ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
17 Apr 2023
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޕީޖީ ޝަމީމު ގެނައުމަށް ސިއްރު މަޝްވަރާތަކެއް ކޮށްފި
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ހުސެއިން ޝަމީމު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސިއްރު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ތުހުމަތުކޮށްފި އެވެ.
17 Apr 2023
"ޕީޕީއެމުން ޑރ މުއިއްޒުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް"
ޕީޕީއެމްގެ ނައިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އާއިލާއިން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށައަޅާފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް އެ ޕާޓީން ބުނެފި އެވެ.
17 Apr 2023
"ނައީމާގެ މަރުގެ ތަހުޤީގާއި މެދު ޔަގީންކަން އެބައޮތް، ޤާތިލުން ހޯދާނަން"
ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަހުޤީގުކުރާ ފުލުހުންގެ ޓީމުގެ މަސައްކަތާއިމެދު ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ނައީމާގެ ޤާތިލުން ހޯދާނެކަމަށް ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
17 Apr 2023
"އެފްކޮންސް ގެ މަސައްކަތް ގޯސްވެގެން އިންޖިނިއަރުން ކަންބޮޑުވުގެން އުޅޭ އަޑެއް ނާހަން"
ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ކުންފުނިން އެ މަސައްކަތް ކުރަމުންދަނީ ފެންވަރުދަށްކޮށް ކަމަށް އެއްވެސް އިންޖިނިއަރެއް ވިދާޅުވާ އަޑު މިހާތަނަށް އައްސަވާފައި ނުވާކަމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.
16 Apr 2023
"ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާ ވާހަކަ ދެނެއް ނުދެއްކޭނެ"
މަޖިލީސް ގޮނޑި ހޯދީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެންކަމަށް ބުނެ އިތުރަށް ދެން ވާހަކަ ނުދެއްކޭނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
16 Apr 2023
"ގުރައިދޫ ގޮނޑި ލިބުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެކަމުގެ ހެޔޮ ފާލެއް"
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް އެ ޕާޓީއަށް ކާމިޔާބު ވާނެކަމުގެ ހެޔޮ ފާލެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
16 Apr 2023
"ވޯޓު ހޯދަން އެމްޑީޕީން މިހާރު ވިއްކަނީ ސިޔާސަތެއް ނޫން، ފައިސާ"
އިންތިޚާބުތައް ކާމިޔާބު ކުރުމަށް އެމްޑީޕީން މިހާރު ބޭނުންކުރަނީ ފައިސާ އާއި ސަރުކާރުގެ ވަސީލަތްތައް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
16 Apr 2023
"ފަހު ދިހައެއްގައި މަގުމައްޗަށް ނިކުންނަން މަޖުބޫރުކުރީ ސަރުކާރުގެ އަނިޔާވެރިކަން"
ރަމަޟާން މަހުގެ ފަހު ދިހައެއްގައި މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަން ޖެހުނީ މި އަނިޔާވެރި ސަރުކާރުގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތް ކުރުމަށްކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
16 Apr 2023
"އެމްޑީޕީ ސަލާމަތް ކުރުމަށް މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން ޖެހޭ"
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާ ކަމަށާއި، އެމްޑީޕީ އިސްލާހު ކުރުމަށް އަޅާ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
15 Apr 2023
"އެމްޑީޕީއަށް ގޮނޑި ލިބުނީ ރައްޔިތުން ސަރުކާރަށް އިރުބާރު ކުރާތީ"
ޒަމާނުއްސުރެ ޕީޕީއެމުން ތަމްސީލު ކުރަމުން އައި ގޮނޑިއެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ލިބުނީ މި ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާތީކަމަށް އެމްޑީޕީގެ ކުރީގެ ސެކެތްރީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.
15 Apr 2023
"ވޯޓުލާ ވަގުތު އިތުރު ކުރީ ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް އެއްބަސްވެއްޖެ"
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު އެއްބަސްވެވަޑައިގެންފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
15 Apr 2023
މަޝްވަރާނުކޮށް ވޯޓުލާ ވަގުތު އިތުރުކުރުން ޕީޕީއެމުން ކުށްވެރިކޮށްފި
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން އިތުރުކުރިއިރު އެ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ، އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ.
15 Apr 2023
ގުރައިދޫ ދާއިރާގެ އިންތިޚާބުގައި 68 އިންސައްތަ މީހުން ވޯޓު ލައިފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި 68 އިންސައްތަ މީހުން ވޯޓު ލައިފި އެވެ.
15 Apr 2023
ފެނަކަ އޮޑިޓް ކުރުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައަޅައިފި
ސަރުކާރުގެ ފެން ކުންފުނި ފެނަކް ކޯޕަރޭޝަން އޮޑިޓް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފި އެވެ.
13 Apr 2023
"ކޯވިޑުތެރޭ ޤާސިމުގެ މުވައްޒަފުންނާ ވިޔަފާރިތަކަށް ފައިސާ ދިނީ މި ސަރުކާރުން"
ކޯވިޑް ނަވާރައިގެ ހާލަތުގައި ޤާސިމުގެ މުވައްޒަފުންނާއި ވިޔަފާރިތަކަށް ވެސް ފައިސާ ދިނީ މި ސަރުކާރުން ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
13 Apr 2023
"ފެއިލުވެފައިވާކަމަށް ބުނާ ސަރުކާރުގެ ވަޒީފާތަކުގައި ތިބުމަކީ ޖޯކެއް"
މި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނާ ފަރާތްތައް ސަރުކާރުގެ ވަޒީފާތަކުގައި ތިބުމަކީ ޖޯކެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
12 Apr 2023
"ދަޢުލަތް ބަނގުރޫޓުކޮށް އިންޑިއާގެ އެފްކޯންސް ކުންފުނި ފިލާނެ"
މި ދަޢުލަތް ބަނގުރޫޓުކޮށްލުމަށްފަހު ތިލަމާލެ ބްރިޖާއި އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ކުންފުނި ފިލައިގެން ދާނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
12 Apr 2023
ހިތަދޫ ރޯވި ސަރަހައްދުން އަރަމުންދާ ދުން ކޮންޓްރޯލުރުމަށް ޚާއްސަ އޮޕަރޭޝަނެއް!
އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި އަލިފާން ރޯވި ސަރަހައްދުން ދުން އަރާތީ، ދުން އެރުން ކޮންޓްރޯލު ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީގެ މުއައްސަސާތައް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށަފައިފި އެވެ.
12 Apr 2023
"ސަރުކާރުން އޮފްޝޯ ޕްލެޓްފޯމު އަޅާ ވާހަކައެއް ނުބުނޭ"
ސަރުކާރުން އޮފްޝޯ ޕްލެޓްފޯމު އަޅާ ވާހަކައެއް މެނިފެސްޓޯގައި ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.
12 Apr 2023
"މަހުގެ އަގު އެންމެ ދަށީ މި ސަރުކާރުގައި"
މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ވަޢުދުވި ނަމަވެސް މަހުގެ އަގު އެންމެ ދަށީ އެމްޑީޕީގެ މި ވެރިކަމުގައި ކަމަށް މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނު ވިދާޅުވެއްޖެ އެވެ.
11 Apr 2023
52 މިލިއަން ދައްކަން ރައީސް ޔާމިނަށް ކުރި އަމުރު ބާތިލުކޮށްފި
ވ. އާރަށުގެ މައްސަލައިގައި ޙުކުމް ކުރިތާ ދުވަސްތަކެއް ފަހުން 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމިނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
11 Apr 2023
ފުއްގިރި މައްސަލަ: ދަށު ކޯޓުގެ ނިންމުން ހައިކޯޓުން ދަމަހައްޓައިފި
ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން އެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ ލިޔުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ.
11 Apr 2023
"މަސްތުވާތަކެއްޗާއި ދެކޮޅަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތްތައް މި ސަރުކާރުން ކޮށްފި"
މަސްތުވާތަކެއްޗާއި ދެކޮޅަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް މި ސަރުކާރުންކޮށްފައިވާކަމަށް ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
11 Apr 2023
"ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް ރައީސް ޞާލިހު ބަލިކުރަން ޖެހޭ"
ރައްޔިތުންގެ ވެރިކަމެއް މި ޤައުމުގައި އުފެއްދުމަށް މިހާރު ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޮޑުތަކުން ބަލުކުރުމަކީ ލާޒިމުކަމެއް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
11 Apr 2023
ފެނަކައިން ވިޔަފާރިތަކަށް ފައިސާ ނުދޭތީ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ފެނަކަ ކޯޕަރޭޝަނުން ސަޕްލަޔަރުންނަށް ފައިސާ ނުދޭތީ އާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
11 Apr 2023
އަމްރު ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާތީ ނިމާލު ފާޑުވިދާޅުވެއްޖެ
އެސްޓޯއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ހުސެއިން އަމްރު ވަކިކުރިފަހުން ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތައް އޭނާ ދައްކަމުންދާތީ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު ފާޑުވިދާޅުވެއްޖެ އެވެ.
10 Apr 2023
"ރައީސް ޔާމީން ކުޑަގޮޅީގައި ބޭއްވުމަކީ އިންސާފެއް ނޫން"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މި ރޯދަމަހު ވެސް ޖަލުގެ ކުޑަގޮޅީގައި ބޭއްވުމަކީ އިންސާފެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
10 Apr 2023
ގުޅިން ރައީސް ޞާލިހަށް ހޫނު މަރުޙަބާއެއް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒުގެ ކެމްޕޭނަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކ. ގުޅިއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
10 Apr 2023
"ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓު، ޝާޒަށް ވޯޓު ދެއްވާ"
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ކުރިމަތިލައްވާފައިވާ އިބްރާހިމް ޝާޒަކީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓަށްވުމުން، ދާއިރާގެ ތަރައްގީއަށްޓަކައި ޝާޒުއަށް ވޯޓުދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގެންފި އެވެ.
10 Apr 2023
ފުއްގިރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް މާދަމާއަށް ތާވަލުކޮށްފި
ރ ފުއްގިރި މައްސަލައިގެ ހެކި ބަލައިގަތުމާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަށް މާދަމާއަށް ތާވަލުކޮށްފި އެވެ.