18 Apr 2023
ފުއްގިރި މައްސަލަ: ހެކިތަކާ ގުޅޭ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރަނީ!
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފއިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުން ހުށައެޅި ހެކިތައް ބަލައިގަތުމާއި ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.