަގައިފި އެވެ.
22 May 2023
"40 ޕާޓީ ހެދިޔަސް ނަޝީދަށް ދެން ވެރިކަމަކަށް ނާދެވޭނެ"
ކިތަންމެ ގިނަ ސިޔާސީ ޕާޓީއެއް އުފެއްދިޔަސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދެން ދިވެހިރާއްޖޭގެ ވެރިކަމަށް ނާދެވޭނެކަމަށް ރޯޑި ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
22 May 2023
"ކިތަންމެ ހަޅޭކެއްލެވިޔަސް އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ޞާލިހު"
އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހަޅޭ ލެވިޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
22 May 2023
"ރާއްޖޭގައި ކެންސަރު ގިނަވަނީ އިންޑިއާގެ ލޯ ކޮލެޓީ ކާޑު ކާތީ"
ދިވެހިރާއްޖޭގައި ކެންސަރު ބަލި ގިނަވަނީ އިންޑިއާއިން އެތެރެކުރާ ކޮލެޓީދަށް ކާޑުގެ ބާވަތްތައް ބޭނުންކުރާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
22 May 2023
"ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ތޯ އެނގުނީ ވައުދު ނުފުއްދާކަން؟"
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަކިވެގެން ދިޔަ މެމްބަރުންނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދާކަން އެނގުނީ ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ތޯ އައްސަވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސުވާލުކުރައްވައިފި އެވެ.
22 May 2023
"އަބްދުالله ރަޝީދުގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލެއް ނެތް"
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު (މާޓީ) ގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުންނާއި، މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުން ހާމަވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
22 May 2023
ޕޮލިސް ސްޓޭޝަންތައް އަޅަން އަދިވެސް ފައިސާ ހަމަނުޖެހޭކަމަށް ވިދާޅުވެއްޖެ
މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާނުކުރި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން އަދިވެސް ހަމަނުޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ހާމަކުރައްވައިފި އެވެ
21 May 2023
"ރާއްޖެއިން ބޭރުކުރާ މަހުގެ ޑިއުޓީ ކަނޑާލާކަށް ޝާހިދު މަސައްކަތެއް ނުކުރޭ"
ދިވެހިރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
21 May 2023
"ދަ މިމޮކްރެޓްސް އުފެއްދުމުގެ ހުރިހާކަމެއް ކުރީ ނަޝީދަށް އެނގިގެން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވަކިވެ "ދި ޑިމޮކްރެޓްސް ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައެޅުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައީ ރައީސް މުޙައްމަދު ނަޝީދުގެ ލަފާފުޅު ހޯއްދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
21 May 2023
ފުލުހަކަށް ހަމަލާދިން މައްސަލައިގައި 4 މީހުން ހައްޔަރުކޮށްފި
ހުޅުމާލޭގައި މިރޭ ފުުލުހަކަށް ހަމާލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
21 May 2023
"ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނަނީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން"
ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން ހިންގާ ޖަރީމާއެއްކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
21 May 2023
މި ދައުރުގައި ވެސް ޖޭއެސްސީ އިސްލާހުކުރާކަށް ސަރުކާރުން ހުށައެއް ނާޅާ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލުތަކުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރާ ބިލު ހުށައަޅާފައި ނުވާކަން ހާމަވެއްޖެ އެވެ.
21 May 2023
"ރައީސް ޔާމިނުގެ ޚިދުމަތަށް ގައުމުވަނީ ބޭނުންވެފަ"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޚިދުމަތަށް ޤައުމު ބޭނުން ޖެހިފައިވާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
21 May 2023
ހިތަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައިފި
ސި ހިތަދޫގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައިފި އެވެ.
21 May 2023
ޝާހިދު ތައުރީފު އޮއްސައިފި: ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ ނަމޫނާ ވެރިއެއް!
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތައުރީފު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ބަންޑުންކޮށްލައިފި އެވެ.
20 May 2023
އެކި ދާއިރާތަކުން 300 އަށް ވުރެ ގިނަ މީހުން ޖޭޕީއާއި ގުޅިއްޖެ
ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މީހުން ޖުމްޙޫރީ ޕާޓީއާއި ގުޅި ފޯމުތައް ހަވާލުކޮށްފި އެވެ.
20 May 2023
"މަސްކަނޑު ގެއްލިގެން އިދިކޮޅު މެމްބަރުން ދައްކަނީ ސިޔާސީ ވާހަކަ"
ދިވެހިރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލިއްޖެކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ސިޔާސީ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
20 May 2023
"ކޮންމެ ޤައިދީއަކަށް މަހަކު 20000 ރ ހޭދަވޭ"
މިދިޔަ އަހަރު އެވްރެޖުކޮށް ކޮންމެ ޤައިދީއަކަށް 20000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކަމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
19 May 2023
ދިފާއުގައި ރޮޒައިނާ ވިދާޅުވީ ގަނާ ނުކުރެވޭނެ ކަމަށް!
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވާ މަޖިލިސްކުރާ މާލަމުން ނިކުމެ ވަޑައިގަތުމަށް ރިޔާސަތުން އެންގެވުމުން ވެސް ނުކުނިކުންނަވާ މަޑުކުރެއްވި މައްސަލައިގައި އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރޮޒައިނާ ރައްދުދެއްވައިފި އެވެ.
19 May 2023
އެމްޑީޕީގެ ދަތުރުތައް ފަށާ، ކޮންމެ ރަށެއްގައި ޕާޓީގެ ބޮޑު ދިދަ ނަގަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކޮށް ރިޔާސީ ކެންޕޭނު ދަތުރުތައް ފަށައިފި އެވެ.