13 Jun 2023
ފުއްގިރި މައްސަލަ: ޒިޔަތުގެ ލެޕްޓޮޕްގައި ހުރި ޑޭޓާތަކަށް ބަދަލު ނުގެންނަކަން ކަށަވަރެއް ނުކުރޭ
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ވައިބާ ޗެޓްލޮގަކާއި ގުޅޭ ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނަގައިފި އެވެ.