ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
15 May 2023
"ބައިނަލްއަގްވާމީ ޤާނޫނުތައް ބަންޑާރަ ނައިބަށް އެނގިވަޑައިނުގަންނަވާތީ ހިތާމަކުރަން"
ބައިނަލްއަގުވާމީ ޤާނޫނުތައް ދައުލަތް ތަމްސީލުކުރަން ހުންނެވި ބަންޑާރަ ނައިބަށް (އިބްރާހިމް ރިއްފަތަށް) އެނގިވަޑައި ނުގަންނަވާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
15 May 2023
"ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ނުހޯދޭނެކަމަށް ބުނުމަކީ އޮޅުވާލުމެއް"
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ނުހޯދޭނެކަމަށް ބުނެ ވާހަކަދައްކަނީ އޮޅުވާލުމަށްކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
15 May 2023
"ދެން އަންނަ ވެރިކަމެއްގައި ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމި ދެން އުފެދޭ ވެރިކަމެއްގައި މި ސަރުކާރުގެ އިހުމާލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި ހޯދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
13 May 2023
"ޤައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ ހުރަސްކުރާނެ"
ޤައުމީ އުފެެއްދުންތެރިކަން، ނުވަތަ ދައުލަތުގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާއަށް މިއަހަރު އަރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
13 May 2023
"ވެރިކަމަކީ އިމްތިހާނެއް، އެއީ ބޭނުންވާއިރަށް ލިބޭ އެއްޗެއް ނޫން"
ވެރިކަމަކީ ކުރިމަތިކުރުވާ ހޯމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގެ ހިއްސާދަރެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ސިފަކުރައްވައިފި އެވެ.
13 May 2023
އެންސްޕާ ބަޖެޓުގެ 55 އިންސައްތަ ހުސްވެއްޖެ
މި އަހަރަށް ކަނޑައަޅާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ބަޖެޓުގެ 55 އިންސައްތަ ހުސްވެފައިވާކަން ފިނޭންސް މިނިސްޓްރީެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
13 May 2023
"މި ސަރުކާރަށް ހެޔޮބަހެއް ބުނަނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރަށް ހެޔޮބަހެއް ބުނަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި މަދުބައެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
13 May 2023
މި ސަރުކާރުން މަހުލޫފަށް ޖެއްސި ހާލަށް ހަމްދަރުދީވަން: ތާރިގު
އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޖެއްލި ޙާލަށް ހަމްދަރުދީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
13 May 2023
ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައާއި ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.
13 May 2023
"ނަރުހުންގެ ތައުލީމަށް އިންވެސްޓުކުރުމަކީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް"
ނަރުހުންގެ ތައުލީމަށް އިންވެސްޓުކުރުމަކީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
13 May 2023
"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި
ދެމެހެއްޓެނިވި ގޮތެއްގައި ކާއްޓާއި ކުރުބާ ލިބޭނީ ރުކުގެ އާބާދީ އިތުރުކޮށްގެން ކަމަށްވާތީ މިނިސްޓްރީ އޮފް ފިޝަސީސް އެންޑް އެގްރިކަލްޗާއިން ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
12 May 2023
ގެއްލުނު ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
މިއަދު ހެނދުނު 10:40 ހާއިރު ކ.ގާފަރުން ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން އެ ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.
12 May 2023
ރޮބޯ މޭންއާއި ޝަލަބީއާއި އެކު ހިޔާ ކުޑަކުދިންގެ ހަވީރު ބާއްވަނީ
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ރޮބޯމޭންއާއި ޝަލަބީ އާއެކު ހިޔާ ސަރަހައްދުގައި "ހިޔާ ކުޑަކުދިންގެ ހަވީރު 1444" ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
12 May 2023
އެމްޓީސީގެ ހިއްސާއަކަށް 4 ރުފިޔާގެ މަގުން 32 މިލިއަން ބަހަނީ
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންމެޕީ )އެމްޓީސީސީ) އަށް މިއަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 4 ރުފިޔާގެ މަގުން 32 މިލިއަން ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.
11 May 2023
ހައުސްކީޕާސް އެސޯސިއޭޝަންގެ ޕްރޮގްރާމެއް ހިންގުމަށް އިންޑިއާގެ މުންބާއީއަށް ފުރައިފި
ރިސޯޓުތަކުގެ ހައުސް ކީޕިން ދާއިރާގެ ކަންކަން ކުރިއަރުވާ ތަރައްގީ ކުރުމަށް ރާއްޖޭގައި ރަޖިސްޓާ ކޮށްގެން ހިންގާ މޯލްޑިވްސް ހައުސް ކީޕާސް އެސޯސިއޭޝަން (އެމް.އެޗް.އޭ) ގެ މުހިންމު ޕްރޮގްރާމެއް ހިންގުމަށް 23 ބައިވެރިންނާއެކު މުންބާއީއަށް ފުރައިފި އެވެ.
11 May 2023
"ސިޔާސީ ޚިޔާލުތަފާތުވުމަކީ ޤައުމީ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫން"
ސިޔާސީ ޚިޔާލުތަފާތުވުންތަކަކީ ޤައުމީ ކަންކަމުގައި ގެންގުޅޭ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 May 2023
"ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހަމަވެއްޖެ"
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަކުރެވިފައިވާކަމަށް ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގުރޫޕުން ހާމަކޮށްފި އެވެ.
11 May 2023
"ހިޔާ ފްލެޓު ކުއްޔަށް ލުއިދިނީ ރިޔާސީ އިންތިޚާބާއި ދިމާކޮށެއް ނޫން"
ދައުރުގެ ފަހު އަހަރު ހުޅުމާލެ ދެވަނަ ދިޔަވަހީގައި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ކުއްޔަށް ސަރުކާރުން ލުއިދިނީ ފަހަރެއްގައި ވެސް ރިޔާސީ އިންތިޚާބު ބޯމަތިވުމުން ނޫން ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
11 May 2023
"ބަންޑާރަ ނައިބަކީ ބަޔަކު ހަދާހާ "ޑީލެއް" ދިފާއުކުރަން ހުންނަ ފަރާތެއް ނޫން"
ދައުލަތުގެ ބަންޑާރަ ނައިބަކީ ބަޔަކު ހަދާހާ "ޑީލެއް" ދިފާއުކުރައްވަން ހުންނަވާ ފަރާތެއް ނޫން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ޖުމްހޫރީ ޕާޓީ) ވިދާޅުވެއްޖެ އެވެ.
11 May 2023
ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ.
11 May 2023
ހުޅުމާލެ ފޭސް-2 ފަޅު ހިއްކައިގެން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ނުހޯދޭނޭ، އުފެދޭނީ އިތުރު މާލެއެއް"
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކައިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ސަބަބުން އަނެއްކާވެސް އުފެދިގެންދާނީ މާލެ ފަދަ އިތުރު ސްލަމް ސިޓީއެއް ކަމަށް ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއް ކަމަށްވާ އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން ބުނެފި އެވެ.
10 May 2023
"މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ކޮމާންޑިންގ އޮފިސަރުގެ އިޙުމާލެއް ނެތް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދަތުރުފުޅު ކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލާގައި، ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އޭރު ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމްގެ އެއްވެސް އިޙްމާލެއް ނެތްކަމަށް ޤައުމީ ދިފާއީ ބާރުން ނިންމައިފި އެވެ.
10 May 2023
"އަހަރުގެ ހުރިހާ ދުވަހަކު ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭން ޖެހޭ"
އަހަރުގެ ހުރިހާ ދުވަހަކު ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްފައްޔޫމު ވިދާޅުވެއްޖެ އެވެ.
10 May 2023
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޕާސްޕޯޓު ހެދުމުގެ ޚިދުމަށް މެދުކެނޑިއްޖެ
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
10 May 2023
އިޓްލޮސްގެ ރިޕޯޓު ކިޔައިފިން، ރައީސްގެ ސިޓީއަށް ހަވާލާދީފައެއް ނެތް"
ޗާގޯސްއާއި ދިވެހިރާއްޖެއާއި މދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދެއް އޮތްކަމަށް ބުނެ އިޓްލޮސް އަށް ހުށައެޅި މައްސަލަ ނިންމިއިރު އެ ކޯޓުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަަށް ހަވާލާ ދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
10 May 2023
"ދަރަންޏަކީ މިހާރު ސަރުކާރުން ވާހަކަ ދައްކަން ބޭނުންވާ މައުލޫއެއް ނޫން"
ދަރަންޏަކީ މިހާރު ސަރުކާރުން ވާހަކަދައްކަން ބޭނުންވާ މައުލޫއެއް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
08 May 2023
ފުއްގިރި މައްސަލަ: އިސްތިއުނާފު އަޑުއެހުންތައް ނިންމާލާ ހުކުމް އިއްވުން ހޯމަ ދުވަހަށް
ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
08 May 2023
ސަރަހައްދު ވިއްކާލި މައްސަލައިގައި ޕީޕީއެމުން ނަޝީދާއި އެކު މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އިހުމާލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމަށް ބުނާ މައްސަލައާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮތްޕާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.
08 May 2023
"ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަނީ، ހަމަ ހީފުޅުވަނީ ތޯ މާ މޮޅަށް ހިންގެނީކަމަށް؟"
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ.
08 May 2023
ރައީސް ޞާލިހުގެ ސިޓީއާއި އިޓްލޮސްގައި އޮތް މައްސަލަ ގުޅޭމިންވަރު ޑރ މުނައްވަރު ވިދާޅުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ދިޔަ މައްސަލައާއި އެއްވެސް ގުޅުމެއް ނެތްކަމުގައި ވާނަމަ، މޮރިޝަސްގެ ފަރާތުން ކޯޓަށް އެ ސިޓީ ހުށައަޅަން ވެސް ނުޖެހުނީސްކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.