04 May 2023
"ޤާނޫނުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ގަބޫލުނުކުރާ ނަމަ ސަރުކާރުން ޤާނޫނު އިސްލާހުކުރަން ޖެހޭ"
1996 ވަނަ އަހަރު ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށް 200 ނޯޓިކަލް މޭލު ލިބެން ޖެހޭކަމަށް ސަރުކާރުން ގަބޫލު ނުކުރާނަމަ، އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައަޅަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.